މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި މިއަދު ހަވީރު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އިންޑިއާގެ އެ ފިރިހެންމީހާ މަރުވެފައި އޮއްވައި ފެނުނީ ހުއްދަ ނުނަގައި، ގެސްޓް ހައުސްއެއްގެ ގޮތަށް ހިންގާ ތަނަކުން ކަމަށެވެ.
ހެންވޭރުގައި ހުންނަ އެ ގޭގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު ހައެއް ޖަހަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
މި މަރާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.