ޚަބަރު / ދީބާޖާ އިންވެސްޓްމަންޓް

ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކުގައި ހާމަކަމެއް ނެތް!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް: ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކާ މެދު ދަނީ ސުވާލު އުފައްދަމުން..-- ފޮޓޯ: ރައީސް އޮފީސް

ކޯޓުން ބޭރުގައި ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުވީ ސެޓްލްމެންޓް ކޮމިޓީންނެވެ. އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދޭ ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމް، މުރާޖައާކުރަން އެ ކޯޓަށް ހުށަހަޅަން ނިންމުމަށް ފަހު ސެޓްލްމެންޓް ކޮމިޓީއާ ހިސާބުން މި އަމަލުކުރި ގޮތެއް ސާފެއް ނޫނެވެ!

ކޮންމެ ފަހަރަކު ވެސް މި ތިލަވަނީ ސެޓްލްމެންޓް ކޮމިޓީގެ ނިންމުމެވެ؛ އެ ނިންމުންތައް ނިންމުމުގައި ހާމަކަމެއް ނެތެވެ. މި ސަބަބާ ހެދި، ދައުލަތުގެ މާލިއްޔާ ބަހާ ހުސްކުރަމުންދާ ކަމުގެ ތުހުމަތު އިދިކޮޅުން އަޅުވާ އިރު ބަދަލުދޭ ގޮތާ މެދު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީއެއް ނުވެ އެވެ.

ކުރީގެ ސަރުކާރުތަކުން، ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

މީގެ ތެރެއިން ބައެއް މައްސަލަތައް ނިންމައި ބަދަލުގެ ގޮތުގައި މިހާތަނަށް މި ސަރުކާރުން ވަނީ އެކި ފަރާތްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިފަ އެވެ.

ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެސް ކަންބޮޑުވުމެވެ. އެ ކޮމިޓީން ބަދަލު ދިނުމުގައި ދެފުށް ފެންނަ އުސޫލެއް ނުގެންގުޅޭތީ، ބަދަލު ދެނީ ރަނގަޅަށްތޯ ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.

ދީބާޖާ މައްސަލައިގެ ކުރިން، ނޫމަޑި އަށް 55 މިލިއަން ޑޮލަރު ދޭން ސެޓްލްމެންޓް ކޮމިޓީން ނިންމި ނިންމުމުގައި ވެސް ހާމަކަމެއް ނެތެވެ. އާބިޓްރޭޝަންގައި ކުރިއަށްދިޔަ މައްސަލަ ސެޓްލްމެންޓް ކޮމިޓީއާ ހިސާބުން ނިންމާލުމަކީ ސަރުކާރުން ބުނާގޮތުގައި ދައުލަތަށް އެންމެ ލުއި ގޮތެވެ. އެކަމަކު، އެހާ ބޮޑު ބަދަލެއް ދޭން ނިންމީ ދައުލަތަށް ވެސް އެ ކުންފުނިން ގިނަ އަދަދަކުން ފައިސާ ދޭން ޖެހިފައި އޮއްވަ އެވެ. އެ ފައިސާ ވީ ގޮތެއް ކޮމިޓީން އަދި އެހެން މުއައްސަސާއަކުން ވެސް އޮޅުންފިލުވައެއް ނުދެ އެވެ.

ނޫމަޑި އަށް ދައުލަތުން ބޮޑު ބަދަލެއް ދިނީ، ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުންނެވެ. ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ. އެކަމަކު މައްސަލަ ހިނގަނިކޮށް މި ސަރުކާރާ އެކު ނޫމަޑިން އެއްބަސްވީ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރަށެވެ.

އޮޑިިޓުން އޮފީހުން އާއްމު ކުރި، ޑިފެންސް މިިނިސްޓްރީގެ 2015 އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސިފްކޯހިޔާގެ މަސައްކަތް ކުރި ނޫމަޑި އަށް ފްލެޓްގެ މަސައްކަތް ނުނިމެނީސް ޑިފެންސް މިނިސްޓްރީން ވަނީ 125 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދީފަ އެވެ.

ނޫމަޑީގެ އެއްބަސްވުން ބާތިލް ކުރުމާ ހަަމައަށް އެ ކުންފުނިން ކުރި މަސައްކަތުގެ އަގަކީ 33 މިލިޔަން ރުފިޔާ އެވެ. ބާކީ ފައިސާގެ ގޮތުގައި 92 މިލިޔަން ރުފިޔާ އެ ކުންފުނިން ޑިފެންސް މިނިސްޓްރީ އަށް ދައްކަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ނޫމަޑިން ދައުލަތަށް ދައްކަން ޖެހިފައި އޮތް ފައިސާއާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބަދަލުގެ ގޮތުގައި މިހާތަނަށް ދޭން ނިންމި އަދަދުތައް

- ދީބާޖާ އަށް 174 މިލިއަން ރުފިޔާ.

- ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ޑޮލަރު.

- ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް 280 މިލިއަން ރުފިޔާ.

- ރިސޯޓު ހަދަން ރަށްތަކެއް ދޭން އެއްބަސްވެ އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް 130 މިލިއަން ރުފިޔާ.

- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ.

- ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކުރި ސީލައިފުން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުން. (ސަރުކާރުން އަދަދެއް ހާމައެއް ނުކުރޭ)

- ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ ދިނުމަށާއި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ނިންމާފައި.

ހާމަކޮށް، ކިޔައިދޭން ޖެހޭ!

ސެޓްލްމަންޓް ކޮމިޓީން އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި ވަރަށް ފަހުން އަމަލުކުރަން ފަށާފައިވާ އިރު އެ ކޮމެޓީ އަށް ހުށަހެޅޭ މައްސަލަތަކާއި އޭގެ ހުރިހާ ލިޔުންތަކަކީ އެ އުސޫލު އޮތްގޮތުން ސިއްރު އެއްޗެއްސެވެ. އެއިިން އެއްވެސް މައުލޫމާތެއް ކޮމެޓީގެ އެއްވެސް މެމްބަރަކު ހާމަ ކޮށްގެން ނުވާނެ ކަމަށާއި އަދި މީޑިއާ އަށް މައުލޫމާތު ހާމަ ކުރާނީ ވެސް ކޮމެޓީން ގޮތެއް ނިންމުމަށް ފަހު ކަމަށް އެ އުސޫލުގައިވެ އެވެ.

އެކަމަކު މިހާ ބޮޑު ސިއްރެއްގެ ގޮތުގައި މިކަން ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދެކޮޅެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ސެޓްލްމެންްޓް ކޮމިޓީގެ ނިންމުންތައް ގިނަ ފަަހަރަށް ފެންނަނީ ނޫހުން ކަމަށެވެ. މިސާލެއް ދައްކަވައި ވިދާޅުވީ ދީބާޖާ އަށް ބަދަލު ދޭން ނިންމި ކަން ވެސް މީޑިއާ އިން އެނގުނު އިރު، އެ ނިންމުން އޮތީ، ކޮމިޓީގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވާހަކަ ދެއްކެވި ގޮތާ އިދިކޮޅަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރަން އޭރު ހުށަނޭޅުއްވީ އެ ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުގެ ތުހުމަތު ކުރެވޭތީ ކަން އޭޖީ ފާހަގަކުރެއްވި ކަމަށާއި އެކަމުގައި އަމަލުކުރާ ގޮތް ކޮމިޓީ އަށް ހާމަކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.

"އޭގެފަހުން، މަޖިލީހުގެ ކޮމިޓީ އަށް އެއްވެސް ކަމެއް ނާންގާ. ނޫހުން ފެނުނީ 174 މިލިއަން ދޭން ނިންމި ކަން. މިގޮތަށް ހާމަކަމެއް ނެތި މައްސަލަތައް ނިންމުމަކީ ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.

އެއްވެސް ރައްޔިތެއްގެ ހައްގަކަށް އަރައިގެންފައިވާ ނަަމަ، ހައްގު ބަދަލު ލިބެން ޖެހޭ. އެކަމަކު އެ ބަދަލު ދޭން ޖެހޭ ނަމަ، އެ ދިން އުސޫލު އާއްމުކޮށް އެނގެން ވާނެ. --ޔައުގޫބް

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ދައުލަތަށް ބުރަބޮޑުވާނެ ގޮތަށް ނިމިދާނެ މައްސަލަތަކެއް ހުރެދާނެ އެވެ. ކަންބޮޑުވުމަކީ ކޮމިޓީން ނިންމާ ގޮތް ތަފްސީލްކޮށް ނުދިނުން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ޓެކްސް ފައިސާ އިން ބަދަލު ދޭ އިރު، މިއަށް ވުރެން ޓްރާންސްޕޭރެންޓް ވާން އެބަޖެހޭ. ބަދަލު މި ދެނީ ރަނގަޅަށްތޯ ނޫންތޯ ރައްޔިތުންނަށް ހާމަވާން އެބަޖެހޭ،" ޔައުގޫބް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެކި ކުންފުނިތަކަށް މިހާ ބޮޑު ބަދަލެއް ދޭން މި ޖެހެނީ، ގާނޫނާ ޚިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުން އެ ނޫން ގޮތެއް ނެތުމުންނެވެ. ނޫމަޑި އެއްބަސްވުން ވެސް އުވާލީ ގާނޫނާ ޚިލާފަށެވެ.

ކޯޓުން މައްސަލަތައް ނިންމާ ނަމަ، ސެޓްލްމެންޓް ކޮމިޓީގެ އަދަދުތަކަށް ވުރެން ވެސް ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.

ޔައުގޫބް ވިދާޅުވީ ހަމައެކަނި ބަދަލު ދީގެން ވެސް ނިންމާލެވެން ނެތް ކަމަށެވެ. އެ މައްސަލަތަކުގައި އިހުމާލުވީ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހެ އެވެ. ދައުލަތާއި ރައްޔިތުންނަށް އެހާ ބޮޑު ގެއްލުމެއް ދިން މައްސަލަތަކުގައި ޒިންމާ ނަގަން ޖެހޭނެ ފަރާތްތަކެއް ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ބަދަލުދީ ނިންމާލެވޭނެ މައްސަލަތަކެއް ނޫން މިއީ،" ޔައުގޫބް ވިދާޅުވި އެވެ.

12 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުރުރޡު

27 November 2019

މީ ހަމަ ބޮޑު ވައްކަމެއް

The name is already taken The name is available. Register?

ވަގު ކަދުރު

27 November 2019

ދިވެހި ސަރުކާރު ކޮށްސަރުކާރު ލިބޭ މީހާ ލޫޓުވައި ކައިގަންނަ ސަރުކާރު އެއީ މަގޭ ޤަޢުމު ސަރުކާރު ދިވެހި ސަރުކާރު!!!!!

The name is already taken The name is available. Register?

ސަޅު

26 November 2019

ރައްޔަތުންގެ ލާރިބަހާ ކޮމެޓީ ކިޔާބަލަ. ގިސާރިތެދެއް މި ރައީސް މަހީކުރިގޮތެއް ނޫން. ގާތްކުދިބްނަށް ތިޔަބަހަނީ ރައްޔަތުންގެ ލާރި. މިޖަންނުމުރައްވާ. ވިސްނަވާ

The name is already taken The name is available. Register?

ކަރުސަތުނާމާ

26 November 2019

ވަކި ބަޔަކަށް އަނިޔާ ލިބެނީވެސް، ވަކި ބަޔަކަށް ބަދަލު ލިބެނީވެސް. އަހަރެމެނަށްވެސް ދުވަހެއް އަންނާނެކަން ޔަގީން. އެދުވަހު ދެއްކި ވާހަކަ މިއަދު ހަނދާން ނެތުނަސް އަހަރެމެން ވަރަށް ރަގަޅަށް ހަނދާން އެބަހުރި ވެރިކަމަށް އަންނާން ދެއްކި ވާހަކަތައް.

The name is already taken The name is available. Register?

އަރުވާލި އާދަނުވެ ސިޔާސީ ހާސަރު

26 November 2019

ބާތިލްކުރި ޒިންމާދާރު ވެރިންނާ ގާނޫނު އަރާ ހަމަ ނުކުރޭތޯ

The name is already taken The name is available. Register?

ތެއާސާ.

26 November 2019

ކިހިނެތް ހާމަކޮށްގެން ތި ކަންކަން ގެންދާނީ. ސެޓްލްމަންޓް ކޮމިޓީގަ ތިބޭ ބައެއްމީހުންގެ މަސްލަހަތު ހިމެނޭ ތި ކުންފުންޏާ. އަނެއްބައި މީހުންގެ މަސްލަހަތު ހިމެނޭ ލޯ ފާރމްތަކުން ރިޕްރެޒެންޓް ކުރަނީ. ދެން ކިހިނެތް ތިބުނާހެން ގެންދާނީ؟

The name is already taken The name is available. Register?

ފައިސާ

26 November 2019

ޢެކަމަކުވެސް ޒީރޯ ޓެލެރެންސް. މިވެސް ވައްކަން. ޑެން ރީނދޫ ކުދިން އަތްޖަހާ

The name is already taken The name is available. Register?

ބަނާނާ ސަރުކާރު

26 November 2019

ދައުލަތް ދަވާލީ އެންގުމެނެތި. ބަދަލުދޭން ލިސްޓްކުރެވުނު ކުންފުނިތަކާ ގުޅުފަތިބީ ކޮންބަޔަކާ.. ވަކިބަޔަކު ދައުލަތް ލޫޓުވީމަ ކުށަކަށްނުވޭ.. ނޫމަޑިޔަށް ބަދަލުދިނުމުގަ ކާނަލްޒިމުގެ ހިއްސާއެއްނުވޭތަ. 2015އާހަމަޔަށް ޑިފެންސް ހިންގެވީ ނާޒިމު. އިސްތިއުނާފު މަރުހަލާ ނުނިމިއޮއްވާ ބަދަލުދިނުމުން ދައުލަތަށް ލިބެނީ ލުއިތަ ނޫނީ ގެއްލުންތަ.. ރައްޔިތުންގެ އަސާސީ މައްސަލަތަ ހައްލުނުވެ ބިކަވިއިރު ޕާޓީކުދިން ޖީބުތައްފުރިފަ. މިވަރުވާއިރުވެސް މިއީ ގޯހެއްކަމަކަށްނުވޭ.

The name is already taken The name is available. Register?

ދޮންކެޔޮ ގަވަމަންޓް

26 November 2019

ނޫމަޑިއަށް ފައިސާ ދިނުމާ ކާނަލް ނާޒިމްއާ ކޮންބެހޭ ކަމެއްތޯ؟ އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދިނީ މި ސަރުކާރުން. މިހާރުގެ ޑިފެންސް މިނިސްޓަރަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެއް ނޫންތޯ؟ މި ސަރުކާރުން ކުރާ ކަންކަމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން. ރައްޔިތުން އެއޮތީ ހުރިހާ ބާރެއްދީފައި. އެހެންނަމަވެސް ހެޔޮ ވެރިކަމެއް ކުރާކަށް ނޭނގޭ.

The name is already taken The name is available. Register?

އަހަރެންގެ ހިޔާލު

26 November 2019

2015ގަ ޑިފެންސް މިނިސްޓަރަކަށްހުރީ ކާނަލް ނާޒިމު.. އެގްރިމަންޓާ ހިލާފުވެފަ އޮއްވާ ފައިސާދޫކުރީ އޭރުގެ ޑިފެންސުން. ނޫމަޑި ސަރުކާރަށް ދޭންޖެހޭ ފައިސާހުއްޓާ ނޫމަޑިޔަށް ބޮޑުއަދެއްގެ ފައިސާދިނީ. ސިފްކޯފްލެޓްތަ ނޫމަޑިޔާ ހަވާލުކުރީ ނާޒިމުގެ މިނިސްޓަރުކަމުގަ.. 2012އަށްފަހު ޑިފެންސާ ހަވާލުވެހުރީ ނާޒިމު. ނުނިމޭ ފްލެޓްތަކަކަށް ސިފައިންއަތުން ފައިސާނެގަމުންދިޔައީ ނާޒިމުގެ މިނިސްޓަރުކަމުގަ.

The name is already taken The name is available. Register?

ޢެޓޮމް

27 November 2019

އެސްޓިއޯއަށް ގެނައި ުރިހާސިމެންތިއެއް ނާޒިމުގެ ކުންފުންޏަށް އާޒިމު ވިއްކީ ކިހެނެއްތޯ ބަލާބަލަ؟

The name is already taken The name is available. Register?

ފަލާހް

26 November 2019

ސެޓްލްމެންޓް ކޮމިޓީގައި ތިއްބަވަނީ ކޮން ބޭފުޅުންނެއްކަން ސާފުކޮށްދެއްވަވާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454