އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މަޖިލީހުގެ ކޮމިޓީއެއްގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 ސެޕްޓެމްބަރ 2020 - 16:38
ރައީސް އިބްރާހިމް ސޯލިހް ވައްކަމާ ދެކޮޅު ކަމަށާއި ޚަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓްތައް ނެރެނީ ނުފޫޒެއް ނެތި މިނިވަންކޮށް މަސައްކަތް ކުރެއްވުމުގެ ފުރުސަތު އޮޑިޓަ ޖެނެރަލަށް މި ސަރުކާރުގައި ދީފައި އޮތުމުން ކަމަށް ވިދާޅުވެ އިދިކޮޅުގެ ތުހުމަތުތަކަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ރައްދު ދެއްވައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން މި ސަރުކާރުގެ އެކި މިނިސްޓްރީތަކުން ކުރި ޚަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓްތައް އޮޑިޓަ ޖެނެރަލް އޮފީހުން ނެރެމުން އަންނައިރު ބައެއް މިނިސްޓްރީން އަމަލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ. އޭގެތެރޭގައި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ރޭ އާއްމުކުރި އޮޑިޓް ރިޕޯޓުން ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން ވެސް ހަރަދުކުރުމުގައި ވެސް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަން އޮތީ ފެންނާށެވެ.
MDP in husha alhaigen, MDP ge 65 membarun thibi majleehakun, covid haradhuthah audit kuran faas kuree vakkan kuraa meehun hoadhan. Mee PPM/PNC in bunegen kuri auditeh noon. MDP vakkan kuran beynun nama egothah faaheh nukurees. RJ @ibusolih vakkama dhekolhu. AG miadhu minivan!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) September 16, 2020
ކޮވިޑް-19ގެ ހާލަތުގައި ވެސް މި ސަރުކާރުން ކުރީ ވައްކަން ކަމަށް ބުނެ އޮޑިޓް ރިޕޯޓްތަކާ ގުޅުވައި ކުރާ ތުހުމަތުތައް ރައްދު ދެއްވި ރޮޒައިނާ ވިދާޅުވީ ކޮވިޑުގެ ޚަރަދުތައް އޮޑިޓަ ޖެނެރަލް ބެލީ ވެސް އެމްޑީޕީން ހުށަހަޅައިގެން ކަމަށެވެ. އެ ޕާޓީގެ 65 މެމްބަރުން ތިއްބަވާ މަޖިލީހުން، ކޮވިޑް ހަރަދުތައް ބަލަން ފާސްކުރީ ވައްކަން ކުރާ މީހުން ހޯދަން ކަމަށް ވިދާޅުވި އެވެ.
"މިއީ، ޕީޕީއެމް/ޕީއެންސީން ބުނެގެން ކުރި އޮޑިޓެއް ނޫން. އެމްޑީޕީން ވައްކަން ކުރަން ބޭނުން ނަމަ އެގޮތަށް ފާހެއް ނުކުރީސް،" ރޮޒައިނާ ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައްކަމާ ދެކޮޅު. އޮޑިޓަޖެނެރަލް މިއަދު މިނިވަން."
އޮޑިޓަ ޖެނެރަލް އެންމެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގަ އެވެ. ވެންޓިލޭޓަރުތައް ހޯދުމުގައި، މާލިއްޔަތު ގަވާއިދާ ޚިލާފަށް، ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަ ރައީސް އޮފީހުން އަންގައިގެން ފުލުހުންނާއި އޭސީސީން އަންނަނީ ބަލަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ހަތް މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ.
އޮޑިޓް ރިޕޯޓްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
18 September 2020
ރައީސް ގެންގުޅޭ ދެތިން ހަތަރު ސްޕޯކްސް ފާސަން. މަބްރޫކް، ހޫދު، އިސްމާލް، އަލީ ޒާހިރު. އެކަމަކުވެސް ރޮޒޭދީ ރައީސްގެ ވާހަކަތައް ބުނަންމިޖެހުނީ. އެއީ ކިހިނެއްވާކަމެއް؟
އިބިރިހިންބެއްޔާ
17 September 2020
ވައްކަމާއި ރައީސު ދެކޮޅު. ޤަބޫލުވެސް ކޮއްފާނަން. ނަމަވެސް ވަށައިގެންތިބި އައްޔަންކުރި ޓީމުގައި ގިނައީ ވައްކަންކުރާ ދޯސްތީން. ކީއްވެބާ އެމީހުނަށް ގޮތްހަދަން ނުކެރެނީ. މިދައްކަނީކީ ހަމައެކަނި ކޯލިޝަނުން އައި ބޭފުޅުންގެ ވާކައެއްނޫން. ގޭޕާޓީން ޕްރޮމޯޓްކުރި ކުދިންގެވެސް ވާހަކަ.
އެދުވަސް ވެސް
17 September 2020
ވައްކަމާ ދެކޮޅުވެރިއެއްކަމަށްވަނަމަ، ވައްކަންކުރިކަމަށް ތުހުމަތުކުރެވޭއިރަށް މަޤާމުން އެކަހެރިކޮށް ގޭގައިނުބަހައްޓާނެ، އެތުހުމަތާއެކު އެމީހަކު ރެކެގަންނަށް ފުރުޞަތެއްނުދޭނެ. ވަގުތުން ހައްޔަރުކުރުމަށްފަހު މައްސަލަ ތަޙްޤީގު ކުރެވެންދެން ބަހައްޓަންވާނީ ހައްޔަރުކުރެވިފައި؛ ބަޗައިރައްކާވަން ފުރުޞަތުލިބޭގޮތަށް ގޭގައި ބެހެއްޓުމަކީ ވައްކަމާ ދެކޮޅުވެރިން ކުރާނެކަމެއްނޫން. އޭރުންވަނީ ވައްކަންކޮށް ބޭނުންފުދުނީމާ ގެއަށް ފޮނުވާދެއްވީކަމަށް.
ނޯޗޮއިސް
17 September 2020
ވައްކަ މާ ދެކޮޅުވު މާ އޮޑިޓަރޖެނެރަލް މިނިވަންވު މާ މިހިރީކީ ރައީސްގެ އިޚްތިޔާރީ ކަންކަ މެއްނޫން. މިވަރު އޮޅުން ނުފިލާ ބޭފުޅުން މެންބަރުކަ މުގަ ނުތިއްބެވިއްޔާ ރައްޔިތުންނަށް ވާ ފައިދާ ހާސްބައި ބޮޑުވާނެ.
16ރ އަށް ހަކުރުކިލޯ
17 September 2020
ކައިހުސްކޮށް ނިންމާފައި މިގޮވަނީ ވައްކަމާ ދެކޮޅޯ.
ކޭތަ
17 September 2020
ޔާމީނުވެސް ވައްކަމާދެކޮޅު. އެހެންވެ އެމްއެމްޕޫއާރުސީ މައްސަލަވެސް ތަހޔގީގުކޮށް ބަލަންފެށީ ޔާމީނުގެ ވެރިކަމުގައި. އެސްއޯއެފް މީހުން ބަންދުކުރަން ކޯޓްއަމުރުވެސް ނެރުނީ.
ޙަލީމާ
17 September 2020
އެއްމެން ވެސް ވައްކަމާއި ދެކޮޅު. އެކަމަކު ވެރިކަމަށް އައިސް ވައްކަން ކުރުމުގައި ހޭބޯ ނާރާ އުޅެނީ.
ހޮޓްކިންގ
17 September 2020
ވައްކަމާ ދެކޮޅުކަން އެބައެނގޭތާ ރައްޔިތުން ބަނޑަށް ޖެހުނުއިރުވެސް ކޮވިޑަށް ލިބުނު ފައިސާއާއި އެހީންވެސްކުރީ ވައްކަން.
އަލީ މިހައްމަދު 11
17 September 2020
އެމް ޑީ ޕީ އަކުން ވައްކަމެއް ނުކުރާ، ރައީސް ސޯލިހު އަސި ކުރީގެ ރައީސް ނަސީދުއެއް ވަކަމެއް ނުކުރާނެ
މާވެޔޮމިސްކިތު މުދިމު މިއަރެފް
17 September 2020
ނަސީދަކީ ރައްޔިތުންނަށް ހެޔޮ އެދޭ މީހެއް ނަމަ ބަދަލު ކުރަންވީ ވެރިކަމުގެ ނިޒާމެއްނޫން، ޖޭއެސްސީގެ ފޯމޭޝަން، މަޖުލީހުގެ ރައީސްގެ އުދުޅި ޖުޑިޝަރީއަށް ނުބޭނޭނެ ގޮތެއް ހަދަންވީ