އިންޑިއާގެ ސީޕްލޭންގެ ހިދުމަތް ފެށުމަށް، މޯލްޑިވިއަންގެ ބޯޓެއްގައި މޯދީ މިއަދު ދަތުރުކުރައްވަނީ
މޯލްޑިވިއަންގެ އެހީތެރިކަމާ އެކު، އިންޑިއާގެ ފުރަތަމަ ސީޕްލޭންގެ ހިދުމަތް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެން، މިއަދު ފަށައިފި އެވެ.
އިންޑިއާގެ ސްޕައިސް ޖެޓުން ސީޕްލޭންގެ ހިދުމަތް ފެށީ ނަރްމަދާ ޑިސްޓްރިކްޓްގައި ހުންނަ ކެވާޑިއާ އާއި އަހުމަދުއާބާދުއާ ދެމެދުގަ އެވެ.
Historic moment for 🇲🇻 🇮🇳!
— India in Maldives (@HCIMaldives) October 31, 2020
PM @narendramodi boards a @MaldivianAero aircraft for the inaugural flight of the #seaplane services which will operate between Kevadia & Ahmedabad in Gujarat. @PMOIndia @MoCA_GoI @ushapadhee1996 @MoFAmv @IndianDiplomacy pic.twitter.com/cWU9nD72JE
އިންޑިއާގެ ތާރީހީ މިފަދަ ހިދުމަތެއް ފެށުމުގައި މޯލްޑިވިއަންގެ އެހީ ހޯދުން، އެ ކުންފުނިން ބަލައިގަތީ ފަހުރުވެރިކަމާ އެކުގަ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އިންޑިއާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސީޕްލޭން ޗާޓަރު ކުރެވިދާނެ ކަމަށެވެ. އެކަމަކު އެ ފުރުސަތު ރާއްޖެއަށް ދިނުމަކީ ދިވެހިންގެ މަސައްކަތް ބަލައިގަންނަކަން އެނގޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވި ގޮތުގައި ސީޕްލޭން ހިދުމަތް ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ބޯޓެއް ޗާޓަރު ކުރުމަކީ ދިވެހިންގެ ކުޅަދާނަކަމާއި ހުނަރު ބަލައިގަނެ، އިހްތިރާމްކުރާކަން ރަމްޒުކޮށްދޭ ކަމެކެވެ.
އޭނާ ވިދާޅުވީ ސީޕްލޭންގެ މި ދަތުރުގެ ސަބަބުން ކުންފުންޏަށާއި ރާއްޖެއަށް ވެސް ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށެވެ. އަދި ސްޕައިސް ޖެޓް ފަދަ އެއާލައިނެއްގެ އިތުބާރާއި ޔަގީންކަން ލިބުމަކީ، ވައިގެ ދަތުރުތައް އެހެން ހަރުފަތަކަށް ގެންދަން މަގުފަހިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
A new dream, with boundless possibilities for the nation’s future, has taken off! Here’s Hon’ble PM Shri @narendramodi taking to the skies aboard India’s first-ever seaplane service, from the banks of the Narmada at the Statue of Unity to the Sabarmati Riverfront in Ahmedabad. pic.twitter.com/MFVHANPs9l
— Spice Shuttle (@flySpiceShuttle) October 31, 2020
"މި ފުރުސަތުގެ ބޭނުން ހިފައި، ސީޕްލޭންގެ ހިދުމަތް ދިވެހިވަންތަ ގޮތަކަށް ރާއްޖޭގެ އަސްދަނޑިން ބޭރަށް ފުޅާކުރުމުގެ ވިސްނުން އެބަހުރި،" ގައުމީ އެއާލައިން ހިންގުމާ، 2018 ގައި ހަވާލުވެވަޑައިގެންނެވި ރިޒްވީ ވިދާޅުވި އެވެ.
އޭނާ ވަނީ ސީޕްލޭން ދުއްވާ ދިވެހި ޕައިލެޓުންނަށް ވެސް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ. އެގޮތުން ހުސް ފައިގައި އުދުހި، ދިވެހި ޕައިލެޓުން ހޯދާ ތަޖުރިބާއަކީ މިއަދު ގައުމުގެ ހައިބަތާއި ފަހުރު ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަން ލިމިޓެޑް އިންޓަނެޓް
01 November 2020
އެޅުވި ބޮޑު އަނދުނެއް
އާކުރު
01 November 2020
އޭނާ ވިދާޅުވީ ސީޕްލޭންގެ މި ދަތުރުގެ ސަބަބުން ކުންފުންޏަށާއި ރާއްޖެއަށް ވެސް ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށެވެ. އަދި ސްޕައިސް ޖެޓް ފަދަ އެއާލައިނެއްގެ އިތުބާރާއި ޔަގީންކަން ލިބުމަކީ، ވައިގެ ދަތުރުތައް އެހެން ހަރުފަތަކަށް ގެންދަން މަގުފަހިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. * * * ހަމައެކަނި އެއްމަސް ދުވަހުގެ ނަތީޖާއިން ރާއްޖެއަށް ލިބުނު އެއްޗެއް އަންގާލަދީބަލާ
ރަންބީރު ސިންގް
01 November 2020
މޯލްޑިވްސް އައުޓް! ހަމަ މިހާރު އައުޓް. ތިޔަ އުޅެނީ އިންޑިއާ ހިފަން. އާޕް ގަރް ޖާއިއޭ!
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
01 November 2020
ޒުވާން އެމްޑީ މޯލްޑިވިއަން ތިޔަ ދެއްކެވީ ސަރުކާރު ( އެސްއޯއީ ) ތަކަށް ހިތްގައިމު ނަމޫނާއެށް. މަރުހަބާ ރިޒްވީ މަރުހަބާ މޯލްޑިވިއަން ތިޔަ ލިޔުނީ ރާއްޖޭގެ މުޅިން އާ ތާރީޚްއެށް. އެލް ޓީޓީ ގެ ޗީފް ނެގޯޝިއޭޓަރ އެންޓަން ބާލަސިންގަމް ރާއްޖޭގެ ފެނަށް ޖައްސާބޯޓެއްގައި ލަންކާގެ ތަމަޅާ ކޮންޓރޯލް އޭރު އޮތް ސަރަހައްދަށް ދަތުރު ކުރިއެވެ.
ޖަމަލު
01 November 2020
މޯލްޑިވިއަން، މޯލްޑިވިއަންގެ ގޮތުގަ ތިމާރކެޓަށް ވަދެވޭނެ ގޮތެއް އެބޮއިބާ؟
ގައުމީ ލޯބި
01 November 2020
މީ ދެން ބޮޑުވެއްޖެ ކަމެއް ދޯ.. އިންޑިޔާ ބޭރު ނޫނީ ދެން ކަލޭމެނަށް މަގޭ އާއިލާގެ ވޯޓު ހަރާމް މުން ހަރާމް #އިންޑިޔާ އައުޓު
އެދުރުކަލޭފާނު
01 November 2020
ހިލޭ އިންޑިއާ މީހުން ޓްރޭނިންހަދާ އެމީހުން ތި ވިޔަފާރިއަށް ވަނުން
މޮޑި55
01 November 2020
ދެންއިވޭނީ ސްޕައިސް އިން މޯލްޑިވިއަން ގަތް ވާހަކަ. ހަތަރެސްކަން ހަމަވީ
ބަދީއު
01 November 2020
ރަގަޅު ބޯޓުގަޑު ސަލާމަތުން ލިބުނިއްޔާ. ތިޔަ ކޯރުތަކުގަ ހުންނާނީ ހުސް ކުނި. ކޯރުގަ ކުނި ހުރި ވަރެއް ފުން ތިލަމިނެއް ނުބަލާ ބޯޓު ގެންގޮސް ފެށީ. ލަސްތަކެއްނުވެ ކަދު ފުޑޭނެ ބަލަން ތިބޭ
ޖޯން
31 October 2020
މީގަ ސްޕައިސް ޖެޓް ޖެހުނީ ކީއްވެހޭ؟ ރެންޓްކުރިޔަސް ލީސްކުރިޔަސް ކޮންމެ ނަމެއްކިޔަސް މޯލްޑިވިއަން ޖަހާފަ ސްޕައިސް ޖެޓް ނުޖެހޭނެ. ކޮންމެސް އެއއްނަމެއް ކިޔޭނީ. އިންޑިޔާ އިން ތިހާ ހެޔޮ އެދޭ ނަމަ މޯލްޑިވިއަން އިން އޮޕަރޭޓްކޮށް ހިންގުމުގެ ފުރުސަތު ދިނީސް.