ބަންޑާރަ ނައިބު ރިފްއަތު: ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތަސް، ގާނޫނު އަސާސީ އިސްލާހު ކުރަން ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވޭ -- މިހާރު ފޮޓޯ/ހުސައިން ވަހީދު
06 އެޕްރީލް 2020 - 15:04
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތަސް، ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ހުރަހެއް ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން ފިޔަވަޅުތައް އެޅުމުގެ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމާ މެދު ސުވާލު އުފެދުނީ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ މެދު ސުވާލު އުފެއްދެމުންނެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ މިއަދު ޖަލްސާގައި ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި އެހެންވެ، އެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އެކަމަކު ގާނޫނުގައި އަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތަކީ ރައީސް އިއުލާން ކުރައްވާ ހާލަތެކެވެ. އަދި ރާއްޖޭގައި މިވަގުތު އޮތީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރެއްވި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރައްވާފައި ނުވާ ކަމަށާއި އެހެންވެ، ގާނޫނު އަސާސީ އިސްލާހުކުރަން ހުރަހެއް ނެތް ކަމަށެވެ. އަދި މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހު ހަމަވާއިރު، އެ ކައުންސިލްތައް ދެމި އޮންނާނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް ވެސް ރިފްއަތުގެ ޓްވީޓްގައިވެ އެވެ.
ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފަ. 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެން. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާ. ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް.
— I.Riffath (@ibriffath) April 6, 2020
އޭޖީ ކުރެއްވި ޓްވީޓް
ގާނޫނު އަސާސީގެ ދަށުން ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ހަނގުރާމަވެރި ހާލަތެއް ނުވަތަ ބަލިމަޑުކަމެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި ރައީސް އިއުލާން ކުރައްވާ ހާލަތެކެވެ. އެ ހާލަތުގައި، ގާނޫނު އަސާސީން ލިބިދޭ ބައެއް އަސާސީ ހައްގުތަކާއި މިނިވަންކަން ހިިފެހެއްޓުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވަ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި އެކަން މަޖިލީހުން ފާސްކުރަން ވެސް ޖެހެ އެވެ.
އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެއްވެސް އަސާސީ ހައްގެއް ހިފެހެއްޓުމުގެ ބާރެއް ނޯވެ އެވެ. އަދި އެކަން މަޖިލީހުން ފާސް ކުރާކަށް ވެސް ނުޖެހެ އެވެ. މިހާރު އިއުލާން ކޮށްފައިވާ ހާލަތު މިމަހު ނިމުމަކަށް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުންދެރިޔާ
07 April 2020
މިހާރުދެން ތިޔަވާގޮތުން އެމިނިސްޓްރީން ނެރޭ އަމުރުތަކަކީ މާބޮޑު އުރއްޕެއް ނެތް އެއްޗެއްކަމަށް ހަދާފައި މަޖިލިސްވެސް ބޭނުން ގޮތަކަށް ކަންކުރަންވީތާ. ޢެކަމަކު އެއްބާރު އަނެއްބާރުގެ ބާރު ކަނޑުވާލުމަކީ މަސްލަޙަތު ފުށުއަރާކަމެކޭ އެއްފަހަރު ގޮވާނެ. ކޮބައިދެން މިމީހުންގެ ކިބާގައިހުރި އުރައްޕަކީ. އަހަރެމެން ޤަބޫލެއްނޫން ތިޔަވައްތަރަށް އަމުރުވެރިވެގެން ވެރިކަންކަންކުރާކަށް. މިހާރު ޙާލަތުނިޔާކުރަަގޮތުން ބާރުވެރިޔަކީ ހެލްތުކަން ދަންނަންޖެހޭނެ. ނަޝީދުވިސްނާތި.
ކޮވިޑް 2020
06 April 2020
ޚަބަރުގެ ފަހު ޕެރެގްރާފްގަ އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަސާސީ އެއްވެސް ހައްގެއް ހިފެހެއްޓުމުގެ ބާރެއް ނޯންނަ ކަމަށް. ޢެކަމަކު ކާފިއު ހިންގަނީ މިހާރުވެސް ، މީހުން “ބަންދު”ގަ ވެސް އެބަ ބެހެއްޓޭ. ކިހިނެއް ؟
ދަންނަ ނުދަންނަ
06 April 2020
އިހަށް ގާނޫނު ކިޔުއްވާ، ދެން ކޮމެންޓް ކުރައްވާ! ޞިއްޙަތާބެހޭ ގާނޫނުގައި ހިފެހެއްޓޭނެ ހައްގުތައް ވަނީ ބަޔާންވެފައި. އެ ޙައްގުތައް މިހާރު ހިފެހެއްޓިފައި މިވަނީ. ތަފާތަކީ، ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާއިރު ހިފަހައްޓާ އަސާސީ ޙައްޤުތައް އިޢުލާން ކުރައްވަންވާނެ. އަދި ފާސްކުރަންވެސް ޖެހޭނެ. ގާނޫނުގެ ދަށުން ހިފެހެއްޓެނީ ގާނޫނުގައި ބަޔާންވެފައި ހުރި ޙައްޤުތައް. ގާނޫނު މަޖިލީހުން ފާސްކޮށްފައި އޮތީމާ އަލުން ހުށަހަޅަން ނުޖެހެނީ.
ވިސްނަވާ1
06 April 2020
ޤާނޫނު އަސާސީ އިޞްލާޙުކުރެވޭކަމަށްވާނަމަ މުޒާހަރާކުރުންވެސް ހުއްދަވާނެތަ. އެއްވެ އުޅުން މަނާކޮށްފައިވާ ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގާ ޤާނޫނު އަސާސީ ކޮށާ މަށަން މިވެރިން މި ވިސްނަނީ. ޤާނޫނު އަސާސީއަށް މިވަގުތު އިޞްލާޙު ނުގެނެވޭނެ ވެބްކެމް ބަހައްޓައިގެން ބޭނުންހާ ކުޅި ވަރެއް ކުޅުނަސް ޤާނޫނު އަސާސީ އިޞްލާޙުކުރުން ކުރިއަށް ނުގެންދެވޭނެ އެއީ ޟަރޫރީ ކަމެއް ނޫން އަދި އެއްވެ އުޅުން މަނާ ކޮށްފައިވާއިރު ރައީސް ނެތް ރ.މޖިލިސްގެ ވާހަކަ ގެނެސްފައި
ޝޮކްތެރަޕީ
06 April 2020
ރާއްޖޭގެ ޤާނޫނުހަދާ މަޖުލީހަކީ އެމްޑީޕީގެ ހަރުގެ.
ބުއްޅަ
06 April 2020
ގާނޫނުއަސާސީން ހެދޭ ގަވާއިދަކުންވިޔަސް ހާއްސަ ހާލަތެއް ދިމާވެގެން އެއްވެސް މިންވަރަކަށް ރައްޔިތުންގެ ކަންތައްތަކެއް ހިފެހެއްޓިފައިވާ ވަގުތެއްގައި ގާނޫނުއަސާސީއާ އަތްލައި އެފުށްމިފުށަށް ޖެހުމަކީ ހުދުމުހުތާރުގެ ލަގަބުލިބިގެންދާނެކަމެވެ
ޢަފްލާ
06 April 2020
ގާނޫނު އަސާސީ އިސްލާހްކުރަން ޖެހޭނީ މަޖިލީހުން ވަރި ކައިވެނީގެ ކަންކަން ނިންމޭ ގޮތައް އޭރުން ހަތަރެސް ކަން ހަމަވީ
123321
06 April 2020
ތިއީ މިކަހަލަ ބޮޑެތި ކަންތަކުގަ ލަފާދެވޭ ވަރުގެ ގާނޫނީ އިލްމެއް ލިބިފަ ހުރި މީހެއްނޫން، ސައިޒްގަ ހުރެވޭތޯ ބަލާ
އިބިރިހިންބެއްޔާ
06 April 2020
އިންތިޚާބު އެއޮތީ ލަސްކޮއްފަ. މުއްދަތު ހަމަވެ މިހާރުގެ ކައުންސިލަރުން ނެތިދިއުމުން، ރައީސަށް ކޮންމެ ރަށަކަށް ވަގުތީ ކަތީބަކު އައްޔަންކުރެވިދާނެ ނޫންތޯ؟ އަލުން އިންތިޚާބު ބޭއްވި "ޚަރަދުބޮޑު ބިޔަ" ކައުންސިލަރުންތައް ހޮވެންދެން، ސިވިލްސާވިސް މުވައްޒަފުން ގޮވައިގެން ކަތީބުބެ ރަށްތައް ހިންގަވާނީ. ފަހަރެއްގާ މުސްތަޤުބަލަށް ނަމޫނާ ސިސްޓަމަކަށްވެސް ވެދާނެ. ރައްޔިތުންހޮވާ ރަށުކަތީބާއި އަތޮޅުވެރިޔާގެ ބެލުމުގެމަތިން ސިވިލްސާވިސްއިން ރާއްޖެ ހިންގުން.
ގާދިރު
06 April 2020
މިދަނޑި ވަޅުގައި އެންމެ ބުއްދިވެރި ގޮތަކީ މަޖިލިސް އުވާލުން އޭރުން މަހެއްގެ މައްޗަށް 30 މިލިއަނެއްހާ ރުފިޔާ ސަލާމައި ކުރެވުނީ. އޭގެންވެސް ހުރިހައި ދިވެހި ރައްޔިތުން ނަށް ކައިގެން އުޅެވޭނެ. އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެ ރައީސް އަށް ގޮވާލަން މަޖިލިސް އުވާލަ ދިނުމަށް.....................
މަގޭވެސް ގައުމު
06 April 2020
މިވަގުތައް ގައުމަށް އެންމެ ބޭނުންވެފައިވާ އަދި ފައިދާވެސް ކުރާނެ ކަމަކީ ހަމަތިއީ...އަވަހަށް މަޖިލިސް އުވާލަދެއްވާ...އެކުޅޭ ޑުރާމާތަކުން ދިވެހިން ސަލާމަތް ކޮށްދެއްވާ،
އަބޫބަކުރުބެ
06 April 2020
މިދުވަސްކޮޅު ގާނޫނު އަސާސީގެ ވާހަކަނުދައްކާ. މީ ސިޔާސީވާހަކަދައްކާވަރަށްވުރެ ޚައްސާސް ދަނޑިވަޅެއް.