05 މެއި 2020 - 10:51
ފިޓްޖެހިގެން އައިޖީއެމްޗަށް ގެންދިޔަ ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ އެ މީހާގެ ހާލު ސީރިއަސް ކަމަށްވެ އެވެ. އެޗްޕީއޭން ބުނީ އޭނާގެ ހާލު ސީރިއަސްވީ ފިޓް ޖެހުމަށް ފަހުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
A Bangladeshi national transferred to IGMH after a tonic-clonic seizure is in critical condition.
— Health Protection Agency (@HPA_MV) May 4, 2020
The patient has also tested positive for #COVID19
ބަންގްލަދޭޝްގެ މީހާގެ ހާލު ސީރިއަސްކަން ހާމަކޮށް އެޗްޕީއޭން ކުރި ޓްވީޓް
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި 527 މީހުންގެ ތެރޭގައި އެންމެ ގިނައީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 268 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑް-19 އަށް މިހާތަަނަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 183 އެވެ.
ކުރިން އެޗްޕީއޭން ބުނިގޮތުގައި ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ އައިޖީއެމްއެޗުގެ ޑީއެޗް-11 ފެސިލިޓީގައި ފަރުވާދެމުން އަންނަނީ ފަސް މީހަކަށެވެ. އެއީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 49 އަހަރުގެ ފިރިހެނަކާއި 58 އަހަރުގެ އަންހެނަކާއި 80 އަހަރުގެ ފިރިހެނެއް އަދި 70 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން 88 އަހަރުގެ މީހާ އޮތީ ވެންޓިލޭޓަރުގަ އެވެ.
މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ދުވަސްވީ މީހަކު މަރުވެފަ އެވެ. އޭނާ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މަރުވި ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުމުރު
05 May 2020
ނިޔާވި މީހާގެ އުމުރު އެނގޭނެ ގޮތެއް އެބަ އޮތްތޯ؟
ކާނިވާ ސަރަހައްދުން
05 May 2020
މި ފަދަދަނޑިވަޅެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ދައުރު ވަރަށްބޮޑު. ބިދޭސީނަށް ބަދުބަސް ނުބުނާށެވެ. އެއީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް. ވިހާވެސް އަވަހަށް ކޮވިޑް 19 ން މީސްތަކުން ސަލާމަތް ކުރައްވާށި.
އުފެދޭސުވާލު
05 May 2020
ބަންގްލަދޭޝްމީހުންގެ ރަގަޅު އައިޑެންޓިޓީ ނޭގޭއިރު އަދި އެމީހުންނާ ދިމާވާ މީހުން އެމީހުންނަށް ކިޔައިދޭން ނޭނގޭނެއިރު އަދި އެމީހުންނާ ދިމާވި އެންމެން އެމީހުން ކިޔައިނުދޭނެއިރު ކޮންޓެކްޓް ޓްރޭސިންގގެ ކިތައް ޕަސެންޓްބާ ކާމިޔާބީ؟
ހާލިމް
05 May 2020
ޝަފާކައްﷲ! ބޭރު މީހެއް އެހެން މީހެއް ބެލުމެއްނެތި ތަފާތު ކުރުމަކާ ނުލާ ހިދުމަތް ކުރާތީ އުފާކުރަން! އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ!
ދޮން ދީނި
05 May 2020
ތިހެން ބުނެ ހާލިމް ކޮމެންޓެއް ކުރަންޖެހޭތީވެސް އަހަރެމެން ދިވެހިން ލަދު ގަންނަންޖެހޭ. މީކީ އަސްލު ކޮންމެހެން މީހަކު ބުނަންޖެހޭނެ ވާހަކައެއްވެސް ނޫން.