މަސް ހިފަން އެކަނި ފަރުމައްޗަށް ދިޔަ މަޑަވެލީ މީހަކު ގެއްލިއްޖެ

ގދ. މަޑަވެލީގައި ފަރުމައްޗަށް މަސްހިފަން އެރުނު އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.


މަޑަވެލި ކައުންސިލުން ބުނީ ގެއްލުނީ އެރަށު ގަމަރީ މުހައްމަދު ސައީދު ކަމަށެވެ. އޭނާ އާ ބެހޭ މައުލޫމާތެއް ލިބިއްޖެ ނަމަ ރަށު ކައުންސިލާ ހިއްސާކުރަން ކައުންސިލުން ވަނީ އެދިފަ އެވެ.

ފުލުހުން ބުނީ އުމުރުން 72 އަހަރުގެ މީހަކު މަޑަވެލިން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ފަހު 1:00 އެހާއިރު ކަމަށެވެ. އޭނާ ރަށުގެ ފަރުމައްްޗަށް މަސް ހިފަން ދިޔައީ ދަލެއް ހިފައިގެން، އެކަނި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.