ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.


ފުލުހުން ބުނީ، މަރުވީ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އަށް ގޮސް އުޅުނު އުމުރުން 74 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ސްނޯކްލިން އަށް ގޮސްގެން އުޅެނިކޮށް، ގެނބުމުން ގެންދިޔައީ އދ. މަހިބަދު އަށެވެ.

އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ތަނުގެ ޑޮކްޓަރާ ހަވާލީ ފުލުހުން ބުންޏެވެ.

އެ މަރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އައިސް އުޅޭ ޓޫރިސްޓުން ގެނބިގެން މަރުވުމަކީ އާއްމު ކަމެކެވެ. މިކަމަށް ހައްލު ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.