ޚަބަރު / ދިވެހި ގައުމީ ޔުނިވަސިޓީ

އެމްއެންޔޫގެ ވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު، ޑރ. މުހައްމަދު ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ ޓޫރިޒަމް ފެކަލްޓީގެ އިސް ބޭފުޅަކު ޕޮޒިޓިވްވިކަން އެނގުނީ ބައެއް އަލާމާތްތައް ހުރެގެން ޓެސްޓު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މިދިޔަ ހަފުތާގައި އޮފީސްތައް ހުޅުވާލުމާއެކު، ޕޮޒިޓިވްވި ބޭފުޅާ ދެ ދުވަހަކު އޮފީހަށް ވަޑައިގަތަސް އެހެން މުވައްޒަފަކު ދިމާވެފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އޭނާ ވިދާޅުވަނީ ވަރަށް ކުޑަ ވަގުތު ކޮޅަކަށް ކަމަށް އޮފީހަށް ވަޑައިގަތީ. އެއްވެސް މުވައްޒަފަކާ ވެސް ބައްދަލު ނުވާ ކަމަށް. އެހެންވީމާ ކޮންޓްރެކްޓް ޓްރޭސިން ހަދާކަށް ނުޖެހުނު،" ޝަރީފް ވިދާޅުވި އެވެ.

އިއްޒުއްދީން ސްކޫލް ކުރިމަތީގައި ހުންނަ ޓޫރިޒަމް ފެކަލްޓީގެ އިމާރާތުގެ ލިފްޓާއި އެ ބޭފުޅާ މަސައްކަތް ކުރެއްވި އޮފީސް ހަމަ އެ ދުވަހު ޑިސްއިންފެކްޓް ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ކޮވިޑް-19 ފެތުރެން ފެށުމާއެކު އަޅުގަނޑުމެން ގައިޑްލައިންތަކެއް ހަދައި އަމަލު ކުރަން ފެށިން. ބައެއް ސެކްޝަންތަކުން އެއް ބޭފުޅަކު ހުން އައުމުން ވެސް ސެކްޝަން އެއްކޮށް ގެއަށް ފޮނުވާފައި ވާނެ. އެފަދަ ފިޔަވަޅުތައް އަޅަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ބޭފުޅާ ދިރިއުޅުއްވަނީ ހުޅުމާލޭގައި ކަމަށް ވުމުން، ވައިރަސް އެރި ކަމަށް ގަބޫލު ކުރެވެނީ ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ކުރެއްވުމުގެ ތެރެއިންނެވެ.

ކޮވިޑް-19 އަށް މެދުކަނޑާލި ގޮތަށް އެމްއެންޔޫގައި މުޅިން ވެސް މިހާރު ކިޔަވައި ދެމުން އަންނަނީ އޮންލައިކޮށެވެ. އެކަޑެމިކް މުވައްޒަފުން ކޮންމެހެން އޮފީހަށް ދާކަށް ވެސް ނުޖެހެ އެވެ.

ރާއްޖޭން މިހާތަނަށް 2,664 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 2,268 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު 13 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

5 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 76%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިޙްސާސް

13 July 2020

މާސްކުއަޅައިގެންތަ ޕަބްލިކު ޓުރާންސްޕޯޓަށް އެރީ؟ ދެންވެސް ހުރި ރައްކާތެރިކަ މުގެ ފިޔަވަޅު އެޅިބާ؟

The name is already taken The name is available. Register?

ެއަނ

13 July 2020

އޮފީސްތައް ލައްޕާ! ލޮކްޑައުން ހަރުކަށި ކުރޭ! ދިވެހިން ތެރޭ މި ކޮންޓްރޯލް ކުރެވޭނީ އޭރުން.

The name is already taken The name is available. Register?

2021

12 July 2020

އަސްލުގަ ކޮންމެހެން އޮފީހަށް ނުގޮސް ނުވާކަންތައް ކުރަން އެކަނި އޮފީހަށް ދާންވީ. ކޮންމެ ދުވަހަކު ކޮންމެހެން ދާނެ ކަމެއް ނެޔް. ބައެއް އޮފީސްތަކުގައި މަސައްކަތްކުރަނީ ވެސް އެގޮތަށް.

The name is already taken The name is available. Register?

މަކުނުފާނު

13 July 2020

ޔުނިވަރސިޓީގައި އުޅޭ މުވައްޒަފެއް ބުނަނީ ޔުނިވަރސިޓީގެ ވެރިން ތިކަން ގަބޫލު ނުކުރާކަމަށް. ވަރަށް ސާފު ދެއްތޯ ޝަރީފުގެ ބަހުންވެސް ކިތަންމެ ކުޑަވަގުތުކޮޅަކަށްވެސް އޮފީހަށް އައިސް ހުއްޓާ އަލާމާތް ފެނިއްޖެނަމަ އޭގެ ކުރީ ދެދުވަހު އެ ފެތުރެން ފަށާކަމަށް ދިރާސާތައް ބުނަނީ. މި ވަރު ނޭގެނީތޯ މަތިފަޑިއަށް؟

The name is already taken The name is available. Register?

ާއުނިމާ

12 July 2020

ޕަބްލިކު ޓުރާންސްޕޯޓުން އަރާކަމަށްވަންޏާ ލޮކްޑައުން ހުޅުވައިގެން މުޅި ގައުމަށް ތިޔަ ފެތުރުވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!