ހިމަބިހީގެ ވެކްސިން
22 ޖެނުއަރީ 2020 - 18:32
ރާއްޖޭގައި ހިމަބިހީގެ ވެކްސިންް ނުދެވި ތިބި މީހުންގެ އަަދަދު ގާތްގަނޑަކަށް ދެނެގަނެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ހިމަބިހި އަލުން ފެތުރެން ފެށުމުން، ވެކްސިން ދިނުމަަށް ފެށި ޕްރޮގްރާމްގައި ގިނަ މައުލޫމާތުތަކެއް މިހާރު އެއްކޮށްފަައިވާ ކަމަށެވެ. އެގޮތުން ވެކްސިން ނުޖަހާ މީހުންގެ އަދަދު ގާތްގަނޑަކަށް ދެނެގަނެވިފައި ވިޔަސް އެ މައުލޫމާތު އަދި އިތުރަށް ކަށަވަރުކުރަން ޖެހޭ ކަމަށާއި އަދަދު ހާމަކުރައްވާނީ އެއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް ރަށްރަށުން ލިބިފައިވާ މައުލޫމާތުގެ ތެރޭގައި، އެންމެ ރަނގަޅު އަދަދަކަށް އެބައުޅޭ ވެކްސިން ކޮމްޕްލީޓް ނުވާ ފަރާތްތައް. އެއީ ފުރަތަމަ ޑޯޒް ނުޖަހައި ދެވަނަ ޑޯޒް ނުޖަހައި ކުދިން ވެސް އެބަ އުޅޭ،" އަަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހިމަބިހި އިތުރަށް ފެތުރުނަ ނުދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަަމަށާއި އެގޮތުން އެންމެ ބޮޑަށް ކުރިއަށް ގެންދާ ކަމަކީ މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކަަމަށެވެ. އެގޮތުން މިހާތަނަށް 3،100 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށުމުން އެ ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމް ތިން މަސްދުވަހަށް ކުރިއަށް ގެންދާނެ ކަމަށް އަމީން ކުރިން ވިދާޅުވި އެވެ. އެގޮތުން ރާއްޖެ އަށް ބޭނުންވާ ދެލައްކަ ޑޯޒް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަމީން މިއަދު ވިދާޅުވީ ދެލައްކަ ޑޯޒް ގެންނަން ކުރާ މަސައްކަތުގެ ތެރެއިން އިންޑިއާ އިން ހަދިޔާކުރި 30،000 ޑޯޒް މާދަމާ ރާއްޖެއަށް ގެންނާނެ ކަމަށެވެ.
"އިންޑިއާ ސަރުކާރާ ވާހަކަ ދައްކައި، ކުރެވުނު މަސަައްކަތުގެ ތެރެއިން މާދަމާ ރާއްޖެ އަށް ގެނެވޭނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ 30،000 ޑޯޒް،" އަމީން ވިދާޅުވިި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮލެ
23 January 2020
ހި މަބިހި ވެކްސިން ޖަހަންވެގެން ގޮސް ކިއުގައި ޖެހިގެން ވަނީ މާ ބުނީ މިހާރު ވެކްސިން ޖަހައިދެނީ 18 އަހަރުން ދަަށުގެ ކުދިންނަށް އެކަނި ކަ މަށެވެ. މިއީ އެޗްޕީއޭ އިން އެންގި ގޮތް ކަ މަށް އެތަނުން މަޢުލޫ މާތު ދިނެވެ. 18 އަހަރުން މަތީގެ މީހުން މީގެ ވައިރަސް އަށް ރެސިސްޓު ވަނީތޯ، މިއީ ވަރަށް ބޮޑަށް އުފެދޭ ސުވާލެކެވެ.
ގިޓާ
23 January 2020
އެއީ ކިތައްކުދިން ޢަދަދު ބަލައިފިއްޔާ ޚަބަރުގައި ޢަދަދު ލިޔުނީމަ މަޢުލޫމާތު ފުރިހަމަވާނެ
ރެޑްމޭން
23 January 2020
ސުރުޚީ އެކަނި ދޯ ކިޔާލީ..
ރީތި މޫސަ
23 January 2020
ރާއްޖޭގަ ޚާއްސަކޮށްމާލޭގަ އުޅޭބޭރުމީހުން އުޅޭތަންތަން ބަލާޗެކުކޮށް އެތަންތަނުގަހުރި މުޑުދާރުކަންނައްތާލާ ބޭރުމީހުން ސާފުތާހިރުކުރުވި ދުވަހަކުންނޫނީ ދިވެހިންނަށް ރަނގަޅު ސިއްހަތެއްގަނޫޅެވޭނެ އެންމެގެޔެއްގާ 100 އަށްވުރެގިނަމީހުން އުޅޭ މުޅިހިސާބުގެ މަގުތަކަށް ކުޅުޖަހަނީ ކުނިއަޅަނީ ކާބޯތަކެތި ވަގަށްހަދައިގެންނެރެފިހާރަކުގަ ވިއްކަނީ މީންކަމެއްބަލާ ފަރާތެއްނެތް
ނަސްރާ
22 January 2020
ބަންގާޅީން، ބަލިމަޑުކަމުގެ އަސްލު. އެއްޗެއްބެލޭވަރަށްވުރެ ބޯގިނަ...ސަރުކާރުން މިކަން ހަމައަކަށް ނުއެޅުވާ ކިހިނެއްތޯ ގައިންގަޔަށް އަރާ ބަލިތަށް ކޮންޓްރޯލް ކުރާނީ؟
ގެދާނޯމޮސް
22 January 2020
ތީ ދެންކޮންވާހަކައެއް ހެއްޔެވެ. ކުދިންގެވެކްސިންގް ހަމަކޮށް ގެންނޫނީ ސްކޫލަށް ނުވެއްދި ހަނދާން އެބަހުއްޓެވެ. ދެން އުފެދޭހާ ބައްޔަކަށް ޖަހާނަމަ މައިން ބަފައިންނަށް ވެސްޖަހަން އެބަޖެހެއެވެ.
ގައުމީ ލޯބީގާ
22 January 2020
އަހަރުމުން މިހާރު މި ތިބީ ވަރަށް އުފަލުން މަނިކުފާނާ ސިއްހީ ވުޒާރާ ހަވާލުކޮށްފައި. ނޫހުގައި މިހާރު ނުޖެހިޔަސް އެޑެއް ނީވުނަސް ދިވެހި ރައްޔިތުންގެ ހައްގުގައި ތިޔަފަދަ މަސައްކަތްކުރެވޭކަން އަޅުގަނޑުމެންނަށް އިނގޭ، އެކަންތައް ލޮލުން ފެނި އަތުން އެބަ ހިފޭ.،