ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
21 ނޮވެމްބަރ 2020 - 17:36
އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި މަގާމުން ވަކިކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މަައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ދައުވާތައް ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އަލީ ވަހީދަށް ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އަދި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް ވަނީ ކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ އެކު، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެވެ. އެކަމަކު، އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ މިިދިޔަ ޖުލައި، 9 ގައި އޭނާ މަގާމުން ވަކިކުރެއްވީ އެވެ.
އޭނާ އޭރު ވިދާޅުވީ ވަޒީރުކަމުން އިސްތިއުފާ ނުދެއްވީ ވެސް އެ ތުހުމަތުތައް ގަބޫލުނުކުރައްވާތީ ކަމަށެވެ.
މި ތުހުމަތުތަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރުމުން އަލީ ވަހީދު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެކެވެ.
ނަމަވެސް އަލީ ވަހީދާ ގުޅޭ ގޮތުން ޝަކުވާކުރި މުވައްޒަފުން ވަނީ އެކި ދުވަސް މަތިން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަކުރި ކަމަށާއި އަލީ ވަހީދުގެ އުނދަގޫ ބޮޑުވެގެން މިނިސްޓްރީގެ ވަޒީފާ ބައެއް މީހުން ދޫކޮށްލަން ޖެހުނު ކަމަށް ވެސް ބުނެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
22 November 2020
ސިޔާސީ މަގާމުތަކުގައި ގިނައީ މިހާރު މިބާވަތުގެ " ފެޅެކާ ދަންނަބޭކަލުން". މިގައުމަށް މިއަދުގެ ބޭނުން ވަނީ ވަރަށް ކްލިއަރ ފޯކަސްޑް، ކޮރަޕްޝަން ފްރީ ޑެޑިކޭޓެޑް ލީޑަރުން. ޑރ. ބަނާނާ
ޑރ ބަނާނާ
22 November 2020
ޑޮކްޓާރ. ބަނާނާ ތިބުނި ވަރުގެ މީހަކަށް ދިވެހިން ތައްޔާރެއް ނޫން. ދިވެހިންނަށް އަދިވެސް ރަނގަޅުވާނީ ޑިކްޓޭޓަރެއް ނޫނީ ނަޝީދު ކަހަލަ މަރުމޯލެއް. ހިތުން މިއުޅެނީ ފަސްޓް ވޯލްޑް ކަންޓްރީގެ ވިސްނުން، އަސްލު އުޅުމާއި ވިސްނުމުގައި މިއުޅެނީ އިންޑިޔާގެ ބިހާރުގެ ވިލެޖް ސްޓައިލް.
ޖާބީރު
22 November 2020
ސަފާރީގެ ކޭސް ވަޤްތުން ވަޤްތައް ބަލަންވީ. އެއްގޮތަކަށްވެސް އަޅާނުލާ ދޫދެވިގެން ނުވާނެ...
އިސްމާލި
22 November 2020
ބައެއް އެހެން މިނިސްޓްރީތަކުންވެސް ވަޒީރަކަށް ހުންނަ ބޭފުޅާގެ އެކި ކަހަލަ އުނދަގޫ ބޮޑުވެގެން ވަޒީފާއިން ވަކިވެފައި އެބަހުރި.
ވަހީދުއްދީން
22 November 2020
މަތީފަޑީގައި އުޅޭ މީ ހުން ކުށެއް ކޮށްގެން ތަ ހުގީގު ނިމި ޝަރީއަތް ނިމޭއިރު ވެސް ހައްޔަރެއް ނުކުރޭ. އެކަމަކު އާދައިގެ މީ ހަކަށް ޝައްކުވާ ހިސާބުން ހައްޔަރުކޮށް ޖަލަށްލައި އެބަ ހަދާ. މިއީ އިންސާފެއްތޯ؟
އިބްރާހީމްސ
22 November 2020
ބަންދުކޮށްގެން ޝަރީއަތްކުރާނެ ވަކި ހާލަތްތަކާއި ކުށްތައް ގާނޫނުގައި ވަނީ ކަނޑައަޅާފަ،
ބަސް
22 November 2020
ޕޯޑިއަމްތަކަށްއަރައި އަޑުގަދަކޮށްގެން މަގާމު ލިބޭ މަގާމަށް ކުފުހަމަނުވާ މީހުންނަށް ވާނެގޮތް ތިޔަވަނީ.
ތުނޑު ހަސަން
22 November 2020
އަހަންނަށް ހީވާގޮތުން ރައީސް ސޯލިހާއި ނާއިބު ފައިސަލް އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު މިދާގޮތުންނަމަ ކުރިއަށްއޮތްތާގައި ކުރާނެ. މީހަކު މަގާމުން ދުއްވާލަންވީމަ ދެތިން އަންހެނަކު ދޮގު ހެކިދޭންވީ. ތަހުގީގުކުރުމެއްނެތި ވަގުތުން ވަޒީފާއިން ވަކިކުރަނީ. މިއާއި ޚިލާފު ބޮޑެތި އެތައް ވައްކަމެއް ފާޅުގައި ވިހި ތިރީސް އަހަރުވަންދެން މެދުނުކެނޑި ކުރަމުންދާ އެތައްބަޔަކު މިސަރުކާރާއި ކުރީ ސަރުކާރުގެ ވެސް މަތީ ފަޑީގައި އެބަތިބި.
ސޯފީ
21 November 2020
އަމިއްލައަށް ނެތި ދަނީ
ދިއްދޫމީހާ
21 November 2020
ރޯޔަލް ބޭފުޅެއް ވީމަތޯ އެހުންނެވީ ދޫކޮއްލާފަ؟؟
އީސަބޭ
21 November 2020
ދައުވާ ކުރިއަށް އެކަން ކުރަނިކޮށް ސީދަ ހިފިއަސް މީ ލަދެއް ހަޔާތެއް ހުރި ބައެއް ނޫނޭ މާދަން ފެންނާނެ ކޮންމެސް ޕޯޑިއަމްއަކުން ދެން އަނެއްބަޔަކު ތިބޭނެ އަތްޖަހަން. މީ ސިޔާސީ ގޮތުން ކުރިމަގު އުޖާލާ މީހުންނޯ
ގެދޮރު ނެތް މާލޭމީހާ
21 November 2020
އެނބުރި އައިސް އަނެއްކާވެސް ޖުމްހޫރީ ޕާޓީއަށް ވަންނާނީ. މަރުޙަބާ ކިޔާނެ
ކުޅަދުމަދު
22 November 2020
ބަލަ ގެދޮރުހުންނާނެ.. ދައްފުތަރުގަ ޖަހާގެން ރެފުޖީވެގެން ތިއުލެނީ މާލެވެގެން މިމީހުންނާހެދީ އަހހަރުންނަށް ހުރިހާ ތުރާލެއް.