މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިމާދު ލަތީފް، ރޭ ޖޭޕީއަށް ސޮއިކުރައްވައި އޭނާގެ ފޯމު އެ ޕާޓީގެ ލީޑަރު ގާސިމާ ހަވާލު ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
22 ޖެނުއަރީ 2020 - 06:50
އެންމެ ފަހުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކަށް ކުރި އާދޭހާއި ޖެހި ސަލާން ކޮބައިތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ކަމެއް ނުކޮށްދެވިގެން އުޅެނީ ކޯލިޝަނާ ހެދިކަމަށް ނަޝީދު ވިދާޅުވާއިރު، މި ސަރުކާރު ލިބުނު ގޮތް ހަނދާން ކުރަންޖެހޭނެ ކަމަށެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް އެހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގެން ހއ. އިހަވަންދޫގައި ވާހަކަފު ޅުދައްކަވަމުން އެމްޑީޕީގެ އާއްމު މެމްބަރުންނަށް ހައްގު މިންވަރު ލިބުމަށް ހުރަސް އެޅިފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ބައި އަޅަން ޖެހުމުން ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ އެވެ.
ޖޭޕީއާ އަލަށް ގުޅުނު މީހުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތުމަށް ރޭ ބޭއްވި ހަފްލާގައި އެ ޕާޓީގެ ލީޑަރު ގާސިމާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު ނިހާން މަޝްވަރާއެއްގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީޕީ ވެރިކަމުގައި އޮތް ނަމަވެސް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ ކޯލިޝަން ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ރޭ ވަނީ މަޖިލީހުގެ ރައީސަކީ ހަތަރު ލައްކައެއްހާ ރައްޔިތުންގެ ހައްގުތައް، އޮށްވަޅު ގޮނޑިއެއްހެން ބަހާލަން ހުރި މަގާމެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
"ރާއްޖޭގައި ތިބި ހަތަރު ލައްކައެއްހާ ރައްޔިތުންގެ ހައްގުތައް، ހަމައެކަނި ތި ޕާޓީގައި ތިބި 40،000 މީހުންނަށް ބަހަން ދީފައި ހުރި އެއްޗެއް ކަމަށްތޯ ތި ހީކުރަނީ. ބަލަ މޮޔަފުޅުވީ ކޮންއިރަކުތޯ؟،" ޖޭޕީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސަކަށް ހުންނަވައިގެން ރައްޔިތުންގެ ހައްގުތަކަށް ނަޝީދު އަރައިގަންނައިރު އިންސާފު ކޮބައިތޯ ގާސިމް ސުވާލު ކުރެއްވި އެވެ. އަދި ނަޝީދު މަސައްކަތްޕުޅު ކުރެއްވުމުގައި ގާނޫނީ އިން ކޮބައިތޯ އެއްސެވިއިރު އެއިން އެއްވެސް ތާކު އެއްވެސް ކަމެއް ނުޖެހޭ ކަމަށް ވިދާޅުވި އެވެ.
ޖޭޕީއާ ރޭ އަލަށް ގުޅުނު މެމްބަރެއްގެ ފޯމު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ހަވާލުކުރައްވަނީ .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަނބިދަރިންނާއި މުދަލަށް ކިތައްމެ ބޮޑު އަނިޔާއެއް ދިން ކަމުގައި ވިޔަސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އޭނާ ދެމި ހުންނެވީ ގާސިމް ވިދާޅުވި ގޮތުގައި، އަނިޔާވެރިވުންތަކުން ސަލާމަތްކޮށް، ގައުމުގެ ރައްޔިތުންގެ އިޖުތިމާއީ އަދާލަތު ނަގައި ކޮޅަށް ޖެހުމަށެވެ. ތައުލީމާއި ސިއްހަތު އޭގެ އެންމެ ފުޅާކޮށް ގެންދިއުމުގެ ތަނަވަސްކަން ހޯދައި އަދި އެ ފުރުސަތު ވެސް ހޯދައިދެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ އަދި ޕީޕީއެމް ފިޔަވައި ދެން ތިބީ މާލޫދު ޕާޓީއޭ ބުނެ ފާޑުކިޔާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އޭގެ ފައިދާ ވެސް އެ ޕާޓީތަކަށް ލިބިޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ މިސާލަކަށް ދެއްކެވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް ޖޭޕީއާ އެކު ހެދި ކޯލިޝަނެވެ.
ގާސިމް ވިދާޅުވި ގޮތުގައި، 2008 ގެ ރިޔާސީ އިންތިޚާބުން "އެ ބުނާ ބޮޑު ޕާޓީ އަށް" ލިބުނީ 25 ޕަސެންޓެވެ. ނަމަވެސް ޖޭޕީން ކުރި މަސައްކަތުން 29 ޕަސެންޓަށް އިތުރުވި ކަމަށް ވިދާޅުވި އެވެ. އެކަމަކު ދުވަސްކޮޅަކުން، ނަޝީދު އިސްވެ ކޯލިޝަނުން ޖޭޕީ ބޭރުކޮށް، ހޫރާލައި މަގުމައްޗަށް އެއްލައިލީ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޕީޕީއެމާއެކު ކޯލިޝަން ހަދައިގެން އުޅުނީ އެހެން ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްނޫންރައްޔިތު
23 January 2020
ގާސިމަށް، ވެދުން ސަލާމް. މަނިއްޕުޅު އަރިހުން ސަލާންޖަހައިގެން މަނިއްޕުޅު ހިލޭ ދެއްވި އެއްޗެއް އެއްވެސް ވެރިކަމެއްގައި ނިކަން ދައްކަވާ. ކޮންމެ ވެރިކަމަކަށްވެސް ހަދާ ކޯލިޝަނަކީ މަނިއްޕުޅު ވިޔަފާރިއެއްހެން ކުރައްވާ އިންވެސްޓެއް. މިވެރިކަމަށްކުރެއްވި އިންވެސްޓްއިން މަނިއްޕުޅުގެ އަނބިންނާއި ގާތްބޭފުޅުން އެތިއްބެވީ ތިޔަވިދާޅުވި ހަތަރުލައްކަ ދިވެހިންގެ މިނިސްޓްރީތަކާ ކުންފުނިތަކުގެ ވެރިންގެގޮތުގައި މަނިއްޕުޅަށް މަންފާކޮށްދެއްވުމުގައި އަވަދިނެތި.
އަހުމަދު
23 January 2020
ތިބުނެވުނީ ވަރަށް ސާފުކޮށް ކޯޓުތަކަށް ގާސިމު އަތްބާނާ ވާހަކަ ދޯ.
އިމާދު
22 January 2020
އިމާދަށް އެނގޭބާ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުގެ އަގު. އިރެއްގައި ދިވެހިންނަށް އޮޅުވާލައިގެން ފުޓުބޯޅައޭ ކިޔަސް މިހާރަކު ނުވާނެ. ގާސިމް ހައްދަން ތީ ބޮޑުވަރު. ޖޭޕީއަށް ދިޔައީ އަމިއްލަ އެދުމަށްކަން ދެއްކިވާހަކައިން ސާފު.
މީމުހާ
22 January 2020
ސަލާންޖެހީ ކާކުކަން ހަނދާން ނެތުނީ ކާކުކަން ހަނދާން ކޮށްދޭންވީތޯ؟ ގުއިކޭ ޒަމާނެއްގެ ވާހަކަ ދައްކާއިރު 2019 ގަ ރައްޔިތުން އެމްޑީޕީއަށް ދިން ތާޢީދު ހަނދާން ނެތުނީތޯ؟ ޖަލުގައި އޮއްވާ އެމްޑީޕީ މީހުން މަގުތަކައްށް ނުކުމެ އިންސާފް ހޯދައިދޭން ތެޅުނު ތެޅުން ހަނދާން ނެތުނީތޯ؟ 7 ފެބްރުއަރީ 2012 ގެ ބާޣާވާތުގެ މަތިން ހަނދާން ނެތުނީތޯ؟ އަމިއްލަ ދަރި ޖަލުގަ ކުޑަގޮޅިއަށްލީދުވަހު މަގުމައްޗަށް ނުކުމެ އިންސާފް ހޯދައިދޭން އެމްޑީޕީން ނުކުތްދުވަސް ހަނދާން ނެތުނީތޯ؟
ހުސައިން
22 January 2020
ގާސިމް އަށް ޕޯޑިއަމްކައިރީ ހުރެވުނުގޮތް ބަލަންޏާ ތިޔަބުނާ ނަޝީދަށް މާލެ އާދެވި މަޖްލިސް އަށް ކުރިމަތިލެވުނު ގޮތްވެސް ބެލީމާ އިންސާފަކަށްވާނީ.
މޮހިތު
22 January 2020
ގާސިމް އަނެއްކާވެސް މުވައްޒަފުން ޕާޓީ އަށް ވައްދަނީތޯ؟
ދޫބެ
22 January 2020
ގާސިމް އިްބުރާހީމް ކައިރީ ވަށައިގެން އެނބުރޭ އެކިކުލަކުލައިގެ ދަހިވެތި ސޫފިތަކަށް ހޭދަކުރުން ހުއްޓާލާ ހިސާބުން ވައިވެދާނެ. ތެދުވެރި ހިތަކާއިގެން އުޅޭން ބޭނުމިއްޔާ ތިޔަ ކުރާ ހޭދަ ނިކަމެތީންނާއި ބޮޑެތި ބަލިބައްޔަށް ފަރުވާއަށް ބޭނުންޖެހިފައި ތިބި މީހުނަށާއި ކުޑަކުދީންނަށް ހޭދަކޮށްބަލަ ނިކަން. ގައިމު ބަރަކާތްލައްވާނެ.
އެމްޑީޕީމީހާ
22 January 2020
ޕީޕީއެމްގެ މީހުން ސޭޓު ފަހަތުގަވެސް ތިބީ. ޖޭޕީ އަކީ ތާއީދު އޮތްބައެއްނުން.
އިބޫ މީހާ
22 January 2020
ސަލާން ޖެހުމުގެ ބުރެއް ވަރަށް އަވަހަށް އެބަ އޮތް
ކާސިންކަތީބު
22 January 2020
މަނިކުފާނުގަޔައް އެއްހަރަކުން ކިތައްފަހަރު ކަށިޖެއްސެވީމާތޯ ވިސްނިވަޑައިގަންނަވާނީ.