21 އެޕްރީލް 2020 - 10:24
ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރުމުގައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތްކުރާނެ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޝަމާލް ވިދާޅުވީ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރަން ބޮޑެތި ގުރުބާނީތަކެއް ސިފައިން ވަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުން ބަލިން ސަލާމަތް ކުރުމަށްޓަކައި ވެވެން އޮތް ހުރިހާ ގުރުބާނީއެއް ސިފައިން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެ ފަހު މީހާއާ ހަމައަށް ވެސް ސިފައިން ދާނީ މަސައްކަތް ކުރަމުން. އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު އެންމެ ރިސްކީ މަސައްކަތްތަކުގައި ސިފައިން އެ ގެންދަނީ އެކްޓިވްކޮށް އިންވޯލްވެ މަސައްކަތް ކުރަމުން،" ޝަމާލް ވިދާޅުވި އެވެ.
ކޮވިޑް-19 ކޭސްތަކާ ގުޅިގެން އެއްތަނުން އަނެއް ތަނަށް މީހުން އުފުލުމާއި ކަރަންޓީން ކޮށްފައިވާ މީހުންގެ ކަންކަން އިންތިޒާމު ކުރުމުގެ އިތުރުން އެކިއެކި ފެސިލިޓީތައް މެނޭޖްކުރުމާއި އެތަންތަން ތައްޔާރު ކުރުމުގައި ސިފައިން ހަރަކާތްތެރިވާކަން ޝަމާލް ފާހަގަކުރެއްވި އެވެ.
"ސިފައިން މިގެންދަނީ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ގައުމަށްޓަކައި. ރައްޔިތުންނަށްޓަކައި ކޮށްދެމުން ސިފައިން މިގެންދަނީ،" ޝަމާލް ވިދާޅުވި އެވެ.
ހާއްސަކޮށް ފާހަގަ ކޮށްލަން ބޭނުން އާއިލާތަކާ ވަކިން. އާއިލާތައް ނުފެނި ސިފައިން އެގެންދަނީ މަސައްކަތް ކުރަމުންކަން: ޝަމާލް
މިދިޔަ ބުދަ ދުވަހު މާލޭން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ. މިހާތަނަށް 69 މީހަކަށް ރާއްޖޭން އެ ބަލި ޖެހިފައިވެ އެވެ.
ވޭތުވެދިޔަ އަހަރަކީ ސިފައިންގެ އަށް ގިނަ ކުރިއެރުންތަކެއް ލިބުނު ފަހުރުވެރި އަހަރެއް ކަމަށްވެސް ޝަމާލް ވިދާޅުވި އެވެ. އެގޮތުން ސިފައިންގެ މުޅި އޮޕަރޭޝަނަށް އާ ބަދަލުތަކެއް ގެނައުމާއި ވެލްފެއާ ކަންކަން ހަރުދާ ކުރުމުގެ އިތުރުން ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޑުގުޑާ
21 April 2020
މާރިއާމީގެކުރިއްވެސް ސިފައިއްވަރައްހަމްދަރުދީވިމީހެއް
ޒުވާނާ.
21 April 2020
ވަކިންހާއްސަކޮއް ފާހަގަކޮއްލަން އާއިލާތަކާވަކިން އާއިލާ ނުފެނި އެދަނީ މަސަތްކަތް ކުރަ މުން ސަ މާލު ފާހަގަ ކުރެއްވި ރާއްޖޭގެ ރިސޯޓު ތަކުގަ ވަޒީފާ އަދާކުރާ ދިވެހިން ވަޒީފާ އަދާކުރަނީ ތިޔައްވުރެ މާބުރަކޮން ގައު މުގެ މުޅިއާ މްދަނީ ބިނާވެފަ އޮތީ ރަންބިސްއަޅާ ކުކުޅައް ނަ މަވެސް އެކަން ހަނދާން ކޮއްލާނެ މިނިސްޓަރަކުނެތް އަނބިދަރިން ނުފެނި 6 މަސް އަހަރު ހޭދަކުރަންޖެހޭ ދައުލަތް ހިނގަނީ އެމީހުންގެ ސަބަބުން ވީ މާ ތީއަހަރެން ޝައުގުވެރިވާ ވާހަކައެއްނޫން
އަޙްމަދު
21 April 2020
ޒުވާނާއަށް ނޭގުނު ތިޔަބުނާ ރިސޯޓު ސްޓާފުން ގޮތަށް ސިފައިންގެ ގިނަމީހުންނަކީވެސް އަނބިދަރިންނާ ލޯބިވާ އާއިލާ ދޫކޮށްފައި މިތާ އައިސް އުޅޭ ބައެއްކަމެއް!!!
ތައްބެ
21 April 2020
ﷲ ސުބުޙާނަހޫ ވަތަޢާލާ މުޅި ދުނިޔެ މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތް ކުރައްވާށި އަދި ދިވެހި ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނާ ދިވެހި ފުލުހުންނާއި ސިފައިން ރައްކާތެރި ކުރައްވާންދޭ!
ެމޫސަ
21 April 2020
ސިފައިންނަށް ރައްކާތެރި ކޮށް ތިބެވޭނެގޮތް މިހާރުން މިހާރަށް ހައްދަވައި ދެއްވުމަށް މިނިސްޓަރ މާރިޔާ އަށް ގޮވާލަން. ރިސްކުބޮޑުކޮށް މަސައްކަތް ކުރަންޖެހޭ ސިފައިން އެހެން ސިފައިންނާ ވަކިން ތިބެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް އެދެން. ސިފައިން ރައްކާތެރިކޮށް ނުބެލެހެއްޓިއްޖިއްޔާ އާއްމު މީހާއަށް އެހީވާނެ މީހަކު ނުހުންނާނެ. ވަގުތުފާއިތުވުމުގެކުރިން ހަރުދަނާފިޔަވަޅު އަޅުއްވާ.
ާއަލީ
21 April 2020
ސިފަައިންނަށް ރައްކާތެރި ގޮތުގައި ތިބެވޭނެގޮތް ހައްދަވައި ދެއްވުމަށް މިނިސްޓަރ މާރިޔާ އަށް ގޮވާލަން. ރިސްކު ބޮޑުކޮށް މަސައްކަތް ކުރަންޖެހޭ ސިފައިންނަށް އެހެން ސިފައިންނާ އެއްތަނެއްގައި ނުބައިތިއްބަވާ ވަކިން ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ގޮވާލަން. ސިފައިންގެ މީހާރައްކާތެރިނުވެވިއްޖެނަމަ އާއްމު ރައްޔިތުމީހާ އަށް އެހީވާނެ މީހަކު ނުހުންނާނެ. ސިފައިންގެ ރައްކާތެރިކަމަށް މިހާރުން މިހާރަށް ހަރުދަނާފިޔަވަޅުއަޅުއްވައިދެއްވާ.!
ހަސަންފުޅު
21 April 2020
ގައު މު ނެޝިނަަލް ކުރައިސަސް އެއްގައި ހަނގުރާ މަފަދަ ހާލަތުގައި އޮންނަ އިރު ގައު މު ކަންކަ މައި ހަވާލުވެ ތިބެންވާނީ ސިފައިންނާއި ، ފުލުހުން ފަދަ ޔޫނީފޯ މް މުއައްސަސާ ތަކެވެ. ޢެއާޕޯޓް ތަކާޢީ ޓުރާސްޕޯޓް ކަންތައްތައްވެސް އޮންނަންވާނީ އެ މުއައްސަސާތަކުގެ ކޮންޓްރޯލް ދަށުގައެވެ. ހޮސްޕިޓަލް ތައްވެސް ހަ މަ އެގޮތަށެވެ. ކޮން މެ މޫވް މެންޓެއް ބެލި ފިލްޓަރ ކުރެވި ފޮރެންސިކާއި އިންޓެލިޖެންސް ވެސް ބޭނުން ކުރަން ޖެހޭނެއެވެ. އެހެންނުވީ މާ ފޫދަނީއެވެ
ްހެޔޮއެދޭމީހާ
21 April 2020
ފަހުމީހާއާއި ޖެހެންދެން ހިދުމަތް ކުރެވޭނީ ސިފައިންގެ ރައްކާތެރިކަން ޔަގީން ކުރެވިގެން. ކޮމްބެޓް ޔުނިފޯރމާއި، ކޮމްބެޓް ބޫޓަކީ ނޫނީ ހަދާފައިހުރި މިލިޓަރީ ތަމްރީނުތަކަކީ މި ވައިރަސް ދަންނަ އެއްޗެއްނޫން..
ޒުވާނާ.
21 April 2020
ތީދުުނިޔޭގެ ހުރިހާ ގައު މެއްގަވެސް ކަންކުރާގޮތް ބޮޑުކަ މެއް ޖެހިއްޖެނަ މަ ސިފައިންނާ ފުލުހުން ކުރިޔައްނެރޭނީ އެ މީހުންގެ މުލައްދަނޑިން އެކަން ނުވާނަ މަ އާން މުންގެ އެހީއައް އެދޭނީ އެއީ މާރިޔާގެ މޮޅުކަ މަކުންނޫން އެ މީހުންގެ މުޅިއާއިލާޔައް ރައްޔިތުން ދައްކާ ޓެކްސްފައިސާއިން ބޭސްފަރުވާޔާ ފުލެޓާ ޔުނީފޯ މާ ބޫޓާ ދީފަ ތިބެނީ އެކަން ކުރަން ރިސޯޓު މުވައްޒަފުން ގައު މައް ޑޮލަރު ނުވައްދާ އަހަރު ވާއިރު ކާންޖެހޭނީ މަސްކުރޮޅި އެ މީހުންގެ އަގުވަޒަނެއް ނުކުރޭ
ޢިކުރާ މު
21 April 2020
ތިޔަބުނީ ވަރައްބޮޑު ތެދެއް މިހާރު ދައުލަތައް އެކަން އިހުސާސްވާނެ ގެސްޓުން ނުގެނެވިގެން މަރުފަލި ޖަހަނީ މިހާރުވެސް އަހަރު ކީއްކުރަން 6 މަސްވާއިރު މުސާރަވެސް ނުދެވޭނެ ރިސޯޓު މުވައްޒަފުންތީ ގައު މުގެ މެއިން އިންޖީނު އިބުރާހި މް މުހަންމަދު ސޯލިހު ރިސޯޓު މުވައްޒަފުންނައް ހާއްސަ އިނާ މެއް ކޮން މެ އަހަރަކު އަރުވަންޖެހޭ އެން މެރަނގަޅު މުވައްޒަފައް
ޢަދުރޭހިންނަވަރު
21 April 2020
ޑިސްލައިކު ޖެހިޔަސް ހަގީގީވާހަކަ
އަޙްމަދު.
21 April 2020
ރިސޯޓް މުވައްޒިފުންނަށް ކަމެއްދިމާވިޔަސް އެކަމެއް ހައްލުކުރަން ތިބޭނީ ސިފައިންނާ ފުލުހުން، އެކަމަކު ސިފައިންނާ ފުލުހުންނަށް ކަމެއް ދިމާވިޔަސް ރިސޯޓް ބޯއީސް ނުގެންނާނެ. ބްރޯ އެއީ ތަފާތަކީ. މިތާގަ ބޮންގޮއްވާ ހަނގުރާމަ ކުރާނަމަ ތި ރިސޯޓުތަކަކަށް ނާންނާނެ މީހުންނެއް. ބޯއީސްތައް ތިބޭނީ ގޭގަ އިނގޭތޯ. އެއްކަލަ ސިފައިންނާ ފުލުހުން ތިބޭނީ
ވައިސޫރި
21 April 2020
ދިވެހި އަސްކަރިއްޔާއައް ސުކުރު ދަންނަވަން ރައިއްޔަތުންގެ ހައްގުގާ އަބަދުވެސް އެންމެ ކުރީސަފުގާ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދާއިރު ރައިއްޔަތުން ވެސް އެބޭފުޅުން ދެއްވާ އިރުސާދުތަކައް ކިޔަމަންވާންޖެހޭނެ އެބޭފުޅުންވެސް ނިކުންނަވާގެން އެއުޅުއްވަނީ އަނބިދަރިންނާއި އާއިލާ ދޫކޮއް ރައިއްޔަތުންގެ ހައްގުގާ ގަބޫލުފުޅުކުރައްވާ
ސަމަރުބުލޫ
21 April 2020
ސާބަހޭ ސިފައިން! ތިއީ ހަމަ ހަގީގަތުގަ ވެސް ދިވެހިންގެ ވިންދު. އެންމެ ފަހުނޭވާއާ ހަމަޔަށް ވެސް ދިވެހި ސިފައިން ތިބޭނީ ރައްޔިތުންގެ ޚިދުމަތުގަ. މީ މިގަރުނުގެ ބޮޑު ހަނގުރާމަ.