މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާއްޖެ އަށް ފޮނުވަނީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން. އިންޑިއާގެ އަމިއްލަ ވެކްސިނަކީ "ކޮވެކްސިން"
އިންޑިއާގައި ވެކްސިން ސަޕްލައިކުރާ ތަނެއްގެ މުވައްޒަފަކު، ކޮވިޝީލްޑް ވެކްސިން ފުޅިއެއް ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ
19 ޖެނުއަރީ 2021 - 17:16
އިންޑިއާ އިން ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ދޭ ގައުމަކީ ދިވެހިރާއްޖެ ކަމަށާއި ވެކްސިން ޝިޕްމަންޓް މާދަމާ ރާއްޖެ ގެންނާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ވާހަކަ ދައްކާފައެއް ނުވެ އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާއްޖެ އަށް ފޮނުވަނީ އިންޑިއާގައި ވެސް ހުއްދަ ދީފައިވާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިނެވެ. މިއީ އިންޑިއާގައި އުފައްދާ، އެކަމަކު ސީދާ އިންޑިއާގެ ވެކްސިނެއް ނޫނެވެ. މިއީ އިންޑިއާ އާއި ވަރަށް ގިނަ ގައުމުތަކުގައި ހުއްދަ ދީ މިހާރު ޖަހަން ފަށާފައިވާ ވެކްސިނެކެވެ.
އިންޑިއާ އިން އެ ގައުމުގެ އަމިއްލަ ވެކްސިނެއްގެ ގޮތުގައި ބާރަތު ބަޔޯޓެކް ކުންފުނިން އުފައްދާފައިވާ "ކޮވެކްސިން" އަށް ވެސް ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް މި ވެކްސިނާ ބެހޭ މައުލޫމާތު ހާމަކޮށްފައި ނުވާތީ އޭގެ ރައްކާތެރިކަމާ ބެހޭ ގޮތުން ތަޖުރިބާކާރުން އަންނަނީ ސުވާލު އުދައްދަމުންނެވެ.
ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑުން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން 62-90 ޕަސެންޓަށް ހުންނަ އަދި އާންމު ވެކްސިންތައް ގެންގުޅޭ ފިނިހޫނުމިނުގައި ގެންގުޅެވޭ ވެކްސިނެކެވެ. ރާއްޖޭ ސަރުކާރުން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވަނީ މި ވެކްސިން ހޯދުމަށެވެ.
މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެކްސިން ޝިޕްމަންޓް ރާއްޖެއަށް ގެންނަނީ އެއާ އިންޑިއާގެ މަތިންދާބޯޓެއްގައި މާދަމާ މެންދުރު ފަހު 2:00 ހާއިރު އެވެ. އިންޑިއާ އިން މިވަގުތު އެއްވެސް ގައުމަކަށް ވެކްސިން ނުފޮނުވާ ސީދާ އެ ގައުމުގައި ވެކްސިން ދެމުން އަންނައިރު ރާއްޖެ އަށް ވެކްސިން ފޮނުވަނީ ހާއްސަ އެހީއެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ. ކޮވިޑާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ ފްރަންޓްލައިން މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ފުދޭ ވަރަށް ވެކްސިން ފޮނުވާނެ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.
އިންޑިއާގެ މީޑިއާ އިން ވެސް މި ވާހަކަ ރިޕޯޓްކޮށްފައިވަނީ ރަސްމީ އެއްވެސް ފަރާތަކާ ހަވާލާ ނުދީ އެވެ.
އިންޑިއާ އިން ވަރަށް އަވަހަށް ރާއްޖެ އަށް ކޮވިޑް ވެކްސިން ދޭނެ ކަމަށް، ރާއްޖެ އަށް އިންޑިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރް އާދީއްތަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެޗްޕީއޭ އިން މިހާރު ވަނީ ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމަށް، ވެކްސިނަށް މީހުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށައިފަ އެވެ. ރާއްޖޭގައި ބޭނުންކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަބަދުވެސް ހުއްދަ ދެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ވެކްސިންތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
5124
20 January 2021
ކީއްވެ ޗައިނާގެ ސިނޯފަމް ވެކްސިން ޖަހަން އޮޕްޝަން ނުދެނީ؟ ހަމައެކަނި އިންޑިޔާ ވެކްސިން ތަ ޖަހަން ޖެހެނީ؟ މުފްތީ މެންކްވެސް ޖެހީ ޗައިނާ ވެކްސިން އޯލްޑް ސްކޫލްކޮށް ހަދާ، އިތުބާރު އޮތީމަ..
ކްވެ
20 January 2021
ކީއްވެ އިންޑިއާއިން ގެންނަނީ. ކޮލިޓީ ރަނގަޅު ތޯ ޗެކް ކުރުން އެދެން.
Hanworth
20 January 2021
ދެމިލިޔަން ވެކްސިން ގެންނައްޗޭ. ބާކީވާ ވެކްސިން ޖެހޭނެ މިހާރު މަޖްލިސް މެމްބަރުން ހިންގާ ސިއްހީ ދާއިރާ ކޮރަޕްޓު ކުރާ ވިޔަފާރި ތެރެއިން އެހެން ގައުމުތަކަށް ވިއްކާލަން.
ރާއްޖެ
20 January 2021
ރާއްޖޭގެ އެފްޑީއޭ އިން ކޮވިޑް ވެކްސިންއަކަށް ހުއްދަ ދިން ކަމެއް ނޭނގެ. ކިހިނެއް ކޮން އުސޫލަކުން އެތެރެ ކުރެވެނީ؟
ރަދީފްއޮފިޝިއަލް
20 January 2021
މައި ސަރުކާރުން ކުޑަ ސަރުކާރަށް އެތެރެކުރަން ހުއްދައެއް ބޭނުމެއް ނުވާނެ.
ޙައޔާ
20 January 2021
ށަރުކާރުން ކަންތައް ކުރާގޮތުން ވެކްސިންގެ ކަންތައްވެސް އޮޅުން ބޮޅުން ބޮޑުވެ ރައްތިތުންގެ އިތުބާރު ގެއްލޭ ހިސާބަށް މިދަނީ. ރައްތުންނަކީ ތަންދޮރު އޮޅުން ނުފިލާ ބައެއްކަމަށް ހީކޮށް ކޮންމެ ގިތަކަށް ކަންތައްތައް ގެންގޮސް އޮޅުވާ ލެވިދާނެ ކަމަށް ހީކޮށްގެންވެސް ނުވާނެ. ބާރު އޮތީމާ ރައްޔިތުން ރުހުނަސް ނުރުހުނަސް ހެޔޮ ކަމުގައި ހެދުމަކީވެސް ރަނގަޅު ގޮތެއްނޫން.
ވެކްސިން1
19 January 2021
ތިޔަ އިންޑިޔާއިން ހީކުރަނީ އަހަރަމެން މީ ޓެސްޓުކުރަން ބައިތިއްބާފަވާ މީދާ ތަކެއް ހެންތަ؟ އިންޝާ ﷲ ނުޖަހާނަން ތިޔަ ޤައުމުން ގެންނަ އަދި މެދުވެރިވެގެން އެތެރެކުރާ ވެކްސިނެއްވެސް.
ޑިސް އޮނަރަބަލް އަފީފު ސީދި
19 January 2021
އިންސާނުންނަށް ވުރެ ގެރި ޢިއްޒަތްތެރި ގައުމު އަމިއްލައަށް ބޭރުގެ ވެކްސިން އެޕްރޫވްކުރި ވާހަކަ އަމިއްލައަށް ކިޔާބަލަ! ކަލެއަށް ނޭގުނަސް ނެސްލޭގެ ޕްރޮޑަކްޓްތަކަކީ ވެސް ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ދެރަ ކޮލިޓީއެއްގައި އުފައްދައި ޔޫރަޕާ މުއްސަދި ގައުމުތަކަށް ހައި ކޮލިޓީގައި އުފައްދާ ބައެއް! އިންޑިޔާގެ އެތައް މިލިއަން މީހުން ފާޚާނާކުރެވޭނެ ފަދަ ނެތި، ސާފު ބޯފެން ނުލިބި، ކަރަންޓުފަދަ އަސާސީ ޚިދުމަތުން މަޙުރޫމު ވެފައި ތިއްބާ، އެހެންގައުމަކަށް ވެކްސިން ދީ، ސިންތެޓިކް ޓްރެކްހަދާދީ ދެންވެސް އޮތްކަމެއް ކޮށްދިނީ ހާދަ އެހެންކަހަލަ ރޭވުމެއް ފަހަތުގައި ވާތީއެވެ! ކުރިން މުސްގިއްލު ގައުމެއްކަމަށްވާ ސިއްކިމު އަށް ވެސް ހޭހަންކޮށްކޮށްފައި ހެދިގޮތް ބަލާ ބަލާށެވެ!
ހޯރަ
19 January 2021
ފުރަތަމަ ވެެރިން ގަޔަށް ޖެހީމަ ބުނާނެ ވެކްސިންކޮޅު ވެސް ފުރަތަމަ ޖެހީ ރައްޔިތުންނަށް ނުދީ ވެރިންނަށޭ. ރާއްޖެ ގެންނަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިންކަމަށް އޮތީ. އިންޑިޔާގެ ސީރަމް އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި
އޮނަރަބްލް އަފީފު ދީދީ
19 January 2021
ކަންކަމަށް ފާޑުކިޔާއިރު ތިމާއަށް ހުތުރު ނާރާގޮތަށް އެކަންކަންވެސް ކުރެވޭތޯ ބަލާންޖެހޭ. # އެސްޓްރަޒެނެކަ ވެކްސިން އުފެއްދުމުގެ ލައިސެންސް ދުނިޔޭގެ 2 ވަނަ އާބާދީ އަދި ޑޮކްޓަރުން އެންމެގިނަ އިންޑިޔާއަށް ލިބުނުތޯ ނުވަތަ ނޫންތޯއާއި އެކަން ކަމުގެ މައުލޫމާތަށް ޝައުޤުވެރިނަމަ ތިރީގައިވާ ލިންކް ބައްލަވާ ލައްވާ. https://www.wsj.com/articles/india-approves-use-of-oxford-astrazenecas-covid-19-vaccine-11609602763
ގޯސް
19 January 2021
މީގެ ހަގީގަތް ސަރުކާރުން އިއުލާން ނުކޮށް އިންޑިޔާއިން އިއުލާކިރާތީ ޝައްކު އުފެދޭ. ދެން ރައީސާއި މަޖިލިސްމެމްބަރުން ޖަހާބަލަ. މައިސަރުކާރުން މަރުކަޒީ ސަރުކާރަށް ފޯރުކޮށްދޭ ދީލަތި އެހީއެއް.