ރާއްޖެ ކައިރީ އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްގެ ސެޓަލައިޓް ފޮޓޯޢެއް، މެޓް އޮފީހުން މިއަދު ފަތިހު 5:00 ގައި ނަގާފައި -- ފޮޓޯ: މެޓް އޮފީސް
18 ޑިސެމްބަރ 2019 - 11:00
ރާއްޖެ އަށް މި ދުވަސްވަރު ވިއްސާރަ ކުރަނީ މި ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކަމަށާއި އަންނަ ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު "މިހާރު" އަށް ވިދާޅުވީ މިއަދާއި މާދަމާ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ވައި ޖެހެނީ 15-25 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށް ވުމުން ކަނޑު ގަދަ ވާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ މީހުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން އޭނާ އިލްތިމާސްކުރެއްވި އެވެ.
Alert White till 1230 hrs pic.twitter.com/HPoDznMBjL
— Maldives Meteorology (@MetMaldives) December 18, 2019
މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް
ދެކުނުގެ ބައެއް ހިސާބުތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. ނަމަވެސް އެ އަތޮޅުތަކަށް ވައި ޖެނޭނީ 7-17 މޭލާއި ދެމެދުގެ ބާރު މިނެއްގައި ކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި އެ އަތޮޅުތަކަށް ކަނޑު މަޑު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރު 12:30 ގެ ނިޔަލަށް ނ. އަތޮޅާއި ވ. އަތޮޅާއި ދެމެދަށް ހުދު އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަހައްދަށް 23-29 މޭލުގެ ބާރުމިނުުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައްޔެއް!
19 December 2019
މިހެން ބުނި ފަހުން ހުއްޓާނުލާ ވެހެނީ
އަހުމަދުއަލޯ
18 December 2019
ތިޔަހެން ބުނެލާތަނުން ރަނގަޅުވާނަމަ ހާދަހާ ވާ ރަނގަޅެވެ.