ޚަބަރު / ކެފޭ/ރެސްޓޯރެންޓް

މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ރޭގަނޑު 8 ގެ ފަހުން ކެއުންބުއިން މަނާ

ހޮނިހިރު ދުވަހުން ފެށިގެން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދޭނީ ރޭގަނޑު 8 އާ ހަމައަށް. ޓޭކްއަވޭ/ޑެލިވަރީގެ ހިދުމަތް ދެވޭނެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 10:30.

މާލޭގައި ހިންގާ ކެފޭއަކުން މީހަކު ނުކުންނަނީ: މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް ހުއްޓުމެއް ނެތި އިތުރުވާތީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދޭނީ ރޭގަނޑު 8 އާ ހަމައަށް.---ފައިލް ފޮޓޯ: މިހާރު

25 ފެބުރުއަރީ 2021 - 22:51

18 comments

ކޮވިޑް-19 ފެތުރުން އަނެއްކާ ވެސް އިތުރުވަމުންދާތީ، މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތަކުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރޭގަނޑު 8 ގެ ފަހުން ކެއުންބުއިމުގެ ޚިދުމަތް ދިނުން އެޗުޕީއޭ އިން މަނާކޮށްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމުގައި ވަނީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހުއްދަ އޮންނާނީ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ރެއެއްގެ 8 ޖެހުމާ ހަމައަށް ކަމަށެވެ. އޭގެ ފަހުން ޓޭކްއަވޭ/ޑެލިވަރީގެ ޚިދުމަތް ދިނަސް އެ ކަން ވެސް ކުރެވޭނީ ރޭގަނޑު 10:30 އާ ހަމައަށް ކަމަށް މައިމޫނާގެ އެންގުމުގައި ވެ އެވެ.

އެ ފިޔަވަޅުތައް އެޅީ ހޮނިހިރު ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.

މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ވެސް ކޮވިޑު ކޭސްތަކުގެ އަދަދު 100 އިން ދަށަށް ނުދާތާ ދުވަސްތަކެއް ވެފައިވާއިރު، އެއީ ސިއްހީ ދާއިރާގެ މީހުންގެ ކަންބޮޑުވުމަކަށް ވަނީ ވެފަ އެވެ. ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ވެސް ހަވީރު 6 އިން ފަތިހު 6 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ރޭގަނޑު 11 އިން ފެށިގެން ފަތިސް ވަންދެން އޮންނަނީ ކާފިއު ހިންގައިފަ އެވެ. އެކަމަކު، އެ ފިޔަވަޅުތަކާ އެކު، ކޮވިޑު ކޭސްތަކުގެ އަދަދު ދަށަކަށް ނުދެ އެވެ.

އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް އިތުރު 184 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 145 މީހުން، މީހުން ދިރިއުޅޭ އެހެން ރަށްރަށުން 10 މީހުން، ރިސޯޓުތަކުން 25 އަދި ސިނާއީ ރަށްރަށުން ފަސް މީހެކެވެ.

އެޗުޕީއޭގެ ރެކޯޑްތައް ދައްކާ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،993 މީހަކު ވަނީ ކޮވިޑަށް ޓެސްޓުކޮށްފަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ ނަމަ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،441 އެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެނީ 162 މީހަކަށެވެ. ރާއްޖެ އިން މިހާތަނަށް 19،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، އޭގެ ތެރެއިން 16 އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑު ބަލީގައި މަރުވީ 60 މީހެކެވެ.

18 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 4%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2232

26 February 2021

އިގްތިސާދު ނަގާކޮޅަށްޖެހިފައި ތިޔައޮތީ ބަޔަކު މީހުން ކާންބޯންކުރާ މަސައްކަތް ހުއްޓުވާލީމާ ލިބޭ ވޯޓުގިނަވާނެ.

The name is already taken The name is available. Register?

ޑެބީ

26 February 2021

ސޯލިހުގެ ވެރިކަން ނިމެންދެން ރައްޔިތުން އަޅުވެތިކޮށް ގައުމު ލޮކްޑައުން ކުރަންވީނު.

The name is already taken The name is available. Register?

މުރުތަލާ

26 February 2021

މުހިންމު ވަނީ ކާން ބޯން ކުުރާ މަސައްކަތް ދޯ, އެ އަށޭ އިގްތިސާދޭ މިކިޔަނީ, އެނގޭތަ ?

The name is already taken The name is available. Register?

ޖަމަލު

26 February 2021

ތިހަވާލުކޮށްބަލަ މަޖުލީހާ ތިކަން. އެމީހުން ބުންޏެއްނުން މިއީ ކަރުތެރެ ތެންމާލައިން އަތް ދޮވެލައިން ތިބީމަ ނިމޭނެ ކަމެކޭ.

The name is already taken The name is available. Register?

ތަޅުއެޅުވުން

26 February 2021

މިވެގެން އުޅޭ ގޮތަކީ ރެސްޓައުރަންޓްތަކުގައި އާއި ކެފޭ ތަކުގައި ދެކެވެނީ ސަރުކާރުން ކަމެއް ނުވާވާހަކަ ކޮރަޕްޝަންގެ ވާހަކަ ވިޔަފާރިތައް ފުޑި ރައްޔިތުން ހަނާވާ ވާހަކަ މިހެންވެ ލޯކަލް ކައުސިލް ކާމިޔާބު ކުރެވެން އޮތީ ރައްޔިތުން ތަޅުއަޅުވާފައި ބައިތިއްބައިގެން

The name is already taken The name is available. Register?

އަލީބަލީ

26 February 2021

އަނެއްކާވެސް ކެފޭ ރެސްޓޯރަންޓްތައް ކޮޅަށް ތެދުވަން ކުރާ ބުރަ މަސައްކަތަށް ހަމަލާއެއް. މިތަންތަނަކީ އެތައް ބައެއްގެ އާމްދަނީއާ ގުޅިފައިވާ ތަންތަން.

The name is already taken The name is available. Register?

ށަވިޔަނި

26 February 2021

ދުވާލުވެސް ބަންދުކުރަންފެނޭ.

The name is already taken The name is available. Register?

ޢަނީ

26 February 2021

ތައުލީމީ ނިޒާމާއި ސިއްހީނިޒާމަށް ވުރެ އިގްތިސާދު މުހިންމުމިވަނީ ކޮން އުސޫލަކުންތޯ؟ ސަރުކާރު ހަމަ އެހާ ބަލިކަށީތޯ؟ ރެސްޓޯރަންޓުތަކާ ހޮޓާތަކާ އޮފިސްތަށް ބަންދުކުރޭ. ރިމޯޓުކޮށް ވޯކް!ފުޑް ޑިލިވަރީ! ސްކޫލުތަށް ހުޅުވާ!

The name is already taken The name is available. Register?

އާރީ

26 February 2021

ކޮވިޑް ފުރީ ގައުމަކަށް ހަދާކަށް ނުވޭތަ.

The name is already taken The name is available. Register?

ޖަޒީ

26 February 2021

ރެސްޓޯރެންޓުތައް ބަންދުކުރިޔަސް ސްކޫލުމަދަރުސާތައް ބަންދުކުރުމާމަދެކޮޅު. ކުދިންގެ މުސްތަގުބަލު އުޖާލާއެއްނުވާނެ ރޯނުފިލައެއް.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454