ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ކަރަންޓް ކެނޑުނުތާ ގާތްގަނޑަކަށް 10 މިނެޓް ތެރޭގައި އަލުން ކަރަންޓް ދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެތަން ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، އެއާޕޯޓުގެ ހުރިހާ ސަރަހައްދަކުން ވެސް ކަރަންޓު ކެނޑުނު ކަމަށެވެ.

އެކަމަކު މިހާރު އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓް ލިބި، އޮޕަރޭޝަންސްތައް ފަށާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ހަސަން ވިދާޅުވި ގޮތުގައި ކަރަންޓް ދިޔައީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

އެއާޕޯޓުގެ އެންމެ ބާރުބޮޑު އެއް ގަޑީގައި ކަރަންޓް ދިޔަ އިރު މިދިޔަ އާދިއްތަ ދުވަހު، އެއާޕޯޓުގެ ރަންވޭ ކުއްލިގޮތަކަށް ސާފުކުރަން ޖެހުމުން ދެ ފަހަރެއްގެ މަތިން ބަންދުކޮށްފައިވެ އެވެ. އެއާއެކު ގިނަ އަދަދެއްގެ ފްލައިޓްތައް ޑިލޭވެ، އެހެން ބައެއް މަންޒިލްތަކަށް ޑައިވާޓުކޮށްފައިވެ އެވެ.