29 މެއި 2020 - 15:18
އުމުރުން ދުވަސްވީ ތިން އަންހެނަކު ރޭޕްކުރަން 24 ގަޑިއިރުގެ ތެރޭ ތިން ފަހަރު މަސައްކަތްކަތްކުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނު 10:35 ހާއިރު އައްޑޫ ސިޓީ މީދޫގައި އުމުރުން 64 އަހަރުގެ އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބެލި ބެލުމުން އެ އަމަލު ހިންގި މީހާ އުމުރުން ދުވަސްވީ އިތުރު ދެ މީހަކު ރޭޕް ކުރަން އުޅެފައިވާކަން ވެސް އެނގިފައިވާ ކަމަށެވެ. އެގޮތުން ހަމަ އެ ދުވަހު އެމީހާ 66 އަހަރުގެ އަންހެނަކާއި، 65 އަހަރުގެ އަންހެނަކަށް ވެސް ޖިންސީގޯނާ ކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރަށް މިމަހުގެ 23 ވަނަ ދުހުވަހުގެ މެދު ރާއްޖެ ތެރޭގެ ރަށެެއްގައި ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ވެސް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ ކުއްޖާ ގޭ ތެރޭގައި ހުއްޓާ ގޮވާ ނެރެގެން ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކުޑަކުދިންނާ ބެހުމުގެ މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު އަލަށް ތަސްތީގުކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެކު ކުޑަކުދިންގެ މިފަދަ މައްސަލަތައް ވަރަށް ހަރުކަށިކޮށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.
މިއީ މިހަފްތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުން ރިޕޯޓުކޮށްފައިވާ މިފަދަ ތިން ވަނަ މައްސަލަ އެވެ. އެގޮތުން މަސްތުވެގެން ހުރި މީހަކު ލ.އަތޮޅުގައި ގެއަކަށްވަދެ ގަދަކަމުން މީހަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ވެސް މިހަފްތާގެ އަންގާރަ ދުވަހު ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އަދި އެ މައްސަލާގައި އުމުރުން 28 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންކީ
30 May 2020
އަސްތާ ތިކަލޭގެ އަވަހަށް އެރިޒޯނާ ޖަންގައްޔަށް ފޮނުވާލާ އެއްގޮތަކަށްވެސް އިންސާނުންގެ ތެރޭ ބަހައްޓާކަށް ނުފެނޭ
ސިޓިޒަންސް އޮފް މާލެ
30 May 2020
އެފަދަ އަމަލު ހިންގާ ފަރާތްތައް އާމުކުރުމަށް ފެނޭ!
އެޑަމް
30 May 2020
އަޖާބުވެ އަންތަރީސްވެއްޖެ ތިކަހަލަ އަމަލުތައްކުރުމުގާވެސް ނަސީބުވެރިންތިބެއެވެ.ޕޮލިހުންވެސްތިވަރުގެ ނުރައްކާތެރި މީހަކުދޫކޮށްލުމުންރައްޔިތުންގެހިތުގާވަރައްގިނަ ސުވާލުއުފެދޭނެ އަނެއްކަމަކީ ތީ އާދަޔާޚިލާފުނުރައްކާތެރިމީހަކައްވާއިރު އޭނާގެފަރާތުން އެއާއިލާއައްކޮންމެފަދަކަމެއްވެސްކުރުމަކީ އެކަށީގެންވާކަމެއްފުލުހުންވެސްތިވަރުގެމީހަކު ދޫކޮއްލިއިރު ދޫކޮއްިލިސަބަބުކޮންމެވެސް ވަރެއް ހާމަކޮއްލިނަމަރައްޔިތުންގެހާސްކަންކެޑި ރުޅިމައިތިރިވާނެ
އަހުމަދުއަލޯ
30 May 2020
ލޮނުމެދުކިލޯއެއް ކެވުނީ ތޯއްޗެއް.
ހާމަ333
30 May 2020
ދެން ކީކޭ ބުނާނީ....ފާރެއް ފެނުނަސް އަނިޔާކުރާނެ ތިފަދަ މީހުން...ހަމަ ކުދިހިލަތަކުން ތަޅަންވީ..
ބަބުރު ކުއްޖާ
29 May 2020
ކޯއްޗެއް ކައިގެންތަ އެތެޅެނީ..
ޟުމުހާޖިރު
29 May 2020
ޔާމީނުގެ ދައުރުގެ ފަހުކޮޅު ލައްމާނު މެދުވެރިވެގެން ޖަލުން ނެރެފައި ހުރި ސޮރެއް.
ރާންބާ
30 May 2020
މިހާރު ވެރިކަމަށް އަހަރެމެން ގެެނެއްސަ އެހެރީ އިބޫ ސާލިޙް ޔާމީން ބޭލީ އޭނަ ކަމުނުދާތީ އެހެންވީމަ އަބަދު ޔާމީނޭ ނުކިޔާ އޭނަ ހަދާފަހުރި ގޯސްތައް އިސްލާޙް ކޮށްބަލަ އަބަދުވެސް ޔާމީނޭ ކިޔައިގެން މިއުޅެނީ ކޮންމެ ކަމަކުން ބޯދަމައިގަންނަން.
އައްޔު
29 May 2020
އެއީ ޖަލުގައި އުޅެންޖެހޭ މީހުން. ޑްރަގް ނަގާ ހަމައިން ނެއްޓި ވާ ނުވާ ނޭގޭމީހުން. ހިތާމައަކީ މި ޑްރަގް ބައިގަނޑު ކޮމިއުނިޓީތެރެއަށް އަށްްދޫކޮށްފައިވާ ކަން. އެއްވެސް ސަރުކާރަކުން މި މީހުންނާ ދޭތެރޭގައި އެކަށިގެންވާ ފިޔަވަޅު ނާޅާ. ބޭނުންވަނީ ޑުޓަރޓޭ ޕޮލިސީ އިމްޕްލިމެންޓްކުރަން.
ދަރަނި ދަންތުރަ
29 May 2020
މައިތިރި ނުވަންޏާ ހުރިހާ ދުވަހަކު ރޯދަ ޔަށް ހުރެބަލަ ، ނޫނީ މީހަކާ އިނދެބަލަ ފުކެއްބޮޑުވަރުދޯ...
ލާލަ
30 May 2020
މީހަކާ އިނަސް މައިތިރި ނުވާނެ އެވަރުވަފަ ތިބޭ މީހުނެއް. ރޭޕިސްޓުން ޖެހޭނީ މަރަން.
ޢައިމިނަ
29 May 2020
ޢެބައިގަ ބޮޑުތަޅު އަޅުވަބަލަ އަދިމިއުޅެނީ ރޯދަމަސް ނުގޮސްގެން ފާހިސްކަންތައް މިއޮށް އަވަހަށް ފެއްޓީ
ނަފީސާ
29 May 2020
އެމީހުންނަކީ ބަރަކާތްތެރި މައްސަރެއްތޯ ނުވަތަަ ބަރަކާތްތެރި ވަގުތެއްތޯ ބެލޭނެ ފެންވަރުގެ ބައެއް ނޫން. އެއަށް ވުރެން އެމީހުންގެ ހާލަތު ގޯސް. ޢަހަރެމެން ދެރަވޭ އެމީހުންގެ އަހުލާގާ، ސުލޫކާ ހުންނަގޮތް ފެނިފަ. ގޮތެއް ފޮތެއް ލަދެއް ހަޔާތެއް ނެތް ބަޔެއް. މިމީހުންގެ މައިންބަފައިން ދިން ތަރުބިއްޔަތު އަގެއް ވެސް ނެތް. މިފަދަ މީހުން މިޖުތަމައުގަ މިހާ ގިނައިރު މިކަންތަކާ ކަންބޮޑުވެ މިކަން އިސްލާހު ކުރާނެ ބައެއް ވެސް މިތަނަކުން ނުފެނޭ.