ކޮވިޑް-19 ރާއްޖޭގައި ފެތުރިދާނެތީ ތައްޔާރުވުމުގެ ގޮތުން ބޭއްވި ޑްރިލްއެއް. ސްޕެއިނުން އައި ދިވެއްސެއް މިއަދު ކަރަންޓީން ކުރި. ފައިލްފޮޓޯ/މިހާރު
15 މާޗް 2020 - 19:08
ގަތަރު މަގުން ސްޕެއިނުން އައި ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އޭނާ ކަރަންޓީނުކޮށް، އޭނާއާ އެކު އައި ދަތުރުވެރިން ސްކްރީން ކުރުމުގެ މަސަައްކަތް ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ސްޕެއިނުން އައި ދިވެއްސެއް ފަރުކޮޅުފުށްޓަށް ގެންގޮސް ޓެސްޓްކުރުމުގެ މަަސަައްކަތް ފަށާފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ސްޕެއިނުން ފުރައިގެން ގަތަރުގެ ވެރިރަށް ދޯހާގައި މަޑުކޮށްފައި، ގަތަރު އެެއާވޭސްގެ މަތިންދާބޯޓަކުން އައި އެ މީހާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށީ ދޯހާއިން ފުރިފަހުންނެވެ. އެހެންވެ، އޭނާ އިން ގޮނޑިބަރި ކައިރިން އެހެން ޕަސިންޖަރުން ދުރަށް ޖައްސައި، އޭނާ އެކަހެރިކުރުމުގެ މަސައްކަތް ފްލައިޓް ތެރޭގައި ވެސް ކުރި ކަަމަށް އެ ބޯޓުން ދަތުރު ކުރި މީހަކު ބުންޏެވެ.
"މިހާރު" އަށް މައުލޫމާތު ދިން ދަތުރުވެރިޔާ ބުނީ ގަތަރު އެއާވޭސްގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވީ އިރު ވެސް ދަތުރުވެރިން ފޭބުމުގެ ހުއްދަ ނުލިބޭ ކަމަށެވެ. އަދި ހެލްތު އޮފިޝަލުން އެ ބޯޓަށް އަރަައި އެކި ޕެސެންޖަރުންގެ ކިބައިން ވަކިވަކިން މައުލޫމާތު ސާފުކޮށް، ވަރަށް ބޮޑު ތަހުގީގެއް ހިންގި ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭނާ ބޭނުން ކުރި ފާހާނާ އެހެން މީހަކު ބޭނުންކުރިތޯއާ، އެކަހަލަ މައުލޫމާތުތަކެއް ނެގީ،" އޭނާ ބުންޏެވެ.
ކޮވިޑް-19 ގެ އަލާމާތެއް ފެންނަ މީހުން އެކަހެރިކޮށްް، ސްކްރީން ކުރުމަށް އެއާޕޯޓްގައި ހާއްސަކޮށްފައިވާ ތަނުގައި ދަތުރުވެރިންގެ ސްކްރީނިން މިހާރު ވެސް ކުރިއަށް ދާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ސްޕެއިނާއި އެހެން ބައެއް ގައުމުތަކުން ރާއްޖެ އަށް ދަތުރުކުރުން ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. އެކަަމަކު އެގޮތަށް ފިޔަަވަޅު އަޅާ ގައުމުތަކުގައި ތިބޭ ދިވެހިންނަށް ރާއްޖެ އައުމުގެ ފުުރުސަތު އޮވެ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން މިހާރު ވަނީ 13 މީހަކު ޕޮޒިޓިވް ވެފަ އެވެ. އެކަމަކު އޭގެ ތެރޭގައި އަދި ދިވެއްސަކު ނުހިމެނެ އެވެ. ރާއްޖޭން އެބަލި ޖެހުނު މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންގެ ހާލު ވެސް އަދި ރަނގަޅެވެ. ހާލުބޮޑުވި މީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއެެއްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ވެސް ސްޓޭބުލް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިރައްޔިތުން
16 March 2020
ކޮންމެހެން ފޮޓޯނަގާ މީހުން ތައްޔާރުގައި ފޮޓޯނެގުމަށް ތިބެންޖެހޭތަ؟ ކާކުތޯބެލެމުމަކީ ކުރަންޖެހޭ ކަމެއްތަ؟
ބޮޑުމީހާ
15 March 2020
މިހުރިހާ ދުވަހު ގޮވީ މިރާއްޖެ ދުނިޔެއަށް ބަންދު ނުކުރެވޭނެޔޭ، އިގްތިސާދު ފުޑޭނެޔޭ. ..މިހެން ތިއްބާ މަޑުމަޑުން ބަލި ފެތުރި، ބައެއް ގައުމުތަކުން މީހުން އައުން ހުއްޓުވަން މަޖުބޫރުވަނީ. އެހެން ގައުމުތަކުންވެސް މުޅިގައުމު ބަންދުކޮށްފަ އެއޮތީ، ދެންވެސް ވަގުތު އޮއްވާ ބަންދު ކުރޭ! ހިތަށްއަރަނީ ގައުމު ބަންދުކުރާނީ ގައުމަށް އޮބި ނޯންނަވަރަށް ބަލި މީހުންތަކާއިއެކުތޯ ނޫނީ ވައިރަސް ނެތް ބަޔަކާއިއެކުތޯ! ފުރާނަ ހުރިއްޔާ ފަޅޯ ދަޑި ކައިގެންވެސް އުޅެވިދާނެ!
ކޭކްބެ
15 March 2020
ކިހާ ދެރަ ކަމެއް. ތިބި ތަނަކު މަޑުކޮށްގެން ތިބެންވީމަ ދަތުރު ކުރަނީ. ތި ދަތުރުތަކާ ހެދި މުޅި ދުނިޔެއަށް ވެފަ އޮތް ގޮތް ބައްލަވާ
ހެޔޮ ހިތުން
15 March 2020
ޔި ދިވެހި މީގެ ގައިން ފެންނަ އަލާމާތަކީ ކޮވިޑް 19 އަށް ނުވުމަށް އެދި ދުޢާ ކުރަމެވެ.
ބިސް އަޅާފި
15 March 2020
ޅ.ކުރެއްދޫ ރިޒޯޓްގައި ހުރެފައި ކޯވިޑް 19 ޖެހުނު ކަން އެގުމުން ފުރާގެން ދިޔަ އިޓަލީ މީހާ ކަންތަށް ކުރި ގޮތަށް ކަންތަށް ކުރި ދިވެއްސެއް ތާއެވެ.