ޔާމީން ޖަލަށް ގެންދަވަނީ: އެމަނިކުފާނުގެ ޝަރީއަތް މިއަދު ވަނީ ކެންސަލް ކޮށްފައި --- ފޮޓޯ/މިހާރު
15 ފެބުރުއަރީ 2021 - 10:58
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް މިއަދު ކެންސަލްކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ ޔާމީންގެ އެދިވަޑައިގަތުމަކަށް ކަމަށް ކޯޓުން ބުންޏެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ދާދިފަހުން ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތުން ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާލިދު
15 February 2021
ތީ ދެން މާ މޮޅުގޮތެއް، ޔާމީން ބޭނުންފުޅުވެގެން ޝަރީއަތް ކެންސަލްކޮއްފަ، ޔާމީން ބޭނުންފުޅުވީމަ ޝަރީއަތް ބާއްވާފަ، ޔާމީން ބޭނުންފުޅުވާ ގޮތައް ހުކުމްވެސް ކުރަންވީނު.
1234
15 February 2021
މިރޭގޮވާނެ ސަރިޢަތް ލަސްކުރަނީއޭ ؟
އެލެކޮސް
15 February 2021
ޔާމީނުގެ ޝަރީޢަތޭ ޔާމީނޭ ތިޔަކިޔަނީ ޢަލީ ވަހީދު ފުރުވާލުން އޮއްބާލަން ދެބޯގެރި ދުއްވަާކަށްނު؟
އަރުތަ
15 February 2021
ނޫން އެއްގޮތަކަށްވެސް ތިޔާހެނެއްނޫން، ޔާމީނުގެ ޝަރީޢަތޭ ޔާމީނޭ ކިޔަނީ ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވެފަވާތީވެ، ހަމައެކަނި މުޅި ޤައުމުތަރައްޤީ ކޮށްފަ ނިންމާލިނަމަ މިއަދު ޔާމީނޭ ރިޝްވަތޭ ޝަރީޢަތޭ ވައްކަމޭ ނުކިޔާނެ، ބޮޑެތި ޖަރީމާތަކެއް ހިންގާފަހުރިކަން އެއީ އެންމެން ދަންނަ ޙަޤީޤަތެއް، އެކަންކަން ބަލާ ތަޙުޤީޤުކޮށް ކުށްކުރި މީހުނަށް އދަބު ދޭންޖެހޭ.
ކޮބާ އިންސާފު
15 February 2021
ދެންބުނާނެ ޝަރީއަތް ލަސްކުރަނީޔޭ. އަވަސްކުރަން އުޅުނީމަ އެކަމަށް އެކި ބަހަނާ އެބަދައްކާ. 2023 އަންނަންދެން ހިފަހައްޓާލަނީ ތޯއްޗެ. މެތެމެޓިޝަން ބުނާގޮތުން އޭރުން އޮންނާނީ އެހެން ސަރުކާރެކޯ.
އަރުތަ
15 February 2021
ކުރިން ކަންކުރިގޮތަށް "ހަވާފަޓާސް" ބަރިއެއްހެން ޔާމީނުގެ މައްޗަށް ހުކުމް ނުކޮށްފިއްޔާ ނަސީބު..........