މާލެ އިން ކޮރޯނާވައިރަހަށް ފުރަތަމަ މިއަދު ޕޮޒިޓިވްވި މީހާގެ ހިމެނޭ ސަރަހައްދު ބަންދުކޮށްގެން ފުލުހުން މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
15 އެޕްރީލް 2020 - 10:16
މާލެ އިން އުކުޅަހަށް ދާ އެންމެން 14 ދުވަހަށް ހޯމް އައިސޮލޭޝަންގައި ބައިތިއްބަން ނިންމައިފި އެވެ. އެ ރަށު ކައުންސިލް އިދާރާ އިން އާއްމުންނަށް ނެރުނު އިއުލާނެއްގައި ބުނީ މާލެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައިވާތީ އުކުޅަހު ޓާސްކްފޯހުގެ ނިންމުމަކީ މާލެ އިން އެ ރަށަށް ދާ އެންމެން 14 ދުވަހަށް އެކަހެރި ކުރުން ކަމަށެވެ. އެހެންވެ މި އެންގުމާ އެއްގޮތަށް އެންމެން އަމަލުކޮށްދޭން ވަނީ އެދިފަ އެވެ.
ލޮކްޑައުންގެ މުއްދަތުގައި މާލޭގެ ގެތަކުން ކުނި ނަގާނީ، މެންދުރު 12 އިން 2 ޖެހުމާ ހަމައަށް ކަމަށާއި ހުރިހާ ގެތަކުން ވެސް ކުނިކޮތަޅު އިމާރާތުގެ ތިރިއަށް ބާލަދޭން، ވެމްކޯ އިން މިއަދު އެދިއްޖެ އެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން އެދުނީ ކުނި ބަލާއިރު ވަރަށް ރަނގަޅަށް ބަންދުކޮށްދިނުމަށެވެ. ކުނި އުކާލުން ދެ ގަޑިއިރަށް ކުރިއަށް ގެންދަން ނިންމީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކަށް ސަމާލުވެ، އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. ކުނި އުކާލަން ނިންމާފައިވާ ދެ ގަޑިއިރުގެ ތެރޭގައި، ވެމްކޯގެ ޓީމުތަކުން ހުރިހާ ގެތަކުގެ ކުނި ނަގާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދިނެވެ.
މާލޭން ފުރަތަމަ ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅުން ހުރި، އަދި ކޮވިޑް-19ގެ އަލާމާތްތައް ހުރި 14 މީހަކު މިހާރު ވަނީ ހުޅުލޭ އައިސޮލޭޝަން ފެސިލިޓީ އަށް ގެންގޮސްފައި
#ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
— Health Protection Agency (@HPA_MV) April 15, 2020
މި 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން
ތިން ވަނަ އަށް ވެސް ޕޮޒިޓިވް ވެފައި ވަނީ އަންހެނެއް. އޭނާ އަކީ ވެސް މިއަދު ހެނދުނު ޕޮޒިޓިވްވި އަންހެންމީހާ އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއް.
މާލޭގައި މިއަދު ހެނދުނު އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ މ. ޖަރީމާގޭގައި ދިރިއުޅެމުން އަންނަ އަންހެނެއް. އެޗްޕީއޭ އިން ބުނެފައިވަނީ އޭނާގެ ތުއްތު ދަރިފުޅު ވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް. އެކަމަކު އޭނާ އާ ޑައިރެކްޓް ކޮންޓެކްޓްވި އެހެން 10 ސާމްޕަލްއެއް ނެގެޓިވް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވޭ. މާލެ އިން ތިން ވަނަ ޕޮޒިޓިވް ކޭސްއާ އެކު މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިހާރު ވަނީ 8 އަށް އަރައިފައި. އަދި ރާއްޖޭގައި ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 23 އަށް އަރާފައި.
މާލޭގައި މިއަދު ހެނދުނު ޕޮޒިޓިވް މީހާ އާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަން އެޗްޕީއޭ އިން ދެންމެ އިއުލާންކޮށްފި
Samples taken from a Maldivian national who was a Direct Contact of Case: MAV021 has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) April 15, 2020
This is the 3rd person to became POSITIVE for COVID-19 in Malé.
މާލޭގައި ދެވަނަ އަށް މިރޭ ޕޮޒިޓިވްވެފައި ވަނީ މިއަދު ހެނދުނު ފެނުނު ޕޮޒިޓިވް ކޭހުގައި ހިމެނޭ މީހާގެ ދަރިފުޅު ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެތަނުން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހެއްގެ ސާމްޕަލް ނަގައި، އެ ކުއްޖާ ފިޔަވައި އެހެން އެންމެން ނެގެޓިވް ކަމަށް. އެނގިފައިވާ ގޮތުގައި މީގެ ތެރޭގައި ޕޮޒިޓިވްވި އަންހެން މީހާގެ ފިރިމީހާ ވެސް ހިމެނޭ. އަދި އޭގެ ތެރޭގައި އެ ގޭގައި އުޅޭ އެހެން މީހުން ވެސް ހިމެނޭ. ދަރިފުޅުގެ އުމުރުން އަދި ދެ އަހަރު ނުވާ ކަމަށް އެނގިފައިވޭ.
The second case confirmed as positive for #COVID19 is a toddler (case: MAV022) — the child of the case: MAV021 confirmed earlier yesterday.
— Health Protection Agency (@HPA_MV) April 15, 2020
10 out of the 11 samples taken from direct contacts of the positive Maldivian (case: MAV021) have tested NEGATIVE for #COVID19. https://t.co/ZB3VDCTmJQ
އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި ޕޮޒިޓިވް ވެފައި ވަނީ ސީދާ ޑައިރެކްޓް ކޮންޓެކްޓްްވީ މީހެއް. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި. މާލެ އިން ފެނުނު މި ކޭސްއާ އެކު ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިހާރު ވަނީ 7 އަށް އަރައިފައި. އަދި ރާއްޖޭގައި ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފައި.
Samples taken from a Maldivian national who was a Direct Contact of the positive case has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) April 15, 2020
This is the 2nd person to became POSITIVE for COVID-19 in Malé.
މާލެ އިން ދެވަނަ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ އިއުލާންކޮށްފި
މާލެ ލޮކްޑައުން ކޮށްފައިވާތީ، މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް އެޑިއުކޭޝަން މިނިސްޓްރީން މެދުކަނޑާލައިފި
މާލެ އިން މިއަދު ޕޮޒިޓިވްވި މީހާ ދިރިއުޅޭ ގެ، މ. ޖަރީމާގޭ ވެސް ހުރީ ކަރަންޓީން ކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެފި
މިއަދު މާލޭސިޓީއިން #ކޯވިޑް19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އަދި ނޫމަސްވާދީ، ސ. ހިތަދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި.
— Health Protection Agency (@HPA_MV) April 15, 2020
އެޗްޕީއޭގެ ޓުވީޓް
މާލެ އިން ކޮރޯނާވައިރަހަށް މިއަދު ޕޮޒިޓިވްވި މީހާއާ ގުޅުން ހުރި ކަމަށް ބެލެވޭތީ މާލޭގެ ގެ އަކާއި ސ. ހިތަދޫގެ ގެއެއް އެޗްޕީއޭ އިން މި ވަގުތަށް ބަންދުކޮށްފި. އެ އިދާރާ އިން ދެންމެ ކުރި ޓުވީޓެއްގައި މުނީ މޮނީޓަރިންގެ ހާލަތަށް ގެނައީ ހ. ރަތްކުރެދި އިމާރާތުގެ ހަތަރުވަނަ ފްލޯ އާއި ހިތަދޫ ނޫމަސްވާދީ ކަމަށް. އެއީ މިއަދު ޕޮޒިޓިވްވި ދިވެހި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިގެން ބަންދުކުރި ދެ ގެ.
ހަމީދު: ސީދާ ޓެރަރިޒަމްގެ ނުރައްކަލެއް ރާއްޖެ އަށް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ދެންނެވޭކަށް ނެތް. ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހުންގެ ސަބަބުން ތަހުގީގަށް ފާހަގަކުރެވިަފއިވޭ ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ކުރުމުގެ ވިސްނުންތަކެއް ހުރިކަން. އެކަމަކު ކަނޑައެޅިގެން ވަކި ކަމެއް ކުރަން ރާވައިފައި އޮތް ކަމެއް ފާހަގައެއް ނުކުރެވޭ.
ސީޕީ ހަމީދު: ރޭގެ އަލިފާނުގެ ހާދިސާ އަކީ ބަޔަކު ހިންގާފައިވާ އަމަލެއް. އަދި އެއީ ޓެރަރިސްޓް ހަމަލާއެކޭ ބުނެވިދާނެ ކަމުގެ ހެކި އެބަހުރި
ސީޕީ ހަމީދު: ފުލުހުން އާންމުކޮށް ދެމުން އަންނަ ހިދުމަތްތައް ދޭ ފުލުހުން ގެއަށް ނުގޮސް ހިދުމަތް ދޭ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ. އަޅުގަނޑުމެން މިހާރު މި ދަނީ އެލާޓް ދޭއް ނުވަތަ އޮރެންޖްގައި މަސައްކަތް ކުރަމުން.
ޝަމާލް: ސިފައިން ވެސް ދަންނަން ޖެހޭނެ މިއީ ކްރައިސިސް ހާލަތެއްކަން. އެހެންވީމަ މިކަހަލަ ހާލަތެއްގައި އާއިލާއާ އެކު ގިނަ ވަގުތު އުޅެން ފުރުސަތު ނުލިބޭނެކަން. މިއަދު މާލެއިން ފެނުނު ކޭސްއާ އެކު މުޅިން ހާލަތަކަށް އެ ދިޔައީ.
ޝަމާލް: މިކަހަލަ ވަގުތެއްގައި ނާޖާއިޒު ފައިދާއެއް ނަގައިގެން ގައުމީ ސަލާމަތަށް ގެއްލުންވާ ކަހަލަ ކަމެއް ކޮށްގެން ނުވާނެ. މިސާލަކަށް ރޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ. ހަތް ލޯންޗު އެކީ އަނދާ ހުލިވެގެން މިދިޔައީ. ވަރަށް ސާފުކޮށް މި ދަންނަވަނީ މިކަހަލަ ކަމެއް ކުރާކަށް ފުރުސަތެއް ނުލިބޭނެ.
ޝަމާލް: ސިފައިން މިހާރު ވަނީ ބްލޫ ވަން އަށް އެލާޓް ގެނެސްފައި. ކޮވިޑް އޮޕަރޭޝަން އެއީ އަޅުގަނޑުމެންގެ އޮޕަރޭޝަން ކަމަށް ވިޔަސް، އަޅުގަނޑުމެންގެ ފޯކަސް އޮތީ ކުރިއެކޭ ހަމައެއްގޮތަށް.
ޗީފް އޮފް ޑިފެންސް ފޯސް: ދެ މުއައްސަސާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން. މި ކަހަލަ ނާޒުކް ފައްތަރެއްގައި އެއްވެސް ފަރާތަކުން ނާޖާއިޒް ފައިދާ ނަގަން ފުރުސަތެއް ނުދޭނަން. މިހާރު ވެސް މަސައްކަތް ކުރަނީ ގައުމީ ސަލާމަތް ނަގަހައްޓަން. އަޅުގަނޑުމެން ދެ މުއައްސަސާ މިކަމުގައި ރައްޔިތުން ހިމާޔަތް ކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
ސީޕީ ހަމީދު: މި ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން މީގެ ބޭނުން ކުށްތައް ކުރަން އެބައުޅޭ. މިދިޔަ ދެ މަހެއްގާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެސް އެ ކަން ފާހަގަކުރެވޭ.
ޕޮލިސް ކޮމިޝަނަރު ހަމީދު: ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ވަަރަށް ބޮޑަށް މަސައްކަތް ކޮށް ވަނީ ފިޔަވަޅު އަޅާފައި. ސަލާމަތީ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވަން ބަޔަކު ބަދަލު ހިފަމުންދާ ކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. ރޭގެ އަލިފާނުގެ ހާދިސާގައި ފުލުހުންގެ ލޯންޗެއްގައި ވެސް މަހިބަދޫގައި ރޯކޮށްލި.
ޕޮލިސް ކޮމިޝަނަރު ހަމީދު: ލޯންޗުތަކުގައި ރޯކޮށްލީ ބައެއްގެ މުދަލަށް ގަސްދުގައި ރޯކޮށްލުމަށް. މިއީ ގަސްދުގައި ހިންގާފައިވާ އަމަލެއް.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ބްރީފިންގައި އަލިއަޅުވައިލާނީ ލޮކްޑައުން އާއި މަހިބަދޫގައި ރޭ ފަތިހު ފަސް ލޯންޗާއި ޑިންގީގައި ރޯކޮށްލި މައްސަލައިގައި ކަމަށް.
ސަލާމަތީ ބާރުތަކުގެ މީޑިއާ ބްރީފިން ފަށައިފި.
މިރޭގެ 8:30 ގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ މީޑިއާ ބްރީފިންއެއް އޮންނާނެ. މި މީޑިއާ ބްރީފިން އޮންނާނީ އެންއީއޯސީ ހިންގާ ދަރުބާރުގޭގައި. މިއަދު ހަވީރު ވެސް ފުލުހުންގެ ފަރާތުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވެސް ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އާއި ގުޅިފަޅު އަދި ތިލަފުށީގެ ލޮކްޑައުންގެ މުއްދަތުގައި އަމަލު ކުރާނެ ގޮތުގެ މައުލޫމާތު ދެއްވާފައި.
ފުލުހުން: ރެސްޓޯރަންޓްތަކަށް ޑެލިވަރީގެ ފުރުސަތު ހުޅުވާލާފައި އޮތީ މިރޭގެ 7:00 އިން 12:00 އާ ހަމައަށް. އޭގެ ތަޖުރިބާ އަށް ބަލައި، މާދަމާ އަނެއްކާ ވެސް އެކަމާ ދޭތެރޭ ގޮތެއް ނިންމާނަން. އޭގެ އިތުރުން ގޭގެ އަށް ބޭނުންވާ ތަކެތި ހޯދަން އަޅުގަނޑުމެން ދޭނަން ނަންބަރެއް ޓްވިޓާ މެދުވެރިކޮށް މިރޭގެ ވަގުތެއްގައި. އޭރުން އެ ނަންބަރަށް ގުޅާފައި އެ ބޭފުޅަކު ދުރުވާ ނަންބަރަކާއި ބޭނުން ވިދާޅުވެފައި ދުރުވެވޭނެ. އެ އުސޫލުގެ ދަށުން ބޭރަށް ނުކުންނަ ކޮންމެ މީހެއްގެ އަތުގައި ވެސް އޮންނަން ޖެހޭނެ އައިޑީ ކާޑު.
ފުލުހުން: ޑިއުޓީގައި އުޅޭ ފުލުހުން ގެއަށް ނުގޮސް ތިބޭނެ ތަނެއްގެ އިންތިޒާމު މިހާރު ދަނީ ކުރިއަށް.
ފުލުހުން: އަޅުގަނޑުމެން ވެސް މި ދިޔައީ މި ހާލަތަށް ތައްޔާރުވަމުން. އެހެންވެ، އެންމެ ނުރައްކާތެރި ހާލަތަށް ހިނގައްޖިއްޔާ ބޭނުންވާނެ ބޮޑީ ބޭގަށް ދަންދެން އަޅުގަނޑުމެން އަޅުގަނޑުމެން ވާނީ ލިސްޓް ކޮށްފައި. އަންގި އާއި މާސްކް އެއްޗެހި ވެސް. އެކަމަށް ތައްޔާރުވެފައި އޮތީ.
ފުލުހުން: މިހާރުގެ ވިސްނުމަކީ އިތުރު ފުލުހުންތަކެއް މަގުމައްޗަށް ނެރުމެއް ނޫން. އެހެންވެ، މާލެ މެނޭޖްކުރެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ ކުރިން ކުރި ގޮތަށް އެކަން ގިނަ ފުލުހުންތަކެއް ނުނެރެވާނެ ކަމަށް.
ފުލުހުން: އެއްވެސް އޮފީހެއްގެ މުވައްޒަފަކަށް އެ އޮފީހުގެ ކާޑު ބޭނުންކޮށްގެން ތަންތަނަކަށް ނުދެވޭނެ. ހުއްދަ އޮތް ފާސްތައް ބޭނުން ކުރަން ޖެހޭނީ
ފުލުހުން: މިހާރު މިއީ ކުރާ ޓެސްޓެއް ނޫން. ކޮންމެ ތަނަކުން ވެސް ވިސްނަން ޖެހޭނެ މިހާރު މަދު މުވައްޒަފުންނާ އެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. ބައެއް ތަންތަނުން ކުރީ ފަހަރު ވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރި. އެކަމަށް ޖެހޭނީ އެޖެސްޓްވާން.
ފުލުހުން: މަގުމަތިން ފެންނަ މީހުންނާ ސުވާލުކޮށް ދާ ތަނާއި ބޭނުން އޮޅުންފިލުވާނަން. އަޅުގަނޑުމެންނަށް ނޭނގި ނުކުމެ އުޅޭ މީހުން 1000ރ. އިން ޖޫރިމަނާ ކުރާނެ، ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނެ.
ފުލުހުން: މިފަހަރު ފިޔަވަޅު އެޅުން ވަރަށް ހަރުކަށިވާނެ. ވަގުތުން ކަރަންޓީން ސެންޓަރަކަށް ގެންދަން ވިޔަސް އެ ފިޔަވަޅު އަޅާނެ. މަގުމައްޗަށް ނުކުންނަ މީހުން ވެސް 14 ދުވަހަށް ކަރަންޓީން ކުރާނެ
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން: މިރޭ 12 ޖެހުމާ ހަމައަށް ޑެލިވަރީ ކުރެވޭނެ. އެކަމަކު އެއީ މިހާރު ހުއްދަ އޮތް ފަރާތްތަކަށް.
ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ އައިސޮލޭޓްކުރަނީ ޕްރައިމަރީ ކޮންޓެކްޓްސް ކަމަށާއި އެކަމަކު ރިސްކު އޮވެއްޖެ ނަމަ ކޮންޓެކްޓުވި އެހެން މީހުން ވެސް އައިސޮލޭޓްކުރަން ޖެހިދާނެ ކަމަށް. އޭނާ މިހެން ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް ސަރުކާރުގެ ރަސްމީ ދަތުރުރެއްގައި ބައިވެރިވެ، އެ ބޭފުޅުން އެކި މީޓިންތަކުގައި ވެސް ބައިވެރިވެވަޑައިގެންފައި ވާތީ އެކަމާ ސުވާލުކުރުމުން
އަލީ ލަތީފް ވިދާޅުވީ މާލޭގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ޖެހޭ ކަމެއް ނުވަތަ ނޫން ކަމެއް އެނގޭނީ ކޮންޓެކްޓް ޓްރޭސިން އަށް ފަހުގައި ކަމަށް.
ޑރ. އަލީ ލަތީފް ވިދާޅުވީ ކޮމިއުނިޓީ ޓްރާންސްމިޝަން މި ހިނގީ ކިހިނެއް ކަމެއް އަދި ނޭނގޭ ކަމަށް.
ބަލި ޖެހުނު މީހާ އަށް ބަލި ޖެހުނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް.
ޑރ. ނަޒްލާ: މި ކޭސްއާ ގުޅިގެން މިހާތަނަށް 54 މީހަކު ވަނީ އައިސޮލޭޓްކޮށްފައި. އަދިވެސް އިތުރު ބަޔަކު އައިސޮލޭޓްކުރާނެ
ކޮމިއުނިޓީ ޓްރާންސްމިޝަން ހިނގީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހެއްގެ ކިބައިން ކަމަށް ވުން އެކަށީގެންވޭ
ޑރ. އަލީ ލަތީފް ވިދާޅުވީ ޑޮކްޓަރުންގެ އިރުޝާދު ތަކުރާރުކޮށް ދެމުން ދާއިރު ވެސް އެއްވެސް ބިރެއް ނެތި މީހުން މަގުމަތީގައި އުޅޭ ކަމަށް. ބަލިން ރައްކާތެރިވާން އޮތް އެންމެ މުހިންމު ކަމަކީ ގޭގައި ތިބުން ކަމަށް ޑޮކްޓަރު ވެސް ވިދާޅުވި .
މިއީ އާދައިގެ ރޯގާއެއްގެ ގޮތަށް ބަލައިގެން ނުވާނެ. މި ބަލީގެ 80 ވަރަކަށް ޕަސެންޓަށް ތަޖުރިބާކުރެވެނީ އާދައިގެ ރޯގާއެއްގެ އަލާމާތް. ބަލީގެ އަލާމާތް ނުފެނި ވެސް ބަލި ފެތުރޭ.
ޑރ. އަލީ ލަތީފް: މިހާ ހިސާބަށް ބެލި އިރު މިއީ ކޮމިއުނިޓީ ޓްރާންސްމިޝަނެއް ކަމެއް ބެލެވޭ. މާނަ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓު ނުވެ ބަލި ޖެހުން
އަމީން ވިދާޅުވީ މާލޭގައި ބަލި ފެތުރިދާނެ މިންވަރެއް ބަލައި، ފަރުވާ ދޭނެ އިންތިޒާމަށް ވަނީ ތައްޔާރުވެފައި ކަމަށް
މިނިސްޓަރު އަމީން ވިދާޅުވީ "މި ބަލީގެ ފަރުވާ އަކީ ގޭގައި ތިބުން" ކަމަށް
ހެލްތު މިނިސްޓަރު އަމީން: ޕޮޒިޓިވްވި މީހާ ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަކަށް ނުދޭ. މި ކޭސްއާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ދިމާވާ ދަތިތަކާ އެކު، ހިދުމަތްތަކަށް ގެންނަ ބަދަލާއި އަމަލުކުރަންވީ ގޮތް ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާނެ
މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް.
— Health Protection Agency (@HPA_MV) April 15, 2020
މާލެ އަށް ލަފައި ފުރުން ވެސް މަނާ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފައި
އެންމެން ގެ އަށް ވަންނަން ފުލުހުން މަގުމަތީގައި އަޑުގަދަކުރާ އިން ގޮވަމުން އެބަދޭ. ފުލުހުން އަންގާފައިވަ ގޮތުން މިއަދު ހަވީރު 3:30 އާ ހަމައަށް އެންމެން ގެ އަށް ވަންނަންޖެހޭ.
Due to the announcement of Malé City lockdown by @HPA_MV today, we urge everyone who is outside to return home by 15:30hrs today. Your cooperation is greatly needed to control a potential community spread in Greater Male’ Area .#WashYourHands#StayHomeSaveLives#COVID19Maldives
— Maldives Police (@PoliceMv) April 15, 2020
މާލެ ސަރަހައްދު ބަންދުކުރުމާ އެކު، އެންމެން 3:30 ގެ ކުރިން ގެޔަށް ވަންނަން އަންގައިފި
ރައީސުލްޖުމްޙޫރިއްޔާ @ibusolih އަޞްރު ނަމާދު ވަގުތަށްފަހު ޤައުމާ މުޙާތަބް ކުރައްވާނެ.
— Ibrahim Hood (@MvSpokesperson) April 15, 2020
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަސްރު ނަމާދަށް ފަހު ގައުމާ މުޚާތަބްކުރައްވަން ނިންމަވައިފި އެވެ.
#ކޯވިޑް19 ބައްޔަށް ޕޮޒިޓިވް ވި ދިވެއްސެއްގެ "ޑައިރެކްޓް ކޮންޓެކްޓް" އެއް ދާދިފަހުން ކ. ކާށިދޫއަށް ދަތުރުކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށް ވަނީ "މޮނިޓަރިންގ" ހާލަތަކަށް ގެނެވިފައި.
— Health Protection Agency (@HPA_MV) April 15, 2020
މި ދަނޑިވަޅުގައި އެ ރަށުން އަރައިފޭބުމަކީ މަނާކަމެއް
ކާށިދު އަށް އަރައިފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފައި.
ކ. ކާށިދު އަށް ވެސް އަރައިފޭބުން މަނާކޮށްފި އެވެ. އެޗްޕީއޭ އިން ބުނިގޮތުގައި ކާށިދޫ ލޮކްޑައުންކުރީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސެއްގެ "ޑައިރެކްޓް ކޮންޓެކްޓް"އެއް ދާދި ފަހުން ކާށިދު އަށް ދަތުރުކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތުމުންނެވެ.
މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާކަން އިޢުލާނު ކުރަން.
— Health Protection Agency (@HPA_MV) April 15, 2020
މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް. pic.twitter.com/Lhp9EJNDxA
މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ލޮކްޑައުންކޮށް އެޗްޕީއޭ އިން ކުރި ޓުވީޓް
އެޗްޕީއޭގެ އެންގުމުގައިވާ ގޮތުން ލޮކްޑައުންގެ ހާލަތުގައި އިސްތިނާވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދާއި އެމްބިއުލެންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި އެ ފާސްދޫކޮށްފައިވާ މީޑިއާތަކުގެ މީހުންނަށް އެކަންޏެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ، ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅު ވެސް ވަކި ގޮތެއް އަންގަން ބަންދުކޮށްފައިވާ ކަމަށެވެ. މި ސަރަހައްދުތަކުގައި މިވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް ނުކުތުން ވެސް މަނަލެވެ. މީގެއިތުރުން މާލެ އާއި ހުޅުމާލޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވަނީ ހުއްޓާލަން އަންގައިފަ އެވެ. އަދި މި ސަރަހައްދުތަކަށް މީހުން އަރައި ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.
މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި މިވަގުތުން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް ލޮކްޑައުން ކޮށްފި.
ހެލްތު މިނިސްޓަރު އަމީނާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރު ޑރ. އަލީ ލަތީފްގެ މީޑިއާ ބްރީފިން ބާއްވާނެ އިރެއް އެންއީއޯސީން އަދި ހާމައެއް ނުކުރޭ. އެއީ ކުރިން 12:30 ގައި ބާއްވަން ނިންމި ބްރީފިންއެއް. ބްރީފިން ވަކި ވަގުތެއް ނެތް ގޮތަށް ލަސްކުރި ސަބަބެއް ނުބުނޭ.
ސިފައިންނާއި ފުލުހުންގެ މީޑިއާ ބްރީފިންއެއް މިއަދު ހަވީރު 4:30 އަށް ތާވަލްކޮށްފި. މި ބްރީފިން އޮންނާނީ ސިފައިންގެ މައި މަރުކަޒުގެ ގޭޓް ކައިރީގައި.
ލޮކްޑައުންގެ ހާލަތެއްގައި ޑެލިވަރީ ކޮށްދޭން ބޭނުންވާމިހާރަތަކާއި ކެފޭތަކުން މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް އެ ކައުންސިލުން ދެންމެ ހުޅުވާލައިފި. ސިޓީ ކައުންސިލުން މީގެ ކުރިން މިފަދަ ހާލަތަކަށްޓަކައި، ޑެލިވަރީ ކޮށްދޭނެ ފިހާރަތަކުގެ މައުލޫމާތު އެއްކޮށްފައި.
އެޗްޕީއޭގެ ބަޔާން: ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރަމެވެ. މިގޮތުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސަމާލުވުމަށް ދަންނަވަމެވެ. މިކަމާ ގުޅޭ މައުލޫމާތު އިތުރަށް ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ވާހަކަ ދަންނަވަމެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި، މިހާތަނަށް ބެލިބެލުމުން، މި މީހާ ރާއްޖެ އިން ބޭރަށް ދަތުރުކޮށްފައެއް ނުވޭ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރި ކޮށްފައި.
އެޗްޕީއޭ އިން ބުނިގޮތުގައި، އެ މީހާ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވުމާ ގުޅިގެން ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ހަރަކާތްތެރިވާން ފަށާފައި. އަދި އެ މީހާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ މީހާ ދިރިއުޅޭ ގެ ކަރަންޓީންކޮށް، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނޭ.
އެޗްޕީއޭ އިން ދެންމެ ނެރުނު ބަޔާނެއްގައިވާ ގޮތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާ މާލޭ ހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކަށް ދިޔައީ އިއްޔެގެ ވަގުތެއްގައި. އޭނާ އެ ކްލިނިކަށް ދިޔައީ ރޯގާގެ އަލާމާތެއް ފެނިގެން ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވޭ،
މި ކޭސްއާ ބެހޭ ގޮތުން ބާއްވަން ހަމަޖެއްސި ޕްރެސް ބްރީފިން މިހާރު ވަނީ ފަސްކޮށްފައި. ފަހުން ވަގުތެއް އަންގާނެ
ޕޮޒިޓިވްވީ ނަރުހެއް ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނު ކަމުގައި ވިޔަސް އެއީ، މި ވަގުތު ވަޒީފާއަކަށް ވެސް ނުދާ އާންމުކޮށް ގޭގައި އުޅޭ މީހެއް ކަމަށް "މިހާރު" އަށް ވަނީ އެނގިފައި. ނަމަވެސް އެ ގޭ ބައެއް މީހުންނަކީ ރާއްޖޭން ބޭރަށާއި ރިސޯޓްތަކަށް ގޮސް އުޅޭ ބައެއް.
ކުރިން މެންދުރު 12 ޖަހާއިރަށް ތާވަލްކުރި މީޑިއާ ބްރީފިންގައި 12:30 އަށް ފަސްކޮށްފި. އެ ބްރީފިންގައި ބައިވެރިވެވަޑައިގަންނަވާނީ ހެލްތު މިނިސްޓަރު އަމީނާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރު ޑރ. އަލީ ލަތީފް އަދި ކޮވިޑް-19 ގެ ތަރުޖަމާން މަބްރޫކް.
މާލެތެރެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.
އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް މާލޭ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކަމަށެވެ. އޭނާ އައިސޮލޭޝަން ފެސިލިޓީ އަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އޭނާ މި ފަހުން އެއްވެސް ތަނަކަށް ދަތުރެއް ކުރި ކަން އަދި އެނގޭކަށް ނެތެވެ.
ރާއްޖެ އިން މީގެ ކުރިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި އެންމެންނަކީ ވެސް ބޭރު ގައުމުތަކުން އައި މީހުންނެވެ. ޕޮޒިޓިވް މި ކޭސްއާ އެކު ކޮރޯނާވައިރަސް ހުރިކަން ޔަގީންވި ދިވެހިންގެ އަދަދު މިހާތަނަށް ހަޔަކަށް އެރީ އެވެ. ރާއްޖެ އިން އެ ވައިރަސްއަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ މިހާރު 21 އެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ.
ކޮރޯނާވައިރަސް އަށް މީގެ ކުރިން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސި ވިލާތުން އައި މީހުންނެވެ. ފަސްވަނަ މީހާ އައީ ފިލިޕިންސުންނެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ހާއްސަ ޕްރެސް ކޮންފަރެންސެއް މިއަދު 12 ޖަހާއިރަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މި ޕްރެސްގައި ބައިވެރިވެވަޑައިގަންނަވާނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު. ޑރ. އަލީ ލަތީފެވެ.
މިއީ ކޮރޯނާވައިރަސްއާ ގުޅޭ ކަންކަމުގައި އިސްކޮށް އުޅޭ އެންމެން އެންމެ ކަންބޮޑުވުން ފާޅުކުރަމުން އައި ވަގުތެވެ. މީގެ ކުރިން ރާއްޖެ އިން ފެނިފައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ރާއްޖެ އިން ބޭރުން އައި މީހުންނެވެ. މާލެ ތެރެއިން އޭގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެ އެވެ. އެކަމަކު އާންމުންގެ ތެރެއިން އެކަކު ފެނުނަސް، އެ ވައިރަސް ވަރަށް ބާރަށް ފެތުރުމުގެ ފުރުސަތު އޮތްކަން، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މާލެއަކީ ދުނިޔޭގައި ވެސް އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީ ކަމަށް ވާތީ ވައިރަސް ބާރަށް ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު އާންމުން މިހާރު ވެސް އެއަށް ސަމާލުކަންދީ، ގެއިން ބޭރަށް ނުނިކުމެ، އަދި ސާފުތާހިރުކަން ބޮޑުކޮށްފި ނަމަ، ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
17 April 2020
މާލޭ މަގުމަތީ ގިނަވެގެން މިއުޅޭ ބަންގާޅިން މިއުޅެނި ހަމަ ގަސްތުގަ އެމީހުން ގެންދޭތޯ. އޭރުން އެމީހުންނަށް ކާންލިބި ނިދާނެ ތަން ލިބޭނޭ އެ ބުނަނި.
ރީތި މޫސަ
16 April 2020
މުޒާހަރާ ހުއްޓުވަން ނުކުންނަ ފުލުހުން ނެރެންވީ ހުރިހާ އެންމެން ގެންގޮސް ގަލޮޅުބޯޅަދަނޑައްލާފަ 3 ފޫޓު ދުރުމިނުގަ ދެފައިގަ ހިލިހިލާޖަހާފަ ތަޅުލަންވީ އެވަރުންވެސް އެބަޖެހޭ ރައްޔިތުން ސަލާމަތްކުރަން
މޫގައުމު
16 April 2020
މމާލޭގައި ލަންކާ،އިންޑިއާ މީހުންވެސް ވަރަށް ގިނަ. އެ މީހުން ވަރަށް ހާސްވެފަ ތިބޭނީ. އެޗްޕީއޭ އިން ބޭރު މީހުން ގުޅާނެ ނަންބަރެއް އާއް މުކޮށް އެކަ މުގެ އިންތިޒާ މްތައް ހަ މަޖައްސަވައި ދެއްވުން އެދެން. އަދި މީޑިއާ މެދުވެރިކޮށް އެ މީހުންނަށް މައުލޫ މާތު ލިބޭނެގޮތް ހައްދަވައި ދެއްވުން އެދެން. ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ.
ހުރިހާކުދިންނަށް
16 April 2020
ﷲއްމަ އިންނީ އަޢޫޒުބިކަ މިނަލް ބަރަޞި ވަލް ޖުނޫނި ވަލް ޖުޒާމި ވަމިން ސައްޔިއިލް އަސްޤާމް
ހަކީމް
16 April 2020
ބަސްތަހައިގެން މިތބީ ގޭގަ. އެކަމަކުވެސް ފުރަތަމަ ކޭސް އަށް ބަލިޖެހުނު ގޮތް ބަލަން ބޭނުން. މީގައި ކުއްވެރިވާ މީހަކު ވާނަމަ، އެމީހަކު ހާމަކޮށް ، ޝަރީއަތް ކުރެވެން ޖެހޭ. ބޭރުގައި ހާލުގައި ޖެހިފައި ތިބި މީހުންގެނެސް ކޮރަންޓީން ކޮށް ، އެއަށްފަހު ޓެސްޓް ދޫކޮއްލުން ރަނގަޅު - އެކަމަކު މިކަމުންވެސް ބަޔަކު ނެގީ ނާޖާއިޒް ފައިދާ. ކިޔަވަން ފޮނުވާފަތިބި ދަރިންނާއި ބޭރުގައި ދިރިއުޅޭ އާއިލާތަށް ގަނައީ.
ގުދުގުދާ
16 April 2020
ރަގަޅަށް ކޮންޓެކްޓް ޓްރޭސިންއެއް ހަދައިފިނަމަ، ފުރަތަމަ ޕޮޒިޓިވްވި މީހަކަށްވާނީ މާލޭން ކާށިދޫއަށް ދިޔަ އަންހެންމީހާ! ސަފާރީ ޔޮޓަކަށް އެއަންހެން މީހާ ނުދޭބާ؟
ގޮރުނުދޯރު
16 April 2020
ކާށިދޫއަކަށް ނުދޭ...ކަލޭ ހަބަރު ރަނގަޅަށް ކިޔާބަލަ
ޢިޙްސާސް
16 April 2020
ކީރިތި ރަސޫލާގެ ބަސްފުޅަކުން އެނގެން އެބައޮވޭ ނުރައްކާތެރި މިފަދަ ބައްޔެއް އޮތް ތަނަކަށް ދާންނުވާނެ ކަން. އަދި ކިއެއްް އެފަދަ ތަނެއްގަ ތިބި ބަޔަކު އެބަލި ނެތް ތަނަކަށް ވެސް ގޮސް ގެން ނުވާނެކަން. ވީއިރު ދެނިޔޭގެ އެހެން ގައުމުތަކުގައި ތިބި ދިވެހިން ގެނެސް 14 ދުވަސްފަހުންވެސް މާލެއަށް އެރުވުން ރަނގަޅެއް ނޫން. މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުގައި ހިއްޕަވާ. މާތް ﷲ އީ ޝިފާދެއްވާ އިލާހު. ނަމާދާއި އަޅުކަން އިސްކުރައްވާ. ގޭގަތިއްބަވާ.
ސޭޑް
16 April 2020
މަ އަޑުއެހިން ބޭރުން ގެނައި ބައެއް މީހުން ކޮރަންޓައިން ނުކޮށް މާލޭގަ ގޭގަ އައިސޮލޭޓް ވާންވެސް ދޫކޮށްލިކަމަށް. ހާއްސަކޮށް ޔޫކޭއިން އައި މީހުން. މީގެން މީހަކާ އެއްވެސް ގުޅުމެއް ވޭތޯ ސުވާލު އުފެދޭ.
އަމީރާ
16 April 2020
ސަރުކާރުގެ އިސްމަގާމުތަކުގައި ތިބެ ބާރާއި ނުފޫޒުން އާއިލާގެ މީހުން ރާއްޖެއިން ގެނައި އެންމެން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލަން. އެމީހުންގެ ސަބަބުން މުޅި ރައްޔިތު އެންމެން ވަނީ މަރުގެ ތުންފަތް މައްޗަށް ވައްޓާލާފައި
ހަކީމް
16 April 2020
މިހެން މިކަން ކޮއްފަ ޓީވީ ތަކަށް އަރާތިބެ މިގޮވަނީ ގޭގަ ތިބޭށޭ، ސަލާމަތް ވާށޭ.
.....
16 April 2020
ޔާ ﷲ، އެމައުސޫމު ތުއްތު ކުއްޖާ އަށާއި އެކުއްޖާގެ މައިމީހާއަށް އަވަސް ޝިފާއެއް ދެއްވާށި. އާމީން
ކަމަނަ މޮޓޯ
16 April 2020
އާމީން. މި ބަލީގައި އެންމެ ފަސޭހައިން ސަލާމަތްވަނީ ތުއްތު ކުދިން.