ރާއްޖެ އައި ބަންގްލަދޭޝް މީހާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ފޮރުވާފައި.-- ފޮޓޯ: ކަސްޓަމްސް
ބަންގްލަދޭޝް އިން ރޭ ރާއްޖެ އައި މީހެއްގެ އަތުން 4 ކިލޯގެ ކެނަބިސް އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިރޭ ބުނީ ވައިގެ މަގުން އައި ބަންގްލަދޭޝްގެ 28 އަހަރުގެ ފިރިހެނެއްގެ ލަގެޖު ބަލައި ފާސްކުރިއިރު ކެނަބިސް އަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިގެން ޓެސްޓުކުރިއިރު އެ ބާވަތުގެ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 4.4 ކިލޯ ހުރިއިރު އެ ތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި ކަސްޓަމްސް އިން ހިފެހެއްޓި މީހާ އާއި އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނަށް ހަވާލުކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޒުވާނާ.
10 September 2020
ބަލަ އެއްލައްކަ ބަންގާޅިން ތިއްބާ ތިޔަ އެތެރެކުރަނީ ކޮންއުސޫލަކުން
ގޯސް
10 September 2020
އާދޭސްކޮށްފަ ބުނަން ތިޔަ މޯލްޑިވިއަން ޑާކާއަށް ނުގޮސްބަލަ. ޑޭބަލަ ޔޫރަޕަށް. ތިޔަ ބަންގާޅަކާ އިންޑިޔާއަކާ ހުރެ އަހަރެމެން ދިވެހިން ނިކަމެތި ވެއްޖެޔޭ.
ދޯބެ
10 September 2020
މަސްތުވާ ތަކެތީގެ ބޮޑެތި ގޭންގުތަކުގެ ބޮޑުގުޅުމެއް މިހާރު ޖަލުގަ ތިބި މީހުނާ އޮވެ..
ސަޅި
10 September 2020
ގައިމުވެސް މަސްތުވާތަކެތި ގެންގުޅުމާ ބޭނުންކުރުމަކީ އިސްލާމްދީނުގަ ހަރާމްކަމެއް އެކަމަކު ދިވެހިރާއްޖޭގަ މަސްތުވާތަކެތި ގެންގުޅެގެންނާ ބޭނުނަކުރުމުން ލިބޭ އަދަބަށްވުރެ ވަންވޭ އިދިކޮޅައް ނުވަތަ ވެހިކަލް ބާރައް ދުއްވައިގެންލިބޭ އަދަބުބޮޑު މަސްތުވުމާ . ފޭރުމާ . މީހުންމެރުމާ . ހަރާމް މުދާކެއުމާ . ރިޝްވަތުހިފުމާ ދިނުމާ ކެއުމަކީ ދިވެހިރާއްޖޭގަ މިހާރުމިވަނީ ސަޅިކަމަކަށް
ޒައީ
10 September 2020
ވިސާ ލިބިފައި އޮތަސް ބަންގާޅުން އެއްވެސް މީހަކު އެތެރެ ނުވެވޭނެ ގޮތެއް ނެތްތަ؟
211111
10 September 2020
ތިކަ މަކީ ... ހިނގާފަ ދާއިރު ހިންޏެއް މަރުވުންފަދަ ކަ މެއް މިޤއު މުގަ .... އެގެންނައިރު ސަލާ މަތް ވާގިތޮ އެގޭ ހައްޔަރުކޮއްގެން ގެންގުޅު މުގެ މާލީ ތަނަވަސްކަން ނެއްކަން މިހާރު ބަނަގާޅީންނައް އެނގޭ.....
މަރިން
10 September 2020
ބަންގާޅީން އަދިވެސް ގެންނަނީދޯ.... ހާދަހާ މަސްތުވާ އެއްޗެއް އެތެރެކޮށް ފިޔޭ... މާލޭގައި ތިބި އޭނާގެ އަހުވާނުން ނުހޯދާނަންތަ.....
އޮނަރަބްލް އަފީފު ދީދީ
09 September 2020
މިއީ އަހަރުމެން ބޭނުންވެގެން "އަހަރުމެން ކުރުވާ ކަމެއް" ކަމުގައި ދެކެން. # އެހެން މިދެންނެވީ ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައިއޮތް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން ބަންގްލަދޭޝް އަށް ދަތުރު ކުރާންޖެހޭ ސަބަބު ނޭގޭތީ. # އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ބަންގްލަދޭޝްގެ 150000 މީހުން ރާއްޖޭގައި އުޅޭއިރު އަދިވެސް "ފަތުރު ވެރިންގެ ގޮތުގައި" އެމީހުން ރާއްޖެއެތެރެ ކުރުމުގެ އިސްދައުރެއް އަދާކޮށްދެނީ ދިވެހި ޤައުމީ އެއަރލައިން.
ކަކުނި
09 September 2020
އެ ބޯގަޅިންނަށްވެސް އެގޭ މި ނޫނިއްޔާ ދުނިޔޭގައި ވަގަށް ގައުމަކަށް އެރެތެވާ މީހުންނ ކުރިމަތި ލެވޭ ވަރަށްވުރެ ބަލިކަށި ސަރުކާރެއް އޮންނަ ގަުމެއް ނޯންނަކަން.
ތިމާވެށި
09 September 2020
ރާއްޖެ އިން ލިބޭ އަދަބު އެނގޭތީ ކުރާ ކަމެކެވެ. ގިނަފަހަރު ދޫވެއެވެ.