މަޖިލީހުގެ ރައީސް ނަޝީދު: އެމަނިކުފާނާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައި -- ފޮޓޯ/މިހާރު
02 ޑިސެމްބަރ 2019 - 18:40
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާ ޕްރޮގްރާމެއް ބާއްވަން ނިންމައި، ސުވާލު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ "އާސްކް ސްޕީކާ"ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ޓީވީތަކުން ގެނެސްދޭ އެ ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާނެ ކަމަށެވެ. އެ ޕްރޮގްރާމް ހުރިހާ ޗެނަލްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދުރަށް ދައްކާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި ނަޝީދާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުކުރު ދުވަހުގެ ރޭ 11 އާ ހަމައަށް އޮންނާނެ އެވެ. މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަމްބަރަށް މެސެޖް ކޮށްގެންނާއި ވީޑިއޯ ކުރުމަށް ފަހު ފޮނުވައިގެން ވެސް ސުވާލު ކުރެވޭއިރު، ފޯނު މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ މީހުންނަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ ނަމަ، އެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަޖިލީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ސުވާލު ކުރެއްވުމުގެ ފުރުޞަތު. pic.twitter.com/SsXi96NHBt
— People's Majlis (@mvpeoplesmajlis) December 2, 2019
މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓް
މަޖިލީހުން ބުނިގޮތުގައި އެ ޕްރޮގްރާމަކީ މަޖިލީހުގެ އިދާރާގެ އިސް ނެގުމަކަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ އެފަދަ ފުރަތަމަ ޕްރޮގްރާމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
03 December 2019
ފުރަތަމަ ސުވާލު. މަޖިލިސް ބިޔަވެ ބޮޑުވާގޮތަށް އޮންނަ އޮތުމަށް ނިމުމެއްނުގެންނަނީ ކީއްވެ؟ ދެވަނަސުވާލު އެހެންއެއްވެސް ވަޒީފާއެއްގައި ކެއުމާއި ފަރިއްކޮޅާއި ސައިނުލިބޭ. މެމްބަރުން ނަށް ލިބެނީ ކީއްވެ؟ ތިންވަނަ ސުވާލު: ރާއްޖޭގެ ނިސްބަތުން ސިޔާސީ މަގާމުތަކަށް މަޖިލިސް ހިމެނޭގޮތުން ބިޔަބޮޑު މުސާރައާއި އިނާޔަތާއި ހިމާޔަތް އެހާ ބޮޑީ ކީއްވެ؟
ފޫހި
03 December 2019
މައުމޫނަށް ކުރި މަލާމާތް މާކުރިން ސުވާލުތައް ފޮނުވައިގެން ސެންސަރުކޮށްގެން ބޭނުންވާ ސުވާލުތަކަށް ޖަވާބު ލިޔެގެން. ބޮޑުވަރު. ދެން ނެތް އެއްވެސް އިންޓަރެސްޓެއް.
އެފްޖީ
03 December 2019
ލައި ޑިކެޓްޓަރެއް ގުޅާފަ ބައިންދައިގެން ނޫނީ ކުރެވޭ ސުވާލުތަކަށް ލިބޭ ޖަވާބު އެއީ ތެދެއްކަން ގަބޫލުކުރަން ވަރަށްވެސް ދަތިވާނެ.
ަމޮޔަ
03 December 2019
ކޮސް ޖަވާބުދީ އަނގަ ޗޭވެފަ އިންނަތަން ބަލާލަން ބޭނުން
ރާއްޖެތެރޭ ކުއްޖާ
03 December 2019
ނަޟީދަކާ ނުން ސުވާލު ކުރަން ބޭނުންވަނީ، ރައީސް ސޯލިހުއާއި ކުރަންބޭނުންވަނީ
ސަހަރޯ
03 December 2019
ކިތައްދުވަސް ވަންދެން ސުވާލުތަކަށް ޖަވާބު ދެވޭނެބާ؟
ނަސީދު
03 December 2019
މަގޭސުވާލު މިހާރު މިކޮއްލަނީ ކޮންކަލަ ފަންޑިތައެއްތޯ ހަދައިގެން ގައުމުް މުގެ %50 މީހުންގެ ލޯބި ހޯއްދަވައި ގެންތިއުއްވަނީ
ސުވާލު
03 December 2019
ސުވާލަކީ ވެރިކަން ނުލިބެންޏާ ޤައުމަށް ކޮއްދޭނެ އެއްވެސް ކަމެއް ނެތްކަމަށް ދެކިގެން ތިއުޅެނީ ކިހިނެއްވެގެންތޯ؟ ވެރިކަމާހެދި ޢާމުރައްޔިތުންނާއި ދައުލަތުގެ މުދަލަށް ޢާމުންލައްވައި ބޮޑެތި ގެއްލުންދިނީ ކިހިނެއްވެގެންތޯ؟
މަމްމަނު
03 December 2019
ޖަނަވަރީ އިންތިހާށް ތައްޔާރުވުން ދެއްތޯ
ވައްޑޭ
03 December 2019
މި ދެން ސުވާރުގެ މީހެއްތަ. މިޤައުގެ ހަލާކު