ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

"ނިއު ނޯމަލް" ގައި ކެފޭތަކުގައި ސިނގިރޭޓް ބުއިން މަނާކުރި ނިންމުން ބަދަލުކޮށްފި

ކޮވިޑް-19 ފެތުރޭތީ ކެފޭ/ރެސްޓޯރެންޓްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމިއިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރި ނަމަވެސް އެ އުސޫލު މިހާރު ބަދަލުކޮށް ހުއްދަ ދީފައިވާ ކަމަށް، ހެލްތް ޕްރޮޓެެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން "ނިއު ނޯމަލް" ގައި އަމަލުކުރަން ޖެހޭ އުސޫލު އެޗްޕީއޭ އިން މިދިޔަ މަހުގެ 20 ގައި އާންމުކުރިއިރު އެ އުސޫލުގައި ބުނެފައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ އާއި ވޭޕާއި އީ-ސިނގިރެޓު ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލުކުރުން "ނިއު ނޯމަލް"ގެ ދުވަސްވަރު މަނާ ކަމަށެވެ.

New normal gai Cafe/ restaurant thakugai dhunfathuge isthiumaaleh nukureveyne

New normal gai Cafe/ restaurant thakugai dhunfathuge isthiumaaleh nukureveyne

The most trusted news source in the Maldives

Mihaaru

ފުރަތަމަ އާންމު ކުރި އުސޫލުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން

ނަމަވެސް އެ އުސޫލު އިސްލާހުކޮށް މިދިޔަ މަހުގެ 27 ގައި އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އެހެން މީހުންނަށް ދުން ނުފޯރާވަރުގެ ދުރުމިނެއްގައި ތިބެން ޖެހޭނެ ކަމަށެވެ. އެހެންވެ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ކުރިން ދީފައިވާ ތަންތަނުގައިި އެކަން ކުރުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް އަދިވެސް ޝީޝާ ބުއިން ވަނީ މަނާކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން "މިހާރު"ން ސުވާލު ކުރުމުން ކޮވިޑް-19 އާ ދެކޮޅު މަސައްކަތުގެ ތަރުޖަމާނު، އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުސޫލު ބަދަލުކުރީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

"ވަރަށް ގިނަ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފަހު ހުއްދަ ދޭން ނިންމީ،" ސިއްހަތައް ގެއްލުން ހުރި ކަމެއް ކުރަން ހުއްދަ ދިނީ ކީއްވެގެންތޯ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ކޮވިޑް-19 ޖެހުމުން ކުރާ އަސަރު ބޮޑު ކަމަށާއި އެހެންވެ އެކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކެފޭ/ރެސްޓޯރެންޓތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން އެޗްޕީއޭ އިން ފުރަތަމަ ނިންމުމުން ގިނަ ބަޔަކު އެކަމަށް ތާއީދުކުރި އެވެ.

މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ މި މަހު 1 އިން ފެށިގެން ދީފައިވާއިރު އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ވަރަށް އާންމެވެ. ހާއްސަކޮށް ގިނަ ބަޔަކު އެއްވެ ތިބެ ދުންފަތުގެ އިސްތިއުމާލު ކޮށް އުޅެ އެވެ.

50 ކޮމެންޓް, 125 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 6%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަޤީގަތަކީ...

06 July 2020

ޞިއްޙަަތަކީ ކޮންމެ މީހެއްގެވެސް ޙައްގެއް! ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އަސްލު ޙައްޤަކީ ދުންފަތާއި ދުރުހެލިވުން! ނުޔުމޯނިއާ، ނޭވޭ އުދަގުވުން ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް ރެސްޓުރަންޓް ފަދަ އާންމު ތަންތަނުގައި ޚިދުމަތް ހޯދާ އެންމެންގެ ވެސް މުއައްޒަފުންގެ ވެސް ރައްކާތެރިކަމަށް އެތަނުގައި ދުންފަތުގެ އސިްތިޢުމާލުކުރުން އެއްކޮށް މަނާ ކުރުން މުހިންމު! އާންމު ޞިއަޙަތު ރައްކާތެރިކުރުމަށް އެޗް.ޕީ.އޭ. ގެ ޒިންމާތައް ކޮބާތޯ؟

The name is already taken The name is available. Register?

އައިމނޯ

05 July 2020

ސިގިރެޓް ބޯ މީހުންގެވެސް ހައްގު އޮންނަން ޖެހޭނެ

The name is already taken The name is available. Register?

ދޮންބެއްޔާ

06 July 2020

ނުބޯމީހާގެ ޙައްޤުވެސް އޮންނާނެ.

The name is already taken The name is available. Register?

ކައުންސެލަރު

05 July 2020

އަނެއްކާވެސް އޮޅުމެއް ދެއްތޮ!؟ ނޫނޭވާ އޮޅޭބައެއްމީ

The name is already taken The name is available. Register?

ކަމަނަ

05 July 2020

ޑޮކްޓަޜުން ވިދާޅުވަނީ މީރަނުގެ ފުރުސަތެއްކަށް ސިގަރޭޓް ބުއިން ހުއްޓާލުމަށް، ދެން ޖެހިގެން އަންނަދުވަހު މިދެނީ ހުއްދަ ?? ހަމަ އަންތަރީސްވާވަރުވޭ، ސިގަރޭޓް ނުބޯމީހުންގެ ހައްގެއް ނޯވޭތޯ ސުވާލު ކުރަން ބޭނުން އެޗް.ޕީ.ޢޭއާ؟

The name is already taken The name is available. Register?

އައިއޭ

05 July 2020

ހައްގު ލިބޭނެ ގޭގަ އޮތީމަ

The name is already taken The name is available. Register?

ޓަކިބެ

05 July 2020

މިހުންނަނީ ސިއްހަތަށްވުރެ ސިޔާސީ ނުފޫޒަށް އިސްކަންދޭން ޖެހުމުން ދެން ވާނެގޮތް. ރާއްޖެއަށް އެންމެ ގިނައިން ދުންފަތުގެ ބާވަތްތައް އެތެރެކުރާ އެކަކީ މިހާރު އެންމެ "ބާރުގަދަ" ޕާޓީ އަށް ޚަރަދުކުރާ އެކެއް. ދެން ސިޔާސަތުތައް ކަނޑައަޅާ ގާނޫނުތައް ހަދާއިރު ތިލަފަތް ވަކި އަތަކަށް ބުރަވުމަކީ ނުވެ ނުދާނެގޮތެެއް.

The name is already taken The name is available. Register?

ކޮތަރު

05 July 2020

ސިގިރޭޓްބުއިން މަނާ ބޯޑް ޖަހާފަ ހުއްޓަސް ދިވެހިންނަކީ ސިގިރޭޓްބޯބައެއް... ލިފްޓަށްވެސް އެބައަރާ ސިގިރޭޓް ރޯކޮށްގެން... ދިވެހިން ބޭނުންވާގޮތް... ކީއްކުރާނީ..

The name is already taken The name is available. Register?

ކާސިމު

05 July 2020

ދިވެހިން ބޭނުންވާ ގޮތެއް ނޫން. ތިބޭފުޅާ ބޭނުންވާ ގޮތަަށް ފަހަރެއްގައި ވެދާނެ. މިހާރުވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާބަލަ ދިވެހިން ބޭނުންވަނީ ކޮން ގޮތެއްތޯ ބަލަން. މެޖޯރިޓީ އޮންނާނީ ސިގިރޭޓް މަނާކުރަން.

The name is already taken The name is available. Register?

މުލޭ

05 July 2020

ޑްރަގާއި ދުންފަތާ މި ދެބާވަތްނުލާ ގައުމު ނުހިންގޭހެން ހީވަނީ. ހެޔޮނުވާނެ. ތި ދުންތަކާ އެއްޗެހި އަރުވަން ބޫތުތަކެއް ހަދާބަލަ ކޮންމެ ކެފޭއެއްގައި. ބޯމީހާ އެތަނަށް ވަދެހުރެ ބޯނީ. ނިމިގެން ނިކުންނާނީ. ނުބޯ މީހުންނާއި ޅަ ދަރިން ތިޔަ ދުމުން ސަލާމަތްކުރަން ނުޖެހޭތަ އަޅެ.

The name is already taken The name is available. Register?

211111

05 July 2020

ކަސްޓަމް ސިގެރޭޓް ބޯންޑު އުވާލުމައް ގޮވާލަން ސިގެރޭޓު އަގުބޮޑުކޮއް 200 ރުފިޔާއްައް ސިގިރޭޓް ފޮއްޓެއް ވިއްކު މައް ގޮވާލަން ... ކޮބާ؟؟؟ ލ.ގަމު ދާއިރާގެ މެންބަރު ވިސާމް ދުންފަތައް ގެންނަ އިސްލާހު އަވަސްކުރޭ ......

The name is already taken The name is available. Register?

އެޑަމް

05 July 2020

މިހިރީކުރާކަހަލަކަންތައްތޯ?ވަކިމީހެއްގެނުފޫޒުގަދަވެގެން މިޤައުމުގާނުކުރެވޭނެއެއްވެސްކަމެއްނެތެވެ,ދުންފަތުގެއިސްތިޢުމާލުކުރުމާު,ބެހޭގޮތުން,ކިތައްއަމުރު ކިތައްގޮތައްނެރެފަވޭތޯ?ޚާއްސަކޮއްސައިހޮޓާތަކާރެސްޓޯރެންޓްތަކުގަބުއިންމީގެއެތައްއަހަރެއްކުރިންވަނީމަނާކޮއްފަ!އެކަމަކުމިަދުބާރުގަދަމީހަކުބޮވައިގަތީމަމިއޮތީ0ޓޮލަރެންސްްގަލަދުންމަރުވާވަރު!!

The name is already taken The name is available. Register?

މުބީން މާރނީ

05 July 2020

ރައީސް މުހައްމަދު އަމީން އަށް ނުކުރެއްވުނު ކަމެއް ކިހިނެތް ކުރާނީ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454