ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ނޫސްވެރިން ބޭއްވި އެއްވުމެއް ފުލުހުން ކޮންޓްރޯލް ކުރަނީ
28 ޖުލައި 2020 - 10:27
ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް ދީ، ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން މިއަދު އެދިއްޖެ އެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ފަހަކަށް އައިސް ބާއްވާ އެއްވުންތަކާއި މުޒާހަރާތައް ފަދަ ހަރަކާތްތައް ކަވަރު ކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފަ އެވެ. އެގޮތުން، މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް، އިދިކޮޅު ޕާޓީތަކުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރުމުގައި ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.
އެ މުޒާހަރާ ކަވަރުކުރި ބައެއް ނޫސްވެރިން، މަންޒަރު ނުފެންނަ ހިސާބަށް ދުރަށް ފުލުހުން ޖެއްސި އެވެ. މުޒާހަރާގެ ތެރޭގައި ހިނގި ކަންކަން ކަވަރު ކުރުމަށް ފުލުހުން ހުރަސް އެޅި ކަމަށް ބުނެ ވެސް ބައެއް ނޫސްވެރިން ވަނީ ޝަކުވާކޮށްފަ އެވެ.
އެއްވެ އުޅުމުގެ ގާނޫނާ ހަވާލާދީ އެމްއެމްސީން ބުނިގޮތުގައި މީޑިއާގެ މަސައްކަތަށް ހުރަސް އެޅުމަކީ މުޒާހަރާތަކުގައި ފުލުހުންނަށް ވެސް ނުކުރެވޭނެ ކަމެކެވެ.
އެ ކައުންސިލުން ބުނީ، ބ. ބޮޑުފިނޮޅުގައި ދާދި ފަހުން ބިދޭސީންތަކެއް ހިންގި ހަމަނުޖެހުންތައް ކަވަރު ކުރުމަށް އެ ރަށަށް މީޑިއާތައް ގެންދިޔުމުގައި ވެސް ފުލުހުން ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާ ކަމަށެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ އެ ރަށުގައި ދިވެހިންތަކެއް ރަހީނުކޮށް، ބިދޭސީން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންނާ އެކު ދައުލަތުގެ މީޑިއާ ޕީއެސްއެމާއި އަމިއްލަ އެއް މީޑިއާ ގެންދިޔަ ގޮތެއް ސާފުނުވާތީ ނޫސްވެރިން ވަނީ ފުލުހުންގެ އިދާރާގައި ޝަކުވާކޮށްފަ އެވެ. އެ ދެ މީޑިއާ ގެންދިޔައީ ވެސް އާންމުކޮށް ހުރިހާ މީޑިއާތަކަށް އެންގުމެއް ނެތި ފުލުހުން ބޭނުންވެގެން ކުރި ކަމެއްގެ ގޮތުގަ އެވެ.
ފުލުހުން ބުނެފައި ވަނީ ގިނަ މީޑިއާތަކަށް ދައުވަތު ނުދިނީ، ލޯންޗުގައި ގައިދުރުކޮށް ތިބުމަށް ފުރުސަތު ދިނުމަށް ކަމަށާއި ފުުރުސަތު ދޭނެ މީޑިއާތައް ހޮވީ ރެންޑަމްކޮށް ކަމަށެވެ. އެކަމާ ނޫސްވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
އިދިކޮޅުގެ މުޒާހަރާ ކަވަރުކުރި ބައެއް ނޫސްވެރިން، މަންޒަރު ނުފެންނަ ހިސާބަށް ދުރަށް ފުލުހުން ޖެއްސި އެވެ. މުޒާހަރާގެ ތެރޭގައި ހިނގި ކަންކަން ކަވަރު ކުރުމަށް ފުލުހުން ހުރަސް އެޅި ކަމަށް ބުނެ ވެސް ބައެއް ނޫސްވެރިން ވަނީ ޝަކުވާކޮށްފަ އެވެ.
އެމްއެމްސީން ބުނީ ދައުލަތުގެ މުއައްސަސާތަކާއި އެހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންވެ ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށްޓަކައި ގައުމުގައި ހިނގާ މުހިއްމު ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލަމެވެ." އެމްއެމްސީގެ ބަޔާނުގައި ވެ އެވެ.
ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަންކަން މެދުވެރިވިޔަ ނުދިނުމަށް އިލްތިމާސްކުރުން.https://t.co/vLJV0V6Gmy pic.twitter.com/VMNsGU1Wop
— Maldives Media Council (@mmc_mv) July 27, 2020
އެމްއެމްސީގެ ބަޔާން
އެ ތަނުން ވަނީ އެއްވުންތައް ކަވަރު ކުރުމުގައި ނޫސްވެރިން ވެސް، ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ. އެގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ ގަވައިދުތަކާއި އެތަނުން ދޫކުރާ ފާސް އަޅައިގެން މުޒާހަރާތައް ކަވަރު ކުރުމަށް އެދިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
28 July 2020
ކޮބާ މިނިވަން ނޫސްވެރިކަ މުގެ ވައުދާ އެކު ވެރިކަ މަށް އާދެވު މުން އެއްކަލަ ޔާ މީންގެ ވެރިކަ މުގައި ކަންހިނގި ގޮތަަށް ދޯ ކަން ހިނގަނީި. އެހެންވީ މާ ތި މާމ މެން ކުފޫ ހަ މަނުވާ ކަންކަ މުގެ ވައުދު ނުވާނީ. އެން މެ ޚުދު މުޙުތާރު ވެރިންނެކޭ ތަފާތެއް ނެތް.
ވަގު ކަދުރު
28 July 2020
ރާއްޖެ ޓީވީފައި ހުޅުޖަހައި ހޯކޮއްލި މައްސަލަ ބެލުމަށް ބާރުއަޅައި އެކަމަށްއެދި ގޮވާލާނެ މުޢައްސަސާއެއް ނެތީބާ!
ރަދީފްއޮފިޝިއަލް
28 July 2020
އަހަރުމެން އަޅާނީ މޫޑްސް.
ފާމުލަދޭރި ކިލެގެފާނު
28 July 2020
ނޫސްވެރިކަމުގެ މިނިވަންކަން އޮންނަނަން ޖެހޭކަމަށް ކޮންމެ ބަޔަކު ވެސް ވަކާލާތު ކުރަނީ ސަރުކާރު ހިންގަން ލިބެންދެކަށް. އެހާލަތަށް ހިސާބުން ނޫސްވެރިކަން އެއީ ސަރުކާރުގެ ހަތުރެއްކަމަށްދެކޭ. އަނިޔާވެރި ކަމާ ބޭއިންސާފު ނެތް ތަނެއްގައި ނޫސްވެރިންނަކީ ސަރުކާރުގެ ދުޝްމަނުން ކަމަށް ނުދެކޭނެ. ފޮރުވާނެ ކަމެއް ނެތް ތަނެއްގައި ހާމަ ކޮށްފާނެތީ ކަންބޮޑުވާކަށް ނުޖެހޭނެ.
އަފުން
28 July 2020
މި ސަރުކާރުން ނޫސްވެރިންނަށް ހުރަސް އަޅާތަ؟. ޑިމޮކްރަސީގެ އައްމަޔާއި، ބަވާވެސް އުޅެނީ މިސަރުކާރުގައެއްނު.
ވައިސޫރި
28 July 2020
ރާއްޖެޓީވީ ހުޅުޖަހާ ރޯކޮއްލިއިރުގާ މީޑިއާކައުންސިލްގެ ދައުރަކީ ދެއިރުކާބޭސްގުޅައެއްގޮތައް އަބަދު މިލިއަން ރުފިޔާއިން ޖުރިމަނާކުރުން މިހާރު އެކަންނުކުރެވިގެންތިޔަ އުޅުއްވަނީ ވަކިބަޔަކުދެކެ ބިރުންތޯ ނުވަތަ ޒިންމާދާރުކަން ކުޑަވެގެންތޯ އަމިއްލައައް ވިސްނާލެއްވުންއެދެން
1234
28 July 2020
މުޒާހަރާ ކަވަރުކުރަންވީމާ ނޫސްވެރިއެއް؟ އިރުކޮޅަކުން އެކްޓިވިސްޓެއް / އިރުކޮޅަކުން ޓީވީއަށް އަރާ އެނައުންސަރެއް؟ ދެންކޮން ނޫސްވެރިންނެއް؟