ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބައެއްގެ ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލަކު ހަރަކާތްތެރިވަނީ: އިއްޔެ މަރުވި އަންހެން މީހާ ހޮސްޕިޓަލަށް ގެނައި އިރު ކޮވިޑްގެ އެއްވެސް އަލާމާތްތަކެއް ނުފެންނަ ކަމަށް އައިޖީއެމްއެޗް އިން ބުނި -- ފޮޓޯ: މިހާރު
09 ޖުލައި 2020 - 14:00
ކޮވިޑް-19ގައި އިއްޔެ މަރުވި އަންހެންމީހާ އެ ބައްޔަށް ޕޮޒިޓިވްވިކަން އައިޖީއެމްއެޗުން އެންގީ، އާންމު މަރެއް ކަމަށް ބަލައި، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނިކޮށް ކަމަށް ބުނެ، އާއިލާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 13 ވަނަ މީހާ ކަމަށްވާ ސަކީނާ އިސްމާއިލް، 70،ގެ ހަށިގަނޑު އައިޖީއެމްއެޗުން އާއިލާއަށް ދޫކުރީ، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ، ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާ ގޮތަށް، ފޯމުގައި ފާހަގަ ޖަހައިފަ އެވެ.
ކޮވިޑް-19ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން އިންތިޒާމްކޮށްފައި ހުންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިގެންނެވެ.
އާއިލާގެ މެމްބަރަކު ފޭސްބުކްގައި ލިއުނު ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އައިޖީއެމްއެޗުން އެންގީ "އާއިލާގެ އެންމެން ސަހަރާގައި ތިއްބަ" އެވެ.
"ހޮސްޕިޓަލްގައި އެއްވެސް ކަހަލަ ޕްރޮޓޮކޯލެއް ނެތީ ހެއްޔެވެ؟" އެ ޕޯސްޓްގައި ސުވާލުކޮށްފައިވެ އެވެ.
އޭނާގެ އަނެއް ޝަކުވާއަކީ ކޮވިޑް-19ގެ ޓެސްޓް ނަތީޖާ ލިބުމުގެ ކުރިން ހޮސްޕިޓަލުން މައްޔިތާގެ ހަށިގަނޑު ދޫކުރުމެވެ. އެހެންކަމުން އެ ފަރުވާކުޑަކަމުގެ ނުރައްކާ މުޅި އާއިލާއަށް ވެސް ކުރިމަތިވެއްޖެ ކަމަށް، އޭނާ ލިއުނެވެ.
"މިކަހަލަ ކަމެއް ކުރިމަގުގައި ދިމާނުވާނެކަން ކަށަވަރުކުރަން، މި މައްސަލައިގެ ތަހުގީގެއް ހިންގަން އަހަރެމެން ބޭނުމެވެ،" އޭނާ ބުންޏެވެ.
އާއިލާގެ ކަންބޮޑުވުމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ ސަކީނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ، މަރުވެފައި އޮންނަތާ ގިނަ އިރުވެ، ހަށިގަނޑު ހަރުވާން ފެށުމުން ކަމަށެވެ.
ފޭސްބުކްގައި ޝަކުވާކުރި އެ އާއިލާގެ މެމްބަރު، އައިޖީއެމްއެޗުން ދިން މައުލޫމާތުތަކަށް ބިނާކޮށް، ލިއެފައިވާ ގޮތުގައި، ހޮސްޕިޓަލަށް ގެންދެވުނު އިރު ސަކީނާ މަރުވެފައި އޮންނަތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވެއްޖެ އެވެ.
އިއްޔެ މަރުވި ސަކީނާގެ އާއިލާ އިން ކުރި ފޭސްބުކް ޕޯސްޓެއް
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ "މިހާރު" އަށް ވިދާޅުވީ ސަކީނާގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނުނުކަން އެނގިފައި ނެތުމުން، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ހަށިގަނޑު އިތުރަށް ހަރުވުމުގެ ކުރިން ހޮސްޕިޓަލުން ގެންދާށެވެ.
"ހޮސްޕިޓަލްގައި ހުންނަ ޕްރޮޓޮކޯލްތަކުގެ ސަބަބުން ގިނަ އިރަކު ހަށިގަނޑެއް އަޅުގަނޑުމެންނަކަށް ނުބެހެއްޓޭ ހޮސްޕިޓަލްގައެއް. އެހެންވެ، ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަޅުގަނޑުމެން އެ ހަށިގަނޑު ދޫކޮށްލީ،" އަފީފާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ނަތީޖާ ލިބުމާ އެކު އެކަން ވަގުތުން އާއިލާއަށް އެންގި ކަމަށެވެ. އޭރު ކަށުކަމާކެމީގެ ކަންކަން ނުފަށާ ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލަ މިހެން ދިމާވުމުން ކުރިއަށް އޮތް ތަނުގައި އެކަން ތަކުރާރުވިޔަ ނުދޭން މިހާރުގެ ޕްރޮޓޮކޯލްތަކަށް ބަދަލު ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އަފީފާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
10 July 2020
ތިވަރުން ދާނަމަ 40 ދުވަސް ވެގެން ފާތިހާ ކިޔަވަން ތިއްބައި ކޮވިޑަށް ޕޮޒިޓިވް ވިކަން އަންގާނީ.
މިއޮތީ
10 July 2020
މިފަހަރު ޕްރޮޓޮލޯލްތައް ނުބައިވީ. ކުރިން ގޭގަ އޮތް ދުވަސްވީ މީހަކު ކޮންޓެކްޓަކަށްވެފަ އޮއްވާ އޭނާ ބަލިކަން ނުބެލިގެން އުޅެނިކޮށް ނިޔާވީމަ އެވީ ޕްރޮސީޖަރގެ މައްސަލައަކަށް. މިސަރުކާރުގައި އެއްވެސް ކަމެއް އެއްވެސް މީހަކު ޒިންމާ ނަގަންނުޖެހޭ. މިސަރުކާރުގަ ރައީސް ކަމެއް ނުކުރާކަން ނަސީބު. އެހެން ނޫންނަމަ މިހުރިހާ ކަމެއް އެޅޭނީ ކުރީ ސަރުކާރުގަ ޔާމީނު ބޮލުގަ ހުރިހާ ކަމެއް އެޅުނުގޮތަށް.
ނައްސި
09 July 2020
ކޯވިޑަށް ޕޮސިޓިވްވިކަން ވަގުތުން އެންގި ކަމަށްވަންޏާ މައްސަލައެއްނެތް. މައްޔިތާ އަމިއްލަ ގޭގައި މަރުވުމަށްފަހު 3 ގަޑިއިރު ބޭއްވީ ކީއްވެކަންވެސް ސާފުވާންޖެހޭ
ފައްސި
10 July 2020
އެއީ އާައިލާގެ އިހުމާލެއް ނޫންބާ؟
ރަދީފްއޮފިޝިއަލް
09 July 2020
އިންސިޑެންޓްގެ ވަށައިގެން ޑިބޭޓް ކުރެވިދާނެ ގިނަ ޕޮއިންޓްތަކެއް އާޓިކަލްއިން އެބަފެނޭ.މަރުވެފައިއޮތް މީހަކާއި ގުޅުވައިގެން ގިނަ ވާހަކަ ދެއްކުންއެއީ ރަނގަޅުކަމަކަށް ނުވާނެތީވެ ކުރުކޮށްލީ.ވ.ވެދުން
އަސްލު.
09 July 2020
މައްޔިތާގެ ފާފަ ފުއްސަވާށި. އެކަމަކު މީގެން ފާހަގާ ކަމަކީ ކޮންމެ ކަމެއްވެސް ސެންސިޓައިޒް ކުރަން އުޅޭކަން. މައްޔިތާ އައިޖީއެމްއެޗަށް ގެންދިއުމުގެ 3 ގަޑިއެއްހާއިރު ކުރިން މަރުވިކަމަށް ލަފާކުރެވޭ ކަމަށް އެއޮތީ. ދެން އަނެއްކާ މައްޔިތާގެ ކަންތައް އެހާކައިރިން ބެލިފައިވާނަމަ މިހެނެއް ނޫން ކަންތައްތައް ވާންވާނީ. ކޮންޓެކްޓް ވިކަމަށްވެސް ވާނީ ބޭރުގަ އުޅެފަ އަންނަ ގޭގެ މީހެއްގެ ފަރާތުން. ގިނަފަހަރަށް މިކަހަލަ ޕޯސްޓްތައް ކުރާނީ އަމިއްލަ ގިލްޓް ފޮރުވަން.
ސުމާރު
09 July 2020
އައިޖީއެމްއެޗް ފެއިލް. ބަންދު ސަލީމް އިސްތިއުފާ. އަލީ ޝިޔާމް އިސްތިއުފާ.
ހާމަ333
09 July 2020
މުޅި ސަރުކާރު މިއޮތީ ހިންގުމުގައި ފޭލްވެފަ....އިސްތިއުފާ ދިނުމަށް ގޮވާލަން.....މިނިސްޓަރުން ރޭޕްކުރަަނީ....ސިޔާސީ ބިރު އެކިގޮތްގޮތަށް ދައްކަނީ....ވަޒިފާއިން ވަކިކުރަނީ...ނުވީތާކަށް ހިންގުމުގައި އެއްވެސް ހަރުދަނާކަމެއް ތަރުތީބެއް އުސޫލެއްނެތް....ފޭލިވެފަ މުޅި އޮޑި....
ޝައިޚް.
09 July 2020
އައި.ޖީ.އެމް.އެޗް. ގަ މިތިބެނީ އަޅެ ކަނޑު ކޮހުންތަ ، ނޫނީ މޮޔައިންތަ.؟ މީހަކު އެއްޗެއް ބުނެ މައްސަލައެއް ޖެއްސީމަ ނޫނީ ނުވިސްނެނީ މޮޔަވީމަދޯ. ތި ހޮސްޕިޓަލްގެ ސަބަބުން މާލޭގަ ކޮންޓްރޯލްވެފަ އޮތް ބަލި މިހާރު މިދަނީ ހައްދުން ނެއްޓިގެން، ތިތަންވެއްޖެ ހަރުދަނާ ތަނަކަށް ހަދަންދޯ.؟
ތަހުސީން
10 July 2020
އަޅެ ފަހެ މީ ސޭކު ޝެއިހެއް ތަ؟ ބަލި ފެތުރެނީ ތި ކަހަލަ ސަޭކުން ބޭރު ތެރޭ އެނބުރޭ ތީ. އަޖައިބެއް ނުވާނެ ތަ
ފެއިލްޑް ސަރވިސް
09 July 2020
އައިޖީ އެމްއެޗްގެ ކޮލިޓީ ވަރަށް ދަށް. މިހާރުވެސް އެޑްމިޓް ކޮށްފަ ތިބޭ މީހުންވެސް ތިބެނީ އެހާ ކައިރި ކައިރީގަ، ހުސް ވާރޑް ނެތީކީވެސް ނޫން، ހަމަ ކަންފަސޭހަޔަކަށް. ބަލި މީހުންނަށް ބަލާ ގޮތެއް ނުވޭ، މި ވޯޑްތަކުގަވެސް މީހުންތިބޭއިރު ކީއްވާނީ ޓީވީ ގަޑެއް ހާ ހިސާބު ލާފަ ހުރިއްޔާ. ޢިށީދެގެން މިހާ ގިނައިރު ތިބޭ އިރު ތަންކޮޅެއް ކޮންފަޓަބަލް ގޮޑި ބެހެއްޓޭނެ ދޯ ބަލިމީހާކައިރި. ކަންކަން ކުރުމާގާވެސް ސިސްޓަމެއް ނުހުރޭ އެއްވެސް ވަރަކަށް.
ވިސްނާތި
09 July 2020
ގައުމުގެ ނިޒާމްތަކާއި ހުރިހާ ކަމެއް އަކުރުން އަކުރަށް ޕަރފެކްޓްކޮށް އޮންނަންވާނެކަމަށް އަހަރެމެންގެ ތެރެއިން ވަރަށްގިނަ މީހުންނަށް މިހާރު ގަބޫލުކުރެވެނީއެވެ. ޢެއީ، ސޯޝަލް މީޑިއާއިން ލިބުނު ބޭނުންއެއްޗެއް ލިޔުމުގެ މިނިވަންކަމާއެކުއެވެ. ކޮންމެކަމަކަށް ތަހުގީގެކެވެ. ކޮވިޑްގެ ނުރައްކާ އިންތިހާއަށް އޮތް މިފަދަ ދުވަސްވަރެއްގައި، އާއިލާ މީހެއް ނިޔާވިއޭ ކިޔާފައި، އަވަށު އެންމެން ސަހަރާއަށް ބޭންޖަހާފައި ދިޔުމުގެ ޒިންމާވެސް ނަގަންވީ ހޮސްޕިޓަލުން ހެއްޔެވެ؟
ޑަމިސްޓް
09 July 2020
ތިކަހަލަ ގޮތަށް ވާހަކަ ދައްކާނި ޕޮލިޓިކަލް މައިންޑްގެ މީހުން. ސުވާލަކީ ތީނަތީ ޕޮލިޓިކަލް މަޤާމުގެ މީހެއް ހޭ؟ ނޫންނަމަ މިކަހަލަ ކަންކަމަކީ ހަމަ ޢާއްމު މީހާއަށް ލިބޭ ގެއްލުން. ކޮވިޑް ޓެސްޓް ކުރާ ޕޭސަންޓުންގެ ސާމްޕަލް ރިޕޯޓް އަވަހައް ލިބުމަކި މުހިއްމު ކަމެއް، ތި ވިސްނާމީހާަށް ހީވޭތަ ޕޮލިޓިސަނަކާ އާއްމު ރައްޔިތަކާ ތެރެއިން ކާލުގެ ނަތީޖާއެއްކަން އަވަހަށް ހޯދަން މަސައްކަތްކުރިޔަސް އަވަސްވާނީ؟ ތިކަހަލަ މީހުންނާ ހެދި ތަންތަނުގެ ކޮލިޓީ ދަށްވަނީ.