ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
31 އޯގަސްޓް 2025 - 20:15
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ މެދު ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި ނޫސްވެރިން ވެސް ދެކޮޅު ހަދަމުން އަންނައިރު، މައްސަލައިގެ ހައްލަކީ ސިޔާސީ ޕާާޓީތައް ބައްދަލުކޮށް، މަޝްވަރާ ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފާއިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ ބިލް ވަނީ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާ ފަށައިފަ އެވެ.
މީޑިއާ ބިލްގެ މައްސަލަ "ބޮޑު ގައުމީ" ކަމަކަށް ވެފައި ވަނިކޮށް، ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވި ނަޝީދު ވިދާޅުވީ، އެއާ އެކު ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ އަށް މުހިންމު ކަމަށާއި ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މީޑިއާ ބިލާ ގުޅޭ ގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭނުންތެރި،" އެކްސްގައި ނަޝީދު ވިދާޅުވި އެވެ.
Alhugandah fenna gothugai Media bill aa gulhey gothun hurihaa siyaasee party ehge bahdhalu vumeh beyvun beynun theri. Noosverikamuge minivan kan inthihaa ah beynun theri. Hama eyaai eku noosverin zinmaadhaaru vun ves muhinmu.
— Mohamed Nasheed (@MohamedNasheed) August 31, 2025
ބިލް ދިރާސާ ކުރާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މީޑިއާއާ ގުޅޭ ދައުލަތުގެ ދެ މުއައްސަސާ ކަމަށްވާ ބްރޯޑްކޮމް އާއި މޯލްޑިވްސް މީޑިއާ ކައުންސިލް މިއަދު ހާޒިރު ކުރުމުން އެ ދެ އިދާރާ އިން ވެސް ވެސް އެ ބިލްގައި ހުރި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ސެލްފް ރެގިއުލޭޓްރީ ނިޒާމެއްތޯ ނޫނީ ކޯ ރެގިއުލޭޓްރީ ނިޒާމެއްތޯ ވެސް ބަލަން ދިރާސާއެއް ކުރަން ޖެހޭ ކަމަށާއި އެކަން ނުބަލައި ގާނޫނެއް ގެނަޔަސް އެއިން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. ބިލު ޑްރާފްޓް ކުރުމުގެ މަރުހަލާގެ ތެރޭގައި ހިޔާލާއި މަޝްވަރާ ބޭނުންވަނީ އެހެންވެކަން އޭނާ ފާހަގަކުރެއްވި އެވެ.
މީޑިއާ ކައުންސިލުން ކޮމިޓީގައި މިއަދު ބުނީ، މީޑިއާ ބިލު ތައްޔާރު ކޮށްފައި އޮތީ ރާއްޖޭގެ މިނިވަން މީޑިއާ ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި ކަމަށާއި އެ ބިލުގައި ނޫސްވެރިންގެ ހިމާޔަތުގައި އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށެވެ.
އެހެންވެ، އެމްއެމްސީން އެދޭ ގޮތަކީ ކަމާ ގުޅޭ ފަރާތްތަކާ އެކު ފުޅާ ގޮތެއްގައި މަޝްވަރާކޮށްގެން ބަންޑާރަ ނައިބުގެ އޮފީހުން އާ ބިލެއް އެކުލަވާލުން ކަމަށް އެމްއެމްސީގެ ރައީސް ހުސެއިން ސަގީފު ވިދާޅުވި އެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލު އަނބުރާ ފޮނުވާލުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީގައި ސަގީފު އެދިވަޑައިގަތެވެ. މިހާރު ހުށަހަޅާފައި އޮތް ބިލު އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ބިލުގެ ސަބަބުން އުފެދިގެން ދާނީ އިތުރު ކަންބޮޑުވުންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީޑިއާގެ ބިލްގެ މައްސަލާގައި އެމްޖޭއޭ އާއި ބައެއް ނޫސްވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ވެސް ބިލަށް އަދި އިސްލާހުތަކެއް ހުށަހަޅާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ ބިލްގައި އެ މަނިކުފާނަށް ބާރު ލިބިވަޑައިގަންނަވާ ގޮތަށް ހުރި މާއްދާތައް އިސްލާހުކޮށް، ރައީސަށް މީޑިއާ ކޮންޓްރޯލް ނުކުރެވޭ ގޮތަށް ހައްދަވާނެ ކަމަށެވެ.
އެ ބިލުގެ ދަށުން ނޫސްވެރިން، 25،000ރ. އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ނޫސްތައް 100،000ރ. އާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ވެސް މި ބިލުގައިވެ އެވެ. މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓުމާއި ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ބިލު ތަސްދީގު ކުރުމުގެ ކުރުމުގެ އެއް އަހަރު ކުރީގެ ކަންކަން ބަލައި ފިޔަވަޅު އެޅޭނެ ކަމަށް ވެސް ވެ އެވެ.
އެ ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެ ކޮމިޓީން ވަނީ އެ ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ގެ ކުރިން ނިންމަން ފާސްކޮށްފަ އެވެ.
އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުމަކީ ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ތިން މެންބަރުން ތިބުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ކަމަށްވާ ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް ކަމަށެެވެ. އަދި ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް އޮތުން ހިމެނެ އެވެ.
ބިލުގައި ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެއް ކަމެއް އެނގެން ނެތުމަކީ ވެސް ނޫސްވެރިންގެ ކަންބޮޑުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފުރިކާ
01 September 2025
ދިވެހި ރާއްޖެ ހަލާކު ކޮއްލި އެކަކު ތީ.. ފުރަތަމަ މިތާގެ 12 ރުފިޔާއަށް ހުރި ޑޮލަރު 15 ރުފިޔާއަށް ހަދާ ރައްޔިތުން ފުނޑާލި އެކަކު
ހެސްކީ
01 September 2025
2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ އެމްޑީޕީއަށްވުރެ މުއީޒުވެރިކަން ރަނގަޅުވާނެކަމަށް ބުނެ ނަޝީދުއާއި ބައިވެރިން މުއީޒަށް ތާއީދުކުރުމުން. އެމްޑީޕީން މުއީޒު ސަރުކާރާމެދު އޮތް ހުރިހާ ހިތްހަމަނުޖެހުމެއް އަމާޒުކުރަންވީ ނަޝީދުއަށް. ފައްޔާޒުވެސް ނަޝީދު ވައްތަރު ޖައްސައިގެން ނަޝީދުގެ އައުވާނުން ފަހަތުލައިގެން ސިޔާސީ ކުރިމަގަށް ހުރަސްއެޅުން ނޫންކަމެއްނުވާނެ. ފައްޔާޒު ނަޝީދު ފަޅިއަށް އަރާ ތިޔަހުންނަނީ އެހެންގޮތެއް ނެތިގެންތޯ؟ ހީވަނީ އެހެން.
ރަމަ
01 September 2025
ރާއްޖެ މިޙާލަތަށްވައްޓާލި ( ރައީސް މުއިއްޒުއަށް ވެރިކަން ލިބުމުގައި މެދުވެރިވި) އިސްފަރާތަކީ ރައީސް ނަޝީދު ކަމާއިމެދު އެއްވެސް ޝައްކެއްނެތް މީދެބަސްވާންއޮތް ކަމެއްނޫން. މިކަންވަރަށްސާފު. މިހާރު މިދަނީ ރައްޔިތުން ބަލައިގަތް ވެރިކަމަކުން ރައްޔިތުންނަށްލިބެމުންދާ ގެއްލުންތައް ތަޙައްމަލުކުރަމުން.
އަހްމަދު އަންވަރް
01 September 2025
މި މައްސަލައިގެ ހައްލަކީ މަނިކުފާނު މިކަމުގެ ތެރެއަށް ބޯ ނުކޮށްޕުން. ސާފު؟
ޔޫހާން މޫސާ
01 September 2025
މި ބިލާ ގުޅޭ ގޮތުން ކީއްކުރަން އެއްވެސް ބިލަކާ ގުޅޭ ގޮތުން އެއްވެސް ކަހަލަ ބަހެއް ކިިޔޭ ވަރުގެ މީހެއް ނޫން އަންނި އަކީ. ބިލެއް ކީއްކުރަން ގައުމުގެ އެއްވެސް ކަމަކާ ބެހިގެން ނުވާނެ
ނިޔާޒްް
01 September 2025
ސިޔާސީ ޕާޓީ މަޝްވަރާ ކުރުމަށްވުރެ މާ ތާހިރު ވާނެ އަހަރުން އާންމު މީހުންގެ ހިޔާލު ހޯދަން. ސިޔާސީ މީހުން ވިއްޔާ އުޅޭނީ ސީދާ އެމީހުންގެ އަމިއްލަ ފައިދާާއަށް ހުރިހާ ކަމެއްވެސް ކުރަން
ލީވާންް އައްބާސް
01 September 2025
ސިޔާސީ ޕާޓީތައް އެެއްކޮށްގެން ޑްރާމާ ކުޅެން ނޫޅެބަލަ
ސަމަދް
01 September 2025
އަންނި ތިބޭފުޅާ މާ ރިލަވަންޓް މީހަކަށް ވާން އުޅޭނެ ކަމެއް ނެތް. މިހާރު ކަލޭ އަގައިން ނިކުންނަ ކޮންމެ ބަހަކާ އެކީ މީހުން އަންނާނީ ރުޅި
ގއމ ހތމ
01 September 2025
އަންނި ދެން ކޮންމެހެން މި ރާއްޖޭގެ ކަންކަމުގެ ތެރެއަށް ދަނޑި ބާނާނެ ކަމެއް ނެތް. ރައްޔިތުންގެ ޝައުޤެއް ނެތް ތިބޭފުޅާއަކަށް. އަބަދުވެސް އެމަގުން މި މަގުން ގޮސް ކަންކަން ޚަރާބުގެ މަގަށް ގެންދަން އުޅޭ ބޭފުޅެއްތީ.. ހިއެއްނުވޭ އެއްފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާލާނެތީ ބޭފުޅާއަށް އަލުން ވޯޓު ދޭނެހެނެއް. އޭނާ ކައިރީ ބުނޭ ރައްޔިތުން އެބަ ބުނޭ ވަރަށް ސޮރީއޭ.
އަހުމަދުބޭ
01 September 2025
ނަސީދުއެވެ، މަނިކުފާނަށް މިގައުމަށް ދެވުނު ގެއްލުން ކުޑައެއްނޫނެވެ، ދެންވެސް ލިބުނުމޮޅައިގެން މަޑުން މިގައުމުގެ ކަންކަމާނުބެހި ހުރެބަލާށެވެ، މަނިކުފާން މިގައުމަށްގެނެސްދެއްވި ޑިމޮކްރަސީއީން މިއުޅެނީ ރައްޔިތުން އަރާނުގަނެގެންނެވެ، ގައުމުގައި ކޮރަޕްސަން ވީއިތުރެވެ، މާރާމާރީއާ މީހުން މެރުން ދަނީ އިތުރުވަމުންނެވެ، އަދަބު އަޚްލާގާ، ގީބަބުނުމާ، އިންސާނީ ކަރާމާތް މުޅިންހެން ނެތިގެން ހިގައްޖެއެވެ.