ޚަބަރު / ކޮވިޑް-19

ކޮވިޑް ކޭސްތައް މި މަހު އިތުރުވާނެ ކަމަށް ބެލެވޭ: ޑރ. ޝީނާ

ކޭސްތައް އިތުރުވާނެ ކަމަށް ލަފާކުރެވެނީ ދަތުރުކުރުމާއި އެއްވުންތައް ބޭއްވުމުގެ ލުއިތަކާ އެކު އާ އަހަރު ފެށި އިރު ގިނަ ހަރަކާތްތަކެއް ހިނގާފައި ވާތީ. ޑރ. ޝީނާ ވިދާޅުވީ އެއީ ރިސްކު ބޮޑު ކަންތައްތަކެއް ކަމަށް. ކޭސްތައް އިތުރުވާން ފަށައިފި ނަމަ އަނެއްކާވެސް ބޮޑެތި ހިފެހެއްޓުންތައް ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވާ.

ސެޕްޓެމްބަރުގެ ޕްރެސް ކޮންފަރެންސެއްގައި ޑރ. ޝީނާ ވާހަކަދައްކަވަނީ: އިގްތިސޯދާއި އިޖުތިމާއީ ދިރިއުޅުން ކުރިއަށް ގެންދެވޭ ވަރަށް ކޮވިޑް ކޮންޓްރޯލްކޮށްފައި ބާއްވަން އެންމެން ވެސް ފިޔަވަޅުތަކަށް އަމަލުކުރަން އިލްތިމާސްކުރައްވާ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު ކުޑަކޮށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އާއްމު ސިއްހަތުގެ ތަޖުރިބާކާރު ޑރ. ޝީނާ މޫސާ އާދީއްތަދުވަހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ހާލަތު ބެލުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ އެކު މަސައްކަތްކުރަވަމުން ގެންދަވާ ޑރ. ޝީނާ "މިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ހާލަތު ރަނގަޅު ހިސާބެއްގައި ހުރެފައި ޖެނުއަރީގައި ކޭސްތައް އިތުރުވާނެ ކަމަށް ބެލެވެނީ ދީފައިވާ ލުއިތަކާ އެކު، ބައިވަރު ހަރަކާތްތައް އާ އަހަރު ފެށުނު އިރު ހިނގާފައި ހުރީމާ ކަމަށެވެ.

ކޭސްތައް މަދުވުމާ ގުޅިގެން ދިން ލުއިތަކުގެ ތެރޭގައި, ނެގެޓިވް ނަތީޖާއަކާ އެކު ރާއްޖެ އިން ބޭރުން މާލެ ސަރަހައްދަށް އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަމަޖެއްސުމާއި ގިނަވެގެން އެއްވެވޭނެ މީހުންގެ ލިމިޓް ދޫކޮށްލައި ހަފްލާތައް ބާއްވަން ހުޅުވާލުމާއި ދިވެހިން ރިސޯޓުތަކަށް ދާން ހުއްދަދިނުން ހިމެނެ އެވެ. ޑރ. ޝީނާ ވިދާޅުވީ އެޗްޕީއޭ އިން ދީފައި ވަނީ ހާލަތު ރަނގަޅުވެފައި އޮތް މިންވަރަށް ބަލާ އިރު ދެވިދާނެ ލުއިތަކެއް ކަމަށެވެ. އެކަމަކު އެ ކަންކަމާ އެކު، މީހުން ހަރަކާތްތެރިވުމާއި އެއްތަންވުން އިތުރުވި އިރު ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރުން ދަށަށް ގޮސްފައި ހުރުން ވެސް އެކަށީގެންވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އެސްޓިމޭޓްސް ޖެނުއަރީ އަށް ހުރީ ކުޑަކޮށް ކޭސްތައް މައްޗަށް ދާނެއޭ, ޚާއްސަކޮށް މާލެ ސަރަހައްދުގައި،" ޑރ. ޝީނާ ވިދާޅުވި އެވެ.

"އެހެންވީމަ ވަރަށް ކައިރިން ބަލަން ޖެހޭ [ބަލި ފެތުރޭ މިންވަރު ދަށް] ހާލަތުގައި މާލެ އޮވޭތޯ ނޫންތޯ. އެއީ އަންލައިކްލީ ކަމެއް, މި ކަންކަން މި ގޮތަށް ހުރީމަ. މިއީ މުޅިން ވެސް ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަންތައްތައް. އެހެންވެގެން އެޗްޕީއޭ އިން ވަރަށް ގާތުން މިހާރު މޮނިޓަކުރަމުން އެ ގެންދަނީ, ކިހިނެއްތޯ [ބަލި ފެތުރޭ މިންވަރު] އުޅެނީ, މާލެ ސަރަހައްދުގައި."

ޑރ. ޝީނާ ވިދާޅުވި ގޮތުގައި އާއްމުންގެ ހަރަކާތްތަކުގެ އިތުރުން ކްރިސްމަސް އާއި އާ އަހަރު ފެށުމުގެ ޗުއްޓީގައި ރިސޯޓުތަކަށް ބައިވަރު ޓޫރިސްޓުން ގޮސްފައިވާ އިރު ބައެއް ތަންތަނުގައި އުސޫލުތަކާ ޚިލާފުވެފައި ހުރެދާނެ ކަމަށް ވެސް ބަލަން ޖެހެ އެވެ. ރިސޯޓުތަކުން ފެންނަ ޕޮޒިޓިވް ކޭސްތައް ވަނީ އިތުރުވެފަ އެވެ. ކުރިއަށް ހުރި ހަފްތާތަކުގައި ވެސް އިތުރު ކޭސްތައް ފެންނަމުންދާނެ ކަމަށް ޑރ. ޝީނާ ލަފާކުރައްވަ އެވެ.

"ސުވާލަކީ ރިސޯޓުތަކުގެ ކޭސްތަކާ ގުޅިގެން މާލެ ސަރަހައްދުގައި ނުވަތަ އެހެން ރަށްރަށުގައި ކޭސްތައް އިތުރުވެދާނެ ހެއްޔޭ ނުވަތަ ނޫން ހެއްޔޭ," އޭނާ ވިދާޅުވި އެވެ.

އާ އަހަރުގެ ހަރަކާތްތަކާ ގުޅިގެން ކޭސްތައް އިތުރުވާ ވަރެއް ބޮޑަށް އެނގޭނީ, ޑރ. ޝީނާ ފާހަގަކުރެއްވި ގޮތުގައި, މި މަހުގެ ތިންވަނަ ހަފްތާ ފެށުނީމަ އެވެ.

"ކޭސްތައް އިތުރުވާން ފަށައިފިއްޔާ އަނެއްކާވެސް ބޮޑެތި ހިފެހެއްޓުންތައް ގެންނަން ޖެހޭނެ."

ބޭރުން އަންނަ މީހުންގެ ސަބަބުން އިތުރުވާނެ

ޑރ. ޝީނާ ވިދާޅުވި ގޮތުގައި, ދިވެހިންނާއި ޓޫރިސްޓުން ވެސް ހިމެނޭ ގޮތަށް, ބޭރުން ރާއްޖެ އަންނަ މީހުންނާ ގުޅޭ އަންދާޒާތަކެއް ހެދި އިރު އިތުރުވުމެއް އަންނާނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު އޭނާ ވިދާޅުވީ އެއީ ބާރަށް ބަލި ފެތުރެމުންދިޔަ އިރު ދެއްކި ފަދަ, ސިއްހީ ނިޒާމަށް ނުތަކާ ވަރުގެ އިތުރުވުމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ކުރަން ޖެހޭ އަނެއް ސުވާލަކީ, ޑރ. ޝީނާ ވިދާޅުވި ގޮތުގައި, އެ އިތުރުވުމުގެ ސަބަބުން ރާއްޖެއަކީ ރައްކާތެރި ނޫން ތަނެއް ކަމަށް އެހެން ގައުމުތަކުން ބަލައިފާނެތޯ އެވެ.

"ގައުމެއްގެ ގޮތުގައި އެއީ ކަންބޮޑުވުމެއް. އެހެންވީމާ އަދިވެސް ބިޒްނަސްތަކުން ވެސް ވަކިވަކި މީހުން ވެސް ފިޔަވަޅުތަކަށް އަމަލުކޮށްގެން ރައްކާތެރި ގައުމެއްގެ ދަރަޖައިގައި ރާއްޖެ ބާއްވަންވީ. އޭގެ މާނައަކީ ކޭސްތައް ސްޓޭބަލް ލެވެލްއެއްގައި ކޮންޓްރޯލްކޮށްފައި ބޭއްވޭ ވަރު ވުން, އެންމެ ކުޑަމިނުން ވެކްސިން ލިބެންދެން," ޑރ. ޝީނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ވެސް މި ކުރަނީ ބަލި ކޮންޓްރޯލްކޮށްފައި ބާއްވައިގެން އިގްތިސޯދު ވެސް ހިންގާ, އިޖުތިމާއީ ދިރިއުޅުން ވެސް ކުރިއަށް ގެންދަން. އެހެންވީމާ އެ ހުރިހާ ކަމެއް ކުރެވޭނީ ބަލި ފެތުރުން ދަށް ލެވެލްއެއްގައި ބަހައްޓައިގެން."

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގައި މަޑުކޮށްލައިގެން. ފޮޓޯ: ނިޝާން އަލީ/މިހާރު

ބޭރުން އަންނަ މީހުން ކަރަންޓީނު ވާން ނުޖެހުން: ރިސްކެއް

ނެގެޓިވް ޓެސްޓަކާ އެކު ރާއްޖެ އިން ބޭރުން މާލެ ސަރަހައްދަށް އަންނަ ގިނަ މީހުން ކަރަންޓީނު ވާކަށް މިހާރު ނުޖެހެ އެވެ. މާ ބާރަށް ފެތުރޭ އާ ވޭރިއެންޓެއް އިނގިރޭސިވިލާތުން ފެނުމާ ގުޅިގެން އެ ގައުމުން އަންނަ މީހުން ކަރަންޓީނު ވާން ޖެހޭ ގޮތަށް ފަހުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު ޑރ. ޝީނާ ވިދާޅުވީ ކަރަންޓީނުގެ މަޖުބޫރުކަން ހަމައެކަނި އިނގިރޭސިވިލާތަށް އޮވެގެން މަގްސަދު މާ ބޮޑަށް ހާސިލް ނުވާނެ ކަމަށެވެ. އެއް ސަބަބަކީ އިނގިރޭސިވިލާތުން ދަތުރުކޮށްފައި މާލެ ސަރަހައްދުގެ ގޭގޭގައި އުޅެން އަންނަ މީހުން މަދު ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ނޮވެމްބަރާއި ޑިސެމްބަރުގައި ޔޫކޭ އިން އައިސްފައި ވަނީ މަހަކު އެފަދަ 10-12 ވަރަކަށް މީހުންނެވެ. އަނެއް ސަބަބަކީ ޑިސެމްބަރުގެ ނިޔަލަށް އިތުރު 31 ގައުމަކުން ޔޫކޭ ވޭރިއަންޓް ފެނިފައި ވުމެވެ.

"އެހެންވީމާ ޔޫކޭ އިން އަންނަ މީހުން އެކަނި ކަރަންޓީނު ވިޔަސް މާ ބޮޑު އިމްޕެކްޓެއް ނާންނާނެ. އެހެން ގައުމުތަކުން ވެސް, ވޭރިއެންޓް ނޫޅުނަސް, ވަރަށް ބާރަށް ބަލި ފެތުރޭ ގައުމުތަކުން ރާއްޖެ އަންނަ މީހުންނަށް މިހާރު ކަރަންޓީނު ނުވެ އުޅެވޭ ގޮތަށް އޮތީމަ އެއީ ރިސްކެއް," ޑރ. ޝީނާ ވިދާޅުވި އެވެ.

"އެކަމަކު އެ ރިސްކު ވެސް ކުޑަކުރެވޭނެ، އެންމެން ވެސް ރައްކާތެރިވުމުގެ އަސާސީ ކަންކަމަށް އަމަލުކުރަންޏާ."

އޭނާ ވިދާޅުވީ "ޓެކްނިކަލީ އެންމެ ރަނގަޅު ގޮތަކީ" ކޭސްތައް އިތުރުވަމުންދާ ހައި ރިސްކު ހުރިހާ ގައުމަކުން ދާ މީހުން ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތުން ކަމަށެވެ. އެކަމަކު ކަރަންޓީނު މަޖުބޫރު ނޫން މީހުންނަށް ވެސް އެޗްޕީގެ ލަފަޔަކީ 10 ދުވަސް ވަންދެން ގޭގައި އެކަހެރިވެގެން ތިބުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ މަޖުބޫރު ކަމަކުން ރެކޮމެންޑޭޝަން އަކަށް އެ ވީ. އަޅުގަނޑަށް ފެންނަނީ އެޗްޕީއޭގެ ގައިޑެންސް ބަދަލުވީ ގަދަކަމުން ކުރުވުމުގެ ބަދަލުގައި އަމިއްލަ ޒިންމާއެއް އޮންނަ ގޮތަށޭ," ޑރ. ޝީނާ ވިދާޅުވި އެވެ.

ސްކޫލުގެ ރައްކާތެރިކަމާ މެދު އުއްމީދު ބޮޑު

މާލެ ސަރަހައްދުގައި ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންނަށް ސްކޫލު ހުޅުވާލުމާ މެދު ބައެއް މައިންބަފައިން ކަންބޮޑުވެ އެވެ. ޑރ. ޝީނާ ވިދާޅުވީ ބައިވަރު މަޝްވަރާތަކަށް ފަހު އެޗްޕީއޭ އިން ސްކޫލްތަކުގެ ރައްކާތެރިކަމަށް ވަރަށް ތަފްސީލް އުސޫލެއް ހަދާފައިވާ އިރު ރައްކާތެރިކަން ލިބުން މުޅިން ވެސް ބިނާވަނީ ހުރިހާ ފަރާތަކުން އެ ކަންކަމަށް އަމަލުކުރުމުގެ މައްޗަށް ކަމަށެވެ. އެއީ ސްކޫލާއި ޓީޗަރުންނާއި ބެލެނިވެރިންނާއި ދަރިވަރުންނެވެ. މިހާތަނަށް ސްކޫލްތަކުން ކަންކަން ކުރަމުން އައީ ރަނގަޅަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އުއްމީދަކީ ދެން ވެސް ރަނގަޅަށް ކުރެވޭނެއޭ. މެނޭޖުކޮށް, ކޭސްއެއް އުޅުނަސް ކުރީކޮޅު ދެނެގަނެވޭނެއޭ," ޑރ. ޝީނާ ވިދާޅުވި އެވެ.

"ފުދޭ ވަރަކަށް ބަލައިގެން މިކަން މި ކުރަނީ. ދަރިވަރުންގެ އިޖުތާއީ އަދި ތައުލީމީ ކުރިއެރުމަށް ވަރަށް ބޮޑު މަޑުޖެހުމެއް އައިސްފައި އޮތީ. އެ ކަންކަން ވެސް ކުރިއަށް ދާން އެބަ ޖެހޭ. އެހެންވީމާ ބަލައިގެން, ބަލި ކޮންޓެއިންކޮށްގެން ކުރިއަށް ދެވޭނެ ގޮތަށް ވިސްނައިގެން މިކަން ކުރަން ހިނގާށޭ."

ސްކޫލް ހުޅުވުމާ ގުޅިގެން ކޭސްތައް އިތުރުވޭތޯ ފެބްރުއަރީ ދެވަނަ ހަފްތާގައި އެނގޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެންމެން ވެގެން އަދި ކުޑަ ހިތްވަރެއްކޮށްލައިގެން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. އަދި އިތުރަށް ކުޑަވަރެއްގެ ކެތްތެރިކަމެއް ބޭނުންވަނީ. މި ކަންތައް ނިމުމަކާ ގާތްވެއްޖެ."

އަމަލުކުރުން "އެހާ ރަނގަޅެއް ނޫން"

ފެންނަ މަންޒަރުތަކަށާއި ފުލުހުން ފޯރުކޮށްދޭ މާސްކު ނޭޅުމުގެ ތަފާސްހިސާބަށް ބިނާކުރައްވައި ޑރ. ޝީނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުން އަމަލުކުރާ މިންވަރު "އެހާ ރަނގަޅެއް ނޫން" ނަމަވެސް "އޯކޭ" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 70 ޕަސެންޓާ ގާތްކުރާ މިންވަރަކަށް ފިޔަވަޅުތަކަށް އަމަލުކުރިޔަސް ބަލި ބާރަށް ފެތުރުނަ ނުދީ ހިފެހެއްޓިދާނެ އެވެ.

"އެކަމަކު މައްސަލައަކީ ގިނަ ދުވަސް ވާ ވަރަކަށް މީހުން ރިލެކްސް ވާތީވެ," ޑރ. ޝީނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރު އިރު ވެސް ބައެއް އާއްމުންނާއި ޓޫރިސްޓުން މާސްކު ނާޅާ އުޅެ އެވެ. ޑރ. ޝީނާގެ ނަސޭހަތަކީ މަގުމަތިން އެފަދަ މީހަކު ފެނިއްޖެއްޔާ މާސްކު އަޅަން ހަނދާންކޮށްދިނުމެވެ.

"އަޅުގަނޑު ވެސް މިހެން ދަމުން ބުނެލަން މާސްކު ތި އޮތީ ގޯސްކޮށް ދަތްދޮޅީގައި އެޅިފައޭ. ކޮންމެ މީހަކު ވެސް ބުނެލުން ރަނގަޅު," އޭނާ ވިދާޅުވި އެވެ.

"ބޭރު މީހުން ވެސް ނާޅާ އުޅެންޏާ ހަމަ ބުނެލަންވާނެ. އެންމެން ވެސް އެކަމަށް ސަމާލުކަން ދީފިއްޔާ ރަނގަޅުވާނެ. މިއީ ފަރުދީ ޒިންމާއަކަށް ވުރެ ބޮޑަށް އިޖުތިމާއީ ޒިންމާއެކޭ އަޅުގަނޑު ބުނާނީ."

ކޮވިޑް އައީއްސުރެ މިހާތަނަށް ވެސް, ރައްކާތެރިވާން ކުރަން ޖެހެނީ އެއް ކަންތައްތަކެއްކަން ޑރ. ޝީނާ ފާހަގަކުރެއްވި އެވެ. އެއީ ގިނަގިނައިން އަތް ދޮވުމާއި ގައި ދުރުކުރުމާއި ކެއްސާ ކިނބިހި އަޅާ އިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި މާސްކު އެޅުމެވެ. ޑރ. ޝީނާގެ އެންމެ ބޮޑު އިލްތިމާސަކީ ވެކްސިން ޖެހެންދެން މި ފިޔަވަޅުތަކަށް ބަރާބަރަށް އަމަލުކުރުމެވެ.

"ކޭސްތައް އިތުރުވާން ފަށައިފިއްޔާ އަނެއްކާވެސް ބޮޑެތި ހިފެހެއްޓުންތައް ގެންނަން ޖެހޭނެ," އޭނާ ވިދާޅުވި އެވެ.

"އެންމެން ވެގެން އަދި ކުޑަ ހިތްވަރެއްކޮށްލައިގެން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. މި ކަންތައް ނިމުމަކާ ގާތްވެއްޖެ. އަދި އިތުރަށް ކުޑަވަރެއްގެ ކެތްތެރިކަމެއް ބޭނުންވަނީ."

26 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 8%
icon angry icon angry 76%
icon wow icon wow 5%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުދުހޭ

12 January 2021

ގިނަވީމާ ގިނަވެއްޖެއޭ ބުނުމުގެ ކުރިން މިބުނަނީ ގިނަވާނެކަމަށް ލަފާކުރެވެއޭ.. ދެން ދުވަސްކޮޅެއް ފަހުން ބުނާނެ ކޮބާ އެއްކަލައިރު ބުނިތަން މިއޮތީ އައިސްފައޭ. ރިސޯޓްތަކުގައި ކޭސްތަކެއް އުޅޭކަމަށް މައުލޫމާތު ލިބޭ.

The name is already taken The name is available. Register?

އާލަތު

12 January 2021

މިކަންތައް ނިމުމަކާ ގާތްވަނީއޭ ބުނުމުން އެވާހަކަ ގަބޫލުކުރަން ވަރަށް ދަތި. މިކަމަށް އޮތް ކުޑަވެސް އުއްމީދަކީ ވެކްސިން ކަމަށްވާއިރު އެކަން މިގައުމުގައި ފަށާނެދުވަހެއް އަދި ނިމޭނެދުވަހެއް އަންދާޒާކޮށްލަންވެސް ނޭނގޭ. އެތައް ވޭރިއަންޓެއް ފެންމަތިވެ ވެކްސިނަށް ގޮންޖަހާނެކަމަށް އެއްބަޔަކު ލަފާކުރާއިރު ވެކްސިންޖަހައިގެންވެސް މާބޮޑު ސަލާމަތެއް ލިބެން އޮތްހެން ހިއެއްނުވޭ. އަދި ނިމެންނެތްކަމަށް ބުނުމުން މާ ފަރުވާބަހައްޓައިގެން އުޅޭނެކަމަށް ފެންނަނީ

The name is already taken The name is available. Register?

ރަށްއިތުމީހާ

12 January 2021

ސީނާމެން ލަފަޔާ އިރުސާދަކަށް ނޫންތަ ރަށް ރަށަށް ސަރުކާރުގެ ވަފުދުތައް އެދަނީ ހާންސަ ހުއްދައޭ ކިޔާފަ. އެމީހުންގެ މުޅި ރަށުތެރޭ ކެފޭތަކުން ބާބަކިއުތަކުން މަސްދަތުރު ތަކުން ރަށްއިތުންނާއި އެކު ދަތުރު އެ ނިންމާލަނި. ކޮވިޑް ޖެހިނި ވަކި ބަޔަކަށްތަ. އާއްމް ރަށްއިތުމީހާ ކަރަންޓީނުވާން ވީ ވެސް. ކޮންކަހަލަ އުސޫލުތަކެއް ތި ގެން ގުޅެނި. ތިކަހަލަ ތާކުންތާކު ނުޖެހޭގަވާއިދު ތައް ހަދާގެން އުޅޭތީ ރަށްއިތުން ތިބީ އެޗްފީއޭ މަތިން ފޫހިވެފަ. ދަށްކާވަހަކައަށް އިތުބާރު ކުރެވޭކަން ނޯވޭ މިހާރު

The name is already taken The name is available. Register?

ޑޮކުޓަރ މޯޑޭ

12 January 2021

މިހާރު އަދަދުތައް މި ގިނަވަނި ވިންސާރަވީމަ ކަމަށް ލަފާކުރެވެނި. ގަދަޔަށް ހޫނުވެލީމަ އަދަދުތައް މަދުވާނެ ކަމަށް ލަފާ ކުރެވޭ

The name is already taken The name is available. Register?

ސްކިޕަރ

12 January 2021

ކޭސްތައް އިތުރުވާނެ. ޔަގީން. އަހަރެމެންގެ މައްޗަށް އިސްވެފައި މިއޮތީ ނާގާބިލު، ކަންކަން ކުރުމުގައި ދެއްކުންތެރިކަން ބޮޑު ސަރުކާރެއް. ހިތާމަ ހުރި. ވެކްސިނެއް ގެނައުމަށްވެސް އެއްވެސް މަސައްކަތެއް ނުކުރޭ. އަސްލު ރާއްޖޭގައި ތިބި މަދު މީސްކޮޅަށް ވެކްސިންޖެހުމަކީ އެއްވެސް ކަމެއް ނޫން. ސަރުކާރުގެ ބޭނުމަކީ މި ބަލިމަޑުކަން މިއަހަރުގެ ނިޔަލަށް ދެންމުން. ސަބަބަކީ މިބަލިމަޑުކަމުންވެސް ފައިދާ ނަގާ ސަރުކާރާ ގުޅޭ ބޮޑުން އުޅޭތީ.

The name is already taken The name is available. Register?

ކަންނެލިއޮޑިން

12 January 2021

ޢާންމުންތަ މާލެ ސަރަހައްދު ހުޅުވާލީ؟ ދެން ހުޅުވީވެސް ވެރިން މާލެ އަންނަންށާ ރިޒޯޓަށްދާން. ކުރިން ދުވަހު ހަބަރުގައިވެސް ޔޫކޭ ސްޓްރެއިންތޯ ބަލަން އަދި ފޮނުވޭކަމަށްނުވެ ނަޒްލާ ބުނާގޮތުން. ފްލައިޓްތައް ނޯންނާތީ. ޑެން ޓޫރިސްޓުން މިއަންނަނީ ކަންނެލި އޮޑީގަތޯ؟

The name is already taken The name is available. Register?

އަސްތާރު

12 January 2021

އަންދާޒާ ދިމައެއް ނުވާނެ. މި އުޅެނީ މުޅިން އެހެން ކަމެއް. އުގެލިވެސް ވިދާޅުވި ނޫންތޯ އެތައް ހާސް މީހުންގެ ވާހަކަ. މިރާއްޖޭގަ މޫސުންވެސް ލަފާކުރަނީ އެއް ދުވަހަކު ވާރޭ ވެހިއްޖިއްޔާ ބުނާނެ މާދަމާ ވެހޭނެކަމަށް، ދިމާ އިދިކޮޅަށް ކަންވާ ދުވަސް ވަރަށް ގިނަ.

The name is already taken The name is available. Register?

ސަލީމް

12 January 2021

މި ބޭޅާ އެބަ އުޅޭތަ

The name is already taken The name is available. Register?

ޖިމް

12 January 2021

އަދި ވެސް ޓެކްސް ޕެޔަރސް ގެ ފައިސާ އިން މީނަ އަށް މުސާރަ ދޭތަ؟ ރާއްޖޭގައި މި ބަލީގެ ކަންކަން ދިޔައީ މީނަ ބުނާ ގޮތާ މުޅިން ހިލާފަށް. ފިނިމިން 5 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ހުރި ޔޫކޭ އަދި ޔޫއެސް ގައި ބަލި ފެތުރޭެ ގޮތަކަށް ނޫން ހޫނު މިން 31ޑްގްރީ އަދި ހިޔުމިޑިޓީ 75% އަށް ވުރެ މަތީގައި ހުންނަ ރާއްޖޭގައި ފެތުރެމުން އެދަނީ. ވީއިރު ޔޫކޭގެ މޮޑެލްތައް ރާއްޖެ އަށް ފެއްތީމާ ނުކުންނަ ނަތީޖާ އާ ހަޤީޤަތާތަފާތުވާނެ

The name is already taken The name is available. Register?

ޛެޖރ

12 January 2021

ޢޭނަނއަކީ މުސާރަ އެއް ނަގާ މީހެއް ނޫން .ހިލޭ ސާބަހަށް އުލޭ ތާ އަހަރުވަނީ..

The name is already taken The name is available. Register?

ނަގޫރޯޅި

12 January 2021

ތިމީހުން ދައްކާ ވާހަކަ ދުވަހަކު ދިމާނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454