ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓަށް ބަދަލުކޮށްފި

ރާއްޖޭގައި މިހާތަނަށް ދިރާސީ އާ އަހަރު ފަށަމުން އައީ ޖެނުއަރީ މަހު. ނަމަވެސް ކޮވިޑާ ގުޅިގެން އެކަޑެމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވޭ.

މިއަދުގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑެޕިއުޓީ މިނިސްޓަރު އިހުސާން، މިނިސްޓަރު އައިޝަތު އަލީ އަދި ޑެޕިއުޓީ މިނިސްޓަރު މުޖާޙިދު

ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓަށް ބަދަލުކޮށްފި އެވެ.

މީގެ ކުރިން ދިރާސީ ކޮންމެ އަހަރެއްގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އައި ބަދަލާ އެކު އެކަން ބަދަލުވީ ކަމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ވެރިން ވިދާޅުވި އެވެ.

އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވި ގޮތުގައި، އޮގަސްޓްގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. އަދި އެއީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށާ މަސް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދިރާސީ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރީ ވަރަށް ގިނަ ފަރާތްތަކެއްގެ މަޝްވަރާއާ އެކުގަ އެވެ. އެ ބަދަލާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ބޮޑު ޗުއްޓީ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"..ހަމަ އެއާ އެއްކޮށް، ފުރަތަމަ ޓާމު ނިންމާލާފައި، ޓާމު ބަންދާ އެއްކޮށް މުޅިއެކު ދެ ހަފުތާ ނުވަތަ ތިން ހަފުތާ ޑިސެމްބަރު ފަހުކޮޅު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވިގޮތުގައި، މި ސަރުކާރު ބަދަލުވިއިރު ވެސް ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލު ގެނައުމަށް އެކި ފަރާތްތަކުން އޮތީ އެދިފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން އެކަން މިނިސްޓްރީގެ ސަމާލުުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބްރީފިންގައި ޑެޕިއުޓީ މިނިސްޓަރު މުޖާހިދު ވާހަކަ ދައްކަވަނީ.

ގެސްޓު ހައުސް މަހާސިންތާ އަދި އެހެނިހެން ހަރަކާތްތަކުގައި ޓޫރިޒަމް ދާއިރާ އިން އެގޮތަށް ހުށަހަޅާފައި ވެ އެވެ. އޭރު ވެސް މިނިސްޓްރީ ވެސް ދިން ޖަވާބަކީ އެކަޑެމިކް ކަލަންޑަރަށް ރަނގަޅު ގޮތެއް ހޯދައިދޭނެ ކަމަށެވެ. އޭގެ ތެރެއިން، ސްކޫލު ޗުއްޓީ އަށް މިދިޔަ އަހަރުން ފެށިގެން ބަދަލު ގެނެސްފައި ވެ އެވެ.

މިހާތަނަށް ބޮޑު ޗުއްޓީ ދިމާވާ ޑިސެމްބަރު މަހަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ދުވަސްވަރެވެ. އެހެންވެ ޗުއްޓީގެ ބޭނުން ރަނގަޅަށް ނުހިފެ އެވެ. ކޮވިޑު-19 ކުރިމަތިވީ އެކަމުގެ މަސައްކަތްތައް ކުރަމުން ދަނިކޮށެވެ.

"ކޮވިޑު-19 އާ އެކީގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ސްކޫލުތަކަށް އެކަޑެމިކް އިޔާ އަށް ބަދަލުތަކެއް ވަރަށް ގިނަ ގައުމުތަކުގައި އެކިއެކި ބަދަލުތައް ގެނެވިގެން ދިޔަ. އެއް އަހަރަށް ދިގު ދަންމާލެވިގެން ވެސް ދިޔަ. ނަމަވެސް ރާއްޖޭގައި މާޗު 15 ގައި އޭރު ނިންމީ އޯ ލެވެލް އިމްތިހާނު ފަސްކުރުމާ އެކީގައި އެކަޑެމިކް އިޔާ،" މުޖާހިދު ވިދާޅުވި އެވެ.

"މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރެވިގެން ދިޔައީ."

މި އަހަރުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ.

"..ހަމަ އެއާ އެއްކޮށް، ފުރަތަމަ ޓާމު ނިންމާލާފައި، ޓާމު ބަންދާ އެއްކޮށް މުޅިއެކު ދެ ހަފުތާ ނުވަތަ ތިން ހަފުތާ ޑިސެމްބަރު ފަހުކޮޅު ލިބިގެންދާނެ،" މިނިސްޓަރު

"މިއީ މިފަދަ ބަދަލެއް ނުވަތަ މިފަދަ ނިންމުމެއް ނިންމަން އެންމެ މުނާސަބު ދަނޑިވަޅު ކަމަށް ވާތީ މި ކަމާ ގުޅޭގޮތުން ތަފާތު އެކި ދާއިރާތަކުގެ ބޭފުޅުންނާ ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާއާ ގުޅުން ހުރި އަދި ދަރިވަރުންގެ ކަންތައްތަކާ ގުޅުން ހުރި ހުރިހާ ބޭފުޅުންނާ ވެސް މަޝްވަރާ ކުރެވިގެން މި ނިންމުމާ ހަމައަށް އާދެވިފައި މި ވަނީ،" މުޖާހިދު ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ސޯޝަލް ކައުންސިލަށް ކަރުދާހެެއް ހުށަހަޅައި އެ ކައުންސިލްގެ ލަފާގެ މަތިން ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ނިންމުމުގެ އަސަރު ކުރާނެ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް ހިޔާލުހޯދާފައިވެ އެވެ.

ގާލްގައިޑާއި ސްކައުޓާއި ކުޅިވަރުގެ އެކި ފަރާތްތަކާއި މަޝްވަރާ ކުރިއިރު ވެސް ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން އެ ފަރާތްތަކުން ތާއީދުކުރާ ކަމަށާއި އޭގެ ފަހުން ކުރިއަށް ގެންދިޔަ ސާވޭގައި ވެސް، އެ ބަދަލު ގެންނަން ގިނަ ބަޔަކު ތާއިދުކުރިކަން އިހުސާން ފާހަގަކުރެއްވި އެވެ.

ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމުން، ގްރޭޑު އެކަކަށް ކުދިން ވެއްދުމަށް ވެސް ބަދަލު އަންނާނެ އެވެ. މި އަހަރަށް ހަމަޖައްސާފައިވާ އުސޫލުން ގްރޭޑު 1 އަށް ވައްދާނީ ވޭތުވެދިޔަ ދެ އަހަރު ޕްރީ ސްކޫލު ނިންމައި، ނިމިގެން ދިޔަ އަހަރު ޔޫކޭޖީ ނުވަތަ އެ ފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށް، އެ މަރުހަލާގައި ހާސިލް ކުރަންޖެހޭ މިންވަރަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރިފައިވާ ކުދިންނެވެ.

މުޖާހިދު ވިދާޅުވިގޮތުގައި، އަންނަ އަހަރު ސްކޫލަށް ކުދިން ވެއްދުމުގައި އުމުރު ކަނޑައެޅުމުގެ ތަފްސީލުތައް އެ އަހަރު ހާމަކުރާނެެ އެވެ.

އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް ރަނގަޅުވާނެ

އިހުސާން ވިދާޅުވީ ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލު ގެނައުމާ ގުޅިގެން އޯ ލެވެލް އިމްތިހާނު އަދި އޭ ލެވެލް އިމްތިހާނު ވެސް ދެން އޮންނާނީ މެއި/ޖޫން މަހު ކަމަށެވެ. އެ މުއްދަތުގައި އިމްތިހާނު ބޭއްވުމުގެ ސަބަބުން، މީގެ ކުރިން އޮކްޓޯބަރު/ނޮވެމްބަރުގައި އޯ ލެވެލް އިމްތިހާނު ބާއްވާފައި ދަރިވަރުންނަށް ނަތީޖާ ލިބި، އޭ ލެވެލް ފެށުމާ ދޭތެރޭގައި ހަ މަސް ދުވަސް ހޭދަކުރެ އެވެ.

ޑެޕިއުޓީ މިނިސްޓަރު އިހުސާން، މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އެކަމަކު، އެ ބަދަލާއެކީގައި ދެ އިމްތިހާނު ވެސް މެއި/ޖޫންގައި އޮންނާތީ އިމްތިހާނު ނިމި އޭ ލެވެލް ފެށުމާ ދޭތެރޭގައި ކުރިން ހޭދަވި މުއްދަތެއް ދެން ބާކީ ވެގެން ނުދާނެ އެވެ. ނަތީޖާ ލިބި، ދިރާސީ އާ އަހަރު ފެށޭއިރު އޭ ލެވެލްގެ ކިޔެވުން ވެސް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

"އޯ ލެވެލް ނިންމާފައި، މާ ގިނަ ދުވަހެއް ނުކޮށް ދަރިވަރުން އޭ ލެވެލް ފެށުމަށް އިންތިޒާމު އިރާދަކުރެއްވިއްޔާ މި ބަދަލާއެކީގައި ހަމަޖެހިގެންދާނެ. ދެ އެގްޒާމް، އެއީ އޯ ލެވެލް އެގްޒާމް ވެސް އަދި އޭ ލެވެލް އެގްޒާމް ވެސް އޮންނާނީ މެއި/ޖޫންގައި،" އިހުސާން ވިދާޅުވި އެވެ.

45 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައީސް ސޯލިހަށް

07 March 2021

1970 ގެ އަތޮޅާއި ރަށު ތައުލީމީ މަރުކަޒުތަކުގެ ނަން ސްކޫލްގެ ނަމަށް ބަދަލުކޮށްދެއްވާ. ބޭރު ޓީޗަރުންނާއިއެކު ފެންވަރާއި ޔުނީފޯމްވެސް ބަދަލުކޮށްދެއްވާ. އަޅުގަނޑުމެންނަށް މާލެ ދެވޭކަށް ނެތް ދަރީންގޮވާއިގެން ހާލުގާ ކުއްޔަށް އުޅޭކަށް މާލޭ ސްކޫލްތަކުން ކިޔަވަދޭކަށް. އިސްކަންދަރުން ޖާގަ ހޯދާކަށް ވެރީންގާތުން އާދޭސް ކުރަމުން ދެނެއް ނުދުވާނަން. ކުލި ނުދައްކާ ރަށުގާ އުޅެވޭން އެބައޮތް. ނުކުރެވޭ ވަރުގެ ކަމެއް ކުރާކަށް ނޫން މިއެދެނީކީ.

The name is already taken The name is available. Register?

ރިސޯޓްމުއައްޒަފް

07 March 2021

ވަަރަށް ރަގަޅު ނިންމުމެއް. ރާޖޭގެ ލޯސީޒަން އާ މަގޭ ދަރިންގެ ސްކޫލް ބޮޑު ޗުއްޓީ ދިމާވީމަ ޗުއްޓީ ނަގަން ފަސޭހަވާނެ ދަރިންނާއެކު ތަންކޮޅެއް ގިނަ ދުވަހުހުރެވޭނެ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 March 2021

ތިޔަ ބަދަލު މުޅިން ގޯސްކަމަކަށް ނުދެކެން. އަދި ހަމަ މިގޮތަށް ކ.އަތޮޅު މާލޭގެ ތޮއްޖެހުން ބޮޑުގެ މަގުތަކާއި އެހެން ކަންކަމުގެ ކާރޫބާރޫ ބޮޑުކަމުން ސްކޫލް ކިޔެވުން ފައްޓާ ގަނޑި ލަސްކުރި ކަމުގައިވިޔަސް އައްޑޫފަދަ ތަންތަނުގައި އެކަން އެގޮތަށް ކުރާކަށް ނުޖެހޭ. # އައްޑޫސިޓީގެ ރައްޔިތުންނަކީ އަވަހަށް ނިދާ އަދި އަވަހަށް ހޭލާ ބައެއް. މިސިޓީގެ ސްކޫލްތަކުގައި ހެދުނު ސެޝަން 6:45 ގައި ފައްޓާން ހުއްދަދެއްވާ. އައްޑޫ މީހުނަށް އެގޮތް އުދަގުލެއްނޫން.

The name is already taken The name is available. Register?

މީރާ.

07 March 2021

މާލޭގެ ސްކޫލް ތަކުގެ ކިޔެވުން ފައްޓާގަނޑި ލަސްކުރި ކަމުގައި ވިޔަސް މާލެ ނޫން ރަށްރަށުގައި ހެދުނު 6:45 ގައި ކިޔެވުން ފައްޓާ ގޮތަށް ބޭއްވުމަކީ ރަނގަޅު ޖީލެއް ބިނާކުރަން މުހިންމު ކަމެއް ކަމުގައި އަޅުގަނޑުވެސް ދެކެން. ކުދިންނާއި ބެލެނިވެރިން ފަތިހު ހޭލަން އާދަ ވުމަކީ އެކުދިންނަށް ރޭގަނޑު އަވަހަށް ނިދުމަށް ދަސްވާނެ ކަމެއް. ރިވެތި އަޙްލާޤު އަށަގަންނާނީ މުޖުތަމައުގައި އެކަންކަން އޮތް މިންވަރަކަށް. ތިޔަ ބަދަލަށް ތާއީދު.

The name is already taken The name is available. Register?

އީސަބެ

07 March 2021

އެބުނާހެން ތިގޮތަށް ނިންމިއަސް ދެންއަރާ ނުވަތަ އަރާގަންނަ ބަޔަކު މީކޮންއެއްޗެއް ކޮންކަމެއްހޭ ކިޔައި އޮޅާލާއި ވީދާގެންފައި ހުއްޓެވެ. ހުރިހާ ތުރާލެއް އުފުލަން ރައްޔިތުންނަށް ޖެހިދާނެތެވެ.

The name is already taken The name is available. Register?

ނުސީދާ

07 March 2021

ދެން އަހަރެމެން ނިކަމެތިން ޖެހޭނީ ބޮޑު ބަންދުގައި ގޭ މަގުމައްޗައް ނިކުމެ ވާރޭގަ ތެމެން. މާލޭ މުއްސަދިން ޔޫރަޕަށް ސަމަހޮލިޑޭ ހަދަން.

The name is already taken The name is available. Register?

ރަނގަޅު

07 March 2021

މިއީ ވަރަށް ރަނގަޅު ބަދަލެއް. މިތާގައި ނުރުހިގެން ކޮށްފައި ހުރި ކޮމެންޓު ތަކުވެސް އެގޭ ކޮންމެ ގައުމެއްގައިވެސް ދިރާސީ އަހަރު ނިންމާފައި އޮންނަނީ އެގައުމެއްގެ މޫސުމާއި، އިގްތިސާދީ ހަރަކާތްތަކާއި، ދީނީ އިގުތިމާއީ މުނާސަބުތަކާއި، މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލއިގެން ކަން. މިހުރިހާ ހަމަކަށް ބަލާއިރު ޑިސެމްބަރަކީ އެއްމެ ރަނގަޅު ދުވަސްވަރެއްނޫން ރާއްޖޭގައި ބޮޑު ޗުއްޓީ ދޭން. މިކަންކަމަށް ބަލާފައި މިހާރުގައި މަޒުމޫނެއް ލިޔާނެ ކަމުގައި ހީކުރަން.

The name is already taken The name is available. Register?

ކުރަފި ޕޮލިސީ

07 March 2021

މީ އިނގިރޭސި ވިލާތް ވިއްޔާ. މަޝަށް ފެންނަނީ ނަކަތްތަކަށް ބަލައިގެން ދިރާސީ އަހަރު އެކުލަވާލަން. އެއީ އެންމެ ފަހި މޮޅު ގޮތް.

The name is already taken The name is available. Register?

ހުވާ

07 March 2021

މާލޭގައި އުޅޭ ކޮވިޑަކާހެދި ރަށްރަށުގައި ހުޅުވައިގެން ކިޔަވައިދިން ސްކޫލްތަކުގެ ކުދިން މިޖެހުނީ 2އަހަރު އެކަޗެއް ކިޔަވަން އެއްގްރޭޑެއްގައި ރިޕީޓްކޮށްގެން ތިބެން. އުމުރުން ދުވަސްތަކެއް ބޭކާރު. ބޮލެއްހުރިއްޔާ މިގޮތަށްކަންތަކެއް ނުކުރަނެ. ލާމަރުކަޒުކުރަން ގޮވާއިރު މާލޭސްކޫލްތައް ބަންދޭ ކިޔާފައި ރަށްރަށުކުދިންނަށް އައުގްރޭޑްގައި ކިޔެވުމުގެ ފުރުސަތު ގެއްލުވާލައިފި.

The name is already taken The name is available. Register?

ފަހީމާއިބުރޭ

07 March 2021

ދިވެހިންނަކީ ކޮންމެ ގޮތެއް ވަރިހަމަ ބައެއް މަވެސް ހިމެނިގެން . ކިޔަމަންތެރިކަން އަދާކުރުމާއި ބޯލަނބާ ކިޔަމަންގަތުމުގައި ތިޔަ ނިންމުންވެސް ބަލައިގަންނާނެ. އެކަމަކު " ބާރު އޮތަތީ " ކަންކަން ހިތުހުރިގޮތަކަށް ނިންމާކަށްވެސް ނުވާނެ . މިއަހަރު " އަޖުމަ ބަލާލުމަށް " ( ދިވެހި އަކުރު ކެޕިޓަލްކޮށް ލިޔެވޭނެނަމަ ...އެބަސް ލިޔާނީ "ކެޕިޓަލް " ކޮށް . އަޖުމަބަލާލާފަ 2021 ގަ ދެން ފައިނަލް ކުރިއްޔާ އަޅެ ކީއްތޯ ވާނީ . އައިސްތުއަށާ ޓީމަށް ސަލާން .

The name is already taken The name is available. Register?

އިމްތިހާން.

07 March 2021

މިގޮތައް ދެމިއޮންނާނެ ކަމައް ހީކުރަން. މީގަ މައްސަލަ އަކައް ވާނީ ސަރުކާރު ބަދަލު ވާ ދުވަހު، މިކަންވެސް ބޮލާލާ ޖަހާނީ، ވަކި ގޯސްވީމަކަ ނޫން، ހަމަ އެކަނި މިކަމަކީ މޑޕ ކުރި ކަމަކައް ވާތީވެ.

The name is already taken The name is available. Register?

ާއުނިމާ

07 March 2021

މިމެސެޖުން ހީވަނީ މީ ވަރަށް މޮޅު ނިންމުމެންހެން، މީ ވަރަށް ކަމުނުދާ ތާކުންތާކު ނުޖެހޭ ނިންމުމެއް، ހުރިހާ މުދައްރިސުން މިކަަމުގެ ތަކުލީފު އުފުލަންޖެހޭނީ، ބޮޑު ބަންދު ބަންދަކަށްނުވެ، ބަންދުގަ ކުރަންޖެހޭ ކަންކަން ނުކުރެވޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454