މޫދަށް އެރި އުޅުނު ކުޑަކުދިންތަކެއް، ފަޅުތެރޭގައި އޮތް ދޯންޏަކުން ފުންމަނީ: ކުޑަފިރިހެންކުދިންތަކަކަށް ޖިންސީގޯނާކުރާ ކަމަށް ތުހުމަތުކުރެވޭ ކައުންސިލަރެއްގެ މައްސަލަ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން އަންނަނީ ބަލަމުން.---މިހާރު ފޮޓޯ: ހުސައިން ވަހީދު
04 ޑިސެމްބަރ 2019 - 21:04
ކުޑަ ފިރިހެން ކުދިންނާ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ކައުންސިލަރަކާ މެދު ފިޔަވަޅު ނޭޅި އިތުރު ކުދިން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަން އިން ބަލަން ފަށައިފި އެވެ.
އޭނާ އަށް ފިޔަވަޅު ނޭޅި ލަސްވާ މައްސަލައިގައި އެ ކޮމިޓީން އިއްޔެ ވަނީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
ރަށު ކައުންސިލެއްގެ ނައިބު ރައީސްކަން ކުރާ އެ މީހާގެ ވަނަވަރު "މިހާރު" އަށް އެނގުނު ނަމަވެސް މި މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި އެ މީހާގެ ނަން ނުހިމެނީ އެވެ. ކުޑަކުދިންގެ އުމުރާ ނުގުޅޭ، ޖިންސީ ވާހަކަ ދައްކައި ކުދިންތަކަކަށް އޭނާ ފޯނުން ފޮނުވާފައިވާ މެސެޖްތަކެއްގެ ކޮޕީ ވެސް "މިހާރު" އަށް ލިބިފައިވެ އެވެ.
ކުޑަކުދިންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއްގައި ހައްލު ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ޖެންޑާ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހަކު ކައުންސިލެއްގެ ނުފޫޒު ގަދަ މަގާމެއްގައި ހުރުމަކީ ކޮމިޓީގެ ކަންބޮޑުވުމެއް ކަމަށެވެ. އެފަދަ މައްސަލައެއްގައި، ތުހުމަތުކޮށް ދައުވާ އުފުލިއްޖެ ނަމަ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރެވޭނެ ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ނިޒާމުގެ ތެރެއިން އޭނާ އަށް ފިޔަވަޅު އެޅޭނެ ގޮތެއް ނެތި ހުރީ ދޫވެފަ އެވެ. މިއީ، ކޮމިޓީގެ އިތުރުން، އެ ކައުންސިލަރު ނިސްބަތްވާ ރަށުގެ ގިނަ އާއިލާތަކެއްގެ ވެސް ކަންބޮޑުވުމެއް ކަމަށް ޖީހާން ވިދާޅުވި އެވެ. އެ މައްސަލަ ކޮމިޓީއާ ހިއްސާކުރީ ވެސް އެ ކައުންސިލަރު ނިސްބަތްވާ ރަށުންނެވެ.
"ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ނުރައްކާ އޮތް މިފަދަ މީހުންގެ މައްސަލަތައް ނުބަލައި އާދައިގެ ކަމެއްގެ ގޮތުގައި، ދޫކޮށްލަން ކޮމިޓީން ބޭނުމެއް ނުވޭ،" ޖީހާން ވިދާޅުވި އެވެ.
ކޮމިޓީން ބަލަމުން އަންނަ މި މައްސަލަ ވަނީ ފުލުހުން ހިމެނޭ ގޮތުން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެނގިފައިވާ ގޮތުގައި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މި ކައުންސިލަރުގެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ބެލި އެވެ. އެކަމަކު، ކައުންސިލަރަކު މަގާމުން ސަސްޕެންޑްކުރުން ނުވަތަ އެ ނޫން ފިޔަވަޅެއް އެޅުމުގެ ބާރު އެ އިދާރާ އަށް ނޯންނާތީ، އެޓާނީ ޖެނެރަލްގެ ލަފާ ހޯދިކަން ވެސް އެނގިފައިވެ އެވެ.
ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރާ ކައުންސިލަރެއްގެ މައްސަލަ ކޮމިޓީން ބަލަމުން އަންނަ އިރު، ކައިވެނީގެ ނަމުގައި 13 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެ މައްސަލައިގައި، ކަމާބެހޭ އިދާރާތަކުން ވަގުތުން ފިޔަވަޅު އަޅަން އެންގުމުން، އެ އަންހެން ކުއްޖާ ވިހެއި ދަރިފުޅާ އެކު އެ އާއިލާގެ ޖުމްލަ ހަތް ކުދިން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޯޒޯ
05 December 2019
ތިކަހަލަ މުޑުދާރު މީޙުން މަތީ މަގާމުތަކުގަ މުޅިންވެސް. މުދިމަކަސް . މަ ހިތަށް އަރާ ކުޑަކުދިންނާ ބެހިފަ ކޮންމެ އިރަކު މިސްކިތަށް އަރާ ނަމާދުކުރަން އެއްޗެކޭ ހިތަށް އަރާބާއޭ. ކޮންމެ ތަނަކަށް މައްސަލަޖެއްސިއަސް ވާކަމެއް ހަރާން ވާނެ. ކުއްޖާ ބަދުނާމު ވުން ނޫން ކަމެއް ނުވާނެ.
އީނޯ
05 December 2019
ކައުންސިލަރު ނިސްބަތްވާ ޕާޓީގެ ނަން އެހާ ބޮޑަށް ހިމާޔަތްކުރެވުނީމަ ދެން ހީވާނީ ހަމަ ސަރުކާރުގެ ޕާޓީއަކަށް ނިސްބަތްވާ މީހެއްކަމަށް. ޕީޕީއެމް ކައުންސިލަރެއްނަމަ މިހާރު އެމައުލޫމާތު އެހާ ބޮޑަށް ހިމާޔަތްވާނެހެން ވަރަށް ހީނުވޭ.
ލިން
05 December 2019
އެހެންތާވާނީ މިހާރުވެސް ތިޔައިން ކައުންސިލަރަކަށް ފިޔަވަޅެއް އަޅާ ވަކި ކުރެވޭ ގޮތަށް ހަދަން ހުށަހެޅީމަ ހާޑްވީ..
ޕީޓާ
05 December 2019
ކުދިން ދޫކޮށްލާފަ މައިން ބަފައިން ނިދަންތަ ތިބީ... ބެހެންދީފަ ...ބުރަކަށީގަ ޖަހަން ވެއްޖެނު ކުޑަ ކުދިނާބެހޭ ..އެއްމެނަށް އެގޭނެނު ..
އަލާމާ
05 December 2019
އުސޫލެން ނެތިގެން ޒިންމާއިން ބޭރު ނުކުރެވިފައި އޯ. ބަލަ ސްޕްރީމް ކޯޓް ހުސް ތިކޮށްލީ. ދެން ކައުންސިލް ތީ ކޯންޗެއް
އަ ހޯސް ވިތު ނޯ ނޭމް
05 December 2019
ތި މައްސަލައިގަ ހިމެނޭ ކުޑަ ކުދިންގެ ނަން އެނގޭނެ ރަށު މީހުނަށް ، އެކަމަކު މި ނުބައި މުޖުރިމުގެ މައުލޫމާތު ސިއްރު ކުރީމައި އިތުރު ކުދިން ނުރައްކަލަށް ހުށަ އެޅޭނެ ، މާދަމާ ތޯއްޗެ ރާއްޖޭ އެހެން ހިސާބަކަށް ގޮސް މި ކުޅިގަނޑު ފަށާނީ.
މީރުބަހުރު
05 December 2019
ކައުންސިލަރެއް ވީމަ އެޅޭނެ ފިޔަވަޅެއް ނެތޭ ބުނީމާ ގަބޫލެއް ނުކުރެވޭ. މައްސަލަ ތަހުގީގުކޮށް އެހެން މައްސަލަތަކެކޭ އެއްގޮތަށް ދައުވާ ކުރެވޭނެ. ރައްޔިތުން ވޯޓުން ހޮވިޔަސް އަދުލު އިންސާފުގެ ކުރިމައްޗަށް ނުގެނެވޭނެ އެކަކުވެސް ނުހުންނާނެ. ދެކޮޅު ނުޖެހޭ ވާހަކަ ނުދައްކާ
ޒައި
05 December 2019
އެވާހައޭ ރައީސުލްޖުމްހޫރިއްޔާ އަކީ މާގިނަ ރައްޔިތުންގެ ވޯޓުން ހޮވާފަރާތެއް.. އެ ފަރާތްވެސް ޖަވާބުދާރީކުރުވާ މަޤާމުން ވަކި ކުރެވޭ މަޖިލީހަށް. ދެން ކީއްވެ ކައުންސިލަރުން ޖަވާބުދާރީކުރުވާ ފިޔަވަޅު ނޭޅެންވީ..
ހޮޓްކިންގ
05 December 2019
ކުޑަކުދިންގެ ހައްގަށް މިސަރުކާރުން ފުރަތަމަވެސް ވަނީ އަރައިގެންފައި. އެއީ ހޯރައިއްބެ ދޫކުރީ މިސަރުކާރުން ކަމަށްވާތީ. ދެން ކޮން އަނގައެއް މިސަރުކާރުން ތިކަމުގައި ހުޅުވޭނީ؟
މެސީ
05 December 2019
ސިޔާސީ ގޮތުން ހައްދުފަހަނައަޅާފަހުރި އެމްޑީޕީ ކައުންސިލަރެއް އުތަ؟
ރަށު ސޮރަ
05 December 2019
އެ ބޭފުޅާއަކީ ޕީޕީއެމްގެ ކައުންސިލަރެއް،
ފިލާވަޅު
05 December 2019
ކޮބާ ރައްޔިތުން ނުވަތަ މިކުދިންގެ ބައްޕައިން ތިބީ ނިދާފަތަ