ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ފަހު، ޕީޕީއެމް މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުން ނިންމާލުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން، ނިކުމެވަޑައިގަންނަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
26 އޮކްޓޯބަރ 2016 - 15:12
ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ ބާރުތައް އަތުލައްވައި "އަޅުގަނޑު އެކަހެރި ކުރަން" ކަމަށް ވިދާޅުވެ، އެ މައްސަލާގައި އެޓާނީ ޖެނެރަލްގެ އެހީ އަކަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަށް މިދިޔަ ހޯމަ ދުވަހު ފޮނުއްވި ސިޓީގައި މައުމޫން ވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫނަށް ލިބިވަޑައިގެންފައިވާ ބާރުތައް އަނބުރާ ދިނުމަށް ޕާޓީގެ މުސްތަޝާރަށް އަންގަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ޕީޕީއެމް ކައުންސިލްގެ ދެ މެމްބަރަކު ސިވިލް ކޯޓުގައި ދައުވާކުރެއްވީ ޕާޓީގެ މައްޗަށް ކަމަށް ވިއަސް ހުކުމް ކޮށްފައިވަނީ އެ މައްސަލައިގެ ހަސްމަކަށް ނުހިމެނޭ ފަރާތެއްގެ މައްޗަށް ކަމަށް ސިޓީގައި ވެ އެވެ. އެފަދަ މައްސަލަތަކުގައި އޭޖީން މީގެ ކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އޭގެ އެއް މިސާލެއްގެ ގޮތުން "ހަވީރު" ނޫހުގައި ކުރިން މަސައްކަތް ކުރެއްވި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ނެންގެވި އެވެ.
"ދުވަހު ނޫސް ހަވީރުގެ ކުރީގެ މުވައްޒަފުންނާ ބެހޭގޮތުން މީގެ ކުރިން ސިވިލް ކޯޓުން ނިންމާފައިވާ ގަޟިއްޔާއާ ގުޅިގެން، އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅުއްވާފައި ވެ އެވެ،" އެ ސިޓީގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމުން ބާރު ލިބިގެން ކަމަށް ވިދާޅުވެ ރައީސް ޔާމީން ޕީޕީއެމް ހިންގަވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަމަލީ އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް އަމަލީ އެއްވެސް ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން ޕީޕީއެމްގެ ތެރޭގައި މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ގާނޫނުގެ ތެރެއިން އޭޖީ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރެއްވުމަށް އެ ސިޓީގައި މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
ޕީޕީއެމްގެ މައްސަލަ ހައްލުކޮށްދެއްވުމަށް މައުމޫން ވަނީ އޭޖީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށާއި އިލެކްޝަންސް ކޮމިޝަނުގައި ވެސް ސިޓީއަކުން އެދިވަޑައިގެންފަ އެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާ
27 October 2016
އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅައި ވެރިކަން ކުރި ދުވަހުގެ މަތިން ހަނދާންވޭތޯ؟ މިހާރު ތީ ބޭކާރު ބޭފުޅެއް. ދެން އެދުވަހެއް ނާންނާނެ.
ޝަހާމް އިބްރާހިމް
27 October 2016
އޭޖީ އެއްވެސް އެއްޗެއް މިފަހަރަކު ވިދާޅެއް ނުވާނެ. އެކަން ހޮދު މައުމޫންވެސް ދެނެވަޑައިގަންނަވާނެ. އެކަމަކު ނޫހުގެ ފަލަ ސުރުހީތަކުން ޖާގަ ހޯއްދެވުމަށް މައުމޫނު ކުރެއްވި ކަމެއް މިއީ. މައުމޫނު ގޮތްދޫކުރެއްވި ނަމަ، ލޯކަލް އިންތިހާބުގައި، ކޮށްކޯފުޅާއެކު، މެމްބަރުން ހޮވަން އުޅުއްވުނީސް، އަދި ދަރިންނަކަށްވެސް މާކަ ބޮޑު މައްސަލަތަކެއް ކުރިމަތި ނުވީސް. އެކަމަކު މިހާރު ތިހުންނެވީ، އަމިއްލެއަށް އެޕާޓީއެއް އުފަންކުރެއްވުމަށް މަސައްކަތް ތަކެއް ކޮށްދެއްވި ޕާޓީން "ލިޓްރަލީ" ބޭރުކޮށްލައްވާފައި. ދެން އިދިކޮޅު އެމްޑީޕީ ގެ ހަރުގެއަށް އަވަހަށް ވަދެ ވަޑައިގަންނަވާ. އެކަމަކު މަނިކުފާނަށް ފާއިތުވި 40 ހަކަށް އަހަރު އެއްޗެތި ގޮވަމުން، ކާޓޫނު ކުރައްސަމުން، އެނިމޭޝަން ތަކުން މަލާމަތް ކުރަމުން، ސިޔާސީ ޕޯޑިއަމްތަކުގައި ކަތިލި މީހުންނާ ގުޅުމަކީ ވަރަށް ގޮތެއްފޮތެއް ނެތް ކަމަކަށް ވާނީ.
އަމަން
27 October 2016
ވަރަށް ސްމާޓް މޫވްއެއް. ގާނުނީ ގޮތުންނާއި ޝަރުއީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އެބަކުރޭ. މަގުމައްޗަށް ނުކުންނަ ދުވަހު އެކަކަށްވެސް ނުބުނެވޭނެ މަޑުމައިތިރި ކަމާއެކު ކަންކަން އިސްލާހުކުރަން ނޫޅެއޭ.
ފަރުހާދު
27 October 2016
މަނިކުފާނޫ! ކައްޗަށް އެޅި ބިންގާ ކެއްޗާހަމަޔަށް ނެގިޔަސް ހުންނާނީ ކައްޗަށޭ!
Maldives
27 October 2016
އެފަކީރު މުސްކުޅިވިދުވަހު ޖައްސާހާލު :(
ޙަސަންދީ
27 October 2016
މަނިކުފާނެވެ. ޢަދުލާ، އިންސާފު، އަމާނާތް، ތެދުވެރި އަދި ދުރޫސުލް އަޚުލާގު ހިމެނޭ އެއްވެސް ހިޔަލެއް އަދި އެހިޔާތަކުގައިވާ އިންސާނެއް ގައިވެސް މި 6 ކަމުންކުރެ ކަމެއް ނެތްކަން ޔަޤީންކުރައް ވަނީތޯއެވެ. މަނިކުފާނެވެ. ޔަޤީންކުރައްވާށެވެ. މިދެންނެވި 6 ކަމުންކުރެ ކަމެއް މިރާއްޖެ ފެންނަ ހިސާބެއްގައިވެސް ނެތެވެ.
ނޯ ޑިމޮކްރަސީ
26 October 2016
ތި ސިޓީ ހުރިހައި މިނިވަނޭ ކިޔައިގެން އުޅޭ މުއައްސަސާތަކަށް ފޮނުވުން ވަރަށް މުހިއްމު. އެހެން ކަމެއް ނުވިއްޔާ އެންމެ ކުޑަމިނުން އެމީހުންނަކީ ބަނދެވިފައިވާ ބައެއްކަން ރައްޔިތުންނާއި ބައިނަލް އަގްވާމީ މުޖުތަމައުއަށް އެނގިގެންދާނެ.
އަލީ
26 October 2016
މިހާރު މާބޮޑައްވެސް ލަސްވެއްޖެ. ބާރުލިބުނުދުވަހު ކަންކަންއިސްލާހުކޮއް ހަމަމަގައް އެޅުވިނަމަ މިދުވަސް ދެކޭކައް ނުޖެހުނީސް މަނިކުފާނައްވެސް އިންސާފުލިބުނީސް.
އަލީ
26 October 2016
ތިޔަ އޭޖީއަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ
ދނ
26 October 2016
މިނޫނީ ޤައުމެއްގައި 30 އަހަރު ވެރިކަންކުރި މީހަކު ރައްޔިތުންކުރިމަތީ މިހާ ނިކަމެތިކުރެވި ގަންހިންގުވުނު ތަނެއް ނުފެނުނުތާ އެކަހަލަ ވާހަކައެއްވެސް އަޑެއްނާހަން. ޢަރަބި ޤައުމުތަކުގެ ވެރިން ފަހަރަކުމީހަކު މަރަމުންދާއިރު މަރާއި ހަމައަށްވެސް އެމީހުންތިބީ ސައިޒުގަ. ރައްޔިތުން ނިކަމެތިވީދުވަހު އެމީހުނަށް ފުރައްސާރަކޮށް ހީ ހެދިތާ އަދި މާކަ ގިނަ ދުވަހެއް ނުވޭދޯ؟ މިދުވަސްދެކެން އަހަރެމެން ހިތާހިތުން އެދުވަހު ދުޢާކުރިން. ނަމަވެސް މިދުވަސްފެނުމުން އުފާވުމުގެބަދަލުގައި ހިތަށްމިއަރަނީ ދައްކަވަންހުރިކަމެއް ދައްކަވާފައިނޫނީ ނުގެންދަވާނެއޭ. ދުނިޔޭގައިތިބިބަޔަކަށް ޢިބްރަތެކޭ!