ޚަބަރު / ވަޒީފާ

ކޯސްތަކަށް ދޫކުރާ މުވައްޒަފުން ފާސް ނުވާ ނަމަ، ވަޒީފާއިން ވަކިކޮށް ޚަރަދު އަނބުރާ ހޯދަނީ

ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން: ވަޒީފާގެ ވާޖިބާ ގުޅުންހުރި ކޯސް ފުރިހަމަ ނުކުރާ ސިވިލް ސާވަންޓުން ވަކިކުރާ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު

ވަޒީފާގެ ވާޖިބުތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކޯހެއް ނުވަތަ ތަމްރީނެއް ފުރިހަމަ ނުކޮށްފި ނަމަ ނުވަތަ ފާސް ނުވެއްޖެ ނަމަ އެ މީހަކު ވަޒީފާއިން ވަކިކޮށް އަދި ކޯހުގެ ޚަރަދު އެ މީހަކު އަތުން އަނބުރާ ހޯދާ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖައްސައިފި އެވެ.

ސީއެސްސީން އިއްޔެ ނެރުނު ސާކިއުލާއެއްގައިވަނީ ވަޒީފާގެ ވާޖިބުތައް އަދާކުރަން ފުރިހަމަ ކުރަންޖެހޭ ތަމްރީނު ނުވަތަ ކޯހެއް ފުރިހަމަ ނުކޮށްފި ނަމަ ނުވަތަ ފާސް ނުވެއްޖެ ނަމަ ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ މީހަކު ވަޒީފާއިން ވަކި ކުރުމުގެ އިތުރުން އެ ކޯހަކަށް ކުރި ޚަރަދު އެ މީހެއްގެ އަތުން އަނބުރާ ހޯދަން ޖެހޭނެ ކަމަށެވެ.

އެކަމަކު ވަޒީފާގެ ވާޖިބާ ގުޅުމެއް ނެތް ކޯހެއް ނުވަތަ ތަމްރީނެއް ފުރިހަމަ ނުކުރިޔަސް، އެ މީހަކު ކުރިން ހުރި މަގާމެއްގައި ބަހައްޓަން ވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ. އަދި މަތީ މަގާމެއް ރިޒާވް ކޮށްގެން ތަމްރީނުތަކާއި ކޯސްތަކަށް ދޫކުރާ މުވައްޒަފުން އެ ޕްރޮގްރާމަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަ ނުކުރާ ހާލަތުގައި ކުރިން ހުރި ވަޒީފާ ނުވަތަ އެ ފެންވަރުގެ އެހެން ވަޒީފާއެއް ދޭން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ވަޒީފާއިން ވަކި ނުކުރާ ހާލަތުގައި، ކޯހަކަށް ކުރި ޚަރަދު އަނބުރާ ހޯދުމުގެ ބަދަލުގައި ސިވިލް ސާވިސްއަށް ވަކި މުއްދަތަކަށް އެ މުވައްޒަފަކު ޚިދުމަތް ކުރަންޖެހޭ ގޮތަށް އެއްބަސްވުމެއް ހަދަން ޖެހޭނެ އެވެ. އެކަމަކު ކޯހުގެ ޚަރަދުގެ އިތުރަށް އިތުރު ފައިސާއެއް ޚަރަދު ކުރި ނަމަ އެއް ފަހަރާ ނުވަތަ މަހުން މަހަށް ދައްކާ ގޮތަށް އެ ފައިސާ ހޯދަން މުވައްޒަފާ އެކު އެއްބަސްވުމެއް ހަދަން ވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

9 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމަނަ

09 January 2021

އާސަންދާޢިން ބޭސް ކުރުމަށް ފަހުވެސް ބަލިން ރަންގަޅު ނުވާނަމަ އެހަރަދުކުރި ފައިސާ ވެސް އަނބުރާ ދޭންޖެހޭނެ ތާ ....

The name is already taken The name is available. Register?

ޝިރުޓޭ

09 January 2021

ސިވިލް ސާވަންޓޫން ނަކީ އަޅުން.. ޓައި އަޅޫވާފަ ތަނުގައި ތިބި މުސްކުޅީން އަންހެން ވެރިން ނައް ހެދިކާ ގަންނަން ފޮނުވަނި. ދެން ކަޑާލާނީ. ލިބި ފަ އޮތް މާ ގަދަ ބާރަކުން...

The name is already taken The name is available. Register?

ޙަމީދުބޭ

08 January 2021

ސިވިލް ސާވިސް މުވައްޒަފުންނާ ހިތާވެފަ ކަންނޭންގެ އެމްޑީޕީ ސަރުކާރުގެ ވެރިން މިތިބެނީ

The name is already taken The name is available. Register?

ޚކަޖކލި888

08 January 2021

ހަމަ ތިހެން މަޖިލީސް މެމްބަރުންނަށް ވާން ތައުލީމީ ޝަރުތު މާސްޓާސް އައް ހަދަން ޖެހޭ އެބަ. ވަކަރުގޭ ކުދިން ތާއީދު ކުރާ ޕާޓީއިން ލިޔަސް ވޯޓު ދޭ އުސޫލު ދޫކޮށްލަން އެބަޖެހެ ދިވެހިން

The name is already taken The name is available. Register?

އަޗާ ބެ

08 January 2021

ރަނގަޅު. އެކަމު ސިވިލް ސާވަންަޓުންގެ ހައްގުތައް މަތިންވެސް ހަނދާން ނައްތާނުލާ. ބޯނަސް ނުދޭތާ 7 އަހަރު. މިއީ އެންމެ ކަމެއް

The name is already taken The name is available. Register?

ޑރ ފެއިލް

08 January 2021

ރަނގަޅު ނިންމެވުމެެއް..

The name is already taken The name is available. Register?

ރީތި މޫސަ

08 January 2021

ތިހެން ބުނިމިހާ ފުރަމަފަހަރުން ފާސްވިބާ؟

The name is already taken The name is available. Register?

ޖުލައި2020

08 January 2021

މީހަކު ތަމްރީނު ކުރަން ކުރާ ޚަރަދަކީ އަނބުރާ ހޯދާ އެއްޗަކަށް ހަދައިގެން ނުވާނެ. ދައުލަތުގެ ޚަރަދުކޮށްގެން އެންމެންވެސް ތަމްރީނުކުރެވޭތޯބަލަންވީ. އެއީއެންމެންގެ ފައިސާ. އެއީ ހަމަ ގައުމު ބިނާކުރަން ކުރެވޭ ޚަރަދު ، އަދި މީހަކު އިންތިހާނަކުން ފޭލިވުމަކީ ވެދާނެ ކަމެއް.

The name is already taken The name is available. Register?

ކޮރަޕްޓެޑްބަގުވާސީސް

09 January 2021

ބޭނުމަކީ އަދިވެސް އާދައިގެ މީހާ އަތުން ލާރި ނެގުން. ބޮޑެތި ވިޔަފާރިވެރިން ދައުލަތަށްދައްކަންޖެހޭ ފައިސާ ނަގާކަށް ނުކުރޭ. 2 ހަފްތާ ކޯހެއްގައި ފޮނުވާފަ. 1 އަހަރާ 6 މަސްދުވަހުގެ ބޮންޑުގައި ބައްދަނީ ކޮން އުސޫލަކުންތޯ؟ ސިވިލް ސަރވިސް ކޮމިޝަނަށް އޯކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!