ޚަބަރު / ސުޕްރީމް ކޯޓް

ދައުލަތުގެ ސްޓޭންޑް ބަދަލުވުުމުން ފަނޑިޔާރުން ރަތަށް: "މިއީ ކުޅިވަރެއް ނޫން"

މިއަދުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ބެންޗު

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައިގައި ޖަލަށްލި ސިފައިންގެ މީހާއާ ގުޅޭ ކަންތައްތަކުގައި ސުޕްރީމް ކޯޓުގައި ދައުލަތުގެ ސްޓޭންޑް ބަދަލުވުމުން ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ކޮށް، ދައުލަތުން އަމަލުކުރާ ގޮތާ މެދު ފަނޑިޔާރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

"ފިނިފެންމާ"ގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވައިލި މައްސަލައިގައި އެއަށް އަރައި، ތަހުގީގީި އުސޫލުތަކާ ޚިލާފަށް ލޯންޗުކޮޅުން ހެކި ނަގައިގެން ގެންދިޔަ ކަމަށް ބުނެ މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެ އަހަރަށް އަދި އެމްއެންޑީއެފްގެ ދެ މީހެއް ކަމަށްވާ ސ. ފޭދޫ ބުލްބުލާގޭ، އަހުމަދު ތިހާމާއި ދަފްތަރު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުުކުމްކުރި އެވެ. މޫސާ ޒަމީރާއި ޕާޕާގެ ޖަލު ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލް ކުރިޔަސް، ތިހާމްގެ ޖަލު ހުކުމް ހައި ކޯޓުން ދެމެހެއްޓި އެވެ.

ތިހާމްގެ ޖަލު ހުކުމް ދެމެހެއްޓި މައްސަލަ އޭނާ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވާހަކަ ދެއްކީ ހައި ކޯޓާއި ދަށު ކޯޓުގައި ވަކާލާތުކުރި ގޮތާ ޚިލާފަށް، ތިހާމްގެ ޖަލު ހުކުމް ބާތިލް ކުރުމަށެވެ. ދައުލަތުން ބުނީ ޕާޕާ އާއި ޒަމީރާއި ތިހާމްގެ މައްސަލައަކީ އެއް ހެކިތަކެއްގެ މައްޗަށް ދައުވާކޮށް، އަދި އެއްކޮޮށް ކުރިއަށް ގެންދިޔަ މައްސަލަތަކެއް ކަމަށް ވެފައި ޒަމީރުގެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް އޮތްގޮތުން ތިހާމް ވެސް ކުށްވެރިނުވާނެ ކަމަށް މިހާރު ގަބޫލު ކުރާ ކަމަށެވެ.

ދައުލަތުން ދަށު ކޯޓާއި ހައި ކޯޓުގައި ވަކާލާތުކުރީ އެގޮތަށްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ، ދައުލަތުން ސުޕްރީމް ކޯޓުގައި ސްޓޭންޑް ބަދަލު ކުރަނީ ނޫން ކަމަށެވެ. އެގޮތަށް މިހާރު ވާހަކަ ދައްކަނީ ޒަމީރާއި ޕާޕާ ކުށްވެރި ނުވާ ހައި ކޯޓުން ނިންމާފައިވާތީ އެއް ހާލަތެއްގައި ތިބި ބައެއްގެ މެދުގައި ހަމަހަމަ ކަން ގާއިމު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިހާމް އަމަލުކުރީ ޕާޕާގެ އަމުރަށް ކަމަށް ވެފައި، ޕާޕާ ކުށްވެރި ނުވާތީ ތިހާމް ކުށްވެރިވެގެން ނުވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރީ ތެދު ނިޔަތެއް ނެތިތޯ އާއި "ފިނިފެންމާ" ލޯންޗުކޮޅުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެކި ނެތިގެން މިނިވަންވީ އެހެން ބަޔަކު ހެކި ފޮރުވުމުންތޯ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވި އެވެ.

"ހެކި ފޮރުވީ ކޮން ބައެއްތޯ؟. މި މީހުންތޯ ނޫނީ އެހެން ބައެއްތޯ؟. ކިހިނެއްތޯ ވެގެން މި އުޅެނީ؟،" ސުއޫދު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އަދީބުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރީ ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 ގެ އަމުރުގައި އިޖުރައާތުތަކާ ޚިލާފަށް ތަހުގީގާއި ޝަރީއަތް ހިންގި ކަމަށް ބުނެފައި އޮތުމުން ކަމަށެވެ. "ފިނިފެންމާ" ލޯންޗުކޮޅުގެ މައްސަލާގައި އަދީބު މިިނިވަންވީ ހެކި ނެތިގެން ނޫން ކަމަށް ދައުލަތުން ބުންޏެވެ.

އެހެންވެ، އެ މައްސަލަ އަލުން ތަހުގީގު ކުރިތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ ތަހުގީގު ކޮށްފައި ނުވާ ކަމަށެވެ.

ނުބައި ނިޔަތެއްގައި ދައުލަތުން ދައުވާކުރި ކަމުގެ ތުހުމަތު އެބަ ކުރެވޭ ކަމަށާއި ހެކި ނެތީސް ދައުވާކުރީ ކީއްވެގެންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ. ނުބައި ނިޔަތުގައި މީހުންނަށް ދައުވާ ކުރުމަކީ ކުށެއް ކަން ނޭނގެނީތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

"ހެކި ނެތި ބައެއްގެ މައްޗަށް ދައުވާ ކޮށްގެން އޭތި ފޫނުބެދިގެން މިތަނަށް އައިސް އޭތި މީތި ކިޔަނީތޯއޭ؟" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އޭރު އެ މައްސަލާގައި ދައުވާކުރީ ލިބުނު ހެކިތަކަށް ރިއާޔަތްކޮށް ކަމަށެވެ. ރައްދުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީި އޭގެ ދެ ތިން އަހަރު ފަހުން ހެކިތައް ބަދަލުވި ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެއީ ދައުވާ ކުރުމުގެ އުސޫލުތަކާ މުޅިން ޚިލާފް ކަމެއް ކަމަށް ވިދާޅުވި އެވެ.

"ދައުވާ ކުރުމުގެ އުސޫލުތަކާއި އިންސާފާއި ހެކިތަކަށް ރިއާޔަތް ކޮށްގެން ދައުވާ ކުރަނީ 2016 ވިޔަސް، 2018 ވިޔަސް އަދި 2019 ވިޔަސް. ކިހިނެއް ވެގެންތޯ މި އުޅެނީ މި މައްސަލާގައި؟" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ހެކި ބަދަލުވީ ނޫން ކަމަށާއި ޕާޕާ އާއި ޒަމީރުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް އޮތްގޮތުން އެގޮތަށް ވަކާލާތު ކުރަނީ ކަމަށެވެ.

"ފިނިފެންމާ" ލޯންޗުކޮޅު ގޮއްވައިލި މައްސަލައިގައި ދައުވާ ނުކުރަން ދައުލަތުން ނިންމީތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ދައުވާ ނުކުރަން ނިންމާފައި ނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގެ ބައިތަކެއް ބާތިލްކޮށް، ފެބްރުއަރީ 5، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މައްސަލަތައް އަލުން ތަހުގީގު ކުރަން އަންގާފައިވާ ވިދާޅުވޭ ނޫންތޯ އަނެއްކާ ވެސް ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅޭ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް އަދީބާ އެކު ހަދާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީއާ ގުޅުން ނެތް މައްސަލަތައް ވެސް ހިމެނޭ ގޮތަށް އެއްބަސްވުން ހެދީ ކީއްވެގެންތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

"ކިހިނެއްތޯ ޕްލީ ބާގެއިން އެގްރިމެންޓެއްގައި ދުނިޔޭގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ހިިމަނަނީ؟. ޚިޔާނާތުގެ ދައުވާއެއް، ދެން މި އަންނަނީ މީހަކު މެރުމުގެ ނުވަތަ ޓެރަރިޒަމްގެ ދައުވާއެއް. އެ އެއްޗެހި ކޮމްބައިންޑް ކޮށްގެން ކިހިނެއްތޯ އަންނަނީ ޕްލީ ބާގެއިން އެގްރިމެންޓަކަށް،" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އިއުތިރާފުގެ އެއްބަސްވުން ހެދީ އެމްއެމްޕީއާރުސީގެ މައްސަލާގައި އެކަނި ކަމަށާއި ދެން ހުރި މައްސަލަތަކުގައި އަދީބާ އެކު ހަދާފައިވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ކަމަށެވެ. އަދި އެހެން މައްސަލަތަކުގައި ތަހުގީގުކޮށް، ދައުވާ ކުރުމަށް ހުރަހެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ފަނޑިޔާރު ދެން ސުވާލު ކުރެއްވީ ފިނިފެންމާ ލޯންޗުކޮޅުގެ މައްސަލާގައި ޕާޕާ އާއި ތިިހާމާއި ޒަމީރުގެ މައްޗަށް ދައުލަތުން ތުހުމަތުކުރީ އެކި އަމަލުތަކަކަށް ކަމަށް ވެފައި، ޕާޕާ އާއި ޒަމީރުގެ މައްސަލަ ހައި ކޯޓުން ނިންމި ގޮތަށް ތިހާމްގެ މައްސަލަ ނިންމަން ޖެހޭނެ ބުނާ ސަބަބެއް ސާފުކޮށްދިނުމަށެވެ.

"އެއް ވާގިއާތަކެއްގެ މައްޗަށް ބިނާވެފައި ނެތް މައްސަލައެއް އެއް ބާސްކެޓަކަށް ލާފައި އަޅުގަނޑުމެން ކައިރީގައި ތި ވިދާޅުވަނީ. މިއީ ޕްރޮފެޝަނަލީ ކިހިނެއްތޯ ޖަސްޓިފައި ކުރައްވާނީ؟. އަޅުގަނޑަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ ތި ވިދާޅުވާ އެއްޗެއް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ލޯންޗުކޮޅުން ހެކިތަކެއް ނަގައިގެން ގެންދިޔަ ކަމަށް ދައުލަތުން ކުރިން ބުނެފައި މިހާރު އެ އެއްޗެހި ކޮބައިތޯ އެ ތަކެތި ކޮބައިތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. އަދި މިހާރު ދައުލަތުން ވާހަކަ ދައްކަނީ މުޅިން ތަފާތުކޮށް ކަމަށާއި ދައުލަތުން ބޭނުންހާ ގޮތަކަށް އަމަލު ނުކުރެއްވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"ތި ކުރައްވާ ކަމަކީ ދައުވާ ދޫކޮށްލެއްވުން. ދައުވާ ދޫކުރެއްވޭނެ ހަމަތަކާއި އުސޫލުތަކެއް ގާނޫނުތަކުގައި އެބަހުރި. އެއީ ހުރިހާ ރައްޔިތުން ހަމަހަމަވާން ޖެހޭ ކަމެއް. މި މައްސަލާގައި ދޫކޮށްލާފައި އަނެއް މައްސަލާގައި ދޫނުކޮށް އެހެނެއް ނުހެއްދެވޭނެ،" ފަނޑިޔާރު ވިދާޅުވި އެވެ.

އަނެއްކާ ވެސް ދައުލަތުން ބުނީ ސްޓޭންޑް ބަދަލުވީ ނޫން ކަމަށާއި ހައި ކޯޓުން މައްސަލަ ނިންމި ގޮތަށް ރިއާޔަތްކޮށް އެ ވާހަކަ މިހާރު ދައްކަނީ ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި އޮތީ ޕާޕާގެ އަމުރަށް ޒަމީރު ކޮށްފައިވާ ކަންކަމަށް ދިފާއު ލިބޭނެ ކަމަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމުގެ ހައްގު ސިފައިންނާއި ފުލުހުންނަށް ލިބިގެންވާ ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ސުއޫދު ވަނީ އުސޫލާ ޚިލާފަށް ލޯންޗުން ހެކިތަކެއް ނަގަން ޕާޕާ އެންގި ކަން އެނގެން އެބައޮތްތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އުސޫލާ ޚިލާފަށް ހެކިތަކެއް ނެގި މައްސަލަ މިހާރު ކޮބައިތޯ އާއި ވަކި މީހެއްގެ މައްސަލަ ވަކި ގޮތަކަށް ނިމުމުން ދެން ހުރި މައްސަލަތައް އެހެން ނިންމަން ލާޒިމް ނުވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"އެއް ދުވަހު އައިސް ދައުވާ ކޮށްފައި. އަނެއް ދުވަހު އަނެއް ތަނަކަށް ގެންގޮސްފައި. މިހެން މިކަން ކުޅިވަރަކަށް ނުގެންދެވޭނެ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗަކުން ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

64 ކޮމެންޓް, 144 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 1%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެހޭވީހަޑީގެ މައްޗަށްހަޑި

15 October 2020

ދައުލަތުން އަ މަލު ކުރިގޮތް ގޯސް. ހައިކޯޓުން ނިން މި ނިން މުމމ މެއްގެ މައްޗަށް ރިއާޔަތްކޮށް ސުޕްރީ މް ކޯޓުގައި އެގޮތަށް އަ މަލު ކުރު މަށް އެދެވިގެން ނުވާނެ. ހެކި ހުރެގެން ދަށު ކޯޓުގައި ކުރި ދައުވާގެ ހުކު މް ހައިކޯޓުން ބާތިލުކުރު މުން ސުޕްރީ މް ކޯޓަށް ނުދިއު މުން ދައުލަތުގެ ބޮލުގައި ފަޔާޒު މެނަށް ފޭވަރ ކުރި ކަ މުގެ ތުހު މަތު އެބައޮތް. ސަބަބަކީ ކުރި ދައުވާ ފަހު މަރުހަލާ ހަ މައަށް ގެންދަން ޖެހޭނެ ހައިކޯޓުން ބާތިލު ކުރިއަސް.

The name is already taken The name is available. Register?

ޕަހެލޭ ކިތާބު

15 October 2020

ލަދުން ބޯ ހަލާކު އެވެ. ފަނޑިޔާރުން ޝަރީއަތުގެ މަޖްލީގުގައި ކޯފާވެ ބޭއަދަބީ ކޮށް ހަރިކަށިކޮށް ޚައްސުން ނަށް "ބަވާލުމަކީ" ހުތުރުކަން ބޮޑު ސުލޫކީ މައްސަލަ އެއްގެ ގޮތުގައި މީގެ ކުރިން ބެލެވެއެވެ.މި ކަމުން މި ފަނޑިޔާރު އިސްތިސްނާ ވާ ގޮތެއް ނުދެނަ ހުރީމެވެ.

The name is already taken The name is available. Register?

ކަލޯ

15 October 2020

ހައިރާންވެ އަންތަރީސްވެއްޖެ. ޢަދުލު އިންސާފުގެ މާނަ އޮޅިއްޖެ. މާތް ރަސްކަލާކޯ މިޤައުމު މިނުބައި މީހުންގެ ކިބައިން ސަލާމަތް އަވަހަށް ކުރައްވާށެ. އާމީން

The name is already taken The name is available. Register?

އަދާރަން

15 October 2020

ފަނޑިޔާރުން ކޮންމެހެން ޑްރާމާ ބޮޑު ކުރާނެކަމެއް ނެތް. އެންމެ ކުޑަ ކުއްޖަކަށްވެސް އެނގޭ އޭރު ޕީ.ޖީ އާ ކޯޓުތަކަށް ނުފޫޒު ފޯރާފައިވާ މިންވަރު. ޕީ.ޖީ ވަކީލުން ކުޅޭ ޑްރާމާ ކުޑަވީމަތަ ކަލޭމެން އަދި މާ ޑްރާމާ ތި ބޮޑުކުރަނީ.

The name is already taken The name is available. Register?

ވަހީދު ބެއްޔަ

15 October 2020

އަދުލު އިންސާފު ފުރި ބަންޑުންވެ އެކޮޅުކޮޅުން ޖަހައިފި. ދައުލަތް އެއްކޮށް ލޫޓުވާލި އަދީބު ގޭގައި ޔާމީނު ޖަލުގައި. ރިޔާސީ ލޯންޗު ގޮއްވާލި އެންމެން ގޭގައި އެކަމަކު އާދައިގެ ސިފައިންގެ މީހެއް ދޫކޮށްލަން ޖެހޭތީ ފަނޑިޔާރު ވަކީލުންނަށް ބެވުމުގައި. ސުލޫކެއް އަޚުލާގެއް ނެތް.

The name is already taken The name is available. Register?

ކަކުނިބޯ

15 October 2020

މިނިވަންވީމާ ދޯ ސުއޫދުއަށް އެހުރިހާއެއްޗެއް އެކިޔުނީ އެވެސް ސްޕްރޫމް ކޯޓުގަ

The name is already taken The name is available. Register?

ފެންސު3

15 October 2020

އެހެންތަ! މީ ކުޅިވަރެއްނޫންތަ؟ ދުނިޔޭގެ ޙަޔާތުން ކޯއްޗެއްތި ދަސްވީ؟ މިކަންތައްގަނޑަކީ ބަޔަކު އިންސާނީ ދިރިއުޅުމާ ކުޅޭ ކުޅިވަރެއް. އެ ކުޅިވަރުގެ ބައެއް ތިޔަ ކޯޓުތަކަކީވެސް. ކުޅިވަރު އިންތިޒާމްކުރިމީހުން ތިބޭނެ އެހެންމީހުން ކުޅޭގޮތްބަލާފަ ހޭން. ތާރީޚުގެތެރެއިން ހަނދާންވޭތަ ރޯމަނުންގެބޮޑުން ފޫހިފިލުވަން އާދައިގެ މީހުނާ ސިންގާއާތަޅުވާގޮތް. އެކަހަލަ ކަމެއްމީ.

The name is already taken The name is available. Register?

ކުރަފި

14 October 2020

އެއްހަބަރުގަ މިއޮތީ އެއްކަމެއްގަ އެކިމީހުނަށް އެކިގޮތްގޮތަށް ހުކުމްތަކެއްކޮށްގެންކަމަށްބުނެ މީހަކު ކުޑަ ހުކުމެއް ބާތިލުކޮށްދޭން އެދުނު ޝަރީއަތް ހޫނުވި ހަބަރު، އަނެއް ހަބަރުގަ މިއޮތީ ދައުލަތުން އިސްތިއުނާފުނުކޮށް އޮއްވާ މުއްދަތު ހަމަވެގެން ދައުލަތުން ގުރޫޕަކަށް 318 މިލިއަން ދޭންޖެހިގެން ހަމަ އެކޯޓުގަ ހިނގާ މައްސަލައެއްގެ ވާހަކަ، އޭގަ ރަތަކަށް ނޭރި، ހަމަ ކޫލް. ހެހެހެ.

The name is already taken The name is available. Register?

ފަމީހު

14 October 2020

ދީބާޖާގެ މައްސަލަ. 350 މިލިޔަނުން ގެއްލުންވި ބަޔަކު ކައިބޮއެ އުޅެނީ ކިހިނެއްބާ

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

14 October 2020

ކޮންމެ ދުވަހަކުހެން ސުޕުރީމް ކޯޓުގެ އަޑުއެހުންތައް އެބަ ބަލަން. ފަނޑިޔާރު ސުއޫދަކީ ރަނގަޅަށް ހޯމްވޯކް ހައްދަވައިގެން ވަރަށް އާރުލާ ސުވާލު ކުރައްވާ ބޭފުޅެއް. ޕުރޮސެކިއުޝަނާއި ވަރުގަދަ ސުވާލު ކުރައްވާ! މިއަދުގެ ސުވާލުތައް ވެސް ބަރާބަރު. ހައި ކޯޓުން 2 މީހެއްގެ މައްސަލަ ސާބިތު ނުވުމަކީ ސުޕުރީމް ކޯޓުން އެ މައްސަލަ ނުބަލަންޖެހޭ ހުއްޖަތެއްނޫން. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު މައްސަލަތައް ބަދަލު ކުރެވިގެން ނުވާނެ.

The name is already taken The name is available. Register?

ޙަލީމު

14 October 2020

އެއް މައްސަލައެއްގައި ހި މެނޭ އެން މެން ދޫކޮށް އެކަކު ނަގައިގަނެގެން ޖަލުގައި ގެންގުޅުނީ މަ އިންސާފު ވެރިތަ؟ ތައުލަތުން އެބުނަނީ އެވާހަކަ. ދައުލަތަކީ އާއް މު ރައްޔިތު މީހާ ވެސް ހި މާޔަތް ކުރަން އޮތް ތަން. ސޫދު މެންނަކީ އަ މިއްލަ ލޯ ފާ މު ހިންގި މީހުން ވީ މަ ހުންނާނެ ތި މާ ބޭނުންވާހާ ގޮތަށް މައް ސަލަ ނި މެންޖެހޭނެ ކަ މުގެ އިހްސާސް. ަަަަަަަަަ

The name is already taken The name is available. Register?

ނެގުނުކަތީބު

14 October 2020

ހުވަފެނެއްގާ ދުށީ މޭ! ސިޔާސީ ފަނޑިޔާރު މިހާ! ކުކުޅު ހާވާހެން ހާވާތީ ފަތްފުއްތައް! ކޮށިއަރާ ޒާތްޒާތުގެ ސުވާލުތައް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!