ޕީޖީ ޝަމީމް: ޖަލުތައް ފުރޭ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވި -- ފޮޓޯ/ރައީސް އޮފީސް
24 ޑިސެމްބަރ 2019 - 14:02
ޖަލު ހުކުމް ތަންފީޒުކުރާ މީހުންގެ އަދަދު ގިނަވެ، ޖަލުތައް ފުރޭ މައްސަލަ ހައްލު ކުރުމަށްޓަކައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލުގެ ޖާގައަށް ވުރެ ގައިދީންގެ އަދަދު ގިނަވުމުން ކަރެކްޝަންސް އިން މިހާރު ވަނީ ޖަލަށް ގެންދަންޖެހޭ މީހުންނާ ހަވާލުވުމަށް ދެކޮޅު ހަދައިފަ އެވެ. އެހެންވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބެންޖެހޭ ބައެއް މީހުން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ.
އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ޖަލު ހުކުމް އަދަބު އެހެން ބާވަތުގެ އަދަބަކަށް ބަދަލު ކުރުމުގެ ފުރުސަތު ބައެއް މައްސަލަތަކުގައި އޮންނަ ކަމަށާއި އެކަމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހާއި ހޯމް މިނިސްޓްރީއާ އެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ޖަލުތައް ފުރޭ މައްސަލައަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Penal code (section 1005) allows for conversion of punishments to non-custodial sentences wherever possible. @PGO_MV is working with @AGOmv and @HomeMinistrymv to explore these options. Together, we shall find a solution to prison congestion! pic.twitter.com/5UHYdj217b
— Hussain Shameem (@HuShameem) December 24, 2019
ޕީޖީގެ ޓްވީޓް
ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަލު ހުކުމުގެ އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާ އަށް ނުވަތަ މުޖްތަމައަށް ޚިދުމަތް ކުރުން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެ އެވެ. އަދަބުގެ ބާވަތް ބަދަލު ކުރާ ނަމަ، އެކަން ކުރެވޭނެ މުއްދަތުތަކާއި ޖޫރިމަނާގެ އަދަދުތައް ވެސް ގާނޫނުލް އުގޫބާތުގައި ހިމަނާފައިވެ އެވެ.
އެކަމަކު ނުރައްކާތެރި ކުށްތަކުގައި ނުވަތަ ކުށްވެރިޔާ ބަންދު ކުރުން ކޮންމެހެން ބޭނުންތެރި ނަމަ އަދި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި އެ މީހެއްގެ އަދަބުގެ މަދުވެގެން ހަތަރު ބައި ކުޅަ އެއް ބައި ވާން ޖެހޭނީ ޖަލަށްލުން ކަމަށް ގާނޫނު އުގޫބާތުގައިވެ އެވެ.
މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ޖަލު ހުކުމުގެ އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާ އަށް ބަދަލު ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނާ
24 December 2019
ރައްޔިތުންގެ ފައއިސާއިން ބޮޑުމުސާރަދީފަ ކޮމްމއވެސް ނަމެއްކިޔާފަ ކޮމިށަނެއްއުފައްދާ އެމްމެން މަގާމުތަކައް އައްޔަންކޮށްލާ އެނީމުނީ އެއީ މިއަދުގެ ސަރުކާރުގެ އުސޫލަކީ
ބިއްޖެހި
24 December 2019
ދެން އެމީހުން ދޫކޮށްލާނެ ގޮތެއް ނުފެނިގެން ކަލޭ ތި ތެޅިބާލަނީ.
ފޮނިޓައްޕު ހަސަނު
24 December 2019
ޖަލުގެ ޖާގައިގެ މައްސަލަ ހައްލުވާނެ މަރުގެ ހުކުމް ތަންފީޒު ކުރަން ފެށީމަ. އަދި ގާނޫނަށް ބަދަލު ގެނެސްގެން ޑްރަގް ބޯ މީހުންނާއި ވިޔަފާރި ކުރާ މީހުން މަރަން ހުކުމްކޮށް މަރަން ފެށީމަ.
އޭފް
24 December 2019
ނުރައްކާތެރި ކުށަކީ ކޮބައިކަން ނޭނގެނީ؟؟؟ މި ގައުމުގައި ތިޔަ ބުނާ ހުރިހައި ނުރައްކާތެރި ކުށެއް ހިންގާފއި ހުރީ މަސްތުވެގެން. އެހެން ވީމާ، މަސްތުވުމަށް ވުރެ ބޮޑު ނުރައްކާތެރި ކުށަކީ ކޮބާ؟؟؟؟؟ އެމީހުން އަދިވެސް މަގުތަކަށް ދޫކުރުމުގެ ވިސންުން ގެންގުޅޭހެން ހީވަނީ!!!!
އިބިރިހިންބެއްޔާ
24 December 2019
ބަލަގަ ކައުންސިލްތަކަށް އިތުރު އެކްޓިވިސްޓުން ލައިގެން ޚަރަދުކުރަން ބަޖެޓްކުރި ފައިސާ ކޮޅަށް އިތުރު ޖަލު ހަދަންވީ އެއްނޫންތޯ. ކައުންސިލަރުން އިތުރުކުރުމަށްވުރެ ޖަލުގެ ގޮޅި އިތުރުކުރުން މިވަގުތު މާމުހިންމު.
ޥާލުސޮރު
24 December 2019
ޢެހެންތާ ވާނީ އަދަބު ލުއިކޮށްދެވެން އޮންނަ ބާވަތުގެ މައްސަލަ ތަކުގާވެސް އިސްޤާޟި ޖައްސަވަމުން އެގެންދަވަނީ ޖަލަށް
ވިލާ
24 December 2019
ބޭސްފަރުވާއަށް ބޭރަށް ފޮނުވައި އާސަންދަ ދޭހެން, އަވަށްޓެރިގައުމުތަކުގެ ޖަލުތަކަށް ބަދަލުކޮށްލާ! އޭރުން ހިނަގާ ޚަރަދު ވެސް ކުޑަވާނެ. އެއިން ޖަލަކުން ނިކުމެވޭ އިރު ހުންނާނީ ލައްކަތަން ރަނގަޅުވެފައި.
ވިދާދު ވަހީދު
24 December 2019
ރަނގަޅު. އަދީބު ސަލާމަތްކޮށްފައި ބަހައްޓާ
އިބިރިހިންބެއްޔާ
24 December 2019
އެދީބާއި އަދި އެނޫންވެސް ނުފޫޒާއި ފައިސާ އަދި އާރާއި ބާރުހުރި ކުއްވެރިންނަށް އެކްސްޗޭންޖް ޕްރޮގުރާމެއް ތަޢާރަފު ކުރަނީދޯ.
މުރާސިލް
24 December 2019
ދެން ކުށްވެރިން ރަށްރަަށައް ފޮނުވާ އޭރުން އޮނަނާނީ ބެފަ މިގައުމު ފަސާދަވީ ރަށްރަށައް މަސްތުވާތަކެތިނަގާމީހުންނާއި ވަގުން އަރުވައިލާއިގެން
އިޒްޒަތްތެރި
24 December 2019
ކަލޭމެން ލަދެއް، ބިރެއް ނުގަނޭތަ؟ ﷲގެ ހުކުމްތައް ފިޔަވައި އެހެން އަމިއްލަ ހުކުމްތައް ނެރޭކަށް؟
ކޮސްބެ
24 December 2019
ސުވާލު ކުރެވޭނެ ދުވަހެއް އެބައޮތް