ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އިމާމުންނަށް އަންގައިފި

އިމާމުންނާއި އެކު އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

07 ފެބުރުއަރީ 2021 - 14:33

6 comments
happy icon 67%

ކޮވިޑް-19 އިން ރައްކާތެރިވާން މިސްކިތްތަކުން އަޅަންޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަން ބާރުއަޅަން އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

މިނިސްޓްރީން ބުނީ މި ދުވަސްވަރު މިސްކިތްތަކަށްދާ މީހުން، އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރަން ނަސޭހަތްތެރިވާން އިމާމުންނަށް އަންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތަށް ދާ އިރު މާސްކު އަޅާށާއި އަމިއްލަ މުސައްލައެއް ހިފައިގެން ދިއުން ހިމެނެ އެވެ.

މިސްކިތްތަކުގައި ނަމާދުކުރާ އިރު ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. އަދި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދާން ވެސް އަންގާފައިވި ނަމަވެސް އެ އުސޫލްތަކާ އެއްގޮޮތަށް ބައެއް މީހުން އަމަލުނުކުރާ ތަން ފެންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން އެޗްޕީއޭއާ ގުޅިގެން އިމާމުންނަށް ވެކްސިންދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިހާތަނަށް 16،565 މީހަކަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ އިިރު، މި ވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،039 މީހުންނެވެ. އަދި 6،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައި ވެ އެވެ.

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްޖިބްރާ

07 February 2021

މިޤައުމުގައި އުޅޭ ދަންނަ ބޭކަލުންނަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ދަންނަބޭކަލުން ނަށްވުރެ މާމޮޅުބައެއް !

The name is already taken The name is available. Register?

ހަވޮއްޑާ

07 February 2021

ދެން އަވަހަށް މިސްކިތްތައް ބަންދުކުރޭ.. އެއީނުން ތި ނުކުރެވެިގެން އުޅޭކަމަކީ

The name is already taken The name is available. Register?

ގަނޭ

07 February 2021

މީހަކުނޫޅޭ މިސްކިތަތައް ބަންދުކުރާކަށް. އެބުނަނީ މިދުވަސްކޮޅު ޖަމާއަތްހެދުމިގާ ކައިރިވާއިރު ވަކިމިންތަކެއް ބަހައްޓާށޭ.

The name is already taken The name is available. Register?

ރީނދޫ

07 February 2021

ސަފުހަދަން އިމާމުން ގޮވާއިރު އެޗްޕީއޭގެ ގައިޑް ފޮލޯކުރަން ގޮވާއިރު، އެއާ ވިދިގެން ގޮވަނީ ކައިރިވެ ތިބެ ނަމާދު ކުރަން. ދެން އެމީހަކު ބޭނުން ގޮތަކަށް ކަންތައް ކުރަނީ.

The name is already taken The name is available. Register?

ޖުބްލު ޖަނާ

07 February 2021

މައްސަލައަކީ އިމާމުންތެރޭގައިވެސް ތަންކޮޅެއް "ގައްޑާ" ބޭފުޅުން އުޅޭތީ. އިމާމުންވެސް ޖެހޭނެ ހާލަތަށް ރިއާޔަތްކުރާ. އިސްލާމީ ރިވެތިއުސޫލުގާ އޮތީ އެގޮތަށް.

The name is already taken The name is available. Register?

ކޮލަމާފުށި

07 February 2021

ޙަރަމްފުޅާއި އިސްލާމީ ގިނަ ގައުމުތަކުގައި މިސްކިތްތަކުގައި ނަމާދު ކުރާންތަންފެންނަނީ ގައިދުރުކަން ބަހައްޓައިގެން. އެހެނަސް މިރާއްޖޭގަ ނަމާދުކުރަނީ ފަޔާއިފައި ޖައްސައި ފިތިބާރުވެގެން..މިކަމަށް ހައްލެއް ގެންނަން އެބަޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454