ތ. ވަންދޫގެ ބަނދަރު ސަރަހައްދު. އެ ރަށުން ގެއްލުނު މީހަކު ވަލުތެރޭގައި މަރުވެފައި އޮތްވައި މިރޭ ވަނީ ފެނިފައި.
04 އޮކްޓޯބަރ 2016 - 22:40
ތ. ވަންދޫން ގެއްލުނު މީހަކު އެ ރަށު ވަލުތެރޭގައި މަރުވެފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ވަންދޫން ގެއްލުނު 81 އަހަރުގެ މީހަކު މަރުވެފައި އޮތްވައި ފެނުނީ މިރޭ 9:00 ހާއިރު ކަމަށެވެ. އެ މީހާ ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 7:50 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއްމުން ކުރަމުންދަނިކޮށް ފެނުނީ. އޭރު އޮތީ މަރުވެފައި. އެ މީހާގެ މަރާ ބެހޭ އިތުރު ތަފުސީލްތަކެއް އަދި އަޅުގަނޑުމެންނަށް ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާ ގެއްލުނު ސަބަބެއް އަދި ގެއްލުނުއިރެއް ފުލުހުންގެ އޮފިޝަލް ވިދާޅެއްނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން އާމިރު
05 October 2016
ކޮން މައުލޫމާތެއްބާ މީގެއިން މިއެގުނީ.......
nިޔަފަތިކާމިހާ
05 October 2016
.އުމުރުން ގިނަދުވަސްވީ mީހެއްވިއްޔަަ ވަލުތެރެއިން މަރުވެފައިއަބަދުހެން މިފެންނަކީނިީ އަޖައިބެއް
ޝިފާގު
04 October 2016
ޢެމީހާ؟؟؟؟