އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމއްޔާތެއްގައި ރާއްޖޭގައި އުޅޭ އިންޑިއާ މީހުންތަކެއް ބައިވެރިވަނީ
04 މެއި 2020 - 13:08
ރާއްޖޭގައި ތިބި އިންޑިއާ މީހުން ކަނޑުމަގުން ގައުމަށް ގެންދަން، އެ ގައުމުން ބޯޓެއް ފޮނުވަން އުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު، މިހާތަނަށް އިންޑިއާގެ 52 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނާ ހަވާލާދީ، އިންޑިއާގެ ނޫހެއް ކަމަށްވާ ޑެކަން ހެރަލްޑްއިން ބުނީ ކޮރޯނާވައިރަހާހެދި މާލެ މިހާރު ލޮކްޑައުންކޮށްފައިވުމުން، އިންޑިއާ މީހުންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.، އެ މީހުން އަނބުުރާ ގައުމަށް ގެންދަން ފޮނުވާ ބޯޓުން ގާތްގަނޑަކަށް 200 މީހުންނަށް ޖާގަ ލިބޭނެ ކަމަށް ބުނެފައި ވެ އެވެ.
އެ ނޫހުން ބުނިގޮތުގައި، އެ މީހުން އެންމެ ފުރަތަމަ ގެންދާނީ އިންޑިއާގެ ކޮޗިންއަށެވެ. އަދި އެތަނުގައި 14 ދުވަހު ކަރަންޓީނުގައި ތިބުމަށް ފަހު، އެ މީހުން ބޭނުންވާ ތަނަކަށް ދާން ފުރުސަތު ލިބޭނެ ކަމަށް، ހައިކޮމިޝަނާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ.
އެ ނޫހުން ބުނި ގޮތުގައި ގައުމަށް ގެންދިއުމުގައި އިސްކަން ދޭނީ މިހާރު ހައިކޮމިޝަނަށް ހުށަހަޅާފައިވާ މީހުންނަށެވެ. އޭގެ ތެރެއިން ވެސް، ބަލިމީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އާއިލާގެ މީހަކު މަރުވެގެން ނުވަތަ ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އިސްކަންދޭނެ ކަމަށް ބުނެފައި ވެ އެވެ. މީހުން ބަލާ އަންނަ ފުރަތަމަ ބޯޓަށް ފަހު، އިތުރު ބޯޓެއް ފޮނުވުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ޑެކަންހެރަލްޑް ނޫހުން ބުނެފައި ވެ އެވެ.
ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަނަލް މަސައްކަތު މީހުންގެ އިތުރުން ލޭބަރުން ހިމެނެ އެވެ.
އިންޑިއާ އިން މީގެ ކުރިން ވަނީ ޗައިނާ އާއި އިޓަލީ އާއި އިރާނާއި ޖަޕާނުގެ އިތުރުން އަފްގާނިސްތާނުގައި ތިބި އެ ގައުމުގެ މީހުން އިވެކުއޭޓްކޮށްފަ އެވެ. އެކަމަކު އިންޑިއާގައި ވެސް ކޮވިޑް-19ގެ ބަލިމަޑުކަން އަދިވެސް ހަމަޔަކަށް ނޭޅެ އެވެ. ބިލިއަން މީހުން އުޅޭ އިންޑިއާ އިން މިހާތަނަށް 42،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މުޅި ގައުމު ވަނީ ލޮކްޑައުންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިމު ކަތީބު
04 May 2020
އިންޑިއާ ފެރީ ކަޑަ.........އެންމެ ރަނގަޅު އެންމެ ހަރަދު ކުޑަ ގޮތަކީ ލައްކަ ރުފިޔާ އަށް ހިފާ ޗާޓަރ ފުލައިޓުގައި ނަރުދޫ އަށްގޮސް މިނިސްޓަރު އަތުން ދިހަހާސް ރުފިޔާ ދިނުން.
ކަލޯ
04 May 2020
ބަގާޅުމީހުން ވަގަށް މިގައުމަށް އތެރެވެފައި ވަނީ ކާންބޯން. ދިވެހި ދައުލަތުން އެކަން އެބަބަލަހައްޓާ. ނުވިތާކަށް ވަގަށް އެތެރެ ވެފަހުރިކަން ޔަގީންކޮށް ދެވިއްޖެއިޔާ އިމިގްރޭޝަންގެ ހުރިހާކަމެއް ފުރިހަމަކޮށްދޭ. ބޭނުމަކީ ރައްޔަތުންނަށް ބަލާމުސީބާތްޖައްސާފަ ދިވެހިން ހަނާހުލިކިށްފަ ހިހޫތަނުންކާލައިގެންތިބުން.
އެޑަމް
04 May 2020
ައަންނި ބަސްކިޔޭދާއިރާއެއްގަ ހުރިހާ ދުވަހަކުރައްޔިތުންގެ ހިތްތަކުގާ އިންޑިޔާ އާމެދުޖެހިފައިމިވާ ލައްގަޑެއްނުފިލާނެ އަންނިއަކީމިހާރުމީހުންގެ އިތުބާރު އަގަބޮޑުކަމުން ގެއްލެމުންދާމީހެއް އޭނައައްއޭނަޔައް ދެއްކޭވާހަކަ ނޭގޭމީހެއް!!
އެޑަމް
04 May 2020
ައަންނި ބަސްކިޔޭދާއިރާއެއްގަ ހުރިހާ ދުވަހަކުރައްޔިތުންގެ ހިތްތަކުގާ އިންޑިޔާ އާމެދުޖެހިފައިމިވާ ލައްގަޑެއްނުފިލާނެ އަންނިއަކީމިހާރުމީހުންގެ އިތުބާރު އަގަބޮޑުކަމުން ގެއްލެމުންދާމީހެއް އޭނައައްއޭނަޔައް ދެއްކޭވާހަކަ ނޭގޭމީހެއް!!
ބަޚީލް
04 May 2020
އިންޑިޔާ މީހުންނަކާހުރެއެއްނޫން ދުއްޕާން ވެގެން މިއުޅެނީ. ދުއްޕާނަކަށް ވެގެން އުޅޭ ގައުމުގެ މީހުން ގެންދެބަލަ. ލަންކާ އިންޑިޔާ މީހުން ނުހަނު ގިނަ ޒަމާނެއް ދިޔަ. ޢެކަމަކު މަގުމަތީ މަސައްކަތެއްނުކޮށް ގިނަވެގެން އުޅުނުތަނެއް ނުފެނޭ.
ސަފަރު
04 May 2020
މީގަ އެބައުޅޭ ނުބައެއް. ކީއްވެ މަތިންދާބޯޓެއް ނުފޮނުވީ. މިހާރު ކޮން ގޭމެއް ކުޅެން ބާ އިންޑިއާއިން މި އުޅެނީ.
ދުމޭ
04 May 2020
އެވެސް200 މީހުންގެންދަން
ނަސީދު
04 May 2020
ރާއްޖެއިން އންޑިޔާއަށް އަހަރަކު 24 މިލިއަން ޔޫއެސް ޑޮލަރު އެބަލިބޭ. އެވަރެޖް އިންޑިޔާ މީހެއްގެ މަހު މުސާރައަކީ (ހުރިހާބެނެފިޓްސްއާއެކު) 800ޔޑ އަށް ބެލީ މަ 30ކޭ މީހުން ރަށަށް ފޮނުވާނެ އަހަރަކު 24 ޔޫއެސް ޑޮލަރު.
ޙުސެނ
04 May 2020
އަހަރަކު 24 ޔޫއެސް.ޑޮލަރވީމަ ގޯހެއްނޫނެއްނު.??
ބަވަނ1ނަ
04 May 2020
މިސަރުކާރުން ވެއްޖެދޯ ކަންނެލި ދޯނިފަހަރުގަނަމަވެސް މިތާ ވަގަށް މިއުޅޭ ބަންގާޅީންތައް އެމީހުންގެ ގައުމަށް ގެންދަން ހަމައެއްގޮތަކަށްވެސް ނުވިސްނޭ ސަރުކާރަށް މިކަން ކުރަން ނުކެރިގެން މިއުޅޭ ސަބަބެއް
ދިވެއްސެއް
04 May 2020
އަވަހަށް ވަޑައިގަންނަވާ....އަންނިވެސް ގޮވައިގެންދާތި....ތިޔަ މީހުންގެ ނޮހޮރުއްޕާނުން މިރާއްޖެ ސަލާމަތް ކުރޭ....
ދެކުނު ތަރި
04 May 2020
ކޮޗިން ފެރީއަށް މަރުހަބާ! އެފެރީ ފެށޭނީ ވެސް ނިމޭނީ ވެސް ތިކަހަލަ ގޮތަކަށް.