މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
24 މާޗް 2020 - 21:20
މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ސީރިއަސްވެ ލޮކްޑައުން ކޮށްފި ނަމަ ދަތިނުވެ ކާބޯތަކެތި ލިބޭނެ ގޮތް ހަދައި، އެ ހާލަތަށް ތައްޔާރުވުމަށް ޕްލޭންތައް ހަދަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން މިއަދު ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި އެންޑީއެމްއޭގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކްރީ ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިނގިލި ލޮކްޑައުން ކޮށްފިނަމަ އެ ސަރަހައްދުތައް ބަލަހައްޓާނީ ޒޯންތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މާލެ 16 ޒޯނަކަށް ބަހާލާފައިވާއިރު ހުޅުމާލެ ހައެއް އަދި ވިލިމާލެ އާއި ތިލަފުށި ވަކި ޒޯނަކަށް ބަހާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކޮންމެ ޒޯނެއްގައި ވަކި އިންސިޑެންޓް ކޮމާންޑް ޕޯސްޓު ހަދައި ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ އެހީތެރިން ވެސް އެ ތަންތަނުގައި ހަރަކާތްތެރިވާނެ އެވެ.
އުމަރު ވިދާޅުވީ ލޮކްޑައުން ކޮށްފައި ހުންނަ މުއްދަތުގައި އެ ސަރަހައްދުގައި ހުންނަ ގެއަކަށް އެހީތެރިކަން ފޯރުކޮށްދޭނީ އެ ޕޯސްޓެއް މެދުވެރިކޮށް ކަމަށެވެ.
"މި ސެކްޓާތައް އަދި ފުލީ އެކްޓިވޭޓް ނުވި ނމަވެސް އަޅުގަނޑުމެން ތައްޔާރުވެ މި ތިބީ މާލޭގެ ގެއަކަށް ސަޕޯޓު ބޭނުންވާ ހާލަތެއްގައި ނޫނީ ވިލިމާލޭގެ ގެއަކަށް ސަޕޯޓު ބޭނުންވާ ހާލަތެއްގައި އެ ސެކްޓާއެއްގައި ހިމެނޭ އޭރިއާއެއްގެ ކޮމިއުނިޓީ ސަޕޯޓު، އިންސިޑެންޓް ކޮމާންޑް ސެޓަޕެއް އެކްޓިވޭޓްވާ ވަރަށް ތައްޔާރުވެގެން ތިބުމަށް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލްކުރަން ކަމާބެހޭ އިދާރާތައް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވެ އެކަން ކޮންޓްރޯލްކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ދިމާވެދާނެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ވިސްނައި ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މިހާރު މާލެ ސަރަހައްދުގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓީންކޮށްފައި ހުންނައިރު ގެއަށް ބޭނުންވާ ޒަރޫރީ އެއްޗެހި ފޯރުކޮށްދިނުމަށް ފިހާރަތަކާ ވާހަކަދައްކާފައިވާ ކަމަށެވެ. މިހާރު ވެސް މާލެ ސަރަހައްދުން 350 ފިހާރައަކާ ވާހަކަދައްކައި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ގިނަ ތަންތަނުން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ވައިރަސް ފެތުރޭ ހާލަތުގައި ހޮސްޕިޓަލުން އާއްމުކޮށް ދޭ ހިދުމަތްތައް މަދުކުރާނެ ކަމަށެވެ. އެ ހާލަތުގައި ހޮސްޕިޓަލުތަކުގައި ފަރުވާދޭނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓީން ހާލަތުގައި މަސައްކަތްކުރާނެ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ މަސައްކަތްތެރިންގެ ޕޫލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުވާނާ.
25 March 2020
ހުރިހާ ބަންގާޅުން އަވަހައް ފޮނުވާލާ މަގުސާފުކުރު މާ ކުނިކެހު މާ ކުނިއުކު މުގަ ފުލުހުން ތިބުން ރަނގަޅުވާނެ މިފަދަ ހާލަތް ތަކުގަ ބޭރުފައިސާ ހިފަހައްޓަންވެސްވާނެ ވީ މާ މާދަ މާ ހެނދުނު ކަޅުތުއްކަލާ ކޮށި ސަރަހައްދައް ހުރިހާ ސިފައިންނާ ފުލުހުން އިލޮށިފަތި ހިފައިގެން ނިކު މޭ
ސަލާމު
25 March 2020
ބޯޑަރުބަންދުކޮށްބަލަ. ރާއްޖޭން ދިވެއްސަކަށް ނުޖެހެޔޭ އެއްކޮޅުން ތިކިޔަނީ. ދެން ކޮން ލޮކްޑައުންއެއް.
އޮނަރަބްލް އަފީފު ދީދީ
25 March 2020
މާލެ ލޮކްޑައުންކުރާވާހަކަދައްކާއިރު ދައުލަތްހިންގުމަށް ހަވާލުވެތިބިމީހުނާއި މާލޭސަރުކާރު ލަދެއްނުގަނޭތޯ؟! އާބާދީގެ ބޮޑުބަޔަކަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ދީފައިނުވާއިރު ތުރާކުނުން އައްޑުއަށް ހިމެނޭމީހާ މެންދުރު ކައްކާންޖެހޭ ހަނޑޫކޮޅުވެސް ހުރީ ތިޔަ ލޮކްޑައުން ކުރާންއުޅޭ ރަށްގަނޑުގެ ގުދަނެއްގައި މާލޭމީހާގެ ބެލުމުގެ ދަށުގަ. # ރާއްޖޭގެ ހުރިހާހިސާބަކާއި ތިޔަރަށްގަނޑުގައިވެސް ދިވެހިއާބާދީއަށްވުރެން އިމިޤްރޭޝަން ޤާނޫނާއިހިލާފު ބިދޭސިން ގިނަ.
އަލި
25 March 2020
ސަރުކާރުން މިއޮތީ ނުބުންޏަސް ލޮކްޑައުން ކޮށްފަ. ނައްޔިތުމީހާ އަށް އެކަން ވިސްނިގެން ގޭގައި ތިބެންވީ.. ފަރުދީ ޒިންމާ އަދާކުރޭ..
ރަދީފްް
25 March 2020
މަގޭއަތުގަ އިތް ލާރިކޮޅުހިސްވެއްޖެ ޖޮބެއްނެތް ކެވޭނގޮތެއްނެތް ހޮަޓަލކުން ކާއެއްޗެހިގަނެގަނެ. ރައްޔިތުންނަށް އެހީވުމަށް ހާއްސަ އެކައުންޓެއް ހުޅުވައިފަ ލޮކްޑައުނކުރޭ! ބޭރުންދޭއެހީ ރަށްޔިތުންނަށް ލިބޭނެގޮތްހަދއިދީ
ޝެމެކްޝް
25 March 2020
ކޮރޯނާވައިރަސް ފެނުނު ޗައިނާގެ ސިޓީތަށް ވެސް ކޮލްޑައުން ފިލައިފި، ވައިރަސް ނެތީމައި، މިއަދު މާލެ ލޮކްާޑައުން ކޮށްގެން ސަރުކާރުން މެޝަރ ކުރާގޮތް ސާފުވާން އެބަޖެހޭ ، މިކަމަށް އޮތް ހައްލަކީ މައިގޭޓް ބަންދުކޮށް ، ބޭރުމީހުން އައުން ހުއްޓުވުން
ސައީދު
25 March 2020
މިއީ މިކަމުގެ ތަޖުރިބާ ގައި, މިކަހަލަ ހާދިސާ އެއް ދިމާވާ ހިނދުގައި މާލެ އާއި ހުޅުމާލެ ކަހަލަ އިތުރު ސިޓީ ތަކެއް މިގައުމަށް ބޭނުންވާކަން ސަރުކާރަށް ޔަގީން ވާ ކަމެއް. ވީމާ ހުރިހާ ރައޔިތުންގެ ފަރާތުން މާލެ އާއި ހުޅުމާލެ ރައްޔިތުން ގެ ފަރާތުން ވެސް ހެޔޮހިތުން މާލެ އާއި ހުޅުމާލެ ނޫން ރަށަކަށް މާލެއާއި ހުޅުމާލެއަށް ކަނޑަ އަޅާފައޮތް ބަޖެޓުން ހަރަދު ކޮށގެން ވެސް ތަރައްގީ ކޮށްދިނުން ވ މުހިންމު ކަމަށް ދެކެން
2.3ހ
25 March 2020
ދުނިޔެ ރީސެޓް ވާއިރު ، ދިވެހިރާއްޖެ ރީސެޓް ކޮށް އަލުން ފަށާނެ ގޮތެއް ނިންމަންވީ ދަނޑިވަޅަކީ މިއީ...
ބަނީނ
25 March 2020
މާލެ ކަހަލަ ސިޓީއެއް ބޭނުންކަން މީގެން ދައްކުވައިދެނީ.. ހުރިހާ މައްސަލަ އަކީ މިހެން ތޮއްޖެހިގެން އުޅެން މަޖުބޫރުވުން. ޜައްރަސުގަ ގައިންގަޔަ އަރާބަލި ފެތުރެން އުދޮގޫވާނެ.. ސިޓީ އެއްނޫން ހަދަންވީ......
ނީރާ
25 March 2020
ލޮކްޑައުން ޙާލަތަކަށް ތައްޔާރުވުމުގެ ކުރިން ޗެނަލް 13 ކޮންމެހެންވެސް ބަންދުކުރަންޖެހޭ ޙާލަތެއް ޤައުމަށް ކުރިމަތިވެފައިވާތީ އެންެމެ އަވަަށް ތައްޔާރުވާންވީ އެކަމަށް.
ިއިބްރާ
25 March 2020
ލޮކްޑައުން ކުރު މުން މަސްރުވާތަކެތި ބޭނުންކުރާ ބަލިކުދިންނަށް މަގުމަތީގައި ހަރަކާތްތެރި ވެވޭބެތޯ؟ މިހާރުވެސް ހާދަގިބަބައެކޭ މަގުމަތީގަ ނިދިފައިއެތިބީ. މިކަ މާ ކަންބޮޑުވާ މީހަކު ނެތީތޯ؟
ޑޭޓާ އަގުހެޔޮ ކޮށްދީ
25 March 2020
ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ، ޑޭޓާ އަގުހެޔޮ ކޮށްދީ!!