ޝަމީމް
07 އެޕްރީލް 2020 - 18:20
މި ދުވަސްވަރު މުޅި ސޯޝަލް މީޑިއާ ފުރާލާފައިވަނީ އެކި ރާގުރާގަށް ކިޔާފައިވާ ގުރުއާންގެ އާޔަތްތަކުންނެވެ. ކުޑަކުދިން ފެށިގެން ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ފޯރީގައި އެ ޗެލެންޖުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ނަމަވެސް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ފެއްޓެވި އެ ހަރަކާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެކަކަކީ، ޝަހީމްއާ އާއިލީގޮތުން ތިމާގެ މުހައްމަދު ޝަމީމްގެ ކިޔެވުމަށެވެ.
ގއ. މާމެންދުއަށް އުފަން ޝަމީމް، 36، އާލް އިމްރާން ސޫރަތް ކިޔަވާފައިވާ ވީޑިއޯއެއް މިދިޔަ ހޮނިހިރު ދުވަހު ފޭސްބުކްގައި ހިއްސާކުރިއިރު، އެ ވީޑިއޯއަށް މިހާތަނަށް 2،300 އަށްވުރެ ގިނަ ރިއެކްޓް ލިބިފައިވެ އެވެ. ޝެއާ ކުރި މީހުންގެ އަދަދު 1،400 ގައި އުޅޭއިރު 700 އަށްވުރެ ގިނަ މީހުން އެ ވީޑިއޯއަށް ކޮމެންޓު ކޮށްފައި ވެ އެވެ. ވީޑިއޯ ބެލި މީހުންގެ އަދަދު 37،000 އަށް އަރަ އެވެ.
އާއްމުންގެ މެދުގައި އެ ވީޑިއޯއަށް އެހާ ބޮޑު މަގުބޫލުކަމެއް ލިބުނީ، މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް، ޝެއިޚް އަބްދުއްރަހުމާން ސުދައިސް ގުރުއާން ވިދާޅުވާ ރާގާ ވައްތަރު ރާގެއްގައި ކިޔެވުމުންނެވެ. އާއްމުގޮތެއްގައި ކިޔަވަން އުނދަގޫ އެ ރާގާ ވައްތަރު ރާގެއްގައި ކިޔެވުމުން ޝަމީމްގެ ވީޑިއޯއަކީ އަސްލެއް ކަމަށް ވެސް، އެ ވީޑިއޯގައި ކޮމެންޓުކުރި ބައެއް މީހުން ސުވާލު އުފެއްދި އެވެ.
"ބައެއް މީހުން އެހި ލިޕް ސިންކް ކޮށްފަ ހެއްޔޭ. އެއީ ހަމަ އަޅުގަނޑު އަމިއްލައަށް ކިޔަވަމުން ވީޑިއޯކޮށްފައި،" ޝަމީމް ބުންޏެވެ.
ތިން ދަރިންނަށް ކިޔަވައިދޭން މީގެ ދެ އަހަރުކުރިން ސ. ހިތަދުއަށް ބަދަލުވި ޝަމީމް "މިހާރު" އަށް ބުނީ އޭނާ އުޅެ ބޮޑުވީ ގުރުއާން އިލްމުގެ ތެރޭގައި ކަމަށެވެ. އޭނާގެ މަންމައަކީ ރަށުގައި ކުޑަ ކުދިންނަށް ކިޔަވައިދީ އުޅުނު މީހަކަށް ވުމުން، ގުރުއާނަށް އޭނާ ހާއްސަ ލޯތްބެއް ޖެހުނެވެ. ފަހުން ޝަމީމް ވެސް ގެއަށް ކުދިން ގެނެސް ކިޔަވައިދީފައި ވެ އެވެ.
އޭނާގެ ދޮށީ ދަރިފުޅު، އަހުމަދު އާނިސް ޝަމީމް، 11، ވެސް އަންނަނީ ހިތްގައިމު، ތަފާތު އެކި ރާގަށް ގުރުއާން ކިޔަވަމުންނެވެ.
"އަޅުގަނޑު ނުކިޔަވާ ރާގު ރާގަށް ވެސް ދަރިފުޅު ކިޔަވާނެ ގުރުއާން. މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ވެސް ލިބިފައި އެބަހުރި،" ޝަމީމް ބުންޏެވެ.
ގުރުއާނަށް ހާއްސަ ލޯތްބެއް ހުއްޓަސް އޭނާގެ ރަސްމީ ވަޒީފާއަކީ މިފްކޯގެ ހުޅުމީދޫ ފިޝަރިޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސަސް އެސިސްޓެންޓް މެނޭޖަރުގެ މަގާމެވެ. އެކަމަކު 2011 ވަނަ އަހަރުން ފެށިގެން ޝަމީމް އަންނަނީ އިމާމުގެ ހުކުރު ނަމާދު ވެސް ކުރަމުންނެވެ. ހުކުރު ކުރާއިރަށް އޭނާއަށް ގިނައިން ކިޔެވެނީ ސުދެއިސް ކިޔަވާ ވިދާޅުވާ ރާގާ ވައްތަރު ރާގަކަށެވެ. ނަމަވެސް ސުދެއިސްގެ ކިޔެވުން ފަރިތަކުރަން އޭނާގެ ވީޑިއޯ ބެލުމަކީ ޝަމީމް ކުރާ ކަމެއް ނޫނެވެ.
މިދިޔަ ރޯދަ މަހު މައްކާގައި މަޑުކުރި 20 ދުވަހުގެ ތެރޭގައި އޭނާއަށް ވަނީ ސުދެއިސްގެ ކިޔެވުން ވަރަށް ރަނގަޅަށް ނަގައިގަނެވިފަ އެވެ. އެހެންވެ މިހާރު ކިޔަވާއިރު އެކަން ވަރަށް ރަނގަޅަށް ހަނދާނުގައި ހުންނަކަމަށް ބުންޏެވެ.
"ސުދެއިސްގެ ކިޔެވުންތައް އަޑުއަހައި އެގޮތަށް ދަސްކުރާކަށް ނޫޅެން. އުމްރާއަށް ގޮސް ހުއްޓައި ސުދެއިސްގެ އަޑު އިވުނީމަ ވަރަށް ރަނގަޅަށް ނަގައިގަނެވުނު އެ ގުރުއާން ކިޔަވާ ގޮތް. އެހެންވެ މިހާރު ވެސް ކިޔަވާއިރަށް އެކަން ހަނދާނުގައި ހުންނަނީ،" ޝަމީމް ބުންޏެވެ.
ދިގު ރާގަށާއި ތަފާތު ރާގަށް އޭނާއަށް ކިޔަވަން ދަސްވީ ގްރޭޑު އަށަކަށް މާލެ ބަދަލުވެ، އޭރު ގުޅުނު ގުރުއާން ކްލާހުގެ ސަބަބުންނެވެ. ޝަމީމަށް ކިޔަވައިދިނީ، ރާއްޖެއިން ބޭރުން ގާރީ ކޯސް ފުރިހަމަކޮށްގެން އޭރު ރާއްޖޭގައި ތިބި މީހުންގެ ތެރެއިން އެންމެ ރީތިކޮށް ގުރުއާން ކިޔެވި އެކަކެވެ. އޭނާ އެތަނުން ދިޔުމުން، ގުރުއާން ކްލާސް ހިންގުމުގައި އިސްކޮށް އުޅުނީ ޝަމީމެވެ.
"ޝަކީބް ސޯ ދިޔައީމަ އަޅުގަނޑު އިސްކޮށް އުޅުނީ. ދެން އެމްއީއެސް އެސެމްބްލީގައި ގުރުއާން ކިޔަވާ ކުދިންނާއި މުބާރާތްތަކުގައި ބައިވެރިވާ ކުދިން ގެނެސް އެ ކުދިންނަށް ދަސްކޮށްދިނީ،" ޝަމީމް ބުންޏެވެ.
ރަށުގައި އުޅުނުއިރު ބޭއްވި އަތޮޅު ގުރުއާން މުބާރާތުން، ހިތުންނާއި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދައިގެން ގައުމީ ގުރުއާން މުބާރާތުގައި ވެސް އޭނާ ވާދަކުރި އެވެ. ނަމަވެސް ރީތި ރާގަކަށް ނުކިޔެވޭތީ އޭރު ވަނައެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމް
09 April 2020
ހީވަނީ ސުޓޫޑިއޯގެ ރިކޯޑިންގ އަށް ތުންފަތް ޚަރަކާތް ކުރައްވާ ހެން އަސްލުކަމަށް ޤަބޫލުނުކުރެވޭ.
ޙުސަންބޭ
09 April 2020
ތިޔަ ކިޔެވުމަކީ ތަރާވީޙް ނަމާދުގައި ކިޔެވި ކެޔެވުމެއްބާވައެވެ. ސޫރަތުލްފާތިޙާ ކިޔެވުމަށްފަހު އާމީން ކިޔަނީ ނަމާދުގައެވެ.
ންންންން
09 April 2020
ގުރުއާން ކިޔެވުންތޯ ނުނީ ކިއުންތޯ ކިޔާނީ؟ ކިޔެވުމުކީ ދަސްކުރުން ނޫންތޯ؟
ޕޮކަޑިމޭން
08 April 2020
މިއީ ސީދާ ސްޓޫޑިއޯއެއްގަ އޯޑިއޯ ޑަބްކޮށްފަ، އަޑުގެ އެކޯއާ އަޑުގެ ސާފުކަމުން އެކަމަށް ހެކިދޭ. ވީޑިއޯއަށް ބަލާލުމުން އަގަޔާ އަޑާ ދިމާނުވާކަން ފާހަގަކުރެވޭ، ލިޕް ސިންގް ކޮށްފަ ހުރިކަމަށް ބެލެވެނީ
ކ. އެޑްމިން
08 April 2020
އަޑާ އަނގަޔާ ދިމާވޭ. އޯޑިއޯ ސާފު ކޮއް ރެކޯޑް ކުރެވޭނެ މިހާރު ސްޓޫޑިއޯއެއް ނެތަސްވެސް، ލިޕް ސިންގް ކޮއްފަ ކަމަކަށް ނުބެލެވޭ. ވ ފުރިހަމައޭ ބުނެވިދާނެ.
ރާގުރާގު4
08 April 2020
ވައްތަރު ވައްތަރުގެ ރާގު ރާގު ލައްވަމުން ޤުރުއާން ކިޔުއްވިތޯ ކީރިތި ރަސޫލާ، ސާފުކޮށްލަން ބޭނުން. ރިފަރެންސްއާއެކު ދެއްވުން އެދެން.
ގޮއްޓިި
12 April 2020
އަމިއައަށް ސާފުކޮއްބަލަ. އެކަންވެސް އެހެންމީހުން ކޮއްދެން ޖެހެނީ؟
ރައްޔި
08 April 2020
މީ ވ ފޮނިކަނޑާ ސޮރެއް. ރަނގަޅަށް އަކުރު ކިޔޭ މީހެއްނޫން
ކޮއްކޮމެން
08 April 2020
ފާޑު ނުކިޔަމާ ދޯ!
ކަކޫ
08 April 2020
ތިވީޑިއޯ ހާދަ ހީއެއް ތިއީ ތީނަގެ ކިޔެވުމެއް ހެން ކިޔަވާއިރު އަނގައާއި އަޑާއި ދިމާ ނުވާކަން ވަރަށް ރަގަޅަށް ެ އިނގޭ ހަމަ އެކަނި ތުން ތަޅުވަނީކަން އިނގޭ
އިސީ
08 April 2020
މިކަހަލަ ކަންކަކަމަކީ ޗެލެންޖުކޮށް މީހުންނަށް ކަނަދެއްކުމަށްޓަކައި ކުރަން ހެޔޮވާވަރުގެ ކަންކަމެއްނޫނެވެ ތިޔަގޮތަށް ކިޔަވާ ކިޔެވެލި ތަކަކުންނެއް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ. އަދި އޭނާ އެކިޔަވަނީ ، މީސް މީހުން ލައްވައި ބުނުއްވަން އެއީ ހާދަ ރީތިކޮށް ކިޔަވާ މީހެކޭ ބުނުއްވަން އަދި އެކަން އެއީ ހާދަ ނުބައިވެގެން ވާ އަ މަލެކެވެ
އެދުރުކަލޯ
08 April 2020
އަހަރުމެންނަކަށް އަނެކާގެ ނިޔަތެއް ނޭނގޭނެ. އެވާހަކަ ނުދައްކާ. އެނގޭކަމަކީ އެތައްބަޔަކު އެ ކިޔެވުންތައް މިއަދު އަޑުއަހާކަން. ޤުރްއާނަށް އަންނަ ޝައުޤު އިތުރުވާކަން. ރީތިކޮށްކިޔަަން އެނގޭ ބޭފުޅުން އަނެކާ ޝައުޤުވެރިކުރުވުމަށް ގިނަ ގިނައިން ކިޔެވުންތަކުގެ ވީޑިއޯ ލާންވީ. އެއީ ހެވާ ލާބަ ހުރިކަމެއް.
ާއުނިމާ
08 April 2020
ރަންގަޅު ކަންކަމަާް ޗެލެންޖުކުރުމަކީ ރަނގަޅުކަމެއް!
ޢަބްދުއްރަޙްމާނު
08 April 2020
vސުދޭސްގެ ކިޔެބުމުގެ ރާގާ އއްގ ކަމެއް އެބަހުރި , އެހެން ނަމަވެސ ސުދޭސްގެ ކިޔެވުން އަޑުއަހާމީހެއްނަމަ ދެމީހުންގެ ކިޔެވުމުގަ ވަރަށްބޮޑު ތަފާތު ހުރިކަން ފާހަގަ ކުރެވޭނެ
އެމް ޑަބްލިޔު
08 April 2020
މާޝަ ﷲ ވަރަށް ރީތި. އެކަމަކު ދެރައީ އެ ވީޑިއޯ އަށް ރިއެކްޓެއް ކޮށްލާފަހުރި މީހުން މަދުކަން. ކީރިތި ޤްރުއާނަށް ލޯބިކުރައްވާ!
ޕޮކަޑިމޭން
08 April 2020
ހިސާބަށްވުރެ ފޭކުވީމަ ރިއެކްޓެއް ނުކުރެވޭނެދޯ، މާޝާﷲ އޭބުނާވަރަށްވުރެ މާފޭކް