ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް. - ފޮޓޯ: މަޖިލިސް
09 ނޮވެމްބަރ 2016 - 16:05
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަގާމުން ވަކިކުރަން ޖުމްހޫރީ ޕާޓީން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހު މަގާމުން ވަކި ކުރަން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހުގެ މެމްބަރުންތަކެއް ކުރަމުން އަންނަ މަސައްކަތާ ގުޅިގެން، ޕީޕީއެމް މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އިއްޔެ ވިދާޅުވީ އެކަމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ.
ނިހާނު ވިދާޅުވި ގޮތުގައި މަސީހާ ދެކޮޅަށް ނަގަން އުޅޭ ވޯޓަކީ އިދިކޮޅު މެމްބަރުން މަޖިލީހުގައި ވަގުތު ބޭކާރު ކުރުމަށް މީގެ ކުރިން މަޖިލިހަށް ހުށަހެޅި ކަންކަމާ ދާދި އެއްގޮތް ކަމެކެވެ. އަދި މިކަމުގެ އަޑީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މައުމޫނާ އެކު މިހާރު މަސައްކަތް ކުރައްވާ ގާސިމް އިބްރާހިމް ވެސް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ނިހާން ވިދާޅުވި ފަދައިން ސްޕީކާ މަސީހު މަގާމުން ވަކި ކުރާކަށް ޖޭޕީން ވެސް އަދި އަޅުގަނޑު ވެސް މަސައްކަތެއް ނުކުރަން،" ކަމަށެވެ. އަދި އެކަން ދޮގު ކުރައްވާ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ މައުމޫނަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އަދި އެ މައްސަލަ ވެއްދުމަށް އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ލިބެ އެވެ.
މަސީހުގެ އިތުރުން މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގަތުމާ އެކު، ރައީސް ޔާމީން ކޮންޓްރޯލް ކުރަައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތަށް ބުރޫ އެރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. މައުމޫނާ ގުޅިވަޑައިގެންނެވި މެމްބަރުންގެ އިތުރުން ޖޭޕީގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނާއި މިހާރު ޖަލަށް ލާފައިވާ އަހުމަދު މަހުލޫފާއި އެމްޑީއޭގެ މެމްބަރު ހުސައިން އަރީފް އަދި އަދާލަތު ޕާޓީގެ އަނާރާ ނައީމް ހިމެނުމުން މަޖިލީހުގެ ދެ ބައިކުޅަ އެއްބައިހާ ވޯޓު މަސީހާ ދެކޮޅަށް ލިބުމުގެ ފުރުސަތު ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމުހާ
10 November 2016
އިންސާނަކު ނިކަމެތިވާނެ މިންވަރު މިފޮޓޯއިން އެފެންނަނީ
ހަސަނު
10 November 2016
ބިރު ގަންނަނީ ހޭ ހައި ހައި....... ލަދު ގަންނަހީ ހޭ ހައި ހައި ހައި....
އޯސަމް
10 November 2016
"ބިރު" ގަންނަނީކީ ނޫން. އެއީ "ބޮޑާހޭކުން". "ތުންމެޓާ" ލިބުނީމާ ހެވިފާ ހުންނަ މިސާލު.
މެންޓަލިސްޓް
10 November 2016
ހާދައަވެހޭ ކޮޅުބަދަލުކޮއްލާލެއް ، ތިޔަހައްދަވަނީ ކިހިނެތްތޯ ؟ މީރާޔަށް މިލިއަނުން ޑޮލަރު ދައްކަންއޮތީތޯ ؟ ނަގޫފިތެނީ ކީއްވެތޯ ؟ އަމިއްލަނަފްސްގެ ކޮންޓްރޯލްވެސް ނެތެއްނޫންތޯ ؟ ތިޔަހޯދިމުއްސަނދިކަމުން ލިބުނު މިނިވަންކަމެށް ކޮބާތޯ ؟ ގާސިމްގެ ރިމޯޓްކޮންޓްރޯލް ތިޔައޮންނަނީ އެހެންމީހެއްގެ އަތުގައި ، އެހެންވީމައި ބުއްދިވެރިން ބުނެއުޅެނީ ފައިސާއަކީ އުފާވެރިކަން ހޯދާދޭއެއްޗެއްނޫނޭ <<< ތިޔަމުއްސަނދިކަމުގައި އަރާމު ނިއްޖެއްނިދާލި ދުވަހެއް އަޅެ ގާސިމް ހަނދާންކޮއްބަލަ ؟؟ މިހާރު މުސްކުޅިވެ އަރާމުގައި އުޅެންވީދުވަހު ތިޔައޮތީ ދަރަނި ބޮލުއަޅަންޖެހިފައި ،، ކުޑަކުޑަކުދީން ދުނިޔޭގައިއެބަތިބި ، އެމީހުން ބޮޑުވެ މީހުނާއިނދެ ކާފަދަަރީން ލިބޭމަންޒަރުވެސް ބަލަން ބޭނުންވާނެ ،،، ނަމަވެސް އުމުރުގައި އެހާތަން އެބައޮތްބާ ؟؟ ގާސިމް ދުނިޔެއަޅައިދިޔަދުވަހަކުން ވިލާ ކުންފުނީގައި އޮންނާނީ ހަނގުރާމް ،،، ހުރިހާބަނޑެއްގެ ދަރީން މަށަށް މަށަށް ކިޔަމުންދުވާނެ ،، ނަމަވެސް އެކަކުވެސް ދަރަނި ބޮލުއަަޅަންބޭނުންނުވާނެ ،،، ނިކަން ފުންކޮށްމިކަމާއި ވިސްނާލަބަލަ ،،، ކޮބާތޯ ތިޔަމިލުއަނުން ހުރިފައިސާއިން ލިބޭ އުފަލާޢި އަރާމަކީ ؟؟؟
އދތ
10 November 2016
ހުރިހާ ވިޔަފާރިވެރިންނައް ބުނެލަންއޮތީ ކައްވަޅައްދާއިރު ކިހާބައިވަރުމުދަލެއް ގެންދެވޭނެތޯ! މީހަކުދެކެ ބިރުގަންނާކައް ނުޖެހޭ ބިރުގަންނަން ޖެހޭނީﷲސުބުޙާނަހޫ ވަޔަޢާލާއަށް..
އަޅާނުލާ
09 November 2016
އެމީހުންނަށް ހީވާނެއެހެން އެމީހުން އުޅޭގޮތްވީމާ
މަގޭމުއްސަނދިވީމަގޭމޮޅުކަމުން
09 November 2016
ތިއޮއްބޮޑު މަހުޖަނު ބިރުން ހީކަރުވާ ތުރުތުރު ލާއިރު ގައިގަ އަޅާނެ ރަޖާގަނޑެއް ނުގަނެވޭ ދަހިވިޔަސް ބޮޑުވަރުތީ ތަންކޮޅެއް ފިރިހެން ވާންވެއްޖެ ސަލީމާ ގާސިމާ ސިޔާމާ މިކަހަލަ މީހުން
އިދުރީސްބެ
09 November 2016
ބިރުގަތީދޯ!!! ސާބަސް ތިވަރު މީހުން ކަންކަމާ ނޫޅުނިއްޔަ ރަގަޅުވާނީ.
ދޮންކެޔޮކަޖުރު
09 November 2016
ނިހާނުމެނަށް ވާގޮތަކީ އިދި ކޮޅުޕާޓީއިން މަޖްލިހަށް އެއްޗެއް ހުށަހަޅައިފިއްޔާ އެވާނީ ވަގުތު ބޭކާރުކުރަނީ ކަމަށް. އަހާލަން ބޭނުންވަނީ ނިހާނުމެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެއްޖެ ނަމަ ތިބުނާ ވަގުތު ނަގާލަން މަސައްކަތް ކުރާނަންތޯ؟ މިހެން މިއެހީ ބްރޯ އޭ ސައިބޯނި ބޮތްކޭވެސް ނިހާނު ކީ ކަމަށްވާތީ
އައިއެފް
09 November 2016
ގާސިމު ސޭޓު މިކުރަނީ ކީއްތަ. އެއްފަރު އިދިކޮޅު އަނެއްފަހަރު ޔާމީނުގެ ގާތުގައި. އިލާސްޓިކު ރަބަރެކޭ އެއްގޮތް. ގައުމު ސަލާމަތްކުރެވޭނީ މަސީހު ބޭރުކޮށްގެން.