އަނަސްގެ މަރު: ފޯނަކުން އިތުރު ހެކިތަކެއް ހޯދަނީ
03 މާޗް 2021 - 10:49
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލައިގެ ތަހުގީގަށް އިތުރު ހެކިތަކެއް ހޯދަން ފޯނެއް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރ. މީދުއަށް އުފަން އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އޭނާގެ މަރުގެ މައްސަލާގައި ފުލުހުން ތަހުގީގެއް ހިންގާފައިވީ ނަމަވެސް ރައީސް އުފައްދާފައިވާ މަރު ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕޭނުގައި ރ. އަތޮޅުގެ ކެނޑިޑޭޓުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަނަސް މަރާލި މައްސަލައިގެ ތަހުގީގު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ނުނިމި އޮތް މަސައްކަތަކީ ފޮރެންސިކް އެވިޑެންސަށް ބޭރަށް ފޮނުވަން ޖެހޭ ފޯނެއްގެ މައްސަލަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފޯނެއް އެބައޮތް ފޮރެންސިކް އެވިޑަންސަށް ފޮނުވަން ޖެހޭ. އެ ފޯނު ފޮނުވައި ސިންގަޕޫރުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދުމަށް ފަހު އެންމެ ފަހުގެ ރިޕޯޓް އަނަސްގެ މަރާ ގުޅިގެން [މަރު] ކޮމިޝަނުން ނެރޭނެ،" ރައީސް ވިދާޅުވި އެވެ.
ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ދިން ހަަމަލާގައި އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާފައިވެ އެެވެ. އެ މައްސަލައާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީދޫ މީހެއ އް
03 March 2021
ތިޔަ ކުޅޭ ޑްރާމާ އެބަ އެނގޭ އަހަރެމެންނަަށް. ރޮ އިފުޅާ.
ޝޮކްތެރަޕީ
03 March 2021
ކަލޭމެންނަ އެގެނީ ދިވެހި ރައްޔިތުން ހައްދައިގެން ވެރިކަން ކުރަން
ބޮޑުމީހާ
03 March 2021
ފޯނު ފޮނުވަން 1 އަހަރު. ފޯނު ގެންނަން އަނެއް އަހަރު. ރިޕޯޓް ލިޔަން 1 އަހަރު. ރިޕޯޓް ނެރެން 1 އަހަރު. ޕީޖީއަށް ފޮނުވަން 1 އަހަރު. ޕީޖީން ކޯޓަށް ފޮނުވަން 1 އަހަރު. ދަށުކޯޓުގައި 3 އަހަރު، ހައިކޯޓުގައި 4 އަހަރު ސްޕްރީމް ކޯޓުގައި 5 އަހަރު. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ރ ޔާންބެ
03 March 2021
ތިވަރުން މިހާރަށް ފުދޭނެ. ދެން 2023ގެ ރިޔާސީ އިންތިޚާބަށް ވޯޓު ހޯއްދަވަން ރ. އަތޮޅަށް ވަޑައިގަންނަވާއިރަށް އިތުރު އަޕްޑޭޓެއް ލިބޭވަރު ވަނިކޮށް ރަނގަޅުވާނެ.
އަރުތަ
03 March 2021
2018 ގެ ރިޔާސީ ކެމްޕޭނުގަ ޕީޕީއެމުން އެކިއެކި ޕޯޑިއަމްތަކުގަ ދެއްކި ވާހަކަތައްމަތިން ހަނދާންވަނީ، މާބޮޑު ތަފާތެއްނެތް...........ވެހުނު ވާރޭތެރޭ ތެމިފޯވެގެން ހުރެވެސް...........ހަމަ އެޒާތުގެ ފަރިހި ތިޔާ ކިއަނީ.....
ޅަބޭ
03 March 2021
އެންމެފަހުން ތިފޯނުހެދި ކުންފުނި ތިމަރާ ހަވާލުވާން ޖެހޭނީ. ބަލަންތިބޭ!
އަރުތަ
03 March 2021
އޭރުންވެސް އޯކޭނު، ކޮންމެވެސް ފަރާތަކުން އަމިއްލައަށް ތިމަންނައޭ ބުންޏަސް ކަން ނިމުނީނު، ކޮން ސަކަރާތެއް ޖަހާކަށްތަ.
ޢަހު
03 March 2021
ވޯޓް ލިބޭތޯ އަނަސްގެ ގާތިލު ހޯދުމުގެ މަސައްކަތް އެބަކުރޭ ކަމަށް ބުނުމުން އިބޫގެ ހުރި ލަދުހަޔާތް ކުޑަކަން އިނގޭ އަދި އިބޫގެ ވެރިކަމަށް 100 ދުވަސް ނުވަނީ ތޯ؟ ތިހެން ކިޔައިގެން ކޮންމެ އިންތިޚާބަކަށް ރައްޔިތުން ގުނބޯ ހައްދައިގެން ވޮޓް ހޮވަނީ ނުލިބޭ ދާއިރާ ފެލާލައިހެން ވެސް ގޮނޑި ނަގާނެ
ދިއްދޫމީހާ
03 March 2021
ކޮންމެ އިންތިހާބަކަށް ވިއްކާ އެއްޗެއްދޯމީ، ކުރިން ވިއްކީ ރިލްވާންއާ، ޔާމީންއާ، އަފްރާޝީމްއާ، މިފަހަރު އަނަސް، ބޭބެއަ ނާސިރު ދައުރުން ފެށިގެން މިއަދާ ހަމައަ އާއިރު މީ މިހާތަނަ ފެނުނު އެއްމެ ދޯހަޅި ވެރިކަން، މިކޮމެންޓް ނުޖަހާނެކަންވެސް އިންގޭ
އަރުތަ
03 March 2021
މުޅިންވެސް ދޯހަޅިވެރިކަން ދެލޯފުޅާ، އެހެން ނޫންނަމަ މިއަދު ބޭބެމެންވެސް ތިބީހީ ފިސާރި ހަމަޖެހިލައިގެން ހަމަ ނޭވާ ލައިގެން އަމިއްލަ ބޯހިޔާވަހި ކަމުގަ، އެކަމަކު ތިހުރިހާ ވެރިކަމެއް އައިސް ނިމިދަނީ ބޭބެމެން މިހެން ތެޅިތެޅި ތިއްބާ، ލިބުނު ޚައިރާތެއް ވީމޮޅެއްނެތް، އަދިވެސް ހަމަ އެހެން ދެންވެސް ހަމަމިހެން.......
ސަސު
03 March 2021
ސިޔާސީ ބޭނުމަށް ކިޔާ ވާހަކަ.
1828
03 March 2021
'ރަށްވެހި ފަތިސް' އަކީ ބޮޑު އޮޅުވާލުމެއް. އެމްޑީޕީއިން މިހާރު ކެމްޕެއިން ކުރާ ގޮތުންނާއި އަލަށް ވާ ވައުދު ތަކުގެ ސަބަބުން އެބަހީވޭ މިއީ ރިޔާސީ އިންތިހާބްގެ ކެމްޕެއިންއެއްހެންވެސް. 2018ގެ ރިޔާސީ އިންތިހާބްގެ ކެމްޕެއިންގައި ވެފައިވާ ވައުދުގެ 01% ވެސް ނުފުއްދޭ. އަނެއްކާ ނުފުއްދޭ އިތުރު ވައުދުތަކެއް ވުމުގެ ބޭނުމަކީ ކޮބާ؟ މަރަކަށް 04 އަހަރު ވާއިރު އިންސާފް ނުލިބުމަކީ ސަރުކާރެއް ފެއިލް ވުން.
އަރުތަ
03 March 2021
ދިވެހި ބަހުން ބުނިނަމަވެސް ބުނިއެއްޗެއްގެ މާނަ ނޭގޭ މީހުންއުޅޭނެ، ދެން އެމީހަކަށް ފެންނަ އެއްޗެއް، ހީވިއެއްޗެއް ލިއަނީ، އަސްލު އެބުނިއެއްޗެއްގެ މާނަ އެނގޭނީ ހަމަ އެބަހެއް ބުނި މީހަކަށް.........