ޕީޖީ ޝަމީމް: ވެކްސިނަށް ދެކޮޅު ހަދަމުންދާ މީހުންނަށް މިވަގުތު އެޅޭނެ ފިޔަވަޅުތައް ބައްލަވާނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
15 ޖެނުއަރީ 2020 - 12:49
ކުޑަކުދިންނަށް ވެކްސިން ނުދޭ މީހުންނާ މެދު ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ދިނުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އެކަންކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭ ގޮތަށް ވެސް އެ ގާނޫނުގައި ހިމަނާފައިވެ އެވެ. އެކަމަކު އެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ މަހު އެވެ.
ވެކްސިން ދިނުމާ ދެކޮޅު ފަރާތްތަކަށް އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމާ ބެހޭގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަހުމަދު ޖަމްޝީދު ކުރެއްވި ޓްވީޓަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އޮތްގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށޭނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެކަމަކު ގާނޫނީ ގޮތުން އެކަމަށް އެޅެންހުރި އެހެން ފިޔަވަޅުތައް ބައްލަވާނެ ކަމަށް ވެސް ޝަމީމްގެ ޓްވީޓްގައިވެ އެވެ.
Because the law says it'll come into effect in three months from the dates of ratification. Date is 20th February 2020.
— Hussain Shameem (@HuShameem) January 14, 2020
We can and will look into other legal avenues to address this issue though. https://t.co/67cpVkSdgg pic.twitter.com/5sITjeAjlq
ޝަމީމްގެ ޓްވީޓް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން ސިއްހީ ގޮތުން ކުއްޖާ ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވުމުގެ ސަބަބުން ކުއްޖަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ ތިން އަހަރަށް ޖަލަށް ލެވޭނެ ކުށެކެވެ. އަދި އެ ނޫނަސް، އެ ކުއްޖާއާ މެދު މައިންބަފައިން ނުވަތަ ބެލެނިވެރިންގެ މައްޗަށް އޮތް ޒިންމާއަކާ ޚިލާފަށް އަމަލުކޮށްފި ނަމަ، ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ބައެއް މައްސަލަތައް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ރާއްޖެއިން ދާދިފަހުން ފުރަތަމަ ފަހަރަށް ހިމަބިހި ފެނުނީ ވެސް ވެކްސިން ނުދީ ހުރި ތިން އަހަރުގެ ކުއްޖެއްގެ ގައިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސާން
16 January 2020
ތިބުނާ އެއްޗެއް ޖަހައިގެން ލިބޭ ގެއްލުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ، އެގޮތަށް އިގުރާރުވެގެން ކުދިންގަޔަށް ވެކްސިން ޖެހޭނީ. ދަރިން އެއީ ސަރުކާރުގެ މިލްކެއް ނޫން . ބަލިވީމަ އުފުލަންޖެހޭ ހުރިހާ ތަކްލީފެއް އުފުލަންމިޖެހެނީ ސަރުކާރުންތަ؟ އެއްހޮސްޕިޓލުން ނުދެއްކިގެން އަނެއްހޮސްޕިޓަލަށް ދުވެ ދުވެ އުޅެންމިޖެހެނީ..
އަތްވަޅު
16 January 2020
ދިވެހިންގެ ދީނީ އަގީދާއާކުޅެ، ﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށް، ދިވެހިންގެ ލެޔާކުޅެ ރުޅިއަރުވަން އުޅޭ "މަޑުކަށި" މީހުންނާ ދޭތެރޭ އެޅޭނެ ފިޔަވަޅެއްވިޔަސް އަތްވަޅެއްވިޔަސް އޮތްތޯ ބަލައިލަދެއްޗެ. އެމީހުންނާ ހެދި މިގައުމުގައި ނަސްލީ އަދި ދީނީ ހަމަނުޖެހުމަށް ދިއުމުގެ ފުރުސަތު ބޮޑު. ފިޔަވަޅު ހޯދަހޯދާ ތިއްބާ ކޮންމެވެސް އުފަލެއްވެސް ހިނގައްޖެ ފުރައިގެން ބޭރަށް. އަވަހަށް ބަލައިލަދޭތި.
އަލިފް ހ
16 January 2020
ކަމެއް ހަމަ ވާއިރަށް ފިޔަވަޅު އެޅުމަކީ އެއީ ކަމުގެ އަސްލު މައްސަލަ ޙައްލުވާނެ ކަމެއް ނޫން! މައްސަލަ ޙައްލު ކުރަން ބޭނުންނަމަ މައްސަލަ އުޅޭ ބައެއްގެ އެ މައްސަލަތައް ޙައްލު ކުރުވާ! ވިސްނައިދޭން ޖެހޭނަމަ ވިސްނައިދީ، ކައުންސެލިންގ ދީ. އާންމު ފަރުދުން ހޭލުންތެރި ކުރުވާ! މުގުރުބުރިއަކުން އިންސާނާގެ ވިސްނުން ބަދަލުވާނެ ކަމަށް ދެކުމަކީ ވަރަށް ދަށުދަރަޖައިގެ ވިސްނުމެއް!
ހަހަ
16 January 2020
މީތަ ޕީޖީ އަކީ.... ހަހަހަާ ސަހަރޯ
ކަޅުމީހަ
16 January 2020
ބަރާބަރޭ. އެކަމަކު މަލާއިކަތުންނަށް ހަޖޫ ޖަހާމީހުންނަށް ދެކޮޅަށް އެޅޭނެ ފިޔަވަޅެއްވެސް އޮތްތޯ ބަލާލައްޗޭ!
ދަރުމަ
15 January 2020
އާސް މާނަށް އަރައިގެން އުޅޭ ޒުވާނުންތަކަށްވެސް ރަނގަޅު ވެކްސިނެއް ހޯދަންއެބަޖެހޭ.. މަސްޔުވެގެން އުޅޭ ބައިގަނޑާހެދި ނުކުޅަދާނަވެގެން މިއުޅެނީ ރައްޔެތުން..ތިޔަ ޕީޖީއަކަށް ވާކަމެއް ހަރާމް..
ޝާއިރާ
15 January 2020
ނޭޅޭނެ ޤާނޫނީ ގޮތުން އެއްވެސް ފިޔަވަޅެއް. ސިނގިރޭޓު ބޯ މީހުންނަށް ފުރަތަމަ ފިޔަވަޅު އަޅާފައި ތިކަމާއި އުޅުން ރަނގަޅު.
އަދާލަތު
15 January 2020
88ވަނަ މާއްދާގެ ދަށުން ދަޢުވާ ކުރެވޭނެ. އަދި އިތުރު ކަމަކަށްވެސް ފެތޭ. އެއީ ކުޑަކުދިންގެ ސަލާމަތާއި، ރައްކައުތެރިކަމަށް ހުރަސް އެޅުން. އެކަހަލަ މީހުންނަށް ވިސްނަވާނެކަމެއްނެތް. ފިޔަވަޅު އަޅުއްވަންވީ.
ބޭސްވެރިޔާ
15 January 2020
ސިއްހީ ގޮތުން ކުއްޖާ ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވުމުގެ ސަބަބުން ކުއްޖަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ ތިން އަހަރަށް ޖަލަށް ލެވޭނެ ކުށެކެވެ... އެހެން ވެއްޖެއްޔާ ތިބުނާ ވެކްސިނެއް ދީގެން ކުއްޖާއަށް ގެއްލުމެއް ލިބިއްޖެއްޔާއި ބަދަލުގައި ލިބޭނީ ކޯއްޗެއްތޯ؟ ނޫނީ ދެން ވާނީ ކިހިނެއްތޯ؟ ނޫނީ މައިން ބަފައިން އުމުރުދުވަހުގައި އެކުއްޖާއަށް ބޭސް ކޮށްލަ ކޮށްލަ ތިބޭނީތޯ؟
ބުއްޅަ
15 January 2020
ވެކްސިން ދިނަސް ތިޖެހޭ އެއްޗެއް ޖެހޭ