ޕީޕީއެމްގެ މައުމޫން ފެކްޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފެކްޝަނުން ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވާ ސުޖާއު (ކ) އަދި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރައްވާފައިވާ ވައްޑެ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ:ޕީޕީއެމް
20 އޮކްޓޯބަރ 2016 - 21:20
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަވާ އާއްމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެރޭ އެންދެރިމާގޭގައި ބާއްވަން އެންމެ ފަހުން ނިންމައިފި އެވެ.
ދެ ފެކްޝަން އުފެދިފައިވާ ޕީޕީއެމްގެ އާއްމު ޖަލްސާ ބާއްވަން އެންމެ ފުރަތަމަ އެދުނީ ދަރުބާރުގޭގަ އެވެ. ނަމަވެސް އިމްތިހާނެއް ކުރި އަށް ގެންދާތީ މައި ހޯލު ދޫކުރެވެން ނެތްކަމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އެ އަށް ފަހު ކާނިވާ ސަރަހައްދުު ހޯދުމަށް ވެސް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އެ ފެކްޝަނުން ޕީޕީއެމްގެ ތަރުޖަމާނަކަށް އައްޔަން ކުރައްވާފައިވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.
މައުމޫން ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ވެސް ހައުސިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެމްޑީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީއޭ އިން ގަބޫލުކުރާނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ އެންގުންތައް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްުޒު ވިދާޅުވެފައިވާތީ ކާނިވާ ސަރަހައްދު ލިބޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މައުމޫން ފެކްޝަނުން ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ އެ ޕާޓީގެ މެމްބަރުންގެ ތެރެއިން 95 ޕަސެންޓު މެމްބަރުން ތިއްބެވީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ފެކްޝަނުން އެދެ އެވެ.
މައުމޫން ފެކްޝަންގެ ޖަލްސާ ބާއްވަން ދަރުބާރުގެ ނުދީ، ހައުސިން މިނިސްޓްރީން ވަނީ ރައީސް ޔާމީންގެ ފެކްޝަންގެ މަސައްކަތްތައް ކުރަން ދަރުބާރު ދީފަ އެވެ.
އެންދެރިމާގެއަކީ މައުމޫން ދިރިއުޅުއްވަމުން ގެންދަވާ ގެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން މަސައްކަތްތައް ވެސް އެ ގޭގައި ކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރޭ
21 October 2016
މިޤައުމުގައި އުފެދުނީކީ ހަމައެކަނި ތިންވަނަ ފިކުރެއް ނޫނެވެ. ހަތަރުވަނަ ފިކުރުވެސް ވަނީ އުފެދިފަ އެވެ. އެއީ " ޙަރާމެއް ޙަލާލެއް ނުބަލައި ކޮންމެ ގޮތަކުންވެސް ލާރިހޯދާ ފިކުރެވެ "
ޓޮމް
21 October 2016
މަވެސް ދާނަން ރައީސް މައުމޫނު ހަބޭސް.ބޭނުންވަނީ ތިކަހަލަ އިޚްލާސްތެރިން.ބައިތުލް މާލު ދަވާލި މީހުންނަށް ނޫނެކޭ.ބުނުމުގެ ހިތްވަރު މައުމޫނު ކިބަިގަ އެބަހުރި
އަލީ
21 October 2016
ތިޖަލްސާ ބާއްވަން ހިސާބުގަނޑު ފުރާލަނިކޮއް ބިރުން ކާނިވާ ސަރަހައްދު ދޫކޮއްފާނެ.
އަލީ
21 October 2016
ކާނިވާ ސަރަހައްދުގައި އެއްވުމެއް ބާއްވާކަށް ހުއްދަހޯދާކަށް ނުޖެހޭ
ޙަސަން
21 October 2016
ލޯބިވާ ބޭބެ އެހެން ވީމާ އެއްވެސް ޢެއްޗެއް ނުބުނާތި
ތުއްތުބޭބެ
21 October 2016
ކޯޓަށް މަސްއަލަ ހުށަހަޅާ ، މަގުމަތިންދާމީހަކަށް ގޮވާ 24 ގަޑިއިރުތެރޭ ކައުންސިލްގެބައްދަލުވުމެއްބޭއްވުމަށް ޢެންގުންފަދަ ހުކުމެއްކުރުވާ މައުމޫނާނުލައި "ފަހަތުގައިވާމެމްބަރުންނާއެކު 2018 ކާމިޔާބުވާނެ" ކަމަށްބުނެ އަޑުގަދަކުރުމަށްފަހު ކާމިޔާބުނުވާނެކަން ޔަޤީން ވުމުން ލޯބިވާބޭބޭފުޅު ކަމާއި، މިކަން ކޯޓަށްނުގޮސް ހަޖެއްސޭނެކަމަށް ބުނާބުނުމާ މިކުރުވި ހުކުމާ ކިހާގުޅޭތޯ ސުބުޙާނަﷲ!!!!
ފިޔާތޮށި ރީދޫ އަސުރުމާ
21 October 2016
އެދެރިމާގޭގައި ޖާގަނެތަސް އަހަރުމެންގެ ހިތުގަ ޖާގަ ވަރަށްބޮޑޭ
އަލީ
20 October 2016
އަހަރެން ދާނަން!
އަލީ / ހއ. ތުރާކުނު
20 October 2016
ރައީސް މައުމޫނު ކެރިވަޑައިން ނިކުންނަވާ އެއްވެ އުޅުމުގެ މިނިވަންކަމާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިއްޕަވާ، އަޅުގަނޑުމެން ތިބޭނަން މަނިކުފާނު ފަހަތްޕުޅުގަ. ބޭނުންފުޅު ވެއްޖެނަމަ މަނިކުފާނުގެ ތާޅަފިލީގައި އަޅުގަނޑު ހިފައިދޭނަން
ވޮޗްޑޯގް
20 October 2016
އެމްޑީޕީން ދުންފިނިގެ ހަރުގެ އަށް ވީވަރުކަން ނޭގޭ ވާނީ އެންދެރިމާގެ ރޫޅާލާ އެގެއިން ފެންނަ ދަގަނޑުތަކާ ލަކުޑިތަކާއި ޓިނު ވެސް ވާނީ ހަތިޔާރަށް.