ގާޒީ ނަޖީބް: އޭނާ ތިން މަހަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ވަނީ ނިންމައިފައި -- ފޮޓޯ/މިހާރު
16 އެޕްރީލް 2020 - 15:15
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ނިންމައި، އޭނާގެ މައްސަލައެއް ބަލަން ފުލުހުންނަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ ގާޒީ ނަޖީބް ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުުލޫކީ މިންގަނޑާ ޚިލާފްވި ކަމަށް ސާބިތުވާ ކަމަށް ނިންމައި، ސުލޫކީ ފިޔަވަޅެއްގެ ގޮތުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ ތިން މަހަށް ސަސްޕެންޑް ކުރަން ނިންމީ އޭނާ އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައިި ދޮގު މައުލޫމާތު ދީފައިވާ ކަން ސާބިތުވުމުން ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރެއްގެ ގޮތުގައި ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅުމަށް ވެސް އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުރިން މެޖިސްޓްރޭޓް ކަން ވެސް ކުރެއްވި ގާޒީ ނަޖީބަކީ ކްރިމިނަލް ކޯޓުގައި ބައެއް ސިޔާސީ ބޭފުޅުންގެ މައްސަލަތައް ވެސް ބެއްލެވި ފަނޑިޔާރެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2018 ވަނަ އަހަރު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ ކުރި ދައުވާގެ މައްސަލަ ބެއްލެވީ އޭނާ އެވެ. އަދި އެ މައްސަލާގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް ކުރި ދައުވާގެ މައްސަލަ ވެސް އޭނާ ބެއްލެވި އެވެ.
ގާޒީ ނަޖީބް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމިއިރު، މީގެކުރިން ވެސް ބައެއް ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލަތައް ސާބިތުވާ ކަމަށް ނިންމައި އެ ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އަހަންމަދާގެ މުކުރިޔާ
18 April 2020
ފަތްފުށްތަކުން ކުރުގޮތަކަށް ގއ. ވިލިނގިލީ ޙަސަން ނަޖީބު:- < ކުރީގައި ފޮތް ފޮށި ކިޔަވަން ވެސް ގޭގެއަށް ދުވި > ގއ. ވިލިނގިލީ ކޯޓްގެ މެޖިސްޓްރޭޓް ކަމުގައި ހުއްޓާ ފައިގެ ބޮޑުވާ އިނގިލިން ފިންގަރ ޕްރިންޓް ޖަހައި ފައިސާ ނެގުމާއި ގުޅިގެން އޭސީސީގެ ތަޙްޤީޤަށް މައްސަ ސާބިތުވެ ޝަރީޢަތަށް ފޮނުވުނު. > ހަތަރު އަހަރަށްވުރެން ގިނަ ދުވަހު ސަސްޕެންޑްވެފައި އެފަހަރު ހުންނަން ޖެހުނު. > ފަނޑިޔާރު ޢަލީ ޙަމީދުގެ ފިލްމު ހޯދައިދީ ގެންގޮސްދިނުމާއެކު ސަސްޕެންޑުން ފިލި.
ދޮން އަޙްމަދު އާބެ
18 April 2020
ﷲ ގެ އިދާރަފުޅު އައިސް ޖެހުނީމަ ޖެހޭނީ އެތަނަކުން ދާން. މިހާރު ހުންނާނެ ބެންކޮކަށާއި ސިލޯނަށް ގޮސް މަސާޖު ޕާލާތަކަށް ނުވަދެވިފައި. ސެލޫންތަކަށް ގޮސް ބޯކަޅުކޮށް ނުލެވިފައި. ފައިގެ ބޮޑުވާ އިނގިލިން ފިންގަރ ޕްރިންޓް ޖަހައި ފައިސާތައް ލޫޓްވާލިއިރު، އޭސީސީ އިން ތަޙްޤީޤުކޮށް ޝަރީޢަތަށް ހުށަހެޅުނީމާ ވެސް ޙަސަން ނަޖީބުގެ މައްޗަށް ސާބިތެއް ނުވިކަމަށް ޙުކުމް ކުރީ. މިއޮތީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރާ ކަހަލަ ޝަރީޢަތް ކުރާ ފަނޑިޔާރުގެއެއް އޮތް ޤައުމެއް.
މަ ހީހީ ޝަހާދަތް
17 April 2020
ލޮކް ޑައުން ވީ.. ހެހެހެ
މައިމުއީ
16 April 2020
ވަކި މީހެއްގެ މައްޗަށް ހުކުމް ކުރާން އެއްބަސް ވުމުން ފަނޑިޔާރު ކަމަށް އެލިޖަބަލްވި ބޭފުޅެކެވެ
ދޯބެ
16 April 2020
ﷲ ގަންދީ ކުރި ހުވަޔާ ދިމާ ދެކޮޅަށް ހުކުމްތައް އިންސާނުންގެ މައްޗަށް ނެރުނު މީހަކު ނެރޭ ތިކަހަލަ ރިޕޯޓެއް ސައްހަ ވާނެ ކަމަށް ބަލާނީ އެއަށްތުރެ ނުބައިމީހެއް..
ވަސަން
16 April 2020
ސަރުކާރަށް ހުށަހަޅާކޮއްމެ މައްލޫމާތެއް ވާންވާނީ ތެދު މައްލޫމާތު، އެއިން އެއްވެސް މައލޫމާތެއްގައި އޮޅުވާލުމެއްވާނަމަ އެފަދަ މަގާމްތަކުގައި ތިއްބަވާ ފަރާތްތައް ބޮޑުތަނުން ޖޫރިމައިނާ ކުރުމާއި އެކު ތަހްގީގްކުރަން ޖެހޭ.
ބަރުނީ
16 April 2020
ގާޒީގެ ވާހަކަ އެއްޗެއް ބުނަންނޭނގޭ..އެނގޭ ކަމަކީ މާލީ ބަޔާން ތަންތަނަށް އުށައެޅި އެއްމެންވެސް ހުރީ ދޮގުމައުލޫމާތު ދީފަ...ހަގީގަތާއި ހިލާފަށް...
ޤައުމުގެ ހަލާކު އަންނި
16 April 2020
ހާދަ އަނިޔާވެރި ކޮމިޝަނެކެވެ. ރަމަޟާން މަސް.. އަދި ކޮވިޑް ނަވާރަ އަށް ކުރިއަށް އޮތުމުން ތި ފިޔަވަޅަކީ މަތިމައްޗަށް ތިން އަދަބު ދެވުނު ކަމަށް ޤަބޫލް ކުރެވެއެ
އާންމުމީހާ
16 April 2020
އެފަދަ މީހުން ބޭރުކޮށްގެން ނޫނީ މި ގައުމަށް ހަމަޖެހުމެއް ނެތެވެ. މިދިޔަ ފަސް އަހަރު އޭނާ ކުއްލިއަކަށް މުއްސަދި ވީ ގޮތްވެސް ތަހުގީގުކުރަން ޖެހެއެވެ.
ވާނެ ހައެތި
16 April 2020
ގަޑި ޖެހުނީ އެވެ. މަކުނު ވަލެއްގައި އަޅާގެން ފައި ވެއްޓުނީ ތާއެވެ. ކޮބާ ނަޖީބު..
ވަގަށް ހާސް ދުވަސް
16 April 2020
ވެރިއަކަށް އެއްދުވަސް.