ބައެއް މޭވާ އާއި ތަރުކާރީ އަކީ ބަންދުނުކޮށް، އެކަކު އަނެކެއްގެ އަތްމަތިން ގަނެ ވިއްކާ އެއްޗިއްސެވެ. އެހެންވެ މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ ދުވަސްވަރު މޭވާ އާއި ތަރުކާރީގެ ބާއްވަތްތައް ބޭނުން ކުރުމުގެ ކުރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. ބޭނުންކުރުމުގެ ކުރިން މި އެއްޗެހި ރަނގަޅަށް ދޮވެ، ސާފުކުރަން ވާނެ އެވެ.

ވިއްކާ މީހާ ވެސް ސަމާލުވާތި

މޭވާ އާއި ތަރުކާރީ ވިއްކާއިރު ހުސް އަތާ މި ތަކެތީގައި އެއްވެސް ވަރަކަށް އަތްނުލާށެވެ. އޭގެ ބަދަލުގައި އަންގިއެއް ބޭނުންކުރަން ވާނެ އެވެ. އަދި ވިއްކާ އެއްޗެހި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކުރުމަށް، ގަންނަ މީހާ އަށް އިރުޝާދު ދޭން ވާނެ އެވެ. އަދި ފިހާރާގައި މި ތަކެތި ވިއްކަން ބަހައްޓާ ތަނުގެ ސާފުތާހިރުކަން ބަލަހައްޓަން ވާނެ އެވެ.

ގަންނަ މީހާ ކަން ކުރަންވީ ގޮތް

ގަނެގެން ގެއަށް ގެންދާ މޭވާ އާއި ތަރުކާރީ ދޮވުމުގެ ކުރިން، ފުރަތަމަ ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނާށެވެ. އަތް ވެސް މަދުވެގެން 20 ސިކުންތު ވަންދެން ދޮންނާށެވެ. އެއަށް ފަހު އޮހޮރޭ ފެނުގައި މޭވާ އާއި ތަރުކާރީ ރަނގަޅަށް ދޮންނާށެވެ.

މި ތަކެތި ދޮވުމަށް ސައިބޯނި ނުވަތަ ލައްފިލުވާ ފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ނުވާނެ އެވެ! ދޮންނަން ވާނީ ހަމައެކަނި ސާފު ފެނުންނެވެ!