ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ލަންކާގައި މީހެއްގެ ސާމްޕަލް ނަގަނީ
14 ޑިސެމްބަރ 2020 - 12:10
ކޮވިޑް-19 ޖެހިގެން މަރުވާ ސްރީ ލަންކާގެ މުސްލިމުން ވެސް އަންދާލާތީ އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން އެ ގައުމުން އެދެފި އެވެ.
ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދައެއް އެ ގައުމުގައި ނޯވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ، ބަލީގައި މަރުވާ އެންމެން ވެސް އަންދާލަނީ އެވެ. އެހެންވެ ލަންކާގެ މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ.
ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދޭން ތައްޔާރަށް އޮތް ކަމަށް ބުނެ ދިވެހި ސަރުކާރުން އެކަމުގައި އިސްނެގީ ކަމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މިއީ ލަންކާ އިން ހުށަހެޅި ކަމެކެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އެކަމާ ބެހޭ ގޮތުން ފަހުން ބަޔާނެއް ނެރޭނެ ކަމަށެވެ.
ލަންކާގެ ސަރުކާރާ ހަވާލާދީ ލަންކާގެ ޑެއިލީމިރާ ނޫހުން މިއަދު ބުނީ އެ ގައުމުގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ހުއްދަ، މިދިޔަ ހަފުތާގައި ދިވެހި ސަރުކާރުން ދީފައިވާ ކަމަށެވެ.
ލަންކާގެ ޕަބްލިކް ހެލްތު ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ހެމަންތާ ހެރަތު ވިދާޅުވި ކަމަށް ޑެއިލީ މިރާއިން ބުނީ، ލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖޭން އިސްނަގައި، އެކަމާ ގުޅޭ ހާއްސަ ގައިޑްލައިނެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.
"[ރާއްޖޭގެ] ފޮރިން މިނިސްޓްރީން ހެލްތު މިނިސްޓްރީގައި އެދިފައިވަަނީ އެކަމާ ގުޅޭ ގައިޑްލައިނެއް އެކުލަވާލައި އެކަން އިތުރަށް ބެލުމަށް. އޭރުން ލަންކާއަށް ވަކި ޖަވާބެއް ދެވޭނީ،" ޑރ. ހެރަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ދިވެހި ސަރުކާރުން ބޭނުންވީ، ވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމުން، މީހުން ވަޅުލުމުގެ މައްސަލަ ކުރިމަތި ނުވާނެތީ ކަމަށެވެ. އަދި ލަންކާގެ މީހުން ވަޅުލާނީ ވަކި ރަށެއްގައި ކަމަށް ވެސް ލަންކާގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ކުރެވިދާނެކަމެއް ކަން އަދި ބުނަން ނޭނގޭ ކަމަށާއި އެކަން ޔަގީންވާނީ، އެކަމާ ގުޅޭގޮތުން ރާއްޖޭން ތައްޔާރުކުރާ ގައިޑްލައިނަށް ބެލުމަށް ފަހުގައި ކަމަށެވެ.
ލަންކާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ އަދިވެސް އޮތީ ބޯޑަރު ބަންދުކޮށްފަ އެވެ. ނަމަވެސް އެ ގައުމުން އަންނަނީ ބޯޑަރު ހުޅުވައި ޓޫރިޒަމް އަލުން ފަށަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޖެ މީހާ
16 December 2020
ދިވެހިރާޖޭގަ ގެދޮރު ނެތް މީހުންނައް ލަންކާ އިން ގެ، ނޫނީ ގޯތި ހޯދަ ދީބަލަ. ނޫނީ ރަށްވެހި ކަން.
ކައްޕި
15 December 2020
ލަންކާގެ ޖަންގަލީ ސަރަޙައްދުގަ ހެސްކިޔާފަ ޖާގަ އެބައޮތް. އެތަނުގައި ގަބުރުސްތާނެއް ހަދައި ވަޅުލާންވީ.. ސިންގަޅައިންގެ ނުފޫޒު ގަދައީ
މިވަރެއްނެތް
15 December 2020
ލަންކާގެ އާވެރިކަމުގެ އިިންތިޚާބީ އެއްވައުދަކީ ދިވެހި މަސްކަނޑުތައް ލަންކާއަށް ހުޅުވާލުން. އެކަމުގައި މި ސަރުކާރު މި ބަނދެވެނީ. ރާއްޖޭގައި ލަންކާގެ މީހުން ރަސްކަންކުރަނީ. ޝިޕިން އެޖެންސީ ތަކޭ ކިޔާ ތަންތަން ހަދާއިގެން ތިބެ ކޮންމެ އަރަކު ބިލިޔަން ރުފިޔާއެބަ ލޫޓުވާ. ރިސޯޓެއް އެއިގެ މީހަކު އިސްކޮށްހުރެއްޖެ ނަމަ ދިވެހިންނަށް އެހާއިހާނެތި. ހުރިހާ އެއްޗަކުން ކަޓުނަގާ. އަމިއްލަ ގައުމުގައި ދިވެހިން މިއުޅެންޖެހޭނީ މަހައްތިޔާއިން ދަށުވެ. ވެރިންނަށް ސަލާން!
އަލިފުޅު3
15 December 2020
ވިޒިޓް މޯލްޑިވްސް - އަން އިންޓަރނޭޝަނަލް ސެމެޓްރީ!!
ރަންދެލި
15 December 2020
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބިން ބޮޑު ޤައުމު ބައިނަލްއަޤްވާމީ ޤަބުރުސްތާނަކަށް މިއޮށް ބަދަލު ވަނީ!
2111
15 December 2020
2000 ޑޮލަރު ޗާޖުކުރަން ޖެހޭނެ.....
ދާރަ
14 December 2020
ހަމަ އެކަނި މުސްލިމުންނެއް ނޫން. އެގައުމުގަ ބަލީގަ މަރުވާ ނަސާރާއިން ވަޅުލުމަށްވެސް ފުރުސަތު ދޭން ފެނޭ. އެއީ ފޮތުގެ އަހުލުވެރިން. ހެޔޮނުވާނުން މައްޔިތާ އަންދަން ދޫކޮށްލައިން.
ރާހިން9
14 December 2020
ޤައުމާ ރައްޔިތުންންގެ ސަލާމަތާއި ދިރިއުޅުމާޢި މެދު އިބުރާހިމުގެ ހުރި ވަރެއްވެސް އެނގިދާނެތާ މިފަހަރު..
Ali Gasim
14 December 2020
ލަންކާގައި އުޅޭމުސްލިމުންނަށް އެކަންކުރެވޭނެމަގު ސަރުކާރުން ފަހިކޮށްދިނީމާ ނިމުނީ މިހާރުވެސް ލަންކާގެ މުސްލިމުންވަޅުލަނީ ކޮވިޑްޖެހުނަސް ވަޅުލެވޭނެގޮތްހަދައިދޭންވީ ރާއްޖެއަށް ގެންނާކަށް ނުޖެހޭ
ދޮށީކޮއި ޢަލީގެ މުޙައްމަދު
15 December 2020
މިއުޅެނީ މާލޭ މީހުން ވާލުލާނެ ތަންކޮޅެއްވެސް ނެތިގެން ސަހާރާތައް ފުރޭތީ ލަންކާ އާބާދީ ބޮޑު ތަނެއްގެ ބަޔަކު ވަޅުލަބް ގެންނަން ފަށައިފިއްޔާ މުޅީ ރާއްޖެ ޤަބުރސްތާންނަކަށް ވާނެ ދެން ދިވެހިން ދެން ދާނީ ލަންކާ އަށްތޯ
ވަތަނަބަސަ
14 December 2020
ދިވެހިން މާ ވެފަ ގޮސް އުޅޭ ލަންކާ ބޮޑުންގެ ހާލަތު މި ހިރީ ފެންނަން. އެމީހުން ގެ ހިތުގަ މުސްލިމުންނަށް އޮތް ނަފްރަތު މިހިރަފެންނަނީ އިރު ފަދައިން.