ރާއްޖެ އައި ބަންލަދޭޝް ފިރިހެނެއްގެ އަތުން 1.5 ކިލޯގެ ކެނެބިސް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިދިޔަ ބުދަ ދުވަހު މިހިން ލަންކާ ފްލައިޓުން ރާއްޖެ އައި މީހަކަށް ޝައްކުވެގެން ޗެކުކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ފުލުހުންނާ ގުޅިގެން އެ މައްސަލަ އިތުރަށް ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެހެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްއާ ފުލުހުން ގުޅިގެން ހިންގި ތިން އޮޕަރޭޝަނެއްގައި މިހާތަނަށް 25 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެ އެވެ.