ޚަބަރު / އެންމެ ކުޑަ އުޖޫރަ

4،000ރ-8،500ރ އާ ދެމެދުގެ އަދަދެއް މިިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް. ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވީ އިލްޔާސް.

ރާއްޖޭގައި މުސާރައިގެ ގޮތުގައި ދޭނެ އެންމެ ކުޑަ އަދަދު އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް 4،000ރ-8،000ރ. އަށް ކަނޑައަޅަން ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގައި ވަނީ ވަޒީފާގެ ބާވަތްތައް ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅުމަށެވެ.

މިއަދުގެ ޖަލްސާގައި ބިލް ހުށަހަޅަން ޖެހޭ ވަގުތު ޖެހުނު އިރު އަހުމަދު އީސާ ތަޅުމުގައި ނެތުމުން ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މެމްްބަރު އިލްޔާސް ލަބީބެވެ.

ބިލް ހުށަހަޅުއްވަމުން އިލްޔާސް ވިދާޅުވީ، މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އެގޮތުން، ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި އެ އަދަދުތައް ކަނޑައަޅަން ސަރުކާރުން ހުށަހެޅިޔަސް، އެ އަދަދުތައް ނިމޭނީ މަޖިލީހުން ކަނޑައަޅާ ގޮތަކަށެވެ. އިލްޔާސް ވިދާޅުވީ މަޖިލީހުން ބިލްގެ މަސައްކަތް ނިންމާ އިރު، ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާ ދޭ މީހުން އަދި ކަމާ ބެހޭ ޓެކްނިކަލް ބޭފުޅުންގެ ލަފާ ހޯދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހުގައި، މުވައްޒަފުންނާ މެދު ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އަދަދުތަކެއް ވެސް ކަނޑައަޅާފައި ވެ އެވެ. އެގޮތުން، ޖޫރިމަނާ ކަނޑައަޅާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުމެއް ނެތި މަސައްކަތް ކުރުވުމާއި ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފަކަށް ޖެހޭ ވަރު ލޭބަ ރިލޭޝަންސް އޮތޯރިޓީއާ ހިއްސާ ނުކުރުން ހިމެނެ އެވެ.

ބިލް ހުށަހަޅުއްވަމުން އިލްޔާސް ވިދާޅުވީ، މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އެގޮތުން، ފުރަތަމަ ކެޓަގަރީއަށް 8،000ރ އާއި 8،500ރ އާ ދެމެދުގެ އަދަދެއް، ދެވަނަ ކެޓަގަރީއަށް 6،000ރ އާއި 6،500ރ އާ ދެމެދުގެ އަދަދެއް އަދި ތިން ވަނަ ކެޓަގަރީއަށް 4،000ރ އާއި 4،500ރ އާ ދެެމެދުގެ އަދަދެއް ކަނޑައެޅިދާނެ ކަމަށް ސަރުކާރުން ދެކޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

ސާވިސްޗާޖް ނެގުމާއި ދިނުމުގައި އަމަލުކުރާނެ ގިނަ އުސޫލުތަކެއް ވެސް ވެސް އެ ބިލްގައި ހިމަނާފައި ވެ އެވެ.

ބިލްގެ އިބްތިދާއީ ބަހުސްގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ ބިލް ފާސްކުަން ވާނީ ކޮވިޑް-19 ފެތުރޭތީ އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް އިގުތިސާދީ ދަތިކަން ކުރިމަތިވުމުގެ ކުރިން އޮތް ހާލަތަށް އިޔާދަވުމާ އެކު، މިނިމަން ވޭޖް ކަނޑައަޅަން ޖެހޭ ގޮތަށް ކަަމަށެވެ.

"އެހެން ނޫނިއްޔާ އެއްވެސް މުއްދަތެއް ނެތި ދާ ގޮތެއް ދިމާވާނީ،" އޭނާ ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ، މިނިމަން ވޭޖް ކަނޑައެޅުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެހެންވީމާ އެކަން އިތުރަށް ލަސްނުކޮށް މިއަދު ހުށަަހެޅި ބިލްގެ ޒަރިއްޔާއިން އަވަހަށް ނިންމަން ޖެހޭ ކަަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެލަވަންސްތަކުގެ ގޮތުގައި ލިބޭ އާމްދަނީ ހިމަނައިގެން މިނިމަމް ވޭޖް ކަނޑައަޅާ ނަމަ އެކަން ވާނީ ދަތި ކަމަކަށެވެ. މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ އަސާސީ މުސާރައިގެ ގޮތުގައި ކަމަށް ޖީހާން ވިދާޅުވި އެވެ.

"މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ކަނޑައަޅައި މިނިމަމް ވޭޖް ލިބޭނޭ ގޮތް އަދި އަޅުގަނޑުމެންގެ ވައުދު ފުއްދޭނޭ ގޮތް ފަހިކޮށް އިތުރު ލަސްތަކެއް މިކަމުގައި ނުގެންގުޅެ، މިހާރުން މިހާރަށް މި ގާނޫނުގެ ޒަރިއްޔާއިން މި ވައުދު ފުއްދަން ޖެހޭކަން އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

44 ކޮމެންޓް, 83 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 1%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަން

09 June 2020

މިނިމަމް ވޭޖް ގެ މާނަވެސް މިހާރު އޮޅިއްޖެ. ނަޝީދުއާ ޖެހުނީމަ ކޮންމެ ކަމެއްވެސް ވާގޮތް މީ. ހިޖުރަ އޮޅިފަ ހުންނާނީ.

The name is already taken The name is available. Register?

ހަކީމް

09 June 2020

މިއަދަދު ތަކަކީ ވިޔަފާރިވެރިން ހިތްހަމަ ދައްސަން އީސަ ލައިގެން އުޅޭ ބަދަލެއް. އެންމެ ކުޑާ އުޖޫރަ 10،000ރ. ހަދާފަ މީގެ ތެރޭގައި ބޭރުމީހުންވެސް މީގައި ހިމެނީމަ ހުރިހާ ހައްލުވާނެ. މިހާރު ވިަޔފާރި ވެރިން ހަދާގޮތަކީ ކުޑަ އުޖޫރައިގައި ބޭރުމީހާ ގެންނަނީ. ކޮންމެހާލެއްގައިވެސް ބޭރުމީހާ އުޅޭނެ. 10،000ރ. ހެދީމަ ދިވެހި މީހާއަށް ވަޒީފާލިބި ތާހިރު ދިރިއުޅުމެއް އުޅެވޭނެ.

The name is already taken The name is available. Register?

ކޮކްޓޭލް އަލ

09 June 2020

ތިމާމެންވީމަ މީގެ 10ގުނަ ނިކަމެތިންނައް މިމީހުން ކައިރި ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ދާވަރު އޭރުންތާ ވޯޓް ހޯދަން ފަސޭހަ ވާނީ މީގަ ހެއްވާ ކަމަކީ މިމީހުންގެ މުސާރަ މިނަގަނީ އެއްކަލަ އގުދައް ރައްޔިތުމީހާ ދާއޮހޮރުވާލައިގެން ހޯދާ ފައިސާކޮޅުން މިވެރިން ގާނޫނެއްގެ ދަށުންނަގާ 6% ޖީއެސްޓި ރުފިޔާއިން

The name is already taken The name is available. Register?

ކަރުކެހި

08 June 2020

ކީކޭދެންބުނާނީ އަހަރެމެން މިއުޅެނީ ރެޔާދުވާލު މަސަތްކަތްކުރާ ސަރުކާރުހިއްސާވާ އެއްކުންފުންޔެއްގާ މުސާރައަކީ 3000 ރުފިޔާ ކާކު މިވަރަކައް ލާރިހޯދަން ރެޔާއިދުވާލު މަސަތްކަތްކުރާނީ ކަރަންޓާއި ނުލާ ދިރިއުޅޭނެ ވަސީލަތެއް މިގައުމުގާ އިޔާދަކޮއްދީ މަޖިލީހުން މިފަދަގަރާރެއް ހުށަހަޅަންވީއެއްނޫން؟؟؟

The name is already taken The name is available. Register?

ށަނާ

08 June 2020

މީ ދިވެހިން މޮޔަހައްދަން ކޮންމެ ވޯޓަކާ ދިމާކޮށް ތަޅާ އަނގައެއް ތިޔަކުން ދިވެއްސަކަށް ބާނެފައިދާއެއް ހަރާން މިގައުމަށް ވަގަށް އައިސްގެން މިއުޅޭބައިގަނޑު މަދުނުކުރެވި ދިވެއްސަކަށް ވަޒީފާއެއް ނުލިބޭބެ އެކަންކުރާކަށް މިސަރުކާރަކަށް ނުކެރޭނެ ހުސް ވަގުން އުޅޭނީ

The name is already taken The name is available. Register?

Ali Gasim

08 June 2020

މިނިމަމް ވޭޖޭ މަސައްކަތްތެރިންގެ ހައްގޭކިޔާނެކަމެއްނެތް މިގައުމަކީ ޗީޕްލެބަރުން ގެނެސް ވަގަށް އަޅައިގެން ހުރިހާ ދިވެހިން މަގުމަތި ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ ކޮށްގެން އުޅޭގައުމެއް މިގައުމުގަ އިންޑިޔާގެ +40000 މީހުން ބަނގުލަދޭސްގެ +200000 މީހުން ނޭޕާލުގެ +20000 މީހުން ލަންކާގެ +30000 މީހުން މިހާރު ޗައިނާއާބާދީއެއްވެސް އެބައޮތް އެކަމަކު މޮޅުކަމަކީ ސަރުކާރަކަށް މިކަމެއް ނޭންގެޔޯ އިމިގްރޭޝަނަކަށް ނޭންގެޔޯ އަޅެ މިނޫހުން މިކަން ބަލާދީބަލަ

The name is already taken The name is available. Register?

އަހަދޭސޯޅް

08 June 2020

މިއީ ކެނޑުމުގެ ކުރިން ލަކުޑިއަށް ޖަހާލީ. ބަލަ މިނިމަމް ލެވެލް ފަށަން ހަތަރުހާހެއް ކަމަކު ނުދޭ. ހަތްހާސް ނުވަތަ އަށެކުން ދޭތެރެ އަކަށް ފަށަންވެސް ޖެހޭނީ. އެހެން ނޫނީ ތިކަމެއް ކުރާނެ ކަމެއްވެސް ނެތް.

The name is already taken The name is available. Register?

ޕިކްސް

08 June 2020

ކޮމެންޓްތަކުން ހީވަނީ ގިނަމީހުންނަށް މިނިމަންވޭޖާ ބެހޭ ތަނެއްދޮރެއްވެސް ނޭގެއޭ. ނޫނީ ކޮމެންޓް މިކުރަނީ ދުވަހަކުވެސް ވަޒީފާއެއް އަދާނުކުރާ ބައެއްހެން.

The name is already taken The name is available. Register?

ކޮމެންޓު

08 June 2020

މޮޅު މީހާ ކިޔާދޭންވީނު ދެން.

The name is already taken The name is available. Register?

ތުއްތުނާ 1

08 June 2020

މިއީ ބޮޑު އޮޅުވާލުމެއް......... މިނިމަމް ވޭޖް ކިޔަނީ އެކި ކެޓެގަރީތައް ބަހާލައިގެން މުސާރަ ދިނުމަކަށް ނޫން....... މިކަން ރަނގަޅަށް ނުކުރާ ނަމަ މިހާރު އޮތް ގޮތުން މާރަނގަޅު...... އެހެންނޫނީ ވަޒީފާ ދޭ ފަރާތުން މިހާރު ހުރި ވަރަށް ވުރެ ވެސް މުސާރަ ކުޑަ ކުރާނެ......

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

08 June 2020

މަސްވެރިންނަ ދިން ޕްލެޓްފޯ މާ ދަނޑުވެރިންހެއްދި ތަރުކާރީ މޭވާތައް ސަރުކާރުންގަނެފަދިން ފައިސާތައް ބޭންކަށް ޖަ މާނުކުރެވިތިއްބާ އަނެއްކާ މިނި މަމ މްވޭޖް 8ހާސްރުފިޔާ އެލަވަންސްތަކާނުލާ ދިނު މުން ދެންކިހިނެތް ބެންކަށް ޖަ މާކުރާނީ..ކިތައް މީހުން މިއަދު އަތްޖެހިބާ ޖަލްސާބަލާފަ...މޑޕގެ ފަލްސަފާ ހިތުދަސްކޮއްފި ބަންގާޅީންވެސް އެކަ މަކު ދިވެހިންނަކަށް މޑޕ ދަހެއްނުވި..ރިޔާސީވައުދުތައް ވީޑިއޯ އޯޑިއޯ ހުރިގޮތަށްއެބަހުރި އެވައުދުތަކަށް އުއް މީދުކޮއްގެން ވޯޓުދިން އެތައްބަޔަކުބިކަވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454