ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މެމްބަރުން: އިންތިހާބުގައި ވާދަކުރާ މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާފައިޥޭ
26 މާޗް 2020 - 17:57
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުން، އިންތިޚާބު ނިމެންދެން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާތީ އެކަން އުވާލުމަށް ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.
އަންނަ މަހު ހައެއްގައި ބޭއްވުމަށް ކުރިން ނިންމާފައިވާ އިންތިޚާބު މިހާރު ރާއްޖެ އާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަންނަ މަހު 18 އަށް ފަސްކޮށްފަ އެވެ. އަދި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރުން ހޮވާ އެ އިންތިހާބު، ރޯގާގެ ހާލަތު ރަނގަޅުވަންދެން ފަސްކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ޕީޕީއެމް ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އިންތިޚާބުގައި ވާދަކުރާ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްވެފައި ތިބެން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އެ ޕާޓީތަކަށް ލިބެމުންދާ ކަމަށެވެ. އެހެންވެ، އިންތިޚާބު ފަސްކުރުމަށް އިއުލާން ކުރި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން، މުވައްޒަފުުންގެ މުސާރަ އާއި އިނާޔަތްތައް ހިނގާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލާފައިވެ އެވެ.
އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނީ އިންތިޚާބުގެ ތާރީހު ކަނޑައެެޅުމާއި އިންތިޚާބު ކުރިއަށް ދަނީ އިންސާފުވެރިކަމާއެކު ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި ތަޅާފޮޅުމެއް ނެތް ގޮތަށް، މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭގޮތަށް ކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ. އެކަމަކު އެ ކޮމިޝަނުގެ ޒިންމާ އަދާކުރުމުގައި ފަސް ޖެހެމުންދާ ކަމަށް ބަޔާނުގައި ބުންޏެވެ.
ކޯލިޝަނުން ތުހުމަތު ކުރިގޮތުގައި އިލެކްޝަންސްގެ ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ހުރަސް އަޅަމުންނެވެ. އެހެން އެ ޕާޓީތަކުން ބުނީ، އިންތިޚާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށް ލިބޭއިރު އެކަމަށް ފަރުވާ ހޯދައިދޭން ކޯޓުތަކުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން އެދޭތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ފަރުވާ ހޯދައިދެވޭނީ މަޖިލީހަށް ކަމަށް ވިދާޅުވެފަ އެވެ.
އެކަމަށް ފާޑު ކިޔައި، އިދިކޮޅު ކޯލިޝަނުން ބުނީ "ގާނޫނީ ގޮތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މަޖިލީހުގެ ދޮރުގައި ޓަކިދޭން ވެއްޖެ ނަމަ، ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގަޑުބަޑުވެ، އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތް ބޭނުމުގެ ފަލްސަފާއެއް އުފެދިދާނެ" ކަމަށެވެ.
އެހެންވެ، ސަރުކާރާއި މަޖިލީހުން، މިނިވަން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ނުވަނުމަށް ކޯލިޝަނުން ގޮވާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސޭނު
31 March 2020
ޢެފަލްސަފާ އޭނީ މިއަދު ޖަލުގައެވެ. ﷲގެ އިރާދަފުޅުން ތިޔަ ވަގުންގެ ބައިގަޑުކުރި ގައިރުގާނޫނީ އަމަލްތަކުގެ އަދަބު ދާދިއަވަހަށް ލިބިގެންދާނެ!
ހިބަރުވަދު
29 March 2020
މިމީހުންނަށް ޝަކުވާތައް ހުށަހަޅަން މިއީ އަދިކޮންބައެއްތަ؟
1234
27 March 2020
ފުރަތަ މަ މިބައިގަޑު ސަސްޕެނޑް ކުރަންވީ؟
އައްޔު
26 March 2020
ކަލޭމެންގެ ޒަމާނުގަ ކަންތައްކުރިގޮތަށް ކަންތައްކުރަން ފެނޭ ތިކަމުގައި، އަޅެ ތިހެން ގޮވާލަން ލަދެއްވެސް ނުގަނޭތަ؟ ހަނދާން އެބަހުރިތަ މުވައްޒަފުންނާދޭތެރޭގަ ކަންތައްކުރިގޮތް؟ އެކަމަކު މިސަރުކާރަކީ ކަލޭމެން ގޮތަކަށް ކަންތައްކުރާނެ ސަރުކާރެއް ނޫން އިނގޭ. ބީ ކޫލް
އީވީ
27 March 2020
ކުރިން ގޯސްކޮށް ކުރެވުނު ކަންތައް ރަނގަޅު ކުރުމަށް މިސަރުކާރަށް އެންމެން ޔެސް އޭ ބުނީ. ވީމާ އެކަންތައް ރިޕީޓުވެގެން ނުވާނެ އެއްނު. ވީހާވެސް ރަނގަޅަކަށް ކަންތައް ކުރެވެންޖެހޭނެ.އޭރުންތާ ދެން އަންނަބަޔަކުވެސް މިކަންތައް ބަލައިގަންނާނީ...
އީސީ
26 March 2020
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލި ސިވިލް ސަރވިސް މުވައްޒަފުން މުސާރަނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ 13 ވަނަ މާއްދާގައި އެކަން ކުރަން ލާޒިމް ކޮށްފައިވާތީ. ކިތަންމެ ވަރަކަށް ނޫސް ބަޔާން ނެރުނަސް ޤާނޫނު އިސްލާހުނުކޮށް ތިކަމަކަށް ހައްލެއް ނުލިބޭނެ. މިނިވަން މުއައްސަސާއަކަށް ޤާނޫނާ ޚިލާފަށް އަމަލުކުރުމަށް ބާރުއެޅުމަކީ ޤާނޫނީ ކުށެއް
އަނަމްމަނަމް
26 March 2020
ކޮންމެސްއެއްޗެކޭ ކިޔައި ސަރުކާރު ޕުރެޝަރަށްލެވޭތޯ އެބަބަލާދޯ. ސާބަހޭ.
ސީޒަން ޖެކްޝަން
26 March 2020
އިންތިޚަބު އޮޅާލާ. މިގަޑީގާ ތާކުންތާކުންނުޖެހޭ ވާހަކަނުދައްކާ. ކުރިމަތީގައި އޮތީ މާ ބޮޑެތި ކަންތައްތަކެއް.
ނަގުލުން ދާށި
26 March 2020
ކެންޑިޑެންސީ ދޫކޮށް ލުމުން މުސާރަ ލިބޭނެ ފުރުސަތު އެބަ އޮތެވެ.ގޮތަށް ހަދާ ދީ؟ އިންތިޚާބަށް ވާދަ ކުރަން ބޭނުންވާ ސިވިލް ސާވެންޓުން ވެސް ޖެހޭނީ އެހެން މީހުންވާ ޤުރުބާނީ ވާ ށެވެ. އިންސާފު ވެރި ގިތް؟
ކައްކަކާ ކޯ
26 March 2020
ހާލަތު ދިމާ ކުރި ގޮތުން ވީގޮތް.. މިހާލަތުގައި ވަކި ކެންޑިޑޭޓުން ތަކަކަށް މުސާރަ ދެވެންޏާ ހުރިހާ ކެންޑިޑޭޓުން ނަށް ވެސް މުސާރަ ދޭން ވާނެ އެވެ.ސިވިލް ސާވެންޓެއް ނަމަ ދެރަ ގޮތެއް ނުވޭނު..
ހުރިހާ ކަމެއްގާ ވައްކަން
26 March 2020
ޢުމަރު ނަސީރުގެ އިސްލާމިކް ޕާޓީ ވެސް ކުރިން މިގޭމު ކުޅޭނެ އެވެ.ސަރުކާރުން ކަމެއް ކުރަން އޫޅޭކަން އަޑިއަޑިން ބަލާފައި އެ ކަމެއް ކޮށްފާނެހެން ހީވާއިރަށް އެކަމެއް ކުރަން ގޮވާލާނެ އެވެ.