ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓްތައް: އެޗުޑީސީ ކަހަލަ ކުންފުނިތަކުން ބޮޑެތި ލޯނުތައް ނަގާފައިވޭ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
19 އޮކްޓޯބަރ 2020 - 16:07
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާތަނަށް ނަގާފައިވާ ދަރަނީގެ ނިސްބަތް 172 ބިލިއަން ރުފިޔާއަށް އަރާ ކަމަށް، ރައްޔިތުންގެ މަޖިލިހުން ތައްޔާރުކުރި ޑްރާފްޓް ރިޕޯޓަކުން މިއަދު ހާމަވެއްޖެ އެވެ.
ދައުލަތުގެ ދަރަނި 2013 އިން 2018 ގެ ނިޔަލަށް އޮތް ގޮތާއި ދަރަނި ދައްކަން ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމައި އަމަލްކުރާނެ ގޮތުގެ އިރުޝާދެއް ހޯދަން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުން، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި މައްސަލައާ ގުޅިގެން މުޅި މަޖިލިސް ހިމެނޭ ކޮމިޓީއަކުން ތައްޔާރުކުރި ރިޕޯޓާ ބެހޭ ގޮތުން މިއަދު ތަޅުމުގައި ވާހަކަ ވެސް ދެއްކި އެވެ.
އެކަމަކު އެމްޑީޕީގެ މެމްބަރެއް ކަމަށްވާ މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް ވަނީ އެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މަޖިލިހުން މަސައްކަތްކުރަނީ ސަރުކާރު ބަދުނާމް ކުރަން ކަމަށް ވިދާޅުވެފަ އެވެ. ޝަރީފްގެ ފާޑުކިއުން އެގޮތަށް އައުމުން އޭގެ ދިފާއުގައި ނަޝީދާއި އެމަނިކުފާނުގެ އަރިސް ބައެއް މެމްބަރުން، ޝަރީފަށް ރައްދު ވެސް ދެއްވި އެވެ.
ކޮމިޓީގެ ރިޕޯޓްގައި ދައުލަތުގެ މިހާރުގެ ދަރަނި ބަލާފައި ވަނީ ހަމައެކަނި 2013 އާއި 2018 އާ ދެމެދުގެ ހިސާބުތަކަށް ބިނާކޮށްފައެއް ނޫނެވެ. އޭގެ އިތުރުން 2013 ގެ ކުރިން ފެށިގެން މި އަހަރުގެ މިހާ ހިސާބަށް ދަރަނި އަރާފައިވާ މިންވަރު ވެސް ހިމަނާފައިވެ އެވެ. އެގޮތުން ދައުލަތް ޒިންމާވާ ގޮތަށް ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނެ އެވެ. އެ ހުރިހާ ލޯނެއް އެއްކޮށްލުމުން، މިވަގުތު ދިވެހި ދައުލަތް އޮތީ، 172 ބިލިއަން ރުފިޔާގެ ދަރަންޏެއްގައި ކަމަށް، ޑްރާފްޓް ރިޕޯޓުން އެނގެ އެވެ.
13 ބިލިއަން: ދޭދެ ގައުމުތަކުން ނަގާފައިވާ ދަރަނި
12.9 ބިލިއަން: ބައިނަލްއަގުވާމީ ޖަމިއްޔާ/ޖަމާއަތްތަކުން ނެގި ދަރަނި
41.1 ބިލިއަން: ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ދައުލަތުގެ ގެރެންޓީގައި ނެގި ދަރަނި
5.4 ބިލިއަން: ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ނުދައްކާ ހުރި ބިލްތައް
78 މިލިއަން: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވަޑްރާފްޓް
7.4 ބިލިއަން: އެމްއެމްއޭއިން ނެގި ލޯނާއި ގަނެފައިވާ ބޮންޑާއި ޓްރެޝަރީ ބިލް
91 ބިލިއަން: ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައި ހުރި ޓީ ބިލާއި ބޮންޑު
ރިޕޯޓުން އެނގޭ ގޮތުގައި މިހާތަނަށް ދައުލަތުގެ އެންމެ ބޮޑު ދަރަންޏަކީ، ސަރުކާރުގެ ހަރަދުތައް ބަލަހައްޓާށާއި އެހެން ކަންކަމަށް ގަނެފައިވާ ޓީ ބިލާއި ބޮންޑެވެ. އޭގެ ފަހަތުން ދެން އެންމެ ބޮޑު ދަރަންޏެއް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ 41 ބިލިއަން ރުފިޔާގެ ލޯނެވެ.
ދައުލަތުގެ ގެރެންޓީ ދީގެން ސަރުކާރު ކުންފުނިތަކުން އެންމެ ގިނަ އަދަދަކަށް ލޯނު ނަގާފައި ވަނީ، ކުރިން ވެސް އެނގޭ ފަދައިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ދައުލަތުގެ ގެރެންޓީގައި 1.8 ބިލިއަން ޑޮލަރު (27 ބިލިއަން ރުފިޔާ)ގެ ލޯނު ނެގި އެވެ.
އެކަމަކު 2013ގެ ކުރި އާއި މި އަހަރުގެ މިހާތަނަށް ބަލާ ނަމަ، އެ އަދަދު މިހާރު ވަނީ 2.6 ބިލިއަން ޑޮލަރު (40 ބިލިއަން ރުފިޔާ) އަށް އަރައިފަ އެވެ. އެހެންކަމުން 2013ގެ ކުރީގެ އަަހަރުތަކާއި ނޮވެމްބަރު 17، 2018 ގެ ފަހުން މިހާ ހިސާބަށް އެފަދަ ލޯންތަކުގެ ޖުމްލަ އުޅެނީ 841 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގަ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ ލޯނާއި ގެރެންޓީގެ މައުލޫމާތު ބަލަހައްޓައިފަ އެވެ. އެކަމަކު ދައުލަތުން ގެރެންޓީ ދީގެން ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުން ހިންގާ މަޝްރޫއުތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތުު، ކޮންމެ ހަތަރު މަހަކުން އެއް ފަހަރު ފިނޭންސް މިނިސްޓްރީއަށް ލިބެން ޖެހޭ އިރު، އެގޮތަށް ގަވާއިދުން އެ މައުލޫމާތު ލިބިފައިނުވާ ކަމަށް، ރިޕޯޓްގައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ލޯނުތައް ނަގާފައިވާނެ ކަމަށް ބެލެވެނީ އެޗުޑީސީންނެވެ. ހުޅުމާލޭ ދެވަނަ ފޭހުގައި ހިމެނޭ 7000 ފްލެޓް އިމާރާތްކުރީ ޗައިނާގެ ބޭންކަކުން ނެގި ބޮޑު ލޯނެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން މަނިި ކު
20 October 2020
2019..... 2020 އޮ ކްޓޫބާރ ހިލޭ އެހީގެގޮތުގައި ލިބުނު 27.05 ބިލިއަން ދިވެހިރުފިޔާ އައް ވީއެއް ނުވީއެއް ނޭންގޭ.... އަދި 4 ބިލިޔަން ރުފިޔާ ޗާޕު ކޮއްފި މި ރުފިޔާތައްވެސް ވީއެއް ނުވީ އެއް ނޭގޭ...... ތަފާރު އެނގޭ
211111
20 October 2020
މާލެ ކުލިތައް ........2022....2022 1 ރޫމް އެޕާޓްމަންޓް 5000ރ 2 ރޫމް އެޕާޓްމަންޓް 10000ރ 3 ރޫމް އެޕާޓްމަންޓް 12000 ރ 3+1 އެޕާޓްމަންޓް 15000ރ 4 ރޫމް އެޕާޓްމަންޓް 18000ރ. މިހާރު އިމާރާތް ކުރެވެމުން އަންނަ 11800 އެގާރަހާސް އެޕާޓްމަން ތައް ނިމޭނެ ކަމައް ލަފާ ކުރެވެނީ 2022 ޑިސެމްބަރ ... ކުލިތައް މިވަރައް ވެއްޓޭނެކަމައް ބެލެވެނީ
ކައިސާން
20 October 2020
ސަރުކާރޭ މިތަނުގައި މާނަކުރަނީ ރައްޔިތު އެންމެންގެ ކުންފުނިތަކަށް. ދައުލަތުގެ ކުންފުންޏަކީ މިރާއްޖޭގައިވާ ހުރިހާ ކުންފުންޏެއް.
ޒުވާނާ.
20 October 2020
ބަލަތިޔަ އިބުރާހިމު ބުނި ވެރި ކަމުގެ 5 އަހަރުތެރޭ ދަރަނި ހަލާސް ކޮއް އުތުރުގެ ހަބަ ކައް ކުޅުދުއްފުށި ހަދާނަމޭ އަދިޔާމިނު އެތާއޮތް މަދިރިކުޅިޔެއްގެ ތިރީސް ޕަސަންޓު އެއާޕޯޓެއް އަޅަން ހިއް ކާތީ ދެފަޔައް ހިނިއަރައިގެން ނުކުރަނީ ކޮންޖެއްސުމެއް މިއަދު އެރަށު ސޯސަންގޯޅިޔެ ކޭ ޖަންގައްޔެ ކޭ ތަފާތެއްނެތް މަގުގަހުސް ޗަ ކަ އެމަގުގެ ރައްހިތުން މިވީ ދޮޅުއަހަރު ދެއްކ ކިޓެ ކްސްފައިސާއިން ސަންގުމަރުމަރު ޖަހާހާ ރުފިޔާ ދައްކައިފި ކޮބާ ލާރި ކާކ ކުވައް ކަންކުރަނީ
ޙަބީބު
20 October 2020
ސަރު ކާރު މުވައްޒަފުންނައް ކުރާ ބޭ ކާރު ހަރަދު މިހާރުން މިހާރައް ހުއްޓާލާ ކާރުގެ ހަރަދު ލިވިންއެލަވަންސް ކޮއްތުފައިސާ ބޭރައް ކުރާ ހަރަދު ގުޅިމާލެ ބުރިޖު ކުރީގެ ރައިސް މެނައްދޭ އޮފިސްހިންގުމުގެ ހަރަދު ބޮޑީގާޑުންނާ ބޭރައްދިޔުމުގެ ހަރަދު މިހާރުން މިހާރައް ހުއްޓާލާ އެއައްފަހު އުތުރުގެ ސިޓީޔާ ދެކ ކުނުސިޓީގަ ހޮސްޕިޓަލާ ބުރިޖާއަޅާ ތައުލީމާ އުމްރާނީ ވަސީލަތް ފަތާޕޫލާ 25 ބުރީގެ ފުލެޓުތަ ކާ މަގުތަކ ކާ ތަރައްގީ ކުރައްވާ
ގަލަން
20 October 2020
މި 172 ބިލިއަން ރުފިޔާ ދައްކަން އަހަރުމެން ރާއްޖެތެރޭ މީހުނަށްވެސް ޖެހޭނެތާ! ރައްޔިތުން އެންމެންގެ ފައިސާވިއްޔާ. އެކަމަކު، ބޮޑުދަރަނި ނަގައިގެން ސަރުކާރުން އަހަރުމެނަށް ދިން ޚިދުމަތާމެދު ސުވާލު އެބައުފެދޭ. ގްރޭޓަރމާލެއަށް ހުރިހާ ކަމެއްކޮށް އެހެރަފެންނަނީ އެފައިސާ ހުސްކޮށްފަ. އަހަރުމެން އަދިވެސް ގުއިފެނުން ފެންވަރައިގެން ވަޅުކޮނެގެން ފެންބޮއެގެން މިތިބީ. މިވެސް ތިޔަކިޔާ ޢަދުލު އިންޞާފްގެ ވައްތަރެއް. ތިލަފަތަކަށް އަރުވާކިރާ ހަމަހަމަކޮށްދީބަލަ!
ދަރަނި
20 October 2020
މިސަރުކާރަކީ ތެދުވެރި އިހުލާސްތެރި ކަމެއް ނެތް ނެތް މަކަރުވެރި ސަރުކާރެއް ލިބުނު ހިލޭ އެހީގެ ފައިސާތަކާ ލޯނުގެ ފައިސާތަކަށް ހެދި ނުހެދިއެއް ނޭގޭ. ނޫސްވެރިންނަށްވެސް ނުފޫޒު ފޯރުވާ އަޅުވެތި ކޮށްފަ ހަގީގަތަށް ލިޔާކަށް ނުކެރޭނެ. އަބަދު ޔާމީން ޔާމީން
ދިވެއްސެއް
20 October 2020
ސަރުކާރުގެ އެއްވެސް ކުންފުންޏެއް ހުރޭބާ؟. ނުހުންނާނެ!. ރާއްޖޭގައި ޤާއިމްވެފައިވާ ހުރިހާކުންފުންޏަކީވެސް ދައުލަތް %100 ހިއްޞާވާ ނުަވަތަ ދައުލަތުގެ ބަޔެއް ޙިއްޞާވާ ކުންފުނި. ސަރުކާރަކީ ދައުލަތުގެ ނުވަތ ރައްޔިތުން ނުވަތަ ރައްޔިތުން ހިއްސާވާ ކުންފުނި ހިންގުމަށް 5 އަހަރުގެ މުއްދަތަކަށް އައްޔަން ކުރާ ސުޕަރ ސީއީއޯ އެއް!
ރައްޔިތުން ގެ ބަސް
20 October 2020
ތި ހުރިހާ ފައިސާ ތަށް ކަޅުޖީބު ތަ ކަށް އަޅައި ފުރާފައި ވީ،ރައްޔިތުން ނު ކުމެ އޮބި އަޅައިގެންވެސްް ހޯދާނެ ކަން ވިސްނައި ގެން ތިބޭތި،އަބަދަ ކު އެޅިހާބަތަ ކަށް ރިހަ އެއް ނުވާނެ ކަން ނިމިދިޔަ ބައެއް ސަރު ކާރު ތަ ކަށް ވީގޮތުން އެނގޭނެ،ހުރިހައި ރައްޔިތުން ނު ކުތީމަ ސިފައިންނާ ފުލުހުންނަށް ވެސް މަޖުބޫރު ވާނެ ރައްޔިތުންނަށް ތަބައު ވާން،
ސާފިރުގެ ބައްޕަ
20 October 2020
ދަރިފުޅާ ހަމައިގަތޯ؟